Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއަހުމަދު އަދީބު

އަދީބުގެ ލޮލުގެ ކަޅީގެ ވަށައިގެން ހުދު ރޮނގެއް އެބަހުރި، ލޮލުގެ ކުލަ ދަނީ ބަދަލުވަމުން: ސިރާޖު

25 ޖޫން 2017 | އާދީއްތަ 12:30

އަދީބަށް ރާއްޖެއިން ބޭރަށް ބޭސްފަރުވާކުރުމަށް ފޮނުވައިފިނަމަ ފިއްލަވާފާނެކަމަށް ސަރުކާރުން ބުނޭ

ތަހާރަތު މުހައްމަދު ވަހީދު
ތަހާރަތު މުހައްމަދު ވަހީދު | 25 ޖޫން 2017 | އާދީއްތަ 12:30
އަދީބުގެ ގާނޫނީ ވަކީލު މޫސާ ސިރާޖު

އަދީބުގެ ގާނޫނީ ވަކީލު މޫސާ ސިރާޖު

އަދީބުގެ ލޮލުގެ ކުލަދަނީ ބަދަލުވަމުން ކަމަށާއި ލޮލުގެ ކަޅީގެ ތެރެއަށް ފެތުރޭ ގޮތަކަށް ހުދު ރޮނގެއް އެބަހުރި ކަމަށް އަދީބުގެ ގާނޫނީ ވަކީލު މޫސާ ސިރާޖު ވިދާޅުވެއްޖެއެވެ.

ސިރާޖު ކޮމިޝަނަރ އޮފް ޕޮލިސްއަށް ހޮނިހިރު ދުވަހު ފޮނިއްވި ސިޓީގައި ވިދާޅުވެފައިވަނީ އަދީބުގެ ލޮލުގެ ކަޅީގެ ވަށައިގެން، ކަޅީގެ އެތެރެއަށް ފެތުރޭ ގޮތަކަށް ހުދު ރޮނގެއް ހުރި ކަމަށް، އެންމެ ފަހުން އަދީބް އާ ބައްދަލުކުރެއްވިއިރު ފާހަގަ ކުރެއްވިފައިވާ ކަމަށެވެ. އަދީބުގެ ލޮލުގެ ކަޅި ވަށައިގެން ކުލަ ބަދަލުވަމުންދާކަން ފާހަގަ ކުރެވިފައި ވުމާއެކު އެ ކަމަށް ޚާއްސަ ސަމާލުކަމެއް ދެއްވުމަށް އެދޭ ކަމަށް ސިރާޖު ސީޕީ އަރީފަށް ފޮނުއްވި ސިޓީގައި ވަނީ ވިދާޅުވެފައެވެ.

Advertisement - newsAdvertisement
" މިހާރު އަޅުގަނޑުގެ މުވައްކިލުގެ ލޮލުގެ ކަޅީގެ ވަށައިގެން، ކަޅިގެ ތެރެއަށް ފެތުރޭ ކަހަލަ ގޮތަކަށް ހުދު ރޮނގެއް ހުރިކަން އެންމެ ފަހުން ވަކީލުން ބައްދަލުކުރި ދުވަހު ވަނީ ފާހަގަ ކުރެވިފައި" ސިރާޖު، އަރީފަށް ފޮނުއްވި ސިޓީގައި ވިދާޅުވެފައިވެއެވެ.

ސިރާޖު ވިދާޅުވި ގޮތުގައި އަދީބުގެ ސިއްހީ ހާލަތު އިތުރަށް ގޯސްވަމުން ދާކަން ފާހަގަކުރެއްވޭ ކަމަށެވެ. އެހެންކަމުން އަދީބަށް މި ހާލަތުގައި ކުއްލި ކަމެއް މެދުވެރިވެދާނެތީ އެމަނިކުފާނުގެ ހާލު ކައިރިން ބައްލަވަމުން ގެންދެވުމަށްޓަކައި ސަރުކާރު ބަންދު ދުވަސްތަކުގައި ވެސް ގާނޫނީ ވަކީލުންނާ ބައްދަލު ކުރެއްވޭނެ އިންތިޒާމު ހަމަޖައްސަވައި ދެއްވުމަށް ވެސް ޕޮލިސް ކޮމިޝަނަރު އަރީފުގެ އަރިހުން ސިރާޖުގެ ސިޓީގައި ވަނީ އެދިވަޑައިގެންފައެވެ.

އަދީބު 33 އަހަރުގެ ޖަލު ހުކުމް ތަންފީޒުކުރަމުން ގެންދަވާއިރު، އެ މަނިކުފާނަށް މިހާރު މެދުވެރިވެފައިވާ ސިއްހީ މައްސަލަތަކަށް ފަރުވާ ދިނުން ލަސްކޮށްފި ނަމަ ޖަލުގެ ގޮޅިތެރޭގައި އަދީބުގެ ފުރާނަ ގެއްލިދާނެ ކަމަށް، އޭނާގެ ވަކީލް މޫސާ ސިރާޖު ވަނީ ވިދާޅުވެފަ އެވެ.

ސަރުކާރުން ބުނެފައިވަނީ އަދީބު ފަރުވާއަށް ބޭރަށް ވަޑައިގަތުމަށް ހުއްދަ ދެވެން ނެތީ ފިއްލަވާފާނެއަތީ ކަމަށެވެ.

އެންމެ ހިނގާ

1

ގެއްލިފައިވާ ފުލުސް އޮފިސަރުގެ 7 އަހަރުގެ ދަރިފުޅު: ބައްޕަ އަންނަން މިހާ ލަސްވަނީ ކީއްވެ؟ ބައްޕަ ހޯދަން ބަޔަކު ގޮސްފިތަ؟

2

"ގެއްލުނު 3 މީހުން ދޯނިތެރޭ ތާށިވި ކަމަށް ބެލެވޭ ނަމަވެސް ދޯނި މިހާރު އޮތް ހިސާބަށް ފީނުމަކީ ކުރެވޭނެ ކަމެއް ނޫން"

3

"ސަރުކާރުން ދަނީ ގަސްތުގައި ލޯންޗުތަކަށް ޖެއްސުން ކުރަމުން، ސިފައިންނާއި ފުލުހުން ހަޑިހުތުރު ބަހުން މުއާމަލާތްކުރާއިރު، ވައު އަޅާފައިވަނީ ވެސް އުނދަގޫ ކުރަން"

4

ސިގްނަލްތަކަށް ހުރަސްއަޅައިގެން އިސްރާއީލުގެ ހާމީސް ޑްރޯނަކާއި އެމެރިކާގެ ރީޕަރ ޑްރޯނެއް އެއްވެސް ގެއްލުމެއް ނުދީ އަތުލައިގެންފައިވާ މަންޒަރު އީރާނުން ދައްކާލައިފި

5

މެސީގެ ބައްޕަ މަރުވެއްޖެ

އިތުރަށް ކިޔާލަން

17 ޖޫން 2017

އަދީބުގެ ސިއްހީ ހާލަތު މީޑިއާ އަށް އާންމު ކުރަންޖެހުނީ އިތުރުގޮތެއް ނެތުމުން: ސިރާޖު

17 ޖޫން 2017
އަދީބުގެ ސިއްހީ ހާލަތު މީޑިއާ އަށް އާންމު ކުރަންޖެހުނީ އިތުރުގޮތެއް ނެތުމުން: ސިރާޖު
15 ޖޫން 2017

އަދީބުގެ އާއިލާއިން ޕީޕީއެމްގެ ޕީޖީ ގްރޫޕާ ބައްދަލުކުރަން ހުށަހަޅައިފި

15 ޖޫން 2017
އަދީބުގެ އާއިލާއިން ޕީޕީއެމްގެ ޕީޖީ ގްރޫޕާ ބައްދަލުކުރަން ހުށަހަޅައިފި
14 ޖޫން 2017

އަދީބަށް ކެއުމަށްދޭ ބޭސްތަކުގެ ތަފްސީލާއި ހުންނަ މާހައުލުގެ ހާލަތު ބެލަންޖެހޭ: އަދީބުގެ އާއިލާ

14 ޖޫން 2017
އަދީބަށް ކެއުމަށްދޭ ބޭސްތަކުގެ ތަފްސީލާއި ހުންނަ މާހައުލުގެ ހާލަތު ބެލަންޖެހޭ: އަދީބުގެ އާއިލާ
13 ޖޫން 2017

އަދީބުގެ ސިއްހީ ފަރުވާ ނުލިބޭ މައްސަލަ ޓްރާންސްޕޭރެންސީ އަށް ހުށައަޅައިފި

13 ޖޫން 2017
އަދީބުގެ ސިއްހީ ފަރުވާ ނުލިބޭ މައްސަލަ ޓްރާންސްޕޭރެންސީ އަށް ހުށައަޅައިފި
31 މެއި 2017

އަދީބުގެ ސިއްޚީ ހާލުކޮޅާ މެދު އިހުމާލުވަމުންދާ މައްސަލަ އެޗްއާރްސީއެމްއަށް ހުށަހަޅައިފި

31 މެއި 2017
އަދީބުގެ ސިއްޚީ ހާލުކޮޅާ މެދު އިހުމާލުވަމުންދާ މައްސަލަ އެޗްއާރްސީއެމްއަށް ހުށަހަޅައިފި
30 މެއި 2017

އަދީބުގެ ބޭސްފަރުވާގެ ކަންތައްތަކާ ގުޅިގެން މުސްތަފާގެ ފާޑުކިޔުން ސަރުކާރަށް!

30 މެއި 2017
އަދީބުގެ ބޭސްފަރުވާގެ ކަންތައްތަކާ ގުޅިގެން މުސްތަފާގެ ފާޑުކިޔުން ސަރުކާރަށް!
27 މެއި 2017

އަދީބުގެ ސިއްޚީ ހާލުކޮޅާ ގުޅޭ ގޮތުން ބުނާނެ އެއްޗެއް ނެތް: ފުލުހުން

27 މެއި 2017
އަދީބުގެ ސިއްޚީ ހާލުކޮޅާ ގުޅޭ ގޮތުން ބުނާނެ އެއްޗެއް ނެތް: ފުލުހުން
24 އެޕްރީލު 2017

ފިސްތޯލަ ގެންގުޅުއްވި ކަމަށް ބުނެ އަދީބުގެ މައްޗަށް އިއްވި ހުކުމަށް ހައިކޯޓުން ތާއީދުކޮށްފި

24 އެޕްރީލު 2017
ފިސްތޯލަ ގެންގުޅުއްވި ކަމަށް ބުނެ އަދީބުގެ މައްޗަށް އިއްވި ހުކުމަށް ހައިކޯޓުން ތާއީދުކޮށްފި
16 ފެބުރުއަރީ 2017

ޕީޕީއެމް ޖަލްސާގައި މީހުން ހިފެހެއްޓުމަށް ވަށައިގެން ދާޖަހައިފި

16 ފެބުރުއަރީ 2017
ޕީޕީއެމް ޖަލްސާގައި މީހުން ހިފެހެއްޓުމަށް ވަށައިގެން ދާޖަހައިފި
07 ފެބުރުއަރީ 2017

ރާއްޖެ ހުދުމުހުތާރުކަމުގެ ތެރެއަށް ދިއުން ހުއްޓުވުމަށް އަޒުމު ވަރުގަދަކޮށް، އިތުރަށް މަސައްކަތް ކުރާނަން: ރައީސް ނަޝީދު

07 ފެބުރުއަރީ 2017
ރާއްޖެ ހުދުމުހުތާރުކަމުގެ ތެރެއަށް ދިއުން ހުއްޓުވުމަށް އަޒުމު ވަރުގަދަކޮށް، އިތުރަށް މަސައްކަތް ކުރާނަން: ރައީސް ނަޝީދު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް