Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
މަޖިލީހުގެ މަސައްކަތްތައް

މަޖިލީހުގެ ރިޔާސަތާމެދު މެމްބަރުންގެ ހުރި ކަންބޮޑުުވުންތަކާ ގުޅިގެން، ރައީސުލްޖުމްހޫރިއްޔާއެކު އިތުރު ބައްދަލުވުމެއް މިރޭ

ރައީސް ނަޝީދު ވަނީ ހޯމަ ދުވަހުގެ ޖަލްސާ ނިންމަވާލެއްވި ގޮތް ދިފާއުކުރައްވާފައި

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު, ރާއްޖެ އެމްވީ | 15 ނޮވެމްބަރު 2022 | އަންގާރަ 13:27
މިއަހަރަށް ރިޔާސީ ބަޔާން އިއްވުމަށް ބޭއްވި ޖަލްސާގެ ތެރެއިން

މިއަހަރަށް ރިޔާސީ ބަޔާން އިއްވުމަށް ބޭއްވި ޖަލްސާގެ ތެރެއިން

ރައްޔިތުންގެ މަޖިލީހުގެ ރިޔާސަތާމެދު މެމްބަރުންގެ ހުރި ކަންބޮޑުުވުންތަކާއި ގުޅިގެން ރައީސް އިބްރާހީމް މުހައްމަދު ސާލިހާއެކު އިތުރު ބައްދަލުވުމެއް މިރޭ ބާއްވަން ހަމަޖެހިފައިވާ ކަމަށް މެމްބަރުން ވިދާޅުވެއްޖެއެވެ.

މަޖިލީހުގެ ރިޔާސަތާމެދު މެމްބަރުންގެ ހުރި ކަންބޮޑުުވުންތަކާ ގުޅިގެން އަންގާރަ ދުވަހު މަޖިލީހުގެ 40 މެމްބަރުން ވަނީ ރައީސް ސާލިހާ ބައްދަލުކުރައްވަން މުލިއާގެއަށް ވަޑައިގަންނަވާފައެވެ. އޭގެ ތެރޭގައި ހިމެނިވަޑައިގަންނަވަނީ އެމްޑީޕީގެ 39 މެމްބަރުންނާއި ޖުމްހޫރީ ޕާޓީގެ މެމްބަރެކެވެ.

އެ ބައްދަލުކުރެއްވުމަށްފަހު ނޫސްވެރިންނަށް މައުލޫމާތުދެއްވަމުން އައްޑޫ މަރަދޫ ދާއިރާގެ މެމްބަރު އިބްރާހީމް ޝަރީފް ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދުގެ އިތުބާރު ނެތް ކަމަށް ވޯޓު ނަގާ ވަރަށް މެމްބަރުންގެ ތާއީދު އެބައޮތް ކަމަށެވެ. އެކަން އެގޮތަށް ކުރުމަށް މެމްބަރުން ހުށަހެޅުމުން ރައީސް ސާލިހު އެ ނިންމެވުމަށް ތާއީދު ނުކުރައްވާކަން ހާމަކުރައްވާފައިވާކަމަށް ޝަރީފް ވިދާޅުވިއެވެ. މެމްބަރުންނަށް މަލާމާތްކުރައްވައި، ޖެއްސުންކުރެއްވުމުގެ އަމަލުތައް ރައީސް ނަޝީދު ކުރައްވަމުން ގެންދަވާކަމަށާއި އެ ކަންބޮޑުވުން ރައީސުލްޖުމްހޫރިއްޔާއާ ހިއްސާކުރައްވާފައިވާކަމަށް ޝަރީފް ވިދާޅުވިއެވެ.

އަންގާރަ ދުވަހުގެ ޖަލްސާގައިވެސް މެންބަރުން ވަނީ ޓެކްސް ނެގުމުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލަށް ވޯޓަށް ނާހައިގެން ނުރުހުން ފާޅުކުރައްވައި އަޑު އުފުއްލަވާފައެވެ. ރައްޔިތުންގެ މަޖިލީހުގެ ހޯމަ ދުވަހުގެ ޖަލްސާގައި، މުދަލާއި ޚިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު މުޅި މަޖިލީހުގެ ކޮމިޓީން ދިރާސާކޮށް ނިންމިގޮތުގެ ރިޕޯޓު މަޖިލީހުގެ ތަޅުމަށް ހުށަހަޅާފައިވެއެވެ. އަދި ރިޕޯޓަށް ބަހުސް ކުރަން މެންބަރަކު އެދިފައި ނެތުމުން، ރިޔާސަތުން ވަނީ، ބިލަށް ވޯޓަށް އަހާވަރަށް މެންބަރުން ތަޅުމުގައި ނެތްކަމަށް ވިދާޅުވެ ކުއްލި ގޮތަކަށް ޖަލްސާ މެދުކަނޑާލައްވާފައެވެ.

އަންގާރަ ދުވަހު މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވަނީ ހޯމަ ދުވަހުގެ ޖަލްސާ ނިންމަވާލެއްވި ގޮތް ދިފާއުކުރައްވާފައެވެ. މެމްބަރުން ދަނީ އެގޮތަށް އަމަލުކުރައްވަމުން ގެންދަވަނީ އިދިކޮޅު ޕީޕީއެމްއާ ގުޅިވަޑައިގެން ކަމަށް ތުހުމަތުކުރަމުންނެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ކްރައިމް އިންވެސްޓިގޭޝަން ކޮމާންޑްގެ ހުރިހާ ޑިޕާޓްމަންޓްތަކުގެ މުވައްޒަފުންނަށް ރޯލްކޯލްއެއް ބާއްވައިފި

ކްރައިމް އިންވެސްޓިގޭޝަން ކޮމާންޑްގެ ހުރިހާ ޑިޕާޓްމަންޓްތަކުގެ މުވައްޒަފުންނަށް ރޯލްކޯލްއެއް ބާއްވައިފި

22 ޖެނުއަރީ 2017
ކޮރަޕްޝަނަކީ އިންސާނީ ތޮބީޢަތުގައިވާ ކަމެއް ކަމަށް ވިދާޅުވުމަކީ އިސްލާމްދީނުގެ އަސާސްތަކާއި އިންސާނީ އެންމެހައި ހަމަތަކާ ޚިލާފު، ބިރުހުރި ކަމެއް:އެމްޑީޕީ

ކޮރަޕްޝަނަކީ އިންސާނީ ތޮބީޢަތުގައިވާ ކަމެއް ކަމަށް ވިދާޅުވުމަކީ އިސްލާމްދީނުގެ އަސާސްތަކާއި އިންސާނީ އެންމެހައި ހަމަތަކާ ޚިލާފު، ބިރުހުރި ކަމެއް:އެމްޑީޕީ

22 ޖެނުއަރީ 2017
ކައުންސިލް ނުލިބިއްޖެ ނަމަ ތިމަރަފުށީގައި ހުރި ސަރުކާރުގެ އޮފިސްތަކުގެ އޮނިގަނޑަށް ބަދަލު ގެންނާނަން: ޝަރީފް

ކައުންސިލް ނުލިބިއްޖެ ނަމަ ތިމަރަފުށީގައި ހުރި ސަރުކާރުގެ އޮފިސްތަކުގެ އޮނިގަނޑަށް ބަދަލު ގެންނާނަން: ޝަރީފް

21 ޖެނުއަރީ 2017
އައްޑޫ ސިޓީ ޗަކަ ބިމެއްގައިހުރި ގަސްތަކެއްގައި އަލިފާން ރޯވެއްޖެ

އައްޑޫ ސިޓީ ޗަކަ ބިމެއްގައިހުރި ގަސްތަކެއްގައި އަލިފާން ރޯވެއްޖެ

20 ޖެނުއަރީ 2017
އިސްލާމްދީނާ ޚިލާފު ޤާނޫނެއް ފާސްކޮށްފިނަމަ އެކަން އެޅޭނީ މަޖިލީހުގެ މެމްބަރުންގެ ބޮލުގައި:އައްސަދު

އިސްލާމްދީނާ ޚިލާފު ޤާނޫނެއް ފާސްކޮށްފިނަމަ އެކަން އެޅޭނީ މަޖިލީހުގެ މެމްބަރުންގެ ބޮލުގައި:އައްސަދު

14 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

7 އެޕްރީލު
ފައިސަލްގެ ގެކޮޅަށް ރެއިޑްކުރަން އުޅުނުކަމަށް ދެކެވޭ ވާހަކަ ފުލުހުން ދޮގުކޮށްފި، ފައިސަލްގެ ކޮމެންޓެއް އަދި ނެތް
20251 އަހަރު ކުރިން
ރާއްޖެ

ފައިސަލްގެ ގެކޮޅަށް ރެއިޑްކުރަން އުޅުނުކަމަށް ދެކެވޭ ވާހަކަ ފުލުހުން ދޮގުކޮށްފި، ފައިސަލްގެ ކޮމެންޓެއް އަދި ނެތް

ސިމްޑީ ރަމަޟާން ޕްރޮމޯޝަންގެ ހަތަރުވަނަ ހަފުތާގެ ނަސީބުވެރިން ހޮވައިފި
20242 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ސިމްޑީ ރަމަޟާން ޕްރޮމޯޝަންގެ ހަތަރުވަނަ ހަފުތާގެ ނަސީބުވެރިން ހޮވައިފި

ނައީމާއްތަގެ މަރު: ފުލުހުން ދޮރު ވައްޓާލިއިރުވެސް ކޮޓަރި ތެރެއިން ކުނި ވަސް ދުވާ!
20233 އަހަރު ކުރިން
ރިޕޯޓު

ނައީމާއްތަގެ މަރު: ފުލުހުން ދޮރު ވައްޓާލިއިރުވެސް ކޮޓަރި ތެރެއިން ކުނި ވަސް ދުވާ!

އިންސާނުންގެ ހަށިގަނޑުން މައިކްރޯޕްލާސްޓިކް ފެނުން: ބޮޑު ނުރައްކަލެއްގެ ރަނގަބީލެއް
20224 އަހަރު ކުރިން
ރިޕޯޓު

އިންސާނުންގެ ހަށިގަނޑުން މައިކްރޯޕްލާސްޓިކް ފެނުން: ބޮޑު ނުރައްކަލެއްގެ ރަނގަބީލެއް

ވޯޓު ބާތިލްވާގޮތާއި ސައްހަވާގޮތް އަދި ކަރުދާސް ބާތިލްވާގޮތް މިއޮތީ
20215 އަހަރު ކުރިން
ރިޕޯޓު

ވޯޓު ބާތިލްވާގޮތާއި ސައްހަވާގޮތް އަދި ކަރުދާސް ބާތިލްވާގޮތް މިއޮތީ

އަލުން ގުނަނީ މާވަށު ދާއިރާގެ ތިން ވޯޓު ފޮށްޓެއް
20197 އަހަރު ކުރިން
ރާއްޖެ

އަލުން ގުނަނީ މާވަށު ދާއިރާގެ ތިން ވޯޓު ފޮށްޓެއް

އެއް ދުވަހުން ރެކޯޑު އަދަދަކަށް މަސް ބާނައިފި، އިއްޔެ އެކަނި ވެސް 700 ޓަނު!
20188 އަހަރު ކުރިން
ރާއްޖެ

އެއް ދުވަހުން ރެކޯޑު އަދަދަކަށް މަސް ބާނައިފި، އިއްޔެ އެކަނި ވެސް 700 ޓަނު!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު