Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ119 ކިލޯ ޑްރަގް ކޭސް

119 ކިލޯ ޑްރަގް: ސެކްޝަންގެ ގާޒީއެއް ނެތި 4 މަސް، 3 މީހުން ޝަރުތުތަކާއެކު ބަންދުން ދޫކޮށްލައިފި

23 ނޮވެމްބަރު 2022 | ބުދަ 09:24

މިއީ މިހާރުވެސް ތަޙުޤީޤު ކުރިއަށްދާ ބޮޑު މައްސަލައެއް

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 23 ނޮވެމްބަރު 2022 | ބުދަ 09:24
 119 ކިލޯގެ މަސްތުވާތަކެތީގެ މައްސަލައިގައި ދައުވާ އުފުލާފައިވާ މީހުން

119 ކިލޯގެ މަސްތުވާތަކެތީގެ މައްސަލައިގައި ދައުވާ އުފުލާފައިވާ މީހުން

މާލެއާއި ހުޅުމާލޭގައި ފުލުހުން ހިންގި ޑްރަގް އޮޕަރޭޝަނުގައި އަތުލައިގަތް 119 ކިލޯގެ މަސްތުވާތަކެތީގެ މައްސަލައިގައި ހިމެނޭ މީހުން ޝަރުތުތަކާއެކު ބަންދުން ދޫކޮށްލައިފިއެވެ.

މިއީ މިހާރުވެސް ތަޙުޤީޤު ކުރިއަށްދާ ބޮޑު މައްސަލައެކެވެ.

Advertisement - newsAdvertisement

ނެޓްވޯކެއްގެ ގޮތުގައި އޮޕަރޭޓްކޮށް ޑްރަގް ޓްރެފިކް ކުރިކަމަށް ތުހުމަތުވާ މި މައްސަލައިގައި ޑައިމޯފިން ޓްރެފިކް ކުރުމުގެ ކުށުގެ ދައުވާ ދައުލަތުން މިހާރު އުފުލާފައިވަނީ ގދ. ހޯނޑެއްދޫ އިރުމަތީގެ، އަޙްމަދު ސުނައިނު އާއި ގދ. ހޯނޑެއްދޫ ގުލޭނޫރަންމާގެ، އަލީ ޒުބައިރުގެ އިތުރުން، ގދ. ހޯޑެއްދޫ އަލޯރާ އަހުމަދު މުޖާހިދު މައްޗަށެވެ.

ކްރިމިނަލް ކޯޓުގައި މި މައްސަލަ ބައްލަވަމުން ގެންދެވީ ގާޒީ ދީބާނާޒް ފަހުމީއެވެ. އެހެންނަމަވެސް، އޮގަސްޓު މަހުގެ 9 ވަނަ ދުވަހުން ފެށިގެން ގާޒީ ދީބާނާޒް ހައިކޯޓަށް ބަދަލު ކުރެއްވުމާއެކު އެ ސެކްޝަނުގެ މައްސަލަަތައް ބަލަމުން ގެންދަނީ އެކިއެކި ސެކްޝަންތަކުގެ ގާޒީންނަށް ބަހާލައިގެންނެވެ. އެގޮތުގެ މަތިން މައްސަލަތައް ކުރިއަށް ގެންދާއިރު އަޑުއެހުންތައް ތާވަލު ނުކުރެވިވެސް ގިނަ ދުވަސް ވޭތުވެގެންދާން ޖެހެއެވެ.

މި މައްސަލަވެސް ގިނަ ދުވަސްތަކަކަށްފަހު ތާވަލުކޮށްފައިވާއިރު، މައްސަލަ ކުރިއަށް ގެންދިޔައީ ދައުވާލިބޭ ފަރާތްތަކުގެ ބަންދު މުރާޖައާކުރަން ދައުލަތުން އެދިފައިވާތީއެވެ. ބަންދު މުރާޖައާ ކުރިއަށް ގެންދެވީ އެހެން ސެކްޝަނެއްގެ ގާޒީއެކެވެ.

ބަންދު މުރާޖައާ އަޑުއެހުމުގައި އެ ކޯޓުގެ ގާޒީ މުޙައްމަދު މިސްބާހު ވިދާޅުވީ، މި މައްސަލަ އެކަށީގެންވާ އަވަސް މިނެއްގައި ކުރިއަށް ގެންދިއުމުގައި ގޮންޖެހުންތައް ހުރި ކަމަށާއި، މައްސަލަ ބެލުމަށް ދާއިމީ ގާޒީއެއް ނެތް ކަމަށެވެ. ހަމައެއާއެކު، މައްސަލައިގެ ހެއްކާއި، ހެކިތަކުން ދައުވާ ސާބިތު ކުރުމަށް ހުރި ފުރުސަތުތައް ފަދަ ކަންކަމަށް ރިއާޔަތްކުރާއިރު، އެމީހުން ބަންދުން ދޫކޮށްލަން ފެނިވަޑައިގަންނަވާކަމަށް ގާޒީ ވިދާޅުވިއެވެ.

ވުމާއެކު، ގާޒީ މިސްބާހު ވަނީ އެ 3 މީހުންވެސް ޝަރުތުތަކާއެކު ބަންދުން ދޫކޮށްލާފައެވެ.

ކްރިމިނަލް ކޯޓުގެ ގާޒީކަމުގެ މަޤާމު ހުސްވެފައިވާތާ 4 މަހަށްވުރެ ގިނަދުވަސްވެފައިވާއިރު، އަދިވެސް ޖޭއެސްސީން އެ މަޤާމަށް ގާޒީއަކު ހޮވާފައެއް ނުވެއެވެ.

އެންމެ ހިނގާ

1

ބެއިޖިންގގެ ހުއްދަ ނެތި އެމެރިކާގެ މަނަވަރެއް ޗައިނާ ކަނޑަށް، މަސްރަހު ހޫނުވެ ޗައިނާގެ އިންޒާރެއް

2

އިންޑިއާގެ ބަދަލުގައި ޕާކިސްތާނުން ޑޮކްޓަރުންނާއި ޓީޗަރުން ގެންނަން ނިންމާ، ރައީސް މުއިއްޒު ސަރުކާރުން އެ މަސައްކަތް ފަށައިފި

3

އޭއީއެޗްގެ ސީއީއޯ އަދީލްގެ އާއިލީ މީހުންނަށް ނާޖާއިޒު ގޮތުގައި ވަޒީފާގެ ފުރުސަތުތައް ފަހިކޮށްދޭ ކަމުގެ ސީރިއަސް ތުހުމަތުތަކެއް، މިފަހަރު ކޮއްކޮ އަށް އިސް މަގާމެއް!

4

މުއިއްޒު އާއި އެކު ޝެހެބާޒް ދެއްވި ރަސްމީ ސްޓޭޓްމަންޓުގައި ކަޝްމީރުގައި ވަކި ދައުލަތެއް ބިނާކުރުމަށާއި، ސިންދު ކޯރުގެ މައްސަލައިގައި ރަތްރޮނގު ހުރަސްކުރާނަމަ ހަނގުރާމައަކަށް ދާންޖެހިދާނެކަމުގެ އިންޒާރު!

5

ރަސްމާލެ މަޝްރޫއުގެ ހަގީގީ ނުރައްކަލަކީ އެތަނުގައި ރިސޯޓު އުސޫލުތައް ހުއްދަކުރުން ކަމަށް ވަޒީރު ވިދާޅުވި ވިދާޅުވުން ކަމަށް އިލްމުވެރިންގެ ގުޅުމުން ބުނެފި

އިތުރަށް ކިޔާލަން

07 ޖޫން 2017

ބަންގްލަދޭޝްއިން މާލެ އައި މީހެއްގެ އަތުން 7 ކިލޯގެ ކެނަބިސް އަތުލައިގަނެފި

07 ޖޫން 2017
ބަންގްލަދޭޝްއިން މާލެ އައި މީހެއްގެ އަތުން 7 ކިލޯގެ ކެނަބިސް އަތުލައިގަނެފި
06 ޖޫން 2017

މިސަރުކާރުން މިހާތަނަށް 25.5 ކިލޯމީޓަރުގެ ގޮނޑުދޮށް ހިމާޔަތް ކޮށްފައިވާނެ: ތޯރިގް

06 ޖޫން 2017
މިސަރުކާރުން މިހާތަނަށް 25.5 ކިލޯމީޓަރުގެ ގޮނޑުދޮށް ހިމާޔަތް ކޮށްފައިވާނެ: ތޯރިގް
04 ޖޫން 2017

ކަނަމަދު ކިލޯއެއް 800 ރުފިޔާއަށް އަރައިފި

04 ޖޫން 2017
ކަނަމަދު ކިލޯއެއް 800 ރުފިޔާއަށް އަރައިފި
09 މެއި 2017

ރާއްޖެ އެތެރެކުރި އެއް ކިލޯއަށްވުރެ ގިނަ މަސްތުވާތަކެތި އަތުލައިގަނެފި

09 މެއި 2017
ރާއްޖެ އެތެރެކުރި އެއް ކިލޯއަށްވުރެ ގިނަ މަސްތުވާތަކެތި އަތުލައިގަނެފި
27 އެޕްރީލު 2017

ބައި ކިލޯ މަސްތުވާތަކެތި ކަސްޓަމްސް އިން އަތުލައިގަނެފި

27 އެޕްރީލު 2017
 ބައި ކިލޯ މަސްތުވާތަކެތި ކަސްޓަމްސް އިން އަތުލައިގަނެފި
23 އެޕްރީލު 2017

ހަނޑޫ ކިލޯއަކުން އެއް ރުފިޔާވެސް އަގުހެޔޮ ނުވާއިރު ކާޑު އަގުހެޔޮވިކަމަކަށް ނުކިޔޭނެ:ނާދިރާ

23 އެޕްރީލު 2017
ހަނޑޫ ކިލޯއަކުން އެއް ރުފިޔާވެސް އަގުހެޔޮ ނުވާއިރު ކާޑު އަގުހެޔޮވިކަމަކަށް ނުކިޔޭނެ:ނާދިރާ
16 އެޕްރީލު 2017

1.3 ކިލޯގެ މަސްތުވާތަކެތި ފުުލުހުން އަތުލައިގެންފި

16 އެޕްރީލު 2017
1.3 ކިލޯގެ މަސްތުވާތަކެތި ފުުލުހުން އަތުލައިގެންފި
22 މާރިޗު 2017

ސައްތަ ކިލޯ ޕްރޮގްރާމްގެ އެއްބަސްވުމުގައި ސޮއިކޮށްފި

22 މާރިޗު 2017
ސައްތަ ކިލޯ ޕްރޮގްރާމްގެ އެއްބަސްވުމުގައި ސޮއިކޮށްފި
05 މާރިޗު 2017

20 ކިލޯގެ ހެރޮއިން އާއި 1 ކިލޯގެ ކެނަބިސް ނައްތާލައިފި

05 މާރިޗު 2017
20 ކިލޯގެ ހެރޮއިން އާއި 1 ކިލޯގެ ކެނަބިސް ނައްތާލައިފި
06 ޖެނުއަރީ 2017

ނިމިގެންދިޔަ އަހަރު ޑްރަގް ކޯޓަށް ހުށަހެޅުނު މައްސަލަތައް އިތުރުވެއްޖެ

06 ޖެނުއަރީ 2017
ނިމިގެންދިޔަ އަހަރު ޑްރަގް ކޯޓަށް ހުށަހެޅުނު މައްސަލަތައް އިތުރުވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް