Raajje.mv
Raajje.mv
  • ރާއްޖެ
  • ކުޅިވަރު
  • ދުނިޔެ
  • ވިޔަފާރި - އިގްތިސާދު
  • ރިޕޯޓު
  • ފޮޓޯ
  • ވާހަކަ
  • ސިއްހަތު
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ގައުމުގެ ކުރިއެރުން

ޤައުމެއްގެ ކުރިއެރުން ބިނާވެފައި އޮންނަނީ އެޤައުމެއްގައި އުފެއްދޭ މަސައްކަތްތެރި ޖީލަށްކަމުގައި ނައިބު ރައީސް ވިދާޅުވެއްޖެ

ފާއިތުވެ ދިޔަތަނުގައި ކުރިމަތިވެގެން ދިޔަ ކަންކަމުން އެނގިގެން ދިޔައީ ވިލުންވެރި މަސައްކަތްތެރި މުޖުތަމަޢެއް ބިނާކުރުމަށްވުރެ މުހިއްމު އެއްވެސް ކަމެއް ނެތްކަން

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް, ރާއްޖެ އެމްވީ | 23 ނޮވެމްބަރު 2022 | ބުދަ 09:09
ނައިބްރައީސް ފައިސަލް ނަސީމް

ނައިބްރައީސް ފައިސަލް ނަސީމް

ޤައުމެއްގެ ކުރިއެރުން ބިނާވެފައި އޮންނަނީ އެޤައުމެއްގައި އުފެއްދޭ މަސައްކަތްތެރި ޖީލަށްކަމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ، ދިރާގު އެޕްރެންޓިސްޝިޕް ޕްރޮގްރާމްގެ ބައިވެރިން ދަސްވެނިވުމުގެ ހަފްލާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

Advertisement - newsAdvertisement

މިހަފްލާ ޝަރަފްވެރިކޮށްދެއްވައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ދެއްކެވި ވާހަކަފުޅުގައި ވަނީ މެދުކެނޑުމެއް ނެތި 13 އަހަރު، ދިރާގު އެޕްރެންޓިސްޝިޕް ޕްރޮގްރާމް ކުރިޔަށް ގެންދަވާފައި ވާތީ އެކަން ފާހަގަކުރައްވައި ޝުކުރުއަދާކުރައްވާފައެެވެ، މީގެ އިތުރުން ހުނަރުވެރި މަސައްކަތްތެރިން ބިނާކުރުމުގައި މަސައްކަތްކުރާ އެހެން ކުންފުނިތަކަށްވެސް އެމަނިކުފާނުގެ ވާހަކަފުޅުގައި ޝުކުރު އަދާކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ ވާހަކަފުޅުގައި ވިދާޅުވީ، ފާއިތުވެ ދިޔަތަނުގައި ކުރިމަތިވެގެން ދިޔަ ކަންކަމުން އެނގިގެން ދިޔައީ ވިލުންވެރި މަސައްކަތްތެރި މުޖުތަމަޢެއް ބިނާކުރުމަށްވުރެ މުހިއްމު އެއްވެސް ކަމެއް ނެތްކަން ކަމަށެވެ. މި މޭރުމުން އެމަނިކުފާނުގެ ވާހަކަފުޅު ކުރިޔަށް ގެންދަވައި، މިސަރުކާރުން ތަޢުލީމަށާއި ހުނަރުވެރި މަސައްކަތްތެރިން ބިނާކުރުމަށް ކުރަމުން ގެންދާ މަސައްކަތްތަކުގެ މައްޗަށް އަލިއަޅުއްވާލެއްވިއެވެ. މިގޮތުން ހިލޭ ޑިގްރީ ޕްރޮގްރާމާއި ވޮކޭޝަނަލް ޓްރޭނިންގ ޕްރޮގްރާމްތައް އެތައްހާސް ދަރިވަރުންނެއް ފުރިހަމަކޮށްފައިވާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ ވާހަކަފުޅުގައި ވަނީ، ކަމެއް ނެތިފައި ނުތިބެ، ފުރުޞަތުތަކުގެ ބޭނުން ހިފައިގެން މަސައްކަތްތައް ދަންނަ މަސައްކަތްތެރި ބަޔަކަށް ވުމަށް މަސައްކަތް ކުރުމަށް ޒުވާނުންނަށް ގޮވާލައްވާފައެވެ. އެމަނިކުފާނު ވިދާޅުވީ، ސެޓްފިކެޓެއް ހާސިލްވުމަކުން އަދި ނުނިމޭކަމަށާއި މަސައްކަތްތެރިކަން ދަންނަ މީހަކަށް ވުމަށް މަސައްކަތް ކުރަންޖެހޭ ކަމަށެވެ.

ދިރާގު " އެޕްރެންޓިސްޝިޕް ޕްރޮގްރާމް 2022" ފުރިހަމަކޮށް 15 ދަރިވަރަކު ވަނީ ދަސްވެނިވެފައެވެ.

2009 ވަނަ އަހަރުން ފެށިގެން ދިރާގު އެޕްރެންޓިސްޝިޕް ޕްރޮގްރާމް ހިންގަމުން އަންނައިރު، މިހާތަނަށް ޖުމްލަ 247 އަށް ވުރެ ގިނަ ޒުވާނުން ވަނީ މި ޕްރޮގްރާމްގައި ބައިވެރިވެފައެވެ. ދިރާގު އެޕްރެންޓިސްޝިޕް ޕްރޮގްރާމަކީ ރާއްޖޭގައި ތައާރަފްކުރި ފުރަތަމަ ކޯޕަރޭޓް އެޕްރެންޓިސްޝިޕް ޕްރޮގްރާމެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

މަހުލޫފްގެ މައްސަލައިގައި ލިބިފައިވާ ކުރިއެރުން ހިއްސާކުރުމަށް ވޯކިން ގްރޫޕުން އެދިއްޖެ

މަހުލޫފްގެ މައްސަލައިގައި ލިބިފައިވާ ކުރިއެރުން ހިއްސާކުރުމަށް ވޯކިން ގްރޫޕުން އެދިއްޖެ

20 ފެބުރުއަރީ 2018
ރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި ބޭރު ޤައުމެއްގެ ހަނގުރާމަމަތީ އުޅަނދުތަކެއް ހަރަކާތްތެރިއެއް ނުވޭ: އެމްއެންޑީއެފް

ރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި ބޭރު ޤައުމެއްގެ ހަނގުރާމަމަތީ އުޅަނދުތަކެއް ހަރަކާތްތެރިއެއް ނުވޭ: އެމްއެންޑީއެފް

20 ފެބުރުއަރީ 2018
ސަރުކާރުން މި އުޅޭ ގޮތުން ރާއްޖެއަށް ހަމަޖެހުމާއި ކުރިއެރުން ލިބޭނެ ކަމަށް ނުދެކެން: މެކްކިނޮން

ސަރުކާރުން މި އުޅޭ ގޮތުން ރާއްޖެއަށް ހަމަޖެހުމާއި ކުރިއެރުން ލިބޭނެ ކަމަށް ނުދެކެން: މެކްކިނޮން

11 ފެބުރުއަރީ 2018
ބޭރު ޤައުމެއްގެ އަސްކަރީ އެހީއަށް ނޭދެން: ޑިފެންސް މިނިސްޓްރީ

ބޭރު ޤައުމެއްގެ އަސްކަރީ އެހީއަށް ނޭދެން: ޑިފެންސް މިނިސްޓްރީ

11 ފެބުރުއަރީ 2018
ރައީސް ޔާމީނަށް ހީފުޅުވެފައި އޮންނަނީ ސިޔާސީ ބާރުވެރިކަން ލިބެނީ ބަޑީގެ ކޮޅުން ކަމަށް: އިބޫ

ރައީސް ޔާމީނަށް ހީފުޅުވެފައި އޮންނަނީ ސިޔާސީ ބާރުވެރިކަން ލިބެނީ ބަޑީގެ ކޮޅުން ކަމަށް: އިބޫ

25 ޖެނުއަރީ 2018

އަހަރުތަކުން މިއަދު

10 ޖެނުއަރީ
ދަ ޑިމޮކްރެޓްސްގެ އިސް ބައެއް މީހުން އެމްޑީޕީ އަށް، މި ހަފްތާގައި އިތުރު ބަޔަކު ސޮއިކުރަނީ
20251 އަހަރު ކުރިން
ރާއްޖެ

ދަ ޑިމޮކްރެޓްސްގެ އިސް ބައެއް މީހުން އެމްޑީޕީ އަށް، މި ހަފްތާގައި އިތުރު ބަޔަކު ސޮއިކުރަނީ

ރައީސްގެ ވައުދާއެއްގޮތަށް ފުލެޓް ހަވާލު ނުކުރެވޭނެ ކަމަށް ހައުސިންގ މިނިސްޓްރީން ބުނެފި
20242 އަހަރު ކުރިން
ރާއްޖެ

ރައީސްގެ ވައުދާއެއްގޮތަށް ފުލެޓް ހަވާލު ނުކުރެވޭނެ ކަމަށް ހައުސިންގ މިނިސްޓްރީން ބުނެފި

ހެރީގެ ކަންތައް މިހާރު "ހައްދުން މައްޗަށް" ހިނގައްޖެ؟
20233 އަހަރު ކުރިން
ތަފާތު ޚަބަރު

ހެރީގެ ކަންތައް މިހާރު "ހައްދުން މައްޗަށް" ހިނގައްޖެ؟

ދެން ސައިކަލް ލައިސަންސަށް އެދި ހުށަހެޅޭނީ 40 ގަޑިއިރު ދުއްވުމަށްފަހު
20224 އަހަރު ކުރިން
ރާއްޖެ

ދެން ސައިކަލް ލައިސަންސަށް އެދި ހުށަހެޅޭނީ 40 ގަޑިއިރު ދުއްވުމަށްފަހު

މިމަހުގެ ފަހުކޮޅު ރާއްޖެއަށް ވެކްސިން ލިބޭނެ!
20215 އަހަރު ކުރިން
ރާއްޖެ

މިމަހުގެ ފަހުކޮޅު ރާއްޖެއަށް ވެކްސިން ލިބޭނެ!

ލަކީ ހިޔާ ކޮންޑަމީނިއަމްގެ ފްލެޓްތައް ވިއްކަން ފަށަނީ
20197 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ލަކީ ހިޔާ ކޮންޑަމީނިއަމްގެ ފްލެޓްތައް ވިއްކަން ފަށަނީ

މެޑަމް ފާތުން ކުރައްވާ ދަތުރުތައް: ސެލްފީ ނަގަން 10 މީހުން، ބައްދާލަން 5 މީހުން، އުޖޫރަ 500ރ!
20188 އަހަރު ކުރިން
ރާއްޖެ

މެޑަމް ފާތުން ކުރައްވާ ދަތުރުތައް: ސެލްފީ ނަގަން 10 މީހުން، ބައްދާލަން 5 މީހުން، އުޖޫރަ 500ރ!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު