Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓު
ފީފާ ވޯލްޑް ކަޕް

ކުރިއެރުންތަކާއެކު ޖަޕާން ޓީމުގެ އުންމީދުތައް ހުރީ އުހުގައި

ޖަޕާން ޓީމަކީ މިހާރު ސަމާސާ ޓީމެއް ނޫން

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 23 ނޮވެމްބަރު 2022 | ބުދަ 06:53
ޖަޕާން ޓީމު ފަރިތަކުރުންތަކުގެ ތެރެއިން

ޖަޕާން ޓީމު ފަރިތަކުރުންތަކުގެ ތެރެއިން

ޤަތަރު ވޯލްޑްކަޕަށް ޖަޕާން ނުކުންނައިރު ޖަޕާނުން ވަނީ ގިނަ ކުރިއެރުންތަކެއް ހޯދާފައެވެ. 1993 ވަނަ އަހަރު ޖޭ ލީގު އުފަންކޮށް އެ ގައުމުން ހޯދި ކުރިއެރުންތަކާއެކު، ބައެއް މީހުންގެ ނަޒަރުގައި ޖަޕާނަކީ ވޯލްޑް ކަޕް އުފުލާލެވޭނެ ފަދަ ގައުމަކަށްވެއްޖެއެވެ.

ފާއިތުވެދިޔަ 19 އަހަރުގެ ތެރޭގައި ޖަޕާނުން ވަނީ ޖޭލީގު ވަރުގަދަކޮށް މޮޅު ކުޅުންތެރިންތަކެއް އުފައްދާފައެވެ. މި ގޮތުން އެންމެ ފާހަގަ ކުރެވެނީ މި ފަހަރުގެ 26 ކުޅުންތެރިންގެ ސްކޮޑުގައި ޖަޕާނުން ބޭރުގެ ލީގުތަކުގައި ކުޅޭ ކުޅުންތެރިން އަދަދު ގިނަކަމެވެ. 2002 ވަނަ އަހަރު އަމިއްލަ ގައުމުގައި ޖަޕާން ވޯލްޑް ކަޕުގައި ކުޅުނުއިރު ގައުމުން ބޭރުގައި ކުޅެނީ އެންމެ ހަ ކުޅުންތެރިންނެވެ. ނަމަވެސް މިއަދު އެ އަދަދު ވަނީ 19 އަށް އިތުރުވެފައެވެ. މިކަން މި މަގުން ކުރެވުމުގައި ޖަޕާނުގެ ލީގަށް ކޯޗުންގެ ގޮތުގައި ގެނައި ކުރީގެ މަޝްހޫރު ކުޅުންތެރިންގެ ދައުރު ވަރަށް ބޮޑެވެ. މި ގޮތުން އިޓަލީގެ ކޯޗު އަލްބާޓޯ ޒަކަރޯނީ ޖަޕާނަށް ގޮސް ކުޅުންތެރިންނަށް ދިން އިރުޝާދަކީ މޮޅު ބަޔަކަށްވާން ބޭނުންނަމަ ޔޫރަޕަށް ދިއުމަށެވެ.

މި އިރުޝާދު ގަބޫލުކޮށް ޖަޕާނުގެ ކުޅުންތެރިން ކުރި މަސައްކަތުން މިއަދު މަޝްހޫރު ލީގުތަކުގައި ލީޑުކުރާ ޖަޕާނުގެ ކުޅުންތެރިން މަދެއް ނޫނެވެ. އަދި ބިދޭސީންގެ އެހީގައި ޖޭ ލީގު ވަރުގަދަކޮށް، އެލީގު ބަލަން އެވްރެޖެކޮށް 20،000 މީހުން މެޗަކަށް ވަންނައިރު ގައުމުގައި ވަނީ ނުހަނު ރަނގަޅަށް ފުޓްބޯޅަ ފޯރި ހިއްޕާލެވިފައެވެ. ޓީވީ ރައިޓްސްގެ ގޮތުގައި ޖޭލީގަށް ދެ ބިލިއަން ޑޮލަރު ލިބެއެވެ. މިހުރިހާ ސަބަބުތަކާހުރެ ޖަޕާން ޓީމަކީ މިހާރު ސަމާސާ ޓީމެއް ނޫނެވެ.

ނަމަވެސް، ޖަރުމަނާ ދެކޮޅަށް ޖަޕާނުން ނުކުންނައިރު ކެޕްޓަން މާޔާ ޔޮޝީދާ ޓީމުގެ ކުޅުންތެރިންނަށް ވިސްނައިދެނީ ޖަރުމަނުގެ ފުޓްބޯޅައިގެ މާޒީއާއި، އެމީހުންގެ ނުގުޑާ ފަދަ އަޒުމާ ދެކޮޅަށް ހަނގުރާމަކުރުމަށެވެ. ޔޮޝީދާ އާއި ޖަރުމަނުގެ ކޯޗު މޮރިޔާސޫ ގަބޫލުކުރާ ގޮތުގައި ޖަރުމަނުގެ ގޯލު ފޫއަޅުވަން މާގިނަ ފުރުސަތުތަކެއް ނުލިބޭނެއެވެ. މިހެންވެ މެޗުގެ ކޮންމެ ވަގުތެއްގައި ލިބިދާނެ ފުރުސަތަކަށް އެދިގެން ކެތްތެރިކަމާއެކު ތިބުމަކީ މި މެޗުގައި ޖަޕާނުން ކުރަންޖެހޭ އެންމެ މުހިންމު މަސައްކަތެވެ. ޚާއްސަކޮށް ޖަޕާން ޓީމުގައި މޮޅު ފޯވަޑެއް ނެތުމުން މެޗުގައި ވަރަށް ފަރުވާތެރިވެގެން 11 ކުޅުންތެރިން ތިބެގެން ނޫނީ، މޮޅު ނުވެވޭނެކަން ކޯޗު ހުރީ ގަބޫލުކޮށްގެންނެވެ.

މި ފަހަރުގެ ވޯލްޑް ކަޕަކީ ޖަޕާނުގެ ހަތް ވަނަ ވޯލްޑް ކަޕެވެ. މީގެ ތެރެއިން ތިން ފަހަރު ކުއާޓާ ފައިނަލަށް ދެވިފައިވާތީވެ މޮރިޔާސޫ އާއި އޭނާގެ ކުޅުންތެރިންގެ ވިސްނުމަކީ ކުއާޓާ ފައިނަލަށް ގޮސްފައި ނޫނީ އެނބުރި ރަށަށް ނުދިއުމެވެ. މިކަމަށް ޓަކައި ޖަޕާނުން މައިގަނޑު ގޮތެއްގައި ބޭނުންކުރާނެ ފޯމޭޝަނަކީ 4-2-3-1 އެވެ. ދެ ހޯލްޑިން މިޑްފީލްޑަރުންނާއި ކުރީގައި އެންމެ ފޯވަޑަކު ހުރެގެން ކުޅެން އެމީހުން ބޭނުންވާއިރު، ދެ ވިންގުން ކުޅޭ ހަލުވި ކުޅުންތެރިންގެ ބޭނުންހިފާނެއެވެ. ފަހަތް ޕެކްކޮށް ބާއްވާއިރު ބައެއް ފަހަރު އެޓޭކްގައި ޑިފެންޑަރުން ބައިވެރިވާނެއެވެ. މިހެންވެ ޖަޕާނަކީ ކައުންޓައެޓޭކްގައި ވަރަށް ނުރައްކާތެރި ޓީމެއްކަން އިދިކޮޅު ޓީމުތަކުން ވެސް ދަނީ ފާހަގަކުރަމުންނެވެ.

އަނެއްކޮޅުން މިއެތުރުމަކީ ޖަޕާނުން ގަބޫލުކުރާ ގޮތުގައި ސްޕޭނާއި ޖަރުމަނު އޮބަހައްޓަން އެންމެ މޮޅު ގޮތްވެސްމެއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

"ވަށައިގެން އިވުނީ ވޭނީ ހަޅޭކުގެ އަޑުތައް، މުޅި ތަނުގައި ހުރީ އަލިފާނުގެ އަސަރު"

"ވަށައިގެން އިވުނީ ވޭނީ ހަޅޭކުގެ އަޑުތައް، މުޅި ތަނުގައި ހުރީ އަލިފާނުގެ އަސަރު"

24 މެއި 2020
ކޮވިޑް-19: ގޭގައި ތިބެގެން ވައިވަނީތަ؟ މިހުރީ ކުރެވިދާނެ ކަންކަން!!

ކޮވިޑް-19: ގޭގައި ތިބެގެން ވައިވަނީތަ؟ މިހުރީ ކުރެވިދާނެ ކަންކަން!!

16 މާރިޗު 2020
ސީޕްލޭން ޓާމިނަލް ހަދަން ފެށިއިރުވެސް އެމްއޭސީއެލްގެ ވިސްނުން ހުރީ ޓީއެމްއޭއަށް ޓާމިނަލް ކުއްޔަށްދޭން!

ސީޕްލޭން ޓާމިނަލް ހަދަން ފެށިއިރުވެސް އެމްއޭސީއެލްގެ ވިސްނުން ހުރީ ޓީއެމްއޭއަށް ޓާމިނަލް ކުއްޔަށްދޭން!

17 ފެބުރުއަރީ 2020
ސަޕޯޓަރުންނަކީ ދިވެހި ޓީމުގެ ހަތިޔާރު

ސަޕޯޓަރުންނަކީ ދިވެހި ޓީމުގެ ހަތިޔާރު

14 ނޮވެމްބަރު 2019
ޗައިނާ މެޗުން އެނގިގެންދިޔައީ ރާއްޖެ ޓީމުގެ ހާލަތު!

ޗައިނާ މެޗުން އެނގިގެންދިޔައީ ރާއްޖެ ޓީމުގެ ހާލަތު!

10 ސެޕްޓެމްބަރު 2019

އަހަރުތަކުން މިއަދު

3 މެއި
މިޔަރު ހަމަލާގައި ނިޔާވި ޒައިދާންއަށް ފަރުވާ ދިނުމުގައި އިހުމާލުވި ކަމުގެ ތުހުމަތު، ހާދިސާ ހިނގާދިޔަ ގޮތް ސިފައިންގޭގެ އެންމެ މަތީވެރިޔާއަށް އެނގިވަޑައިނުގަންނަވާ
20251 އަހަރު ކުރިން
ރާއްޖެ

މިޔަރު ހަމަލާގައި ނިޔާވި ޒައިދާންއަށް ފަރުވާ ދިނުމުގައި އިހުމާލުވި ކަމުގެ ތުހުމަތު، ހާދިސާ ހިނގާދިޔަ ގޮތް ސިފައިންގޭގެ އެންމެ މަތީވެރިޔާއަށް އެނގިވަޑައިނުގަންނަވާ

ނޭނގުނީ މަރަޑޯނާ ޕެނަލްޓީ ޖެހިގޮތް، ނަޕޯލީން ސަޕޯޓަކުރި ސަބަބު: ޕަލިއޫކާ
20242 އަހަރު ކުރިން
މީހުން

ނޭނގުނީ މަރަޑޯނާ ޕެނަލްޓީ ޖެހިގޮތް، ނަޕޯލީން ސަޕޯޓަކުރި ސަބަބު: ޕަލިއޫކާ

ސައުދީ އަށް މެސީ ކުރި ދަތުރާއިި ޕީއެސްޖީން ކަންތައް ކުރި ގޮތުގެ ހަގީގަތަކީ މިއީ!
20233 އަހަރު ކުރިން
ރިޕޯޓު

ސައުދީ އަށް މެސީ ކުރި ދަތުރާއިި ޕީއެސްޖީން ކަންތައް ކުރި ގޮތުގެ ހަގީގަތަކީ މިއީ!

އަންހެނެއްގެ އިނގިލީގައި ދަތްއަޅައި ބުރިކޮށްލި ޙާދިސާ: މައްސަލަ ފެށުނު ގޮތާއި ސަބަބު
20224 އަހަރު ކުރިން
ރިޕޯޓު

އަންހެނެއްގެ އިނގިލީގައި ދަތްއަޅައި ބުރިކޮށްލި ޙާދިސާ: މައްސަލަ ފެށުނު ގޮތާއި ސަބަބު

ކްރިސްޕީ ޕޮޓޭޓޯ ކެސަޑިއާ
20215 އަހަރު ކުރިން
ލައިފް ސްޓައިލް

ކްރިސްޕީ ޕޮޓޭޓޯ ކެސަޑިއާ

ހަމަލާ އަށް ފަންޑް ކުރި މީހާ ހައްޔަރު ކޮށްފި
20197 އަހަރު ކުރިން
ދުނިޔެ

ހަމަލާ އަށް ފަންޑް ކުރި މީހާ ހައްޔަރު ކޮށްފި

ރައީސް ނަޝީދު ވިދާޅުވި އެއްޗެއް ދުންޔާ މައުމޫނަށް އޮޅިވަޑައިގެންފި
20188 އަހަރު ކުރިން
ރާއްޖެ

ރައީސް ނަޝީދު ވިދާޅުވި އެއްޗެއް ދުންޔާ މައުމޫނަށް އޮޅިވަޑައިގެންފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު