Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
އެއިޑްސް ބަލި

2021 ވަނަ އަހަރުގެ ނިޔަލަށް 39 މީހަކަށް އެއިޑްސް ޖެހިފައިވޭ: އެޗްޕީއޭ

މިހާތަނަށް ބަލީގައި 15 މީހަކު މަރުވެފައިވޭ

ތޯހިރާ އަޒްހާރް
ތޯހިރާ އަޒްހާރް, ރާއްޖެ އެމްވީ | 1 ޑިސެމްބަރު 2022 | ބުރާސްފަތި 06:29
ދުނިޔޭގެ އެއިޑްސް ބަލީގެ ދުވަސް

ދުނިޔޭގެ އެއިޑްސް ބަލީގެ ދުވަސް

2021 ވަނަ އަހަރުގެ ޑިސެމްބަރު 31ގެ ނިޔަލަށް މުޅި ރާއްޖެއިން އެއިޑްސް ޖެހުނު މީހުންގެ އަދަދު 39 އަށް އަރާފައިވާކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފިއެވެ.

އެޗްއައިވީއަކީ އެއިޑްސް ބަލި ޖައްސާ ވައިރަސްއަށް ކިޔާ ނަމެވެ. އެޗްއައިވީ އަކީ ހަށިގަނޑުގެ ދިފާއީ ނިޒާމަށް ހަމަލާދީ، ދިފާއީ ނިޒާމު ބަލިކަށިކޮށްލާ ވައިރަސްއެކެވެ. އެޗްއައިވީ ޖެހި، އަހަރުތަކެއްގެ ތެރޭގައި ދިފާއީ ނިޒާމު ބަލިކަށިވުމުން ބަލިތަކުން ދިފާއުވުމަށް ނުކުޅެދި، އެކި ބަލިތައް ޖެހެން ފަށައެވެ. މިހިސާބުން އެއީ އެއިޑްސް ކަމަށް ބެލެވެއެވެ.

Advertisement - newsAdvertisement

ކޮންމެ އަހަރެއްގެވެސް ޑިސެމްބަރު 1 ގައި ފާހަގަކުރާ ދުނިޔޭގެ އެއިޑްސް ބަލީގެ ދުވަހާއި ގުޅިގެން އެޗްޕީއޭއިން ނެރުނު ރިޕޯޓުގައި ބުނީ ރާއްޖޭގައި އެޗްއައިވީ އެންމެ ފުރަތަމަ ފެނިފައިވަނީ 1991 ވަނަ އަހަރު ކަމަށެވެ. އޭރުން ފެށިގެން ރާއްޖޭގެ ތަފާސް ހިސާބުތަކަށް ބަލާއިރު 31 ޑިސެމްބަރު 2021 ގެ ނިޔަލަށް މިބަލި ޖެހިފައިވަނީ 39 މީހުންނަށް ކަމަށެވެ. އޭގެ ތެރޭގައި ހިމެނެނީ 6 އަންހެނުންނާއި 33 ފިރިހެނުންނެވެ. މިހާތަނަށް މިބަލީގައި 15 މީހުން މަރުވެފައިވާކަމަށާއި، މިވަގުތު 22 މީހުން ފަރުވާހޯދަމުން ދާކަމަށް އެޗްޕީއޭއިން ބުނެފައިވެއެވެ.

އެޗްއައިވީ/އެއިޑްސްއަށް ހޭލުންތެރިކުރުމާއި، ބަލިން ރައްކާތެރިކުރުމަށް ކުރަންޖެހޭ ކަންކަން ގައުމީ ފެންވަރުގައި ރާވައި ހިންގުމާއި، މިބަލި ޖެހިފައިވާ މީހުންގެ ފަރުވާގެ ކަންކަން ވިލަރެސްކުރުމުގެ އެންމެހާ މަސައްކަތްތައް ކުރިއަށް ގެންދަނީ ހެލްތު ޕްރޮޓެކްޝަން އޭޖެންސީގެ ނެޝަނަލް އެއިޑްސް ޕްރޮގްރާމްގެ ތެރެއިންނެވެ.

އެޗްޕީއޭއިން ބުނީ ބަލާބެލުމަށް ސިއްޙަތު ރަނގަޅު މީހެއްގެ ހަށިގަނޑުގައިވެސް އެޗްއައިވީ ވައިރަސް ހުރެދާނެ ކަމަށެވެ. މިހާރު ރާއްޖޭގެ ކޮންމެ ހޮސްޕިޓަލެއްގައިވެސް އެޗްއައިވީއަށް ޓެސްޓުކުރެވޭނެ އިންތިޒާމު ވާނީ ހަމަޖެހިފައި ކަމަށާއި، އާއްމުކޮށް ހަދާ ސްކްރީނިން ޓެސްޓްގެ ނަތީޖާ ޕޮސިޓިވް ވެއްޖެނަމަ، ނެޝަނަލް އެއިޑްސް ޕްރޮގްރާމް މެދުވެރިކޮށް އައި.ޖީ.އެމް.އެޗްގައި ކޮންފަރމޭޓަރީ ޓެސްޓް ހަދާނެ ކަމަށް އެޗްޕީއޭއިން ބުނެފައިވެއެވެ.

އެޗްއައިވީ އަށް ދެވޭ ފަރުވާއަކީ އެންޓިރެޓްރޯ ވައިރަލް ތެރަޕީ (އޭ.އާރްޓީ)އެވެ. 2004ވަނަ އަހަރުން ފެށިގެން ރާއްޖޭގައިވެސް، ނެޝަނަލް އޭޑްސް ޕްރޮގްރާމް މެދުވެރިކޮށް ބަލިމީހުންނަށް ހިލޭ މިފަރުވާ އަންނަނީ ދެމުންނެވެ. ބަލީގެ ކުރީކޮޅު ބަލި ދެނެގަނެވި، ޤަވާއިދުން ބޭސް ބޭނުންކޮށްފިނަމަ، ލޭގައި އެޗްއައިވީ ވައިރަސް ހުންނަ މިންވަރު (ވައިރަލް ލޯޑް) ދަށްކުރެވެއެވެ. މީގެ ސަބަބުން ދިފާއީ ނިޒާމު ރައްކާތެރިކުރެވި، ރަނގަޅު ސިއްޙަތެއްގައި ގިނަދުވަހު ދެމިހުރުމަށް މަގުފައިވެއެވެ. އަދި މީގެ އިތުރުން ވައިރަލް ލޯޑް ދަށްވުމުން ބަލިމީހާގެ ފަރާތުން އެހެންމީހުންނަށް ބަލި ފެތުރުމުގެ ފުރުސަތު ކުޑަކޮށްދެއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

އެއްވެސް މީހަކަށް ރައްކާތެރިކަމެއް ނެތް، ރާއްޖެ އަންނަން ބިރުގަނޭ: ފުއާދު

އެއްވެސް މީހަކަށް ރައްކާތެރިކަމެއް ނެތް، ރާއްޖެ އަންނަން ބިރުގަނޭ: ފުއާދު

12 މާރިޗު 2017
ރައީސް ޔާމީންގެ މިއަހަރުގެ ރިޔާސީ ބަޔާނަށް އެމްޑީޕީން ޖަވާބު ނުދޭ ގޮތަށް ނިންމައިފި

ރައީސް ޔާމީންގެ މިއަހަރުގެ ރިޔާސީ ބަޔާނަށް އެމްޑީޕީން ޖަވާބު ނުދޭ ގޮތަށް ނިންމައިފި

28 ފެބުރުއަރީ 2017
އެމްއެންޔޫ އިން މި އަހަރުގެ މާދަރީ ދުވަސް ފާހަގަކުރުމުގެ ގޮތުން ހާއްސަ ހަވީރެއް ބާއްވަނީ

އެމްއެންޔޫ އިން މި އަހަރުގެ މާދަރީ ދުވަސް ފާހަގަކުރުމުގެ ގޮތުން ހާއްސަ ހަވީރެއް ބާއްވަނީ

24 ފެބުރުއަރީ 2017
ގެމަނަފުށީ ކައުންސިލް އިދާރާގެ 2015 ވަނަ އަހަރުގެ މާލީ ކަންކަން އޮޑިޓް ކުރެވޭ ގޮތެއް ނުވި

ގެމަނަފުށީ ކައުންސިލް އިދާރާގެ 2015 ވަނަ އަހަރުގެ މާލީ ކަންކަން އޮޑިޓް ކުރެވޭ ގޮތެއް ނުވި

20 ފެބުރުއަރީ 2017
މި އަހަރުގެ ޝިއާރުގެ ގޮތުގައި އިޤްތިޞާދީ ފުދުންތެރިކަން – އިޖުތިމާޢީ ހަމަޖެހުން" ކަނޑައަޅުއްވައިފި

މި އަހަރުގެ ޝިއާރުގެ ގޮތުގައި އިޤްތިޞާދީ ފުދުންތެރިކަން – އިޖުތިމާޢީ ހަމަޖެހުން" ކަނޑައަޅުއްވައިފި

30 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

13 މެއި
ފަނޑިޔާރުކަމުގެ މަގާމުން އަޒުލުކޮށްފައިވަނީ ބުއްދީގެ ހަމަތަކާ އިންސާފު އިސްނުކުރައްވާ އަޅުވެތި ކުދި ސޯބުތަކެއްގެ ގޮތުގައި މަސައްކަތް ކުރައްވައިގެން: އަޒްމިރަލްދާ
20251 އަހަރު ކުރިން
ރާއްޖެ

ފަނޑިޔާރުކަމުގެ މަގާމުން އަޒުލުކޮށްފައިވަނީ ބުއްދީގެ ހަމަތަކާ އިންސާފު އިސްނުކުރައްވާ އަޅުވެތި ކުދި ސޯބުތަކެއްގެ ގޮތުގައި މަސައްކަތް ކުރައްވައިގެން: އަޒްމިރަލްދާ

މަންޒަރު ބަދަލުވެއްޖެ، މިއީ ކާކު؟
20242 އަހަރު ކުރިން
މީހުން

މަންޒަރު ބަދަލުވެއްޖެ، މިއީ ކާކު؟

ރާއްޖޭގެ އިރުދެކުނުގައި ތޫފާނެއް އުފެދިއްޖެ
20233 އަހަރު ކުރިން
ރާއްޖެ

ރާއްޖޭގެ އިރުދެކުނުގައި ތޫފާނެއް އުފެދިއްޖެ

100 ކިލޯ ޑްރަގް ކޭސް: ޓްރެފިކިންގ ދައުވާއިން ސަލާމަތްވުމުގެ ފުރުސަތު ފަހިވީ ފުލުހަކަށް ހެދުނު ގޯހަކުން
20224 އަހަރު ކުރިން
ރިޕޯޓު

100 ކިލޯ ޑްރަގް ކޭސް: ޓްރެފިކިންގ ދައުވާއިން ސަލާމަތްވުމުގެ ފުރުސަތު ފަހިވީ ފުލުހަކަށް ހެދުނު ގޯހަކުން

"މެންބަރަކު ގުޅުއްވި، ވިދާޅުވީ ރައީސަށް ބައްލަވައްޗޭ"
20215 އަހަރު ކުރިން
ރިޕޯޓު

"މެންބަރަކު ގުޅުއްވި، ވިދާޅުވީ ރައީސަށް ބައްލަވައްޗޭ"

ލުތުފަރު މަރާލީ ގޮތް ކުޅުވައިފި
20197 އަހަރު ކުރިން
ރާއްޖެ

ލުތުފަރު މަރާލީ ގޮތް ކުޅުވައިފި

ސުނާމީ ބިނާ ސަރަހައްދު ކުއްޔަށް ދޫކުރުމަށް ނިންމައިފި
20188 އަހަރު ކުރިން
ރާއްޖެ

ސުނާމީ ބިނާ ސަރަހައްދު ކުއްޔަށް ދޫކުރުމަށް ނިންމައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު