Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއެޑިއުކޭޝަން މިނިސްޓްރީ

އަންނަ ދިރާސީ އައު އަހަރު ފަށާއިރު ރާއްޖޭގެ ހުރިހާ ސްކޫލެއްގައި ތަމްރީނުވެފައިވާ ޕްރިންސިޕަލުން ތިބޭނެ: އެޑިއުކޭޝަން މިނިސްޓަރު

14 ނޮވެމްބަރު 2022 | ހޯމަ 02:02

ސަރުކާރުން ތައުލީމީ ދާއިރާގައި މަސައްކަތް ކުރާ ފަރާތްތަކަށް ކުރިއަރުވަން ގިނަ މަސައްކަތްތަކެއް ކުރޭ

އިދުހާމް ނަޢީމް
އިދުހާމް ނަޢީމް | 14 ނޮވެމްބަރު 2022 | ހޯމަ 02:02
އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ

އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ

އަންނަ އަހަރުގެ ދިރާސީ އައު އަހަރު ފެށޭއިރު ރާއްޖޭގެ ކޮންމެ ސްކޫލެއްގައި ތަމްރީނު ލިބިފައިވާ ޕްރިންސިޕަލުން ތިބޭނެ ކަމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ ވިދާޅުވެއްޖެއެވެ.

"ރާއްޖެޓީވީ" ގެ ފަލަސުރުޚީ ޕްރޮގްރާމުގައި ވާހަކަދައްކަވަމުން މިނިސްޓަރު ޑރ. އައިޝަތު އަލީ ވިދާޅުވީ މި ސަރުކާރުން ތައުލީމީ ދާއިރާގައި މަސައްކަތް ކުރާ ފަރާތްތައް ކުރިއަރުވަން ގިނަ މަސައްކަތްތަކެއް ކޮށްފައިވާ ކަމަށެވެ. އެގޮތުން، އެންމެ މުހިންމު އެއް ކަމަކީ ޓީޗަރުންނާއި ތައުލީމީ ދާއިރާގެ އެހެނިހެން ފަރާތްތަކުގެ މުސާރައިގެ ކުރިއެރުން ހޯދައިދިނުން ކަމަށާއި އެއީ ދާއިރާގައި ތިބި ރަނގަޅު މުވައްޒަފުން ދާއިރާގައި ބޭތިއްބުމަށް ކުރެވުނު މުހިންމު ކަމެއް ކަމަށް މިނިސްޓަރު ފާހަގަކުރެއްވިއެވެ.

Advertisement - newsAdvertisement

މިނިސްޓަރު ވިދާޅުވީ މިހާތަނަށް ޓީޗަރުންނާއި ޕްރިންސިޕަލުންނާއި ތައުލީމީ ދާއިރާގެ އެހެނިހެން ޕްރޮފެޝަނަލުން ހިމެނޭހެން 8،889 މީހަކަށް މުސާރައިގެ ކުރިއެރުން ލިބިފައިވާކަމަށެވެ. އަދި ތައުލީމީ ދާއިރާގައި މަސައްކަތް ކުރާ އިދާރީ މުވައްޒަފުންގެ އަސާސީ މުސާރައިގެ 35 އިންސައްތަ ބޮޑުކޮށްފައިވާ ކަމަށެވެ.

ތައުލީމީ ދާއިރާގެ ފަރާތްތައް ބާރުވެރިކުރުވަން ކުރަމުން އަންނަ މަސައްކަތްތަކުގެ ތެރޭގައި ރާއްޖެއާއި ރާއްޖޭން ބޭރުން ތަމްރީންތައް ދިނުމާއި ޕްރިންސިޕަލުން ނެތް ރަށްރަށަށް ޕްރިންސިޕަލުން ހޯދުމަށް ޚާއްސަ ސްކޮލަރޝިޕް ސްކީމެއް ވެސް ތައާރަފު ކުރެވުނު ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. މި ސްކީމުގެ ދަށުން 18 މީހަކު މިހާރު މެލޭޝިއާގައި ކިޔަވަމުން އަންނައިރު އަންނަ އަހަރުގެ ދިރާސީ އައު އަހަރު ފެށޭއިރު ހުރިހާ ސްކޫލެއްގައި ތަމްރީނު ލިބިފައިވާ ޕްރިންސިޕަލުން ތިބޭނެ ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.

ތައުލީމީ ދާއިރާ ފެންވަރު ރަނގަޅުވާނީ ފެންވަރު ރަނގަޅު ޓީޗަރުން ތަމްރީނުވެގެންކަން ފާހަގަކުރައްވައި މިނިސްޓަރު ވިދާޅުވީ މި ސަރުކާރުން އެކަމަށް ވަރަށް ބޮޑު އިސްކަމެއް ދެމުން އަންނަ ކަމަށެވެ. އަދި މި ސަރުކާރުގެ އަމާޒަކީ އުމްރާނީ ތަރައްގީ އެކަނި ނޫން ކަމަށާއި ސްކޫލްތަކުގެ ނަތީޖާ ރަނގަޅު ކުރުމަކީ ވެސް މި ސަރުކާރުން އިސްކަމެއް ދޭ ކަމެއް ކަމުގައި މިނިސްޓަރު ފާހަގަކުރެއްވިއެވެ.

އެޑިއުކޭޝަން މިނިސްޓްރީން 80 ސްކޫލަކާ އެކު ފެށި "ސްކޫލް ވެހި" ޕްރޮގްރާމުގެ ދަށުން މިހާތަނަށް ޓީޗަރުންނަށް ތަމްރީނު ދީ، ދަރިވަރުންގެ ނަތީޖާ ވަރަށް ބޮޑުތަނުން ރަނގަޅުކުރެވިފައިވާ ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.

އެންމެ ހިނގާ

1

ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް ދިރިއުޅުއްވާ ހިލާލީ ގެޔަށް މަހަކު 3 ލައްކައަށް ވުރެ ގިނަ ރުފިޔާ ހަރަދުވާކަން ހާމަވެއްޖެ!

2

ގައުމީ ދުވަހުގެ ރަސްމިއްޔާތުގައި ގުރުއާން ކިޔަވަން ހުރި ކުއްޖާ ސިއްސުވާލުމާ ގުޅިގެން ގިނަ ބައެއްގެ ފާޑު ކިޔުން ސަރުކާރަށް!

3

ހުރްމުޒް ކަނޑުއޮޅީގެ ކޮންޓްރޯލު ހޯދުމަށް އަސްކަރީ ގޮތުން އެމެރިކާ އަށް ކުރެވޭނެ އެއްވެސް ކަމެއް ނެތް ކަމަށް ޕެންޓަގަންއިން އެއްބަސްވެއްޖެ

4

މަރާލާ ނުވަތަ އަތުލައިގަންނަ އެމެރިކާގެ ކޮންމެ ސިފައިންގެ މީހަކަށް 30،000 ޑޮލަރުގެ އިނާމު އީރާނުން ހުށަހަޅައިފި

5

ގެއްލުނު ޕައިލެޓުންގެ ތަހުގީގަށް މަގުފަހިކޮށްދޭން އީރާނުން ގަތަރަށް ގޮވާލައިފި

އިތުރަށް ކިޔާލަން

10 ޖެނުއަރީ 2017

ފާތިރު މަރާލި މައްސަލައިގައި ހޯދަމުން އަންނަ އިރުފާން އަދިވެސް ނުފެނޭ!

10 ޖެނުއަރީ 2017
ފާތިރު މަރާލި މައްސަލައިގައި ހޯދަމުން އަންނަ އިރުފާން އަދިވެސް ނުފެނޭ!
10 ޖެނުއަރީ 2017

ހަތަރު ބިލިއަން ރުފިޔާ ހިމެނޭ ދަރަނީގެ މައްސަލަތައް މިދިޔަ އަހަރު ސާބިތުވި: ސިވިލް ކޯޓް

10 ޖެނުއަރީ 2017
ހަތަރު ބިލިއަން ރުފިޔާ ހިމެނޭ ދަރަނީގެ މައްސަލަތައް މިދިޔަ އަހަރު ސާބިތުވި: ސިވިލް ކޯޓް
10 ޖެނުއަރީ 2017

އެމްޕީއެލް އިން ނެގި 85 މިލިއަން ރުފިޔާ ނުދައްކާ ތިން އަހަރު!

10 ޖެނުއަރީ 2017
އެމްޕީއެލް އިން ނެގި 85 މިލިއަން ރުފިޔާ ނުދައްކާ ތިން އަހަރު!
09 ޖެނުއަރީ 2017

2017 ވަނަ އަހަރުގެ ކިޔެވުން ފަށައިފި

09 ޖެނުއަރީ 2017
2017 ވަނަ އަހަރުގެ ކިޔެވުން ފަށައިފި
08 ޖެނުއަރީ 2017

މިއަހަރުގެ އަމާޒަކީ ޒަމާނީ ވަސީލަތްތަކާއެކު ކިޔެވުމާއި ކިޔަވައިދިނުމުގެ މުޅި ވައްޓަފާޅި ބަދަލުކުރުން: މިނިސްޓަރު

08 ޖެނުއަރީ 2017
މިއަހަރުގެ އަމާޒަކީ ޒަމާނީ ވަސީލަތްތަކާއެކު ކިޔެވުމާއި ކިޔަވައިދިނުމުގެ މުޅި ވައްޓަފާޅި ބަދަލުކުރުން: މިނިސްޓަރު
07 ޖެނުއަރީ 2017

މާލޭގައި ސައިކަލް ޓެކްސީގެ ޚިދުމަތް އަންނަ ހަފްތާގައި ފަށަނީ

07 ޖެނުއަރީ 2017
މާލޭގައި ސައިކަލް ޓެކްސީގެ ޚިދުމަތް އަންނަ ހަފްތާގައި ފަށަނީ
06 ޖެނުއަރީ 2017

ނިމިގެންދިޔަ އަހަރު ޑްރަގް ކޯޓަށް ހުށަހެޅުނު މައްސަލަތައް އިތުރުވެއްޖެ

06 ޖެނުއަރީ 2017
ނިމިގެންދިޔަ އަހަރު ޑްރަގް ކޯޓަށް ހުށަހެޅުނު މައްސަލަތައް އިތުރުވެއްޖެ
06 ޖެނުއަރީ 2017

ގޮންޖެހުންތަކާ އެކު 2016 ވަނަ އަހަރު އިދިކޮޅު ސިޔާސީ ޕާޓީއެއްގެ ދައުރު އަދާކުރެވުނު: އެމްޑީޕީ

06 ޖެނުއަރީ 2017
ގޮންޖެހުންތަކާ އެކު 2016 ވަނަ އަހަރު އިދިކޮޅު ސިޔާސީ ޕާޓީއެއްގެ ދައުރު އަދާކުރެވުނު: އެމްޑީޕީ
06 ޖެނުއަރީ 2017

މިދިޔަ އަހަރު ކްރިމިނަލް ކޯޓަށް ހުށަހެޅި މައްސަލަތަކުގެ އަދަަދު އިތުރުވެއްޖެ

06 ޖެނުއަރީ 2017
 މިދިޔަ އަހަރު ކްރިމިނަލް ކޯޓަށް ހުށަހެޅި މައްސަލަތަކުގެ އަދަަދު އިތުރުވެއްޖެ
04 ޖެނުއަރީ 2017

ރާއްޖޭގެ ސިޔާސީ މަސްރަހުން 2017 ވަނަ އަހަރު އާ ބަދަލުތަކެއް ފެނިގެންދާނެ: ނިޒާރު

04 ޖެނުއަރީ 2017
ރާއްޖޭގެ ސިޔާސީ މަސްރަހުން 2017 ވަނަ އަހަރު އާ ބަދަލުތަކެއް ފެނިގެންދާނެ: ނިޒާރު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް