Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެބަޖެޓް 2023: ތިމާވެށި ރައްކާތެރިކުރުން

އަންނަ އަހަރު ކުނި ނައްތާލުމުގެ ނިޒާމުތައް ގާއިމުކުރުމަށް 630.2 މިލިއަން ރުފިޔާ

31 އޮކްޓޯބަރު 2022 | ހޯމަ 08:51

މޯލްޑިވްސް ކްލީން އެންވަޔަރަމަންޓް ޕްރޮޖެކްޓާއި ގްރޭޓަރ މާލެ ވޭސްޓް ޓު އެނާރޖީ ޕްރޮޖެކްޓަށް އަންނަ އަހަރުގެ ބަޖެޓްގައި 399.2 މިލިއަން ރުފިޔާ ހިމަނައިފައިވޭ

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ | 31 އޮކްޓޯބަރު 2022 | ހޯމަ 08:51
ތިލަފުށީގައި ހިނގަމުންދާ ވޭސްޓް މެނޭޖްމަންޓް ޕްރޮޖެކްޓްގެ މަސައްކަތް

ތިލަފުށީގައި ހިނގަމުންދާ ވޭސްޓް މެނޭޖްމަންޓް ޕްރޮޖެކްޓްގެ މަސައްކަތް

ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ކުނި ނައްތާލުމުގެ ނިޒާމުތައް ގާއިމްކުރުމަށް އަންނަ އަހަރުގެ ބަޖެޓްގައި 630.2 މިލިއަން ރުފިޔާ ހިމަނާފައިވާނެކަމަށް ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު ވިދާޅުވެއްޖެއެވެ.

އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވަމުން ފިނޭންސް މިނިސްޓަރު ވިދާޅުވީ މީގެ ތިރީހަކަށް އަހަރު ކުރިން ފެށިގެން ކުނި އަންދަމުން އަންނަ ތިލަފުށީގައި ކުނި އެންދުން މިސަރުކާރުން މިވަނީ ނިމުމަކަށް ގެނެސްފައިކަމަށެވެ. އަދި މި ނިޒާމާއި އެއްގޮތަށް އައްޑޫ ސިޓީގައި ކުނި ނައްތާލުމުގެ ނިޒާމް ގާއިމްކުރުމުގެ މަޝްރޫއު ދަނީ ހިނގަމުން ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. ތިމާވެށި ހިމާޔަތްކުރުމަށް، ރައްކާތެރިކަމާއެކު ކުނި ނެއްތޭނެ ނިޒާމު ގިނަ ރަށްތަކެއްގައި ގާއިމްކުރުމުގެ މަސައްކަތަށް މެދުނުކެނޑި ކުރިޔަށްދާކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

Advertisement - newsAdvertisement

ރައްކާތެރިކަމާއެކު ކުނިނައްތާލުމަށް އެންމެ ބޮޑު ހޭދައެއް ކުރެވެނީ ގްރޭޓަރ މާލެ އެންވަޔަރަމަންޓަލް އިމްޕްރޫވްމަންޓް އެންޑް ވޭސްޓް މެނޭޖްމަންޓް ޕްރޮޖެކްޓަށެވެ. އަދި އެކި ފަންޑުތަކުން ޚަރަދުކޮށްގެން އަތޮޅުތަކުގައި ކުރިއަށްދާ މޯލްޑިވްސް ކްލީން އެންވަޔަރަމަންޓް ޕްރޮޖެކްޓާއި ގްރޭޓަރ މާލެ ވޭސްޓް ޓު އެނާރޖީ ޕްރޮޖެކްޓަށް އަންނަ އަހަރުގެ ބަޖެޓްގައި 399.2 މިލިއަން ރުފިޔާ ހިމަނައިފައިވެއެވެ.

މީގެ އިތުރުން، ހިނގަމުންދާ މަޝްރޫއުތަކަށާއި އެކި އަތޮޅުތަކުގައި ހިންގުމަށްރާވާފައިވާ ސްމޯލް ސްކޭލް ވޭސްޓް ޓު އެނާރޖީ ޕްރޮޖެކްޓް ފޭސް 2 އަށް ކަނޑައަޅާފައިވާ 59.3 މިލިއަން ރުފިޔާ ހިމަނައިފައިވެއެވެ. އަދި ގްރީން ފަންޑުން 168.5 މިލިއަން ރުފިޔާ ޚަރަދުކޮށްގެން އެކި ރަށްރަށުގައި ކުނި މެނޭޖްކުރާނެ ފެސިލިޓީތައް ގާއިމުކުރުމުގެ މަސައްކަތްތައް މިހާރުވެސް ދަނީ ހިނގަމުންނެވެ.

އަންނަ އަހަރު ތިމާވެށި ރައްކާތެރިކުރުމަށް އަންނަ އަހަރުގެ ބަޖެޓްގައި ތިމާވެށި ރައްކާތެރިކުރުމަށް 2 ބިލިއަން ރުފިޔާ ވަނީ ކަނޑައަޅާފައެވެ.

ތިމާވެށި ރައްކާތެރިކުރުމުގެ ދާއިރާއިން ކުނި ނައްތާލުމުގެ އިތުރުން ދެން އެންމެ ބޮޑު ޚަރަދެއް ހިނގާނެކަމަށް ލަފާކޮށްފައިވަނީ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫޢުތަކަށެވެ. މިހާރު ހިނގަމުންދާ، ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫއުތަކަށް 304.6 މިލިއަންއާއި އަލަށް ފަށާ މަޝްރޫއުތަކަށް 8.3 މިލިއަން ރުފިޔާ ވަނީ ކަނޑައަޅާފައެވެ. ގޮނޑުދޮށް ހިމާޔަތްކުރުމަށް 412.9 މިލިއަން ރުފިޔާ ވަނީ ކަނޑައަޅާފައެވެ.

ހިނގަމުންދާ އިއާދަކުރަނިވި ހަކަތައިގެ މަޝްރޫއުތަކަށް އޭޝިއަން ޑިވެލޮޕްމަންޓް ބޭންކުންނާއި ވޯލްޑް ބޭންކުން ހިލޭ އެހީގެ ގޮތުގައި 82.7 މިލިއަން ރުފިޔާ ކަނޑައެޅިފައިވެއެވެ. އަދި ހިނގަމުންދާ އެކްސެލަރޭޓިންގ ރިނިއުބަލް އެނާރޖީ އިންޓަގްރޭޝަން އެންޑް ސަސްޓެއިނަބަލް އެނަރޖީ ޕްރޮޖެކްޓާއި ޕްރިޕައިރިންގ އައުޓަރ އައިލެންޑް ފޯރ ސަސްޓެއިނަބަލް އެނަރޖީ ޑިވެލޮޕްމަންޓް ޕްރޮޖެކްޓަށް ލޯނުން ޚަރަދުކުރާގޮތަށް 282.7 މިލިއަން ރުފިޔާ ހިމަނައިފައިވެއެވެ.

މީގެއިތުރުން ސަރުކާރުން ހާއްސަ އަހައްމިޔަތުކަމެއް ދީގެން ރާއްޖޭގެ ހުރިހާ ރަށެއްގައިވެސް ފެނާއި ނަރުދަމާގެ ނިޒާމު ޤާއިމުކުރުމުގެ މަޝްރޫޢޫތައް ދަނީ ކުރިއަށް ގެންދަމުންނެވެ. މިއަހަރުގެ ބަޖެޓުގައި މިހާރު ހިނގަމުންދާ އަދި އަލަށް ފަށާ ފެނާއި ނަރުދަމާގެ މަޝްރޫއުތަކަށް 567.2 މިލިއަން ރުފިޔާ ކަނޑައެޅިފައިވެއެވެ. މީގެ ތެރޭގައި، އިންޑިއާ ސަރުކާރުގެ ލައިން އޮފް ކްރެޑިޓް ފެސިލިޓީން 34 ރަށެއްގައި މިހާރު ހިނގަމުންދާ ފެނާއި ނަރުދަމާގެ މަޝްރޫއުތަކަށް 191.3 މިލިއަން ރުފިޔާ އާއި، އޮފިޑާއި، ކުވައިތު ފަންޑާއި އައިޑީބީގެ ލޯނުން ކުރިއަށް ގެންދާ މަޝްރޫއުތަކަށް 112.9 މިލިއަން ރުފިޔާ ހަމަޖެހިފައިވެއެވެ.

ޑޮމެސްޓިކް ބަޖެޓުންނާއި މޯލްޑިވްސް ގްރީން ފަންޑުން ޚަރަދުކޮށްގެން އެކި ރަށްރަށުގެ ފެނާއި ނަރުދަމާގެ ނިޒާމު ގާއިމުކުރުމުގެ އެކި މަޝްރޫއުތަކަށް 305.8 މިލިއަން ރުފިޔާ ކަނޑައެޅިފައިވެއެވެ. މީގެ ތެރޭގައި އެކި ރަށްރަށުގައި އަލަށްފަށާ މަޝްރޫއުތައް ހިމެނެއެވެ.

ބަޖެޓް ހުށަހަޅުއްވަމުން މިނިސްޓަރު ވިދާޅުވީ ރާއްޖޭގެ 158 ރަށެއްގައި ފެނާއި ނަރުދަމާގެ މަޝްރޫއުތައް ހިންގުމަށް ބަޖެޓުގައި ޖުމްލަ 643.8 މިލިއަން ރުފިޔާ ހިމެނިފައިވާނެކަމަށެވެ. ފެނާއި ނަރުދަމާގެ އަމަލީ މަސައްކަތްތައް ހިނގަމުންނުދާ އެއްވެސް ރަށެއް 2023 ގައި ނޯންނާނެކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.

އެންމެ ހިނގާ

1

މީގެ ފަހުން ޑޮލަރުގެ އަގަކީ 15.42 ނޫން ކަމަށް ނުލިޔެވޭނެ! ކަޅު ބާޒާރުގެ އަގު ލިޔުމުން ބައި މިލިއަން ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރަނީ!

2

ގައުމީ ދުވަހުގެ ރަސްމިއްޔާތުގައި ގުރުއާން ކިޔަވަން ހުރި ކުއްޖާ ސިއްސުވާލުމާ ގުޅިގެން ގިނަ ބައެއްގެ ފާޑު ކިޔުން ސަރުކާރަށް!

3

ހުރްމުޒް ކަނޑުއޮޅީގެ ކޮންޓްރޯލު ހޯދުމަށް އަސްކަރީ ގޮތުން އެމެރިކާ އަށް ކުރެވޭނެ އެއްވެސް ކަމެއް ނެތް ކަމަށް ޕެންޓަގަންއިން އެއްބަސްވެއްޖެ

4

މަޝްހޫރު ބަތަލާ ހޭޑަން ޕެނެޓިއޭ 36 އަހަރުގައި މަރުވެފައި އޮއްވާ ފެނިއްޖެ

5

ޓްރަމްޕްގެ މާ އަރިހުގައި ހުންނަ ޚާއްސަ އަންހެނެއްގެ ވާހަކަ

އިތުރަށް ކިޔާލަން

10 ޖެނުއަރީ 2017

ފާތިރު މަރާލި މައްސަލައިގައި ހޯދަމުން އަންނަ އިރުފާން އަދިވެސް ނުފެނޭ!

10 ޖެނުއަރީ 2017
ފާތިރު މަރާލި މައްސަލައިގައި ހޯދަމުން އަންނަ އިރުފާން އަދިވެސް ނުފެނޭ!
10 ޖެނުއަރީ 2017

ހަތަރު ބިލިއަން ރުފިޔާ ހިމެނޭ ދަރަނީގެ މައްސަލަތައް މިދިޔަ އަހަރު ސާބިތުވި: ސިވިލް ކޯޓް

10 ޖެނުއަރީ 2017
ހަތަރު ބިލިއަން ރުފިޔާ ހިމެނޭ ދަރަނީގެ މައްސަލަތައް މިދިޔަ އަހަރު ސާބިތުވި: ސިވިލް ކޯޓް
10 ޖެނުއަރީ 2017

އެމްޕީއެލް އިން ނެގި 85 މިލިއަން ރުފިޔާ ނުދައްކާ ތިން އަހަރު!

10 ޖެނުއަރީ 2017
އެމްޕީއެލް އިން ނެގި 85 މިލިއަން ރުފިޔާ ނުދައްކާ ތިން އަހަރު!
09 ޖެނުއަރީ 2017

2017 ވަނަ އަހަރުގެ ކިޔެވުން ފަށައިފި

09 ޖެނުއަރީ 2017
2017 ވަނަ އަހަރުގެ ކިޔެވުން ފަށައިފި
08 ޖެނުއަރީ 2017

މިއަހަރުގެ އަމާޒަކީ ޒަމާނީ ވަސީލަތްތަކާއެކު ކިޔެވުމާއި ކިޔަވައިދިނުމުގެ މުޅި ވައްޓަފާޅި ބަދަލުކުރުން: މިނިސްޓަރު

08 ޖެނުއަރީ 2017
މިއަހަރުގެ އަމާޒަކީ ޒަމާނީ ވަސީލަތްތަކާއެކު ކިޔެވުމާއި ކިޔަވައިދިނުމުގެ މުޅި ވައްޓަފާޅި ބަދަލުކުރުން: މިނިސްޓަރު
07 ޖެނުއަރީ 2017

މާލޭގައި ސައިކަލް ޓެކްސީގެ ޚިދުމަތް އަންނަ ހަފްތާގައި ފަށަނީ

07 ޖެނުއަރީ 2017
މާލޭގައި ސައިކަލް ޓެކްސީގެ ޚިދުމަތް އަންނަ ހަފްތާގައި ފަށަނީ
06 ޖެނުއަރީ 2017

ނިމިގެންދިޔަ އަހަރު ޑްރަގް ކޯޓަށް ހުށަހެޅުނު މައްސަލަތައް އިތުރުވެއްޖެ

06 ޖެނުއަރީ 2017
ނިމިގެންދިޔަ އަހަރު ޑްރަގް ކޯޓަށް ހުށަހެޅުނު މައްސަލަތައް އިތުރުވެއްޖެ
06 ޖެނުއަރީ 2017

ގޮންޖެހުންތަކާ އެކު 2016 ވަނަ އަހަރު އިދިކޮޅު ސިޔާސީ ޕާޓީއެއްގެ ދައުރު އަދާކުރެވުނު: އެމްޑީޕީ

06 ޖެނުއަރީ 2017
ގޮންޖެހުންތަކާ އެކު 2016 ވަނަ އަހަރު އިދިކޮޅު ސިޔާސީ ޕާޓީއެއްގެ ދައުރު އަދާކުރެވުނު: އެމްޑީޕީ
06 ޖެނުއަރީ 2017

މިދިޔަ އަހަރު ކްރިމިނަލް ކޯޓަށް ހުށަހެޅި މައްސަލަތަކުގެ އަދަަދު އިތުރުވެއްޖެ

06 ޖެނުއަރީ 2017
 މިދިޔަ އަހަރު ކްރިމިނަލް ކޯޓަށް ހުށަހެޅި މައްސަލަތަކުގެ އަދަަދު އިތުރުވެއްޖެ
04 ޖެނުއަރީ 2017

ރާއްޖޭގެ ސިޔާސީ މަސްރަހުން 2017 ވަނަ އަހަރު އާ ބަދަލުތަކެއް ފެނިގެންދާނެ: ނިޒާރު

04 ޖެނުއަރީ 2017
ރާއްޖޭގެ ސިޔާސީ މަސްރަހުން 2017 ވަނަ އަހަރު އާ ބަދަލުތަކެއް ފެނިގެންދާނެ: ނިޒާރު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް