Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
މުފްތީގެ ދަރުސް

މުފްތީ މެންކްގެ ދަރުސް މިރޭ ކާނިވާ ސަރަހައްދުގައި

ޓީވީއާއި ރޭޑިއޯ އަދި ސޯޝަލް މީޑިއާ މެދުވެރިކޮށް ދަރުސްތައް ބެލޭނެ

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު, ރާއްޖެ އެމްވީ | 28 އޮކްޓޯބަރު 2022 | ހުކުރު 07:17
މުފްތީ މެންކް ރާއްޖެއަށް ވަޑައިގަތުމުން ވެލާނާ އިންޓަރނެޝަނަލް އެއަރޕޯޓުން އިސްލާމިކް މިނިސްޓަރު އޭނާއަށް މަރުހަބާ ވިދާޅުވަނީ

މުފްތީ މެންކް ރާއްޖެއަށް ވަޑައިގަތުމުން ވެލާނާ އިންޓަރނެޝަނަލް އެއަރޕޯޓުން އިސްލާމިކް މިނިސްޓަރު އޭނާއަށް މަރުހަބާ ވިދާޅުވަނީ

މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒްގެ ދަޢުވަތަކަށް މިހާރު ރާއްޖެ ވަޑައިގެން އުޅުއްވާ މުފްތީ މެންކްގެ ދަރުސް ހުކުރު ދުވަހުގެ ރޭ (28 އޮކްޓޯބަރު 2022) މާލޭގައި އޮންނާނެކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފިއެވެ.

މިނިސްޓްރީން މައުލޫމާތު ދޭ ގޮތުގައި ކާނިވާ ސަރަހައްދުގައި އޮންނަ މި ދަރުސްގެ މައުޟޫއަކީ ޑިޕްރެޝަން، އެންޒައިޓީ އަދި ސްޓްރެސްއެވެ. އެގޮތުން އާންމުކޮށް ހުޅުވާލައިގެން ކުރިއަށް ގެންދާ މި ދަރުސް އޮންނާނީ ރޭގަނޑު 8.45 ގައިކަމަށް މިނިސްޓްރީން ބުނެއެވެ.

Advertisement - newsAdvertisement

މިނިސްޓްރީން މައުލޫމާތުދޭ ގޮތުގައި މުފްތީ މެންކްގެ އިތުރު ދަރުސްތައް މި ހަފްތާ ބަންދުގައި ކުރިއަށް ދާނެއެވެ. އެގޮތުން ފުވައްމުލައް ސިޓީއާއި އައްޑޫ ސިޓީ އަދި ހުޅުމާލޭގައި މި ދަރުސްތައް ކުރިއަށް ގެންދިޔުމަށް ވަނީ ހަމަޖެހިފައެވެ.

މުފްތީ މެންކްގެ މި ދަތުރުފުޅުގައި ދަރުސް ދެއްވުމަށް ހަމަޖެހިފައިވާ ތަންތަނާއި ވަގުތުތައް ވެސް މިނިސްޓްރީން އާންމުކޮށްފައިވެއެވެ. އެގޮތުން ފުވައްމުލައް ސިޓީއަށް ބަލާއިރު، އޮކްޓޯބަރު 29 ވަނަ ދުވަހު ޙާފިޒް އަޙްމަދު ސްކޫލުގައި ދަރުސް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.

މީގެ އިތުރުން، އައްޑޫ ސިޓީގައި އޮކްޓޯބަރު 30 ވަނަ ދުވަހު ދަރުސް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މި ދަރުސް އޮންނާނީ ސިޓީ ސްކޮޔަރގައިކަމަށް މިނިސްޓްރީން ބުނެއެވެ.

އަދި ހުޅުމާލެއަށް ބަލާއިރު، އޮކްޓޯބަރު 31 ވަނަ ދުވަހު ސިންތެޓިކް ޓްރެކްގައި ދަރުސް އޮންނާނެކަން މިނިސްޓްރީން ފާހަގަ ކުރެއެވެ. މިއިން ކޮންމެ ތަނެއްގައި ވެސް ދަރުސް އޮންނާނީ އެ ދުވަހެއްގެ ރޭގަނޑު 8:45 ގައެވެ.

މި ދަރުސްތަކަށް ވަޑައިނުގެންނެވޭ ފަރާތްތަކަށް ޓީވީއާއި ރޭޑިއޯ އަދި ސޯޝަލް މީޑިއާ މެދުވެރިކޮށް ދަރުސްތައް ބައްލަވާ، އަޑުއެއްސެވޭނެ ފުރުސަތު ވެސް ލިބިގެންދާނެކަމަށް މިނިސްޓްރީން ބުނެއެވެ.

ތަފާތު މައުޟޫޢުތަކަށް މި ދަރުސްތައް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވެއެވެ.

މުފްތީ މެންކް

ކޮމެންޓް

އިތުރަށް ކިޔާލަން

މުފްތީ މެންކް ފުރާވަޑައިގެންފި

މުފްތީ މެންކް ފުރާވަޑައިގެންފި

02 ނޮވެމްބަރު 2022
ހަމައެކަނި މުދާވެރިވެގެން ބާއްޖަވެރި ވާކަމުގައިވާނަމަ، ޤާރޫނަކީ އެންމެ ބޮޑު ބާއްޖަވެރިޔާއަށްވީސް: ޚުތުބާ

ހަމައެކަނި މުދާވެރިވެގެން ބާއްޖަވެރި ވާކަމުގައިވާނަމަ، ޤާރޫނަކީ އެންމެ ބޮޑު ބާއްޖަވެރިޔާއަށްވީސް: ޚުތުބާ

28 އޮކްޓޯބަރު 2022
މުފްތީ މެންކުގެ ދަރުސްތަކުގެ ޑިޖިޓަލް ޕާޓްނަރަކަށް ދިރާގު

މުފްތީ މެންކުގެ ދަރުސްތަކުގެ ޑިޖިޓަލް ޕާޓްނަރަކަށް ދިރާގު

27 އޮކްޓޯބަރު 2022
މުފްތީ މެންކް ރާއްޖެ ވަޑައިގެންފި

މުފްތީ މެންކް ރާއްޖެ ވަޑައިގެންފި

27 އޮކްޓޯބަރު 2022
މި މަހުގެ 28 ގައި އިސްލާމީ މަރުކަޒުގައި މުފްތީ މެންކް ހުކުރު ކުރައްވާނެ: އިސްލާމިކް މިނިސްޓަރު

މި މަހުގެ 28 ގައި އިސްލާމީ މަރުކަޒުގައި މުފްތީ މެންކް ހުކުރު ކުރައްވާނެ: އިސްލާމިކް މިނިސްޓަރު

18 އޮކްޓޯބަރު 2022

އަހަރުތަކުން މިއަދު

8 މެއި
ޗައިނާގެ ބޯޓެއް ބޭނުން ކޮށްގެން، ޕާކިސްތާނުން އިންޑިއާގެ ދެ ބޯޓު ވައްޓާލައިފި
20251 އަހަރު ކުރިން
ދުނިޔެ

ޗައިނާގެ ބޯޓެއް ބޭނުން ކޮށްގެން، ޕާކިސްތާނުން އިންޑިއާގެ ދެ ބޯޓު ވައްޓާލައިފި

ކުޑަކުދިންގެ ދުވަހު ޕިއްޒާއެއް ކުރަހައިގެން ހިލޭ ޕިއްޒާއެއް ހޯދުމުގެ ފުރުސަތު ޕިއްޒާ ބޯނާ އިން
20242 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ކުޑަކުދިންގެ ދުވަހު ޕިއްޒާއެއް ކުރަހައިގެން ހިލޭ ޕިއްޒާއެއް ހޯދުމުގެ ފުރުސަތު ޕިއްޒާ ބޯނާ އިން

ސްކޫލް ނިންމުމަށްފަހު ރަށަށް، އެނބުރި އައީ ޤައުމީ ޓީމްގެ ފުރުޞަތަށް!
20233 އަހަރު ކުރިން
މީހުން

ސްކޫލް ނިންމުމަށްފަހު ރަށަށް، އެނބުރި އައީ ޤައުމީ ޓީމްގެ ފުރުޞަތަށް!

މަސްތުވާތަކެތީގެ މައްސަލަތަކެއްގައި ގއ. އަތޮޅުގެ ދެ ރަށަކުން ދެ މީހުން ހައްޔަރުކޮށްފި
20224 އަހަރު ކުރިން
ރާއްޖެ

މަސްތުވާތަކެތީގެ މައްސަލަތަކެއްގައި ގއ. އަތޮޅުގެ ދެ ރަށަކުން ދެ މީހުން ހައްޔަރުކޮށްފި

އެންމެ ގާތް އެކުވެރިޔާއާ ބައްދަލު ކުރެއްވުމަށްފަހު، ރައީސްގެ ޚާއްސަ މެސެޖެއް!
20215 އަހަރު ކުރިން
ރާއްޖެ

އެންމެ ގާތް އެކުވެރިޔާއާ ބައްދަލު ކުރެއްވުމަށްފަހު، ރައީސްގެ ޚާއްސަ މެސެޖެއް!

ސީރިއާގައި ތިބި ދިވެހިން ގެނައުމުގެ މަސައްކަތް އެބަކުރެވޭ!
20197 އަހަރު ކުރިން
ރާއްޖެ

ސީރިއާގައި ތިބި ދިވެހިން ގެނައުމުގެ މަސައްކަތް އެބަކުރެވޭ!

އަނިޔާވެރިކަން އަބަދަށް ނުބޭއްވޭނެކަން ދައްކާލާނަން: ނާދިރާ
20188 އަހަރު ކުރިން
ރާއްޖެ

އަނިޔާވެރިކަން އަބަދަށް ނުބޭއްވޭނެކަން ދައްކާލާނަން: ނާދިރާ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު