Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެޕެންޝަން ފަންޑު

ތަސައްވުރަކީ ޕެންޝަން ފަންޑަށް ބޮޑު އަދަދަކުން، އެމީހަކު އަމިއްލައަށް ބޭނުންވެގެން ފައިސާ ޖަމާކުރުން: ސުޖާތާ

26 ނޮވެމްބަރު 2022 | ހޮނިހިރު 07:16

ޕެޝަން އޮފީހުގެ އަމާޒަކީ ދެމެހެއްޓެނިވި، މީހުން ބަލައިގަންނަ ކަހަލަ ސްކީމަކަށް ޕެޝަން ސްކީމް ހެދުން

ސިމާހާ ނަސީމް
ސިމާހާ ނަސީމް | 26 ނޮވެމްބަރު 2022 | ހޮނިހިރު 07:16
ޕެންޝަން އޮފީހުގެ ޗީފް އެގްޒެކެޓިވް އޮފިސަރ ސުޖާތާ ހަލީމް

ޕެންޝަން އޮފީހުގެ ޗީފް އެގްޒެކެޓިވް އޮފިސަރ ސުޖާތާ ހަލީމް

ތަސައްވުރަކީ ޕެންޝަން ފަންޑަށް ބޮޑު އަދަދަކުން އެމީހަކު އަމިއްލައަށް ބޭނުންވެގެން ފައިސާ ޖަމާކުރުން ކަމަށް, ޕެންޝަން އޮފީހުގެ ޗީފް އެގްޒެކެޓިވް އޮފިސަރ ސުޖާތާ ހަލީމް ވިދާޅުވެއްޖެއެވެ.

ސުޖާތާ މިފަދައިން ވިދާޅުވީ ޕެންޝަން އޮފީހުގެ ސީއީއޯގެ މަގާމާ ހަވާލުވެވަޑައިގެން ރާއްޖެޓީވީއަށް ދެއްވި އެކްސްކްލޫސިވް އިންޓަރވިއުއެއްގައެވެ.

Advertisement - newsAdvertisement

ސުޖާތާ ވިދާޅުވީ ޕެޝަން އޮފީހުގެ އަމާޒަކީ ދެމެހެއްޓެނިވި، މީހުން ބަލައިގަންނަ ކަހަލަ ސްކީމަކަށް ޕެޝަން ސްކީމް ހެދުން ކަމަށެވެ.

ޕެންޝަން ފަންޑަށް ޖަމާކުރާ ފައިސާއަކީ މުސާރައިން ކެނޑޭ އެއްޗެއް ނޫންކަން ފާހަގަކުރައްވައި ސުޖާތާ ވިދާޅުވީ، އެމީހަކު އަމިއްލައަށް ޖަމާކުރާ 7 އިންސައްތައަށް، ވަޒީފާ ދޭ ފަރާތުން އެ މިންވަރު ޖަމާކުރާކަމަށެވެ.

ސުޖާތާ ވިދާޅުވީ، ޕެޝަން އޮފީހުން ރަނގަޅަށް މަސައްކަތްކުރަމުންދާކަމަށެވެ. ޕެންޝަން ފައިސާގެގޮތުގައި މިހާރު ކޮންމެ މަހަކު 122 މިލިއަން ރުފިޔާ ޖަމާކުރާކަމަށްވެސް ވިދާޅުވިއެވެ.

ސުޖާތާ ވިދާޅުވީ ޕެންޝަން ފަންޑަށް ޖަމާކުރާ ފައިސާ، އަހަރަކަށްވުރެ އަހަރެއް އިތުރުވަމުންދާކަމަށެވެ، އެގޮތުން މިހާރު ކޮންމެ މަހަކު 122 މިލިއަން ރުފިޔާ ޕެންޝަން ފަންޑަށް ޖަމާވާކަމަށާއި، 2021 ވަނަ އަހަރަށް ބަލާނަމަ، މަހެއްގެ މައްޗަށް ޕެންޝަން ފަންޑަށް ޖަމާކޮށްފައިވަނީ 105 މިލިއަން ރުފިޔާކަމަށް ސުޖާތާ ވިދާޅުވިއެވެ. މިއީ ކުރިއެރުމެއްގެ ގޮތުގައި އޭނާ ފާހަގަކުރެއްވިއެވެ.

ސުޖާތާ ވިދާޅުވީ ޕެންޝަން ފަންޑަށް ޖަމާކުރާ ފައިސާއަކީ ރައްކާތެރިކަމާއެކު ރައްކާކުރެވިފައި ހުންނާނެ ފައިސާކަމަށާއި، މިއީ ކިހާ މުހިންމު ކަމެއްކަން ރައްޔިތުންނަށް އެނގުން މުހިންމުކަމަށެވެ.

ޕެންޝަން ޚިދުމަތް އިތުރަށް ހަރުދަނާކުރުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން ކުރިއަށްއޮތް 3 އަހަރަށް ގިނަ ކަންތައްތަކެއް ކުރަން އެކުލަވާލާފައިވާކަމަށް ސުޖާތާ ވިދާޅުވިއެވެ. މިގޮތުން އެންމެންނަށް ބޭނުންވާ ކަންތައްތަކަށް އެޓެންޑުކުރެވޭފަދަ ސްކީމްތަކެއް އެކުލަވާލުމަށް މަސައްކަތްތަކެއް ކުރަން ހިމަނާފައިވާކަމަށް ސުޖާތާ ވިދާޅުވިއެވެ. އެއީ ދިގު މުއްދަތަކަށް ކުރާ އިންވެސްޓްމެންޓުތަކަކަށް ވުން މުހިންމު ކަމަށާއި، އެހެންކަމުން މިކަމަށް ވަރަށް ބޮޑަށް ފޯކަސް ކުރައްވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

އެންމެ ހިނގާ

1

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

2

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

3

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

4

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

5

ލިންކަން މަނަވަރުގައި އެމެރިކާ ސިފައިން ކަނޑަށް ފުންމާލައިގެން އަމިއްލަ އަށް މަރުވާން އުޅުނު ރިޕޯޓުތަކާ އެކު އިތުރު ކަންބޮޑުވުން އުފެދިއްޖެ

އިތުރަށް ކިޔާލަން

20 ޖެނުއަރީ 2017

ރަނގަޅު ވެރިކަމެއްގައި މިސަރުކާރުގެ ބޮޑުން ތިބޭނީ ޖަލުގައި: ނާދިރާ

20 ޖެނުއަރީ 2017
ރަނގަޅު ވެރިކަމެއްގައި މިސަރުކާރުގެ ބޮޑުން ތިބޭނީ ޖަލުގައި: ނާދިރާ
18 ޖެނުއަރީ 2017

ރިޓަޔަރމެންޓް ޕެންޝަން ސްކީމުގައި 80،000 މެންބަރުން ހިމެނޭ: ޕެންޝަން އޮފީސް

18 ޖެނުއަރީ 2017
 ރިޓަޔަރމެންޓް ޕެންޝަން ސްކީމުގައި 80،000 މެންބަރުން ހިމެނޭ: ޕެންޝަން އޮފީސް
16 ޖެނުއަރީ 2017

ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީހުގެ ބޯޑު މެންބަރެއް ހޯދުމަށް އިއުލާނު ކޮށްފި

16 ޖެނުއަރީ 2017
ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީހުގެ ބޯޑު މެންބަރެއް ހޯދުމަށް އިއުލާނު ކޮށްފި
16 ޖެނުއަރީ 2017

ސަރުކާރުން ޕްރޮޖެކްޓްތައް ހިންގަނީ ތިން ގުނަ އަގު ބޮޑުކޮށް: އާޒިމް

16 ޖެނުއަރީ 2017
ސަރުކާރުން ޕްރޮޖެކްޓްތައް ހިންގަނީ ތިން ގުނަ އަގު ބޮޑުކޮށް: އާޒިމް
15 ޖެނުއަރީ 2017

ސަރުކާރުންދޭ ލޯން ގެރެންޓީއަކީ ރޭވިގެންކުރާ ބޮޑު ޖަރީމާއެއް: ޑރ. ޖަމީލް

15 ޖެނުއަރީ 2017
ސަރުކާރުންދޭ ލޯން ގެރެންޓީއަކީ ރޭވިގެންކުރާ ބޮޑު ޖަރީމާއެއް: ޑރ. ޖަމީލް
15 ޖެނުއަރީ 2017

ހަލް އިންޝުއަރެންސްއާ ގުޅޭގޮތުން އެމްއެމްއޭގެ އަމަލްތަކަށް ޓްރާންސްޕޯޓުން ކަންބޮޑުވެއްޖެ

15 ޖެނުއަރީ 2017
ހަލް އިންޝުއަރެންސްއާ ގުޅޭގޮތުން އެމްއެމްއޭގެ އަމަލްތަކަށް ޓްރާންސްޕޯޓުން ކަންބޮޑުވެއްޖެ
07 ޖެނުއަރީ 2017

ޕެންޝަން ސްކީމުން ނަގަމުން ގެންދާ އެޑްމިނިސްޓްރޭޓިވް ފީ ކުޑަކޮށްފި

07 ޖެނުއަރީ 2017
ޕެންޝަން ސްކީމުން ނަގަމުން ގެންދާ އެޑްމިނިސްޓްރޭޓިވް ފީ ކުޑަކޮށްފި
06 ޖެނުއަރީ 2017

!ފޭދޫފިނޮޅު ވިއްކާލުމުން އިންޑިއާގެ ކަންބޮޑުވުން: ދިވެހި ފޮރިން މިނިސްޓަރާ މަޝްވަރާ ކުރުން އެކަށީގެންވޭ

05 ޖެނުއަރީ 2017

ދުންޔާ ސަރުކާރާ ގުޅިވަޑައިގަތުމަކީ ލިބުނު ބޮޑު ޝޮކެއް: އުމަރު ނަސީރު

05 ޖެނުއަރީ 2017
ދުންޔާ ސަރުކާރާ ގުޅިވަޑައިގަތުމަކީ ލިބުނު ބޮޑު ޝޮކެއް: އުމަރު ނަސީރު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް