Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެރައީސް މާޅޮހު ކައުންސިލާ ބައްދަލު ކުރެއްވުން

މާޅޮހުގައި ދުވަހަކުވެސް ނުހިންގާވަރަށް މިވަގުތު މަޝްރޫއުތައް ކުރިއަށްއެބަދޭ: ރަށު ކައުންސިލް

30 އޮކްޓޯބަރު 2022 | އާދީއްތަ 13:27

ރައީސުލްޖުމްހޫރިއްޔާ މާޅޮހަށް މީގެކުރިން ކޮށްދެއްވަން ވިދާޅުވި ކަންކަމުގެ އަމަލީ މަސައްކަތް ފެށިގެން ކުރިއަށްދާކަން ފާހަގަކުރި

އިދުހާމް ނަޢީމް
އިދުހާމް ނަޢީމް | 30 އޮކްޓޯބަރު 2022 | އާދީއްތަ 13:27
ރައީސް މާޅޮހު ކައުންސިލާ ބައްދަލު ކުރައްވަނީ

ރައީސް މާޅޮހު ކައުންސިލާ ބައްދަލު ކުރައްވަނީ

އަރިއަތޮޅު އުތުރުބުރީ މާޅޮހު ކައުންސިލާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީއާ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ބައްދަލުކުރައްވަފިއެވެ.

އާދީއްތަ ދުވަހުގެ މެންދުރު ފަހު ރައީސް އޮފީހުގައި ބޭއްވެވި މި ބައްދަލުކުރެއްވުމުގައި ރައީސް ވަނީ މާޅޮހުގެ ތަރައްޤީގެ މުހިންމު ކަންކަމާއި ގުޅޭގޮތުން މަޝްވަރާ ކުރައްވައިފިއެވެ.

Advertisement - newsAdvertisement

މި ބައްދަލުކުރެއްވުމުގައި އއ. މާޅޮހު ކައުންސިލުން ވަނީ ވޭތުވެދިޔަ ދިގު ތާރީހުގައި އެ ރަށުގައި ދުވަހަކުވެސް ނުހިންގާވަރަށް މިވަގުތު ތަރައްގީގެ މަޝްރޫއުތައް ކުރިއަށްދާކަން ފާހަގަކޮށްފައެވެ. އަދި އެކަމަށްޓަކައި ރައީސްއަށް އެ ކައުންސިލުން ވަނީ ޝުކުރު އަދާކޮށްފައެވެ.

މާޅޮހުގެ ތަރައްގީއަށް އެންމެ މުހިންމު ކަންކަމާއި ކައުންސިލާއި ރައްޔިތުން މިވަގުތު އެންމެ ބޭނުންވާ ކަންކަން ފާހަގަކުރައްވަމުން ކައުންސިލުން ވަނީ ރަށުގައި މިހާރު ދެމުންދާ ސިއްހީ ޚިދުމަތްތައް ތަރައްޤީގީކުރަން ބޭނުންވާކަން ފާހަގަކޮށްފައެވެ. އަދި ޒަމާނީ މިސްކިތެއް ތަރައްގީކުރުމަށް ބޭނުންވާ ކަމަށާއި، ލޯކަލް ޓޫރިޒަމް ކުރިއަށްގެންދިއުމަށާއި ރަށުގެ އާންމު ރައްޔިތުން ބޭނުންކުރުމަށް ބީޗެއް ބޭނުންވާކަމުގައި ކައުންސިލުން ރައީސް އަށް ދަންނަވާފައި ވެއެވެ.

މީގެ އިތުރުން ލޯކަލް ޓޫރިޒަމް ހިންގުމަށް ހުރި ގޮންޖެހުންތައް ކައުންސިލުން ވަނީ ފާހަގަކޮށްފައެވެ. ހަމަ އެއާއެކު ރަށުގެ ކުނި މެނޭޖުކުރުމަށް މިހާރު ބޭނުންކުރާ ވެހިކަލަށް މައްސަލަޖެހުމުގެ ސަބަބުން ކުރިމަތިވާ ގޮންޖެހުންތަކާއި، ރަށުގައި ފަންނީ މީހުން ނެތުމުގެ ސަބަބުން ކުރިމަތިވާ ގޮންޖެހުންތަކާއި އެފަދަ މީހުން ތަމްރީނުކުރުމުގައި ކުރިމަތިވާ ގޮންޖެހުންތައްވެސް އެ ކައުންސިލުން ރައީސް އާ ހިއްސާ ކުރިއެވެ.

މި ބައްދަލުކުރެއްވުމުގައި މާޅޮހުގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީން ފާހަގަކުރީ ބަޖެޓުގެ ދަތިކަމެވެ.

މީގެ އިތުރުންވެސް މި ބައްދަލުކުރެއްވުމުގައި އއ. މަތިވެރި ދާއިރާއަށް ބޭނުންވާ ތަރައްޤީގެ މަޝްރޫޢުތަކާއި މަތިވެރި ދާއިރާގެ ރައްޔިތުން އެންމެ ބޭނުންވާ ކަންތައްތަކާއި ގުޅޭގޮތުން މަޝްވަރާ ކުރެއްވެވިއެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ މާޅޮހު ކައުންސިލުން ފާހަގަކުރެއްވި ކަންކަމުގެ ތެރެއިން އަންނަ އަހަރުގެ ބަޖެޓުގައި ހިމަނައިގެން ކުރިޔަށްގެންދެވޭނެ ކަންކަން ބައްލަވާނެ ކަމަށާ އަދި ފާހަގަކުރެއްވި އިތުރު ކަންކަމުގައި ކަމާގުޅޭ ސަރުކާރުގެ އިދާރާތަކާ މަޝްވަރާކުރައްވާނެ ކަމަށް ވިދާޅުވެފައެވެ. އަދި ކައުންސިލްގެ ބައްދަލުވުމުން ރަށަށް ބޭނުންވާ ކަންކަން ދެނެގަތުމަށް ސަރުކާރަށް ފަސޭހަވެގެންދާކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

މި ބައްދަލުވުމުގައި ރައީސުލްޖުމްހޫރިއްޔާ މާޅޮހަށް މީގެކުރިން ކޮށްދެއްވަން ވިދާޅުވި ކަންކަމުގެ އަމަލީ މަސައްކަތް ފެށިގެން ކުރިއަށްދާކަން އެރަށުގެ ކައުންސިލުން ވަނީ ފާހަގަކޮށްފައެވެ.

އެންމެ ހިނގާ

1

ގައުމީ ދުވަހުގެ ރަސްމިއްޔާތުގައި ގުރުއާން ކިޔަވަން ހުރި ކުއްޖާ ސިއްސުވާލުމާ ގުޅިގެން ގިނަ ބައެއްގެ ފާޑު ކިޔުން ސަރުކާރަށް!

2

ހުރްމުޒް ކަނޑުއޮޅީގެ ކޮންޓްރޯލު ހޯދުމަށް އަސްކަރީ ގޮތުން އެމެރިކާ އަށް ކުރެވޭނެ އެއްވެސް ކަމެއް ނެތް ކަމަށް ޕެންޓަގަންއިން އެއްބަސްވެއްޖެ

3

މަރާލާ ނުވަތަ އަތުލައިގަންނަ އެމެރިކާގެ ކޮންމެ ސިފައިންގެ މީހަކަށް 30،000 ޑޮލަރުގެ އިނާމު އީރާނުން ހުށަހަޅައިފި

4

ގެއްލުނު ޕައިލެޓުންގެ ތަހުގީގަށް މަގުފަހިކޮށްދޭން އީރާނުން ގަތަރަށް ގޮވާލައިފި

5

މަޝްހޫރު ބަތަލާ ހޭޑަން ޕެނެޓިއޭ 36 އަހަރުގައި މަރުވެފައި އޮއްވާ ފެނިއްޖެ

އިތުރަށް ކިޔާލަން

26 ޑިސެމްބަރު 2017

ތަރައްގީގެ މަޝްރޫއުތައް ހިންގުމުގައި އީޕީއޭ އިން އަމަލު ކުރަނީ ގާނޫނާ ހިލާފަށް: ސޭވް މޯލްޑިވްސް ޓީމް

26 ޑިސެމްބަރު 2017
ތަރައްގީގެ މަޝްރޫއުތައް ހިންގުމުގައި އީޕީއޭ އިން އަމަލު ކުރަނީ ގާނޫނާ ހިލާފަށް: ސޭވް މޯލްޑިވްސް ޓީމް
18 ޑިސެމްބަރު 2017

ދެކުނުގެ އަތޮޅުތަކަށް ވިއްސާރަ، މިވަގުތު އެލަރޓެއް ނެތް

18 ޑިސެމްބަރު 2017
ދެކުނުގެ އަތޮޅުތަކަށް ވިއްސާރަ، މިވަގުތު އެލަރޓެއް ނެތް
04 ޑިސެމްބަރު 2017

ޝަހީބު ފުލުހަކަށް ހަމަލާދިން ކަމަށް ބުނާ މައްސަލައިގައި މިވަގުތު ހާމަކުރާނެ އެއްޗެއް ނެތް: ފުލުހުން

04 ޑިސެމްބަރު 2017
ޝަހީބު ފުލުހަކަށް ހަމަލާދިން ކަމަށް ބުނާ މައްސަލައިގައި މިވަގުތު ހާމަކުރާނެ އެއްޗެއް ނެތް: ފުލުހުން
20 ނޮވެމްބަރު 2017

މި ސަރުކާރުން ފެށި ހައުސިން މަޝްރޫއުތައް ފެއިލްވީ ދޭންޖެހުނު ކަޓުތައް ބޮޑުވެގެން: ފައްޔާޒު

20 ނޮވެމްބަރު 2017
މި ސަރުކާރުން ފެށި ހައުސިން މަޝްރޫއުތައް ފެއިލްވީ ދޭންޖެހުނު ކަޓުތައް ބޮޑުވެގެން: ފައްޔާޒު
19 ނޮވެމްބަރު 2017

ހައުސިން މަޝްރޫއުތައް ފެއިލްވުމުން އެކަމުގެ ބަދުނާމު ރައީސް ޔާމީން އެޅުއްވީ އިދިކޮޅު ފަރާތްތަކުގެ ބޮލުގައި

19 ނޮވެމްބަރު 2017
ހައުސިން މަޝްރޫއުތައް ފެއިލްވުމުން އެކަމުގެ ބަދުނާމު ރައީސް ޔާމީން އެޅުއްވީ އިދިކޮޅު ފަރާތްތަކުގެ ބޮލުގައި
12 އޮކްޓޯބަރު 2017

ބްރޯޑްކޮމްގެ ރައީސް ޝަހީބު ފުލުހަކަށް ހަމަލާދިން ކަމަށް ބުނާ މައްސަލާގައި މިވަގުތު އެއްޗެއް ހާމަކުރެވެން ނެތް: ޕޮލިސް

12 އޮކްޓޯބަރު 2017
ބްރޯޑްކޮމްގެ ރައީސް ޝަހީބު ފުލުހަކަށް ހަމަލާދިން ކަމަށް ބުނާ މައްސަލާގައި މިވަގުތު އެއްޗެއް ހާމަކުރެވެން ނެތް: ޕޮލިސް
05 އޮކްޓޯބަރު 2017

މިވަގުތުވެސް 1.6 ބިލިއަން ރުފިޔާގެ ދަރަނި އެބައޮތް: ސްޓެލްކޯ

05 އޮކްޓޯބަރު 2017
މިވަގުތުވެސް 1.6 ބިލިއަން ރުފިޔާގެ ދަރަނި އެބައޮތް: ސްޓެލްކޯ
06 ޖޫން 2017

މަޝްރޫއުތައް ހިންގަނީ ބަޖެޓަށް ބަލައިގެން ނޫން ކަމަށް ބުނެ މިނިސްޓަރަށް ރައްދު ދެއްވައިފި

06 ޖޫން 2017
މަޝްރޫއުތައް ހިންގަނީ ބަޖެޓަށް ބަލައިގެން ނޫން ކަމަށް ބުނެ މިނިސްޓަރަށް ރައްދު ދެއްވައިފި
26 މާރިޗު 2017

މިނިވަންކަމާއި ދެކޮޅަށް ވޯޓުދެއްވައިފިނަމަ، ދުވަހަކުވެސް މެމްބަރުންނަށް ރައްޔިތުން މައާފެއް ނުކުރާނެ: އިމްރާން އަބްދުﷲ

26 މާރިޗު 2017
މިނިވަންކަމާއި ދެކޮޅަށް ވޯޓުދެއްވައިފިނަމަ، ދުވަހަކުވެސް މެމްބަރުންނަށް ރައްޔިތުން މައާފެއް ނުކުރާނެ: އިމްރާން އަބްދުﷲ
20 ޖެނުއަރީ 2017

ތަރައްގީގެ މަޝްރޫއުތައް ހިންގުމަށް އިންޑިޔާ ފަދަ ގައުމުތަކަށް ރާއްޖެއިން އަބަދުވެސް މަރުހަބާ ކިޔަން : ޝައިނީ

20 ޖެނުއަރީ 2017
ތަރައްގީގެ މަޝްރޫއުތައް ހިންގުމަށް އިންޑިޔާ ފަދަ ގައުމުތަކަށް ރާއްޖެއިން އަބަދުވެސް މަރުހަބާ ކިޔަން : ޝައިނީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް