ފަރެސްމާތޮޑާގެ އެއާޕޯޓް ހެދުމަށް ބިން ހިއްކަން ކުންފުންޏާ ހަވާލުކޮށްފި
4 ޖޫން 2018 | ހޯމަ 05:02މިމަޝްރޫއު ހަވާލުކުރީ ގަލްފް ކޮބްލާ ޓެންސާ ކުންފުންޏާ

އެއާޕޯޓް އަޅާ ސަރަހައްދުގެ ކުރެހުމެއް
ގދ. ފަރެސްމާތޮޑާގައި އެއާޕޯޓު އެޅުމަށް ބޭނުންވާ ބިންހިއްކަން 2.5 މިލިއަން ޑޮލަރު ކުންފުންޏަކާ ހަވާލުކޮށްފި އެވެ.
އެއާޕޯޓަށް ބޭނުންވާ ބިންހިއްކުމާއި ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަސައްކަތް ތިން މަސްދުވަސް ތެރޭގައި ނިންމަންޖެހޭ ގޮތަށް ހަވާލުކުރީ ގަލްފް ކޮބްލާ ޓެންސާ ކުންފުންޏާ އެވެ.
މި އެއްބަސްވުމުގައި ޓޫރިޒަމް މިނިސްޓްރީގެ ފަރާތުން ސޮއި ކުރެއްވީ މިނިސްޓަރު މޫސާ ޒަމީރު އެވެ. ގަލްފް ކޮބްލާގެ ފަރާތުން އެއްބަސްވުމުގައި ސޮއި ކުރެއްވީ އެކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަހްމަދު މައިކަލް އެވެ.
އެއާޕޯޓް އެޅުމަށް 13.6 ހެކްޓަރުގެ ބިން ހިއްކުމަށް ހަމަޖެހިފާއިވާއިރު މިމަޝްރޫއަށް 2.5 މިލިއަން ޑޮލަރު ނުވަތަ 38 މިލިއަން ރުފިޔާ ހަރަދު ވާނެ އެވެ. ބިން ހިއްކާ ނިމުމާ އެކު އެއާޕޯޓްގެ ރަންވޭ ހެދުމަށް ބަޔަކާ ހަވާލުކުރާނެ ކަމަށް ވެސް ޓޫރިޒަމް މިނިސްޓްރީން ވަނީ ބުނެފަ އެވެ.







