Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެހިޔާ ފްލެޓުތައް

900 ހިޔާ ފްލެޓު ބޮޑު އަގުގައި ކުއްޔަށް!

18 ނޮވެމްބަރު 2022 | ހުކުރު 07:27

ފްލެޓުތައް ލިބެން ނުޖެހޭ މީހުންނަށް ވެސް ލިބިފައިވޭ

އިދުހާމް ނަޢީމް
އިދުހާމް ނަޢީމް | 18 ނޮވެމްބަރު 2022 | ހުކުރު 07:27
ހިޔާ ފްލެޓްތައް

ހިޔާ ފްލެޓްތައް

ހުޅުމާލެ ދެވަނަ ފިޔަވަހީގައި ތަރައްގީކޮށްފައިވާ ހިޔާ ފްލެޓުތަކުގެ 900 ފްލެޓު، ސަރުކާރުން ދޫކޮށްފައިވާ އަގަށްވުރެ ބޮޑު އަގުގައި ކުއްޔަށް ދީފައިވާ ކަމަށް މިނިސްޓަރ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ، އެންޑް އިންފްރާސްޓްރަކްޗަރ މުޙައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.

މިނިސްޓަރު އަސްލަމް މިފަދައިން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ ޤައުމީ ތަރައްގީއާއި ތަރިކައިގެ ކޮމިޓީގައި މެންބަރުން ކުރެއްވި ސުވާލުތަކަށް ޖަވާބުދެއްވަމުންނެވެ. އެގޮތުން، ފްލެޓުތައް ދިނުމުގައި މައްސަލަތައް އެބަހުރި ކަމަށާއި ލިބެން ނުޖެހޭ މީހުންނަށް ވެސް ފްލެޓް ލިބިފައިވާކަމަށް އަސްލަމް ވިދާޅުވިއެވެ. އެގޮތުން، ފްލެޓުތަކަށް އެދި ހުށަހެޅުމުގެ އުސޫލުގައި ހުރި މައްސަލަތަކެއްގެ ސަބަބުން މާލޭގައި ދިރިނޫޅޭ މީހުންނަށް ވެސް އެކި ކެޓަގަރީތަކުން ފްލެޓުތައް ލިބިފައިވާ ކަން އޭނާ ފާހަގަކުރެއްވިއެވެ.

Advertisement - newsAdvertisement

އަސްލަމް ވިދާޅުވި ގޮތުގައި ފްލެޓު ދިނުމުގެ އުސޫލު ކަނޑައަޅާފައި އޮތް ގޮތުން، 18 އަހަރާ 40 އަހަރާ ދެމެދުގެ އުމުރުފުރާގެ މީހުންނާއި ސިވިލް ސާވިސް މުވައްޒަފުންނާއި ނަރުހުންނާއި ޑޮކްޓަރުންގެ ކެޓަގަރީތަކުން ފްލެޓު ދިނުމުގައި އެ ފަރާތްތަކަކީ މާލޭގައި އުޅޭ ބައެއްތޯ ބެލުމެއް ނެތް ކަމަށެވެ. މިގޮތުން ބެލި ބެލުމުން ހިޔާ ފްލެޓުތަކުގައި މާލެއަށް ނިސްބަތްނުވާ 25 އިންސައްތަ މީހުން ދިރިއުޅެމުން އަންނަކަމަށް އޭނާ ވިދާޅުވިއެވެ.

ބޯހިމެނުމުގެ ޕްރިލިމިނަރީ ޑޭޓާއިން ދައްކާ ގޮތުގައި ސަރުކާރުން ފްލެޓުތައް ދޫކުރާ އަގަށްވުރެ ބޮޑުކޮށް 900 ފެލްޓު މިހާރުވެސް ދޫކޮށްފައިވާ ކަމަށް އެނގޭކަމަށް ވެސް އަސްލަމް ވިދާޅުވިއެވެ. އަދި 40 އިންސައްތަ މީހުން ކުލި ނުދައްކާއިރު ދެމެހެއްޓެނިވި ގޮތެއްގައި ހިޔާ ފްލެޓުގެ ކަންކަން ކުރިއަށްނުގެންދެވޭނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

މިއީ ސިސްޓަމުގެ ތެރެއިން ސިސްޓަމާ ކުޅެން އެނގޭ މީހުން ކޮށްފައިވާކަންކަން ފާހަގަކުރައްވައި މިނިސްޓަރު ވިދާޅުވީ މި މައްސަލަތައް ހުރި ނަމަވެސް މިހާރު ނިޒާމު އޮތް ގޮތުން މިއިން އެއްވެސް ފަރާތަކާމެދު ފިޔަވަޅު އެޅެން ނެތްކަމަށެވެ.

ހިޔާ ފްލެޓްތަކަކީ ރާއްޖެއާ ނުގުޅޭ ގޮތަށް މާ އަގު ބޮޑުކޮށް ހިންގާފައިވާ މަޝްރޫއެއް ކަމަށް ވާރލްޑް ބޭންކުން ވެސް ވަނީ ބުނެފައެވެ. އެ ބޭންކުގެ ރިޕޯޓުތައް ދައްކާ ގޮތުގައި މި އަހަރުގެ އޭޕްރިލް މަހާ ހަމައަށް ހިޔާ ފްލެޓުގައި 6،338 އާއިލާ ދިރިއުޅެން ފަށާފައިވާއިރު އޭގެ ތެރެއިން 2،345 ތަނުން ކުލި ނުދައްކައެވެ. އެ ފްލެޓްތަކުގައި ދިރިއުޅޭ މީހުންނަށް ކުލި ދައްކަން އިތުރު ފުރުސަތު ދިނަސް އެކަމުގައި އެއްވެސް ކުރިއެރުމެއް ނުލިބޭކަން ފާހަގަކޮށް ވާރލްޑް ބޭންކުން ބުނީ އެ މީހުން އަތުން ފްލެޓް އަތުލުމުގެ ބާރު އެޗްޑީސީއަށް އޮންނަ ކަމަށެވެ. ނަމަވެސް އެއްވެސް ބައެއްގެ އަތުން ފްލެޓެއް އަތުލަން މަސައްކަތް ކޮށްފައިނުވާ ކަމަށެވެ.

ހިޔާގެ ގިނަ ބަޔަކު ކުލި ނުދައްކަނީ ކުލީގެ ގޮތުގައި ސަރުކާރުން ކަނޑައަޅާފައިވާ އަގު މާބޮޑު ކަމަށް ބުނެއެވެ. ކުލި ކުޑަކުރުމަށް އެދި ބައެއް ފަރާތްތަކުން މުޒާހަރާ ވެސް ކުރިއެވެ. ސަރުކާރުން ހިޔާ ފްލެޓުތަކުން ކުލީގެ ގޮތުގައި މެއިންޓަނަންސް ހަރަދާއެކު ނަގަނީ މަހަކު 8500 ރުފިޔާއެވެ.

ކުލީގެ ގޮތުގައި 8500 ރުފިޔާ އަގުބޮޑުކަމަށް ބުނަމުން އަންނައިރު، އެކި ޕްލެޓްފޯމުތަކުގައި ހިޔާ ޓަވަރުތަކުން ފްލެޓާއި ކޮޓަރި ކުއްޔަށް ދޫކުރަން ދަނީ އިޝްތިހާރު ކުރަމުންނެވެ. މި އިޝްތިހާރުތަކުގައި ހުންނަ އަގުތަކަށް ބަލާއިރު ދެ ކޮޓަރީގެ ތެރެއިން އެންމެ ކޮޓަރިއެއް ވެސް ކުއްޔަށް ދޫކުރަނީ 8000 ރުފިޔާއަށްވުރެ ބޮޑު އަގުގައެވެ.

އެންމެ ހިނގާ

1

ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް ދިރިއުޅުއްވާ ހިލާލީ ގެޔަށް މަހަކު 3 ލައްކައަށް ވުރެ ގިނަ ރުފިޔާ ހަރަދުވާކަން ހާމަވެއްޖެ!

2

ގައުމީ ދުވަހުގެ ރަސްމިއްޔާތުގައި ގުރުއާން ކިޔަވަން ހުރި ކުއްޖާ ސިއްސުވާލުމާ ގުޅިގެން ގިނަ ބައެއްގެ ފާޑު ކިޔުން ސަރުކާރަށް!

3

ހުރްމުޒް ކަނޑުއޮޅީގެ ކޮންޓްރޯލު ހޯދުމަށް އަސްކަރީ ގޮތުން އެމެރިކާ އަށް ކުރެވޭނެ އެއްވެސް ކަމެއް ނެތް ކަމަށް ޕެންޓަގަންއިން އެއްބަސްވެއްޖެ

4

މަރާލާ ނުވަތަ އަތުލައިގަންނަ އެމެރިކާގެ ކޮންމެ ސިފައިންގެ މީހަކަށް 30،000 ޑޮލަރުގެ އިނާމު އީރާނުން ހުށަހަޅައިފި

5

ގެއްލުނު ޕައިލެޓުންގެ ތަހުގީގަށް މަގުފަހިކޮށްދޭން އީރާނުން ގަތަރަށް ގޮވާލައިފި

އިތުރަށް ކިޔާލަން

28 ޖެނުއަރީ 2017

ރާއްޖޭގެ ބޮޑު ބަޔަކަށް ވިއްސާރަ ކުރާނެ: މެޓް

28 ޖެނުއަރީ 2017
ރާއްޖޭގެ ބޮޑު ބަޔަކަށް ވިއްސާރަ ކުރާނެ: މެޓް
26 ޖެނުއަރީ 2017

އިންޑިޔާ އަށް ވުރެ ވެސް ރާއްޖޭގައި ކޮރަޕްޝަން ބޮޑު: ސީޕީއައި

26 ޖެނުއަރީ 2017
އިންޑިޔާ އަށް ވުރެ ވެސް ރާއްޖޭގައި ކޮރަޕްޝަން ބޮޑު: ސީޕީއައި
20 ޖެނުއަރީ 2017

ރަނގަޅު ވެރިކަމެއްގައި މިސަރުކާރުގެ ބޮޑުން ތިބޭނީ ޖަލުގައި: ނާދިރާ

20 ޖެނުއަރީ 2017
ރަނގަޅު ވެރިކަމެއްގައި މިސަރުކާރުގެ ބޮޑުން ތިބޭނީ ޖަލުގައި: ނާދިރާ
20 ޖެނުއަރީ 2017

"ހިޔާނަތްތެރިވެފައިވާ" މީހުން ފައިސާ އަނބުރާ ދެއްކުމަށް ދަނީ އެއްބާރުލުން ދެމުން: ފިނޭންސް މިނިސްޓްރީ

20 ޖެނުއަރީ 2017
"ހިޔާނަތްތެރިވެފައިވާ" މީހުން ފައިސާ އަނބުރާ ދެއްކުމަށް ދަނީ އެއްބާރުލުން ދެމުން: ފިނޭންސް މިނިސްޓްރީ
16 ޖެނުއަރީ 2017

ސަރުކާރުން ޕްރޮޖެކްޓްތައް ހިންގަނީ ތިން ގުނަ އަގު ބޮޑުކޮށް: އާޒިމް

16 ޖެނުއަރީ 2017
ސަރުކާރުން ޕްރޮޖެކްޓްތައް ހިންގަނީ ތިން ގުނަ އަގު ބޮޑުކޮށް: އާޒިމް
15 ޖެނުއަރީ 2017

ސަރުކާރުންދޭ ލޯން ގެރެންޓީއަކީ ރޭވިގެންކުރާ ބޮޑު ޖަރީމާއެއް: ޑރ. ޖަމީލް

15 ޖެނުއަރީ 2017
ސަރުކާރުންދޭ ލޯން ގެރެންޓީއަކީ ރޭވިގެންކުރާ ބޮޑު ޖަރީމާއެއް: ޑރ. ޖަމީލް
15 ޖެނުއަރީ 2017

ހަލް އިންޝުއަރެންސްއާ ގުޅޭގޮތުން އެމްއެމްއޭގެ އަމަލްތަކަށް ޓްރާންސްޕޯޓުން ކަންބޮޑުވެއްޖެ

15 ޖެނުއަރީ 2017
ހަލް އިންޝުއަރެންސްއާ ގުޅޭގޮތުން އެމްއެމްއޭގެ އަމަލްތަކަށް ޓްރާންސްޕޯޓުން ކަންބޮޑުވެއްޖެ
06 ޖެނުއަރީ 2017

!ފޭދޫފިނޮޅު ވިއްކާލުމުން އިންޑިއާގެ ކަންބޮޑުވުން: ދިވެހި ފޮރިން މިނިސްޓަރާ މަޝްވަރާ ކުރުން އެކަށީގެންވޭ

06 ޖެނުއަރީ 2017
!ފޭދޫފިނޮޅު ވިއްކާލުމުން އިންޑިއާގެ ކަންބޮޑުވުން: ދިވެހި ފޮރިން މިނިސްޓަރާ މަޝްވަރާ ކުރުން އެކަށީގެންވޭ
06 ޖެނުއަރީ 2017

!ފޭދޫފިނޮޅު ވިއްކާލުމުން އިންޑިއާގެ ކަންބޮޑުވުން: ދިވެހި ފޮރިން މިނިސްޓަރާ މަޝްވަރާ ކުރުން އެކަށީގެންވޭ

06 ޖެނުއަރީ 2017
!ފޭދޫފިނޮޅު ވިއްކާލުމުން އިންޑިއާގެ ކަންބޮޑުވުން: ދިވެހި ފޮރިން މިނިސްޓަރާ މަޝްވަރާ ކުރުން އެކަށީގެންވޭ
05 ޖެނުއަރީ 2017

ދުންޔާ ސަރުކާރާ ގުޅިވަޑައިގަތުމަކީ ލިބުނު ބޮޑު ޝޮކެއް: އުމަރު ނަސީރު

05 ޖެނުއަރީ 2017
ދުންޔާ ސަރުކާރާ ގުޅިވަޑައިގަތުމަކީ ލިބުނު ބޮޑު ޝޮކެއް: އުމަރު ނަސީރު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް