Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ތަފާތު ޚަބަރުސޫރިޔާ ރެފިއުޖީ ކޭމްޕް ވޯލްޑްކަޕް

32 ޓީމު ބައިވެރިވާ ވޯލްޑްކަޕް ފުޓުބޯޅަ މުބާރާތް، ސޫރިޔާގެ ރެފިއުޖީ ކޭމްޕުގައި!

22 ނޮވެމްބަރު 2022 | އަންގާރަ 13:44

ސޫރިޔާގެ ރެފިއުޖީންނަށް، ހިތްގައިމު މާހައުލެއްގައި ފީފާ ވޯލްޑްކަޕް 2022 ގެ މެޗުތައް ބަލާލެވޭނެ އިންތިޒާމުވެސް ވަނީ ހަމަޖައްސާފައި

ޢާއިޝާ ރީމާ ވަޙީދު
ޢާއިޝާ ރީމާ ވަޙީދު | 22 ނޮވެމްބަރު 2022 | އަންގާރަ 13:44
ސޫރިޔާގެ "ވޯލްޑްކަޕް" ފުޓުބޯޅަ މުބާރާތް އިންތިޒާމް ކުރީ، އިންސާނީ ޙައްޤުތަކަށް ވަކާލާތު ކުރާ 'ވައޮލެޓް' ޖަމިއްޔާއިން

ސޫރިޔާގެ "ވޯލްޑްކަޕް" ފުޓުބޯޅަ މުބާރާތް އިންތިޒާމް ކުރީ، އިންސާނީ ޙައްޤުތަކަށް ވަކާލާތު ކުރާ 'ވައޮލެޓް' ޖަމިއްޔާއިން

ނޮވެމްބަރު 20 ވަނަ ދުވަހުގެ ރޭ ޤަޠަރުގައި ފެށި ފީފާ ވޯލްޑްކަޕް ފުޓުބޯޅަ މުބާރާތުގެ ފޯރި ނުފެތުރޭ ހަމަ އެންމެ މަންޒިލެއްވެސް ނެތޭ ދެންނެވިދާނެއެވެ. އެފަދަ އެއް ތަނަކީ ސޫރިޔާގެ އިދްލީބުގައި ޤައިމު ކޮށްފައިވާ ރެފިއުޖީ ކޭމްޕުތަކެވެ. ކޭމްޕުތަކުގައި ދިރިއުޅޭ ގިނަ ކުޑަކުދިން މިހާރު އެންމެ ފޯރިއާއެކު ކުޅެމުންދަނީ، އެ ކުދިންގެ އަމިއްލަ "ވޯލްޑްކަޕް"އެކެވެ.

ސޫރިޔާގެ ރެފިއުޖީންގެ މެދުގައި ކުރިއަށް ގެންދާ "ވޯލްޑްކަޕް" މުބާރާތްވެސް ފެށީ ކުލަގަދަ އިހުތިފާލަކުންނެވެ. ފުރަތަމަ ކުޅުނީ "އެކުއެޑޯ"އާއި "ޤަތަރު"ގެ މެޗެވެ. ޓީމުތަކަށް ކުޅެމުން ދިޔައީ މުޅިންވެސް ސޫރިޔާގެ ކުދިންނެވެ. އެ މެޗު ނިމިގެން ދިޔައީ އަސްލު މެޗާއި ޚިލާފަށް، 1 ސުމަކުން ޤަތަރަކަށް ކުރި ލިބިގެންނެވެ.

ސޫރިޔާގެ "ވޯލްޑްކަޕް" ފުޓުބޯޅަ މުބާރާތް އިންތިޒާމް ކުރީ، އިންސާނީ ޙައްޤުތަކަށް ވަކާލާތު ކުރާ 'ވައޮލެޓް' ޖަމިއްޔާއިންނެވެ. ސޫރިޔާގެ އެކި ހިސާބުތަކުގައި ޤާއިމުކޮށްފައިވާ ރެފިއުޖީ ކޭމްޕުތަކުން ކުދިން އެއްކޮށްގެން، 6 މަސްދުވަހުގެ ތަމްރީން ޕްރޮގްރާމެއްވެސް އެ ޖަމިއްޔާއިން ވަނީ ހިންގާދީފައެވެ.

ޙަޤީޤީ ވޯލްޑްކަޕްގައި ކުޅެމުންދާ ޤައުމުތައް ރަމްޒުވާ ގޮތަށް 32 ޓީމު ވަނީ އެކުލަވާލާފައެވެ. ސޫރިޔާގެ "ވޯލްޑްކަޕް"ގައި ތޫނިސް ތަމްސީލު ކުރާ ހީޝް ރެފިއުޖީ ކޭމްޕްގައި ކުދިން ތަމްރީނު ކުރުމުގެ މަސައްކަތުގައި އުޅޭ މުޙައްނަދު ހަމެއިދީ ވަނީ އެ މުބާރާތުގެ މަޤްޞަދު ކިޔައިދީފައެވެ.

ޖިސްމާނީ ގޮތުން ހެލިފެލިވެ އުޅޭނެ ފުރުޞަތުގެ ތެރެއިން، އުފާވެރި ވަގުތުކޮޅެއް ހޭދަކޮށްލާނެ ފުރުޞަތު ހޯދާ ދިނުމުގެ އިތުރުން، ސޫރިޔާގެ ރެފިއުޖީންނަށް، ހިތްގައިމު މާހައުލެއްގައި ފީފާ ވޯލްޑްކަޕް 2022 ގެ މެޗުތައް ބަލާލެވޭނެ އިންތިޒާމުވެސް ވަނީ ހަމަޖައްސާފައެވެ. ޓެންޓުތަކުގެ މެދުގައި ޖަހާފައި ވާ ބޮޑު ސްކްރީނުން އެންމެންގެ މޫނުތަކަށް އުޖާލާކަން ވަނީ ގެނެސްދީފައެވެ.

މި ދުވަސްވަރަކީ ސޫރިޔާއަށް އިންތިހާއަށް ފިނިގަދަ ދުވަސްވަރަކަށް ވީ ނަމަވެސް، ފީފާ ވޯލްޑްކަޕްގެ މެޗުތައް ނިމެންދެން، ބޮޑު ސްކްރީންގައި މެޗުތައް އަޅުވަމުން ދާނެ ކަމަށް މައުލޫމާތު ލިބެއެވެ.

ސޫރިޔާ ރެފިއުޖީ ކޭމްޕް ވޯލްޑްކަޕްސީރިޔާ

އިތުރަށް ކިޔާލަން

09 ޑިސެމްބަރު 2025

އައްސަދުގެ ވެރިކަން ވައްޓާލިތާ އެއް އަހަރު ފުރުން ސީރިއާގައި ފާހަގަ ކޮށްފި

09 ޑިސެމްބަރު 2025
އައްސަދުގެ ވެރިކަން ވައްޓާލިތާ އެއް އަހަރު ފުރުން ސީރިއާގައި ފާހަގަ ކޮށްފި
13 ނޮވެމްބަރު 2025

އަހަރު ތަކަކަށް ފަހު ލަންޑަނުގައި ސީރިއާ ގެ އެމްބަސީ އަލުން ހުޅުވައިފި

13 ނޮވެމްބަރު 2025
އަހަރު ތަކަކަށް ފަހު ލަންޑަނުގައި ސީރިއާ ގެ އެމްބަސީ އަލުން ހުޅުވައިފި
09 ނޮވެމްބަރު 2025

އެމެރިކާ އިން ޓެރަރިސްޓެއްގެ ގޮތުގައި ލިސްޓު ކޮށްފައި އޮތް ސީރިޔާ ގެ ރައީސް އަލް-ޝަރާ ހޮނިހިރު ދުވަހު އެމެރިކާ އަށް ރަސްމީ ދަތުރެއްގައި ވަޑައިގެންފި

09 ނޮވެމްބަރު 2025
އެމެރިކާ އިން ޓެރަރިސްޓެއްގެ ގޮތުގައި ލިސްޓު ކޮށްފައި އޮތް ސީރިޔާ ގެ ރައީސް އަލް-ޝަރާ ހޮނިހިރު ދުވަހު އެމެރިކާ އަށް ރަސްމީ ދަތުރެއްގައި ވަޑައިގެންފި
30 އޮކްޓޯބަރު 2025

ސީރިއާގައި އިންވެސްޓު ކުރުމުގެ ދައުވަތު ދުނިޔެ އަށް ދެއްވުމާ އެކު، އަލް ޝަރާގެ ތައުރީފު ސައުދީ އަރަބިއްޔާ އަށް

30 އޮކްޓޯބަރު 2025
ސީރިއާގައި އިންވެސްޓު ކުރުމުގެ ދައުވަތު ދުނިޔެ އަށް ދެއްވުމާ އެކު، އަލް ޝަރާގެ ތައުރީފު ސައުދީ އަރަބިއްޔާ އަށް
05 އޮކްޓޯބަރު 2025

ސީރިއާގެ އައު ޤާނޫނު ހަދާ މަޖިލިސް އިންތިޚާބު ކުރުމަށް ވޯޓުލާން ފަށައިފި

05 އޮކްޓޯބަރު 2025
ސީރިއާގެ އައު ޤާނޫނު ހަދާ މަޖިލިސް އިންތިޚާބު ކުރުމަށް ވޯޓުލާން ފަށައިފި
22 ސެޕްޓެމްބަރު 2025

60 އަހަރުގެ ތެރޭގައި އދ އަށް ވަޑައިގަންނަވާ ސީރިއާގެ ފުރަތަމަ ރައީސަކަށް އަލް ޝަރާ

22 ސެޕްޓެމްބަރު 2025
60 އަހަރުގެ ތެރޭގައި އދ އަށް ވަޑައިގަންނަވާ ސީރިއާގެ ފުރަތަމަ ރައީސަކަށް އަލް ޝަރާ
03 ސެޕްޓެމްބަރު 2025

ސޫރިއާ ގެ ކުރީގެ ރައީސް ބައްޝާރް އަލް-އަސަދު ހައްޔަރު ކުރުމުގެ އަމުރެއް ފަރަންސޭސި ވިލާތުން ނެރެފި

03 ސެޕްޓެމްބަރު 2025
ސޫރިއާ ގެ ކުރީގެ ރައީސް ބައްޝާރް އަލް-އަސަދު ހައްޔަރު ކުރުމުގެ އަމުރެއް ފަރަންސޭސި ވިލާތުން ނެރެފި
18 ޖުލައި 2025

ދުރޫޒް-ބަދަވީ ހަނގުރާމަ ހޫނުވަމުން ދާތީ ސުވައިދާ އަށް ސޫރިޔާ ގެ ސަރުކާރު ސިފައިން އަލުން ފޮނުވަން ތައްޔާރު ވަނީ

18 ޖުލައި 2025
ދުރޫޒް-ބަދަވީ ހަނގުރާމަ ހޫނުވަމުން ދާތީ ސުވައިދާ އަށް ސޫރިޔާ ގެ ސަރުކާރު ސިފައިން އަލުން ފޮނުވަން ތައްޔާރު ވަނީ
18 ޖުލައި 2025

ސީރިއާގެ ޙާލަތާ ގުޅޭ ގޮތުން ސައުދީގެ ވަލީ އަހުދާއި، އަލް ޝަރާގެ ފޯނު ކޯލެއް

18 ޖުލައި 2025
ސީރިއާގެ ޙާލަތާ ގުޅޭ ގޮތުން ސައުދީގެ ވަލީ އަހުދާއި، އަލް ޝަރާގެ ފޯނު ކޯލެއް
16 ޖުލައި 2025

ސީރިޔާގެ ރައީސް "ނައްތާލުމަށް" އިސްރާއީލުގެ ދިފާއީ ވަޒީރު ގޮވާލައިފި

16 ޖުލައި 2025
ސީރިޔާގެ ރައީސް "ނައްތާލުމަށް" އިސްރާއީލުގެ ދިފާއީ ވަޒީރު ގޮވާލައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް