Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެޑްރަގް ޓްރެފިކިން އާއި މަނީ ލޯންޑަރކުރުން

ޑްރަގް ޓްރެފިކްކޮށްގެން މަނީ ލައުންޑަރގެ ދައުވާ ކުރާ ފުރަތަމަ މައްސަލަ - ޑީއެންއޭ އެނޭލިސިސް އާއި މެދު ދިފާއުގެ އުނދަނގޫ ސުވާލުތަކެއް

23 އޮކްޓޯބަރު 2022 | އާދީއްތަ 14:11

އެއްމިލިއަން ފަސްލައްކައަށް ވުރެ ގިނަ ފައިސާ ފުލުހުން ހޯދާފައި ވަނީ 12 ޖަނަވަރީ 2021 ވަނަ ދުވަހު

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު | 23 އޮކްޓޯބަރު 2022 | އާދީއްތަ 14:11
ކްރިމިނަލް ކޯޓު

ކްރިމިނަލް ކޯޓު

މަސްތުވާތަކެތި ޓްރެފިކް ކުރުމުގެ މައްސަލައެއްގައި މަނީ ލޯންޑަރިންގެ ކުށުގެ ދައުވާކުރާ ފުރަތަމަ މައްސަލައިގެ ޑީއެންއޭ އެނަލިސިސް ހެދި ފަރާތާއި ދިފާއީ ވަކީލުން އުނދަނގޫ ސުވާލުތަކެއް ކުރިމަތި ކުރުވައިފިއެވެ.

މަސްތުވާތަކެތި އެތެރެކޮށް އެތަކެތި ޓްރެފިކްކުރާކަމަށް ތުހުމަތުކުރެވުނު މައްސަލާއާއި ގުޅިގެން މޯލްޑިވްސް ޕޮލިސް ސަރވިސްއިން މާލޭގެ 04 ގެއެއް ބަލައިފާސްކޮށް ހިންގި އޮޕަރޭޝަންގައި އެއްމިލިއަން ފަސްލައްކައަށް ވުރެ ގިނަ ފައިސާ ފުލުހުން ހޯދާފައި ވަނީ 12 ޖަނަވަރީ 2021 ވަނަ ދުވަހުއެވެ. މި ފައިސާތަކަކީ ގދ. ތިނަދޫ، ރަންގަލް، ހަސަން ލޫތުއާއި، ހުޅުމާލެ ފްލެޓް ނަންބަރު 01-ޖީ-45، ހަސަން ރަޝީދުގެ އަދި ތ. ތިމަރަފުށި، ވައިޓްރޯސް، އިސްމާއީލް ޝަރީފްއާއި، މއ. ހަސްލަތު، ޝަނިޔާ އިބްރާހީމްގެ އަތުން ހޯދާފައިވާ ފައިސާތަކެކެވެ.

Advertisement - newsAdvertisement

މޯލްޑިވްސް ޕޮލިސް ސަރވިސްއިން އެފަދަ އޮޕަރޭޝަނެއް ހިންގާފައި ވަނީ، މި މައްސަލައިގައި ތުހުމަތުކުރެވޭ މީހުން އިތުރު ބައެއްގެ ބައިވެރިވުމާއި އެކު ދިވެހިރާއްޖެއަށް މަސްތުވާތަކެތި އެތެރެކޮށް އެތަކެތި ބޭނުންކުރުމާއި، އެތަކެތި ގެންގުޅެ އެތަކެތި ޓްރެފިކްކުރާކަމަށް ތުހުމަތުކުރެވޭތީއެވެ. އެ އޮޕަރޭޝަންގައި ފުލުހުން ވަނީ ގިނަ އަދަދެއްގެ މަސްތުވާތަކެތި އަތުލައިގަނެފައެވެ.

މި މައްސަލައިގައި ތުހުމަތު ކުރެވޭ މީހުންގެމައްޗަށް ދައުވާތައް ކުރުމަށް 18 މާރޗު 2021 ދުވަހު ކްރިމިނަލް ކޯޓަށް ވަނީ ހުށަހަޅާފައެވެ. ޕީޖީ އިން ވިދާޅުވީ މި މައްސަލާގައި ފުލުހުން ބަލައިފާސްކުރި ތަންތަނުން ޖުމްލަ 1،542،675ރ (އެއްމިލިއަން ފަސްލައްކަ ސާޅީސް ދެހާސް ހަސަތޭކަ ހަތްދިހަ ފަހެއް) ރުފިޔާ ފެނިފައިވާ ކަމަށެވެ. އަދި މި މައްސަލައިގެ ތަހުގީގުގައި ކުށްކޮށްގެން ހޯދާފައިވާކަމަށް ބެލެވޭ ގިނައަދަދެއްގެ ފައިސާ، މި މައްސަލާގައި ދައުވާލިބޭ މީހުންގެ އެކައުންޓްތަކާއި، އެމީހުންނާ ގުޅުންހުރި އެކައުންޓްތަކުގައި ދައުރުކޮށްފައިވާކަން ހޯދިފައިވާ ކަަމަށް ޕީޖީން ބުނެއެވެ.

އާދިއްތަ ދުވަހު ބޭއްވި އަޑު އެހުމުގައި ޑީއެންއޭ އެނަލިސިސް އާއި މެދު ސުވާލު ކުރުމަށް ދެ ފަރާތެއް ހާޒިރުކުރުމަށް ހަމަޖެހިފައި އޮތް ނަމަވެސް ހާޒިރުވެފައި ވަނީ އެންމެ ފަރާތަކުންނެވެ. އޭނާ އާއި ސުވާލުކުރަން މި މައްސަލައިގައި ތުހުމަތު ކުރެވޭ މީހުންގެ ދިފާއީ ވަކީލުންނަށް ފުރުސަތު ދިނުމުން ވަކީލުން ވަނީ މި މައްސަލައިގައި ޑީއެންއޭ ނެގި ގޮތާއި، އެހެން ހެކި އެއްކުރުމާއި، ތަހުލީލު ކުރުމުގެ މަރުހަލާ ކުރިއަށް ދިޔަ ގޮތާއި މެދު ގިނަ ސުވާލުތަކެއް ކުރިމަތިކުރުވާފައެވެ. އެގޮތުން ލެބޯޓްރީ ކޮލިޓީ ކޮންޓްރޯލް ކުރޭތޯ ދިފާއީ ވަކީލް ވަނީ ސުވާލު އުފައްދަވާފައެވެ. އަދި ޑީއެންއޭ ނެގުމުގެ މަރުހަލާގައި އެހެން މީހަކު ހެކި އެއްކޮށްފައިވާނެތޯ ވެސް ސުވާލު ކުރައްވާފައިވެއެވެ. އެ ސުވާލުތަކަށް ޖަވާބުދެއްވަމުން ޑީއެންއޭ އެނަލިސިސް ހެއްދެވި ފަރާތުން ވަނީ މައްސަލައިގެ ހެކި ނަންގަވާފައި ވަނީ އޭނާ ކަމަށާއި އެ މަސައްކަތް އެހެން މީހަކު ކޮށްފައި ނުވާނެ ކަމަށް ވިދާޅުވެފައެވެ. އަދި ލެބޯޓްރީގެ ކޮލިޓީ ކޮންޓްރޯލް މަސައްކަތްކުރާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

މި މައްސަލައިގައި ތ. ތިމަރަފުށި، ވައިޓްރޯސް، އިސްމާއީލް ޝަރީފްގެ މައްޗަށް ޑައިމޯފިން ޓްރެފިކްކުރުމާއި ކެނެބިސް ޓްރެފިކް ކުރުމުގެ އިތުރުށް މަނީ ލޯންޑަރިންގ އަދި ޑައިމޯފިން ބޭނުންކުރުމާއި ހުއްދަ ނަގައިގެން ކުރަންޖެހޭ ކަމެއް ހުއްދަ ނުނަގާ ކުރުމުގެ ދައުވާ ވަނީ އުފުލާފައެވެ. އަދި ކ. މާލެ، މއ. ހަސްލަތު، ޝާނިޔާ އިބްރާހީމްގެ މައްޗަށް އުފުލާފައިވަނީ ޑައިމޯފިން ޓްރެފިކްކުރުމާއި މަނީ ލޯންޑްރިންގ އަދި ޑައިމޯފިން ބޭނުންކުރުމުގެ ދައުވާއެވެ. މި މައްސަލައިގައި ދައުވާކޮށްފައިވާ، ހުޅުމާލެ ފްލެޓް ނަންބަރު 01-ޖީ-45 ހުޅުމާލެ، ހަސަން ރަޝީދުގެ މައްޗަށް ޕީޖީން ދައުވާ އުފުލާފައިވަނީ ޑައިމޯފިން ޓްރެފިކްކުރުމާއި ކެނެބިސް ޓްރެފިކް ކުރުމާއި މަނީ ލޯންޑަރިންގ އާއި މަސްތުވާއެއްޗެއް ބޭނުންކުރުމުގެ ދައުވާއެވެ. ގދ. ތިނަދޫ، ރަންގަލް، ހަސަން ލޫތުގެ މައްޗަށް އުފުލާފައިވާ ދައުވާތަކުގެތެރޭގައި ޑައިމޯފިން ޓްރެފިކްކުރުމާއި ކެނެބިސް ޓްރެފިކް ކުރުން، މަނީ ލޯންޑަރިންގ އަދި ޑައިމޯފިން ބޭނުންކުރުން ހިމެނޭ އިރު ޅ. ހިންނަވަރު، ސުވާސާގެ، މުހައްމަދު އަފްލާހް އަބްދުﷲގެ މައްޗަށް ޕީޖީން އުފުލާފައިވަނީ ޑައިމޯފިން ޓްރެފިކްކުރުމުގައި ބައިވެރިވުމުގެ ކުށުގެ ދައުވާއެވެ.

އެންމެ ހިނގާ

1

މޫސާ އިބްރާހީމް މަރާލި މައްސަލައިގައި ކުށް ސާބިތުވެ، މުހައްމަދު އިބްރާހީމް އަށް މަރުގެ ހުކުމް!

2

ގެއްލުނު ނާފިއުގެ އާއިލާ އިން އާދޭހާއެކު ސަރުކާރުގައި އަދިވެސް އެދެނީ އޭނާގެ ހަށިގަނޑު ހޯދައި ދިނުމަށް!

3

އީރާންގެ އިޤްތިސާދަށް ނުރައްކާ ކުރިމަތިވެއްޖެ، އެކަމާ ސަރުކާރުން ލަދުގަނޭ: އީރާންގެ ރައީސް ޕެޒެޝްކިއާން

4

ދުނިޔޭގެ ބޮކްސިން ޗެމްޕިއަންކަން ދެ ފަހަރު ހޯދާފައިވާ ޓެޓޭ ގަޔަށް ބަޑިޖަހާ މަރާލައިފި

5

ގަތަރުގައި ހައްޔަރުކޮށްފައި ތިބި އީރާނުގެ ޕައިލެޓުންގެ ސިއްހީ ހާލަތު ވަރަށް ބޮޑަށް ގޯސްވަމުންދާ ކަމަށާއި މިހާރުން މިހާރަށް އެމީހުން ހަވާލުކުރުމަށް އީރާނުން އިންޒާރުދީފި

އިތުރަށް ކިޔާލަން

19 ޖެނުއަރީ 2017

46.9 މިލިއަން ރުފިޔާ ހޯދުމަށް ސްޓެލްކޯއާ ދެކޮޅަށް ކުރި ދައުވާ ކުރިއަށް ނުގެންދެވޭނެ: ސިވިލް ކޯޓް

19 ޖެނުއަރީ 2017
46.9 މިލިއަން ރުފިޔާ ހޯދުމަށް ސްޓެލްކޯއާ ދެކޮޅަށް ކުރި ދައުވާ ކުރިއަށް ނުގެންދެވޭނެ: ސިވިލް ކޯޓް
18 ޖެނުއަރީ 2017

ކުރީގެ ވޯކްސް ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރުގެ މައްޗަށް ކޮރަޕްޝަނުގެ ދައުވާކުރަން ފޮނުވައިފި

18 ޖެނުއަރީ 2017
ކުރީގެ ވޯކްސް ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރުގެ މައްޗަށް ކޮރަޕްޝަނުގެ ދައުވާކުރަން ފޮނުވައިފި
17 ޖެނުއަރީ 2017

ފޯކް ލިފްޓެއްގެ މައްސަލައިގައި 40 މިލިއަން ރުފިޔާ ހޯދަން ސެންޓަ އެންޓަޕްރައިސަސް އިން ސްޓެލްކޯއާ ދެކޮޅަށް ދައުވާކޮށްފި

17 ޖެނުއަރީ 2017
ފޯކް ލިފްޓެއްގެ މައްސަލައިގައި 40 މިލިއަން ރުފިޔާ ހޯދަން ސެންޓަ އެންޓަޕްރައިސަސް އިން ސްޓެލްކޯއާ ދެކޮޅަށް ދައުވާކޮށްފި
16 ޖެނުއަރީ 2017

ފުލުސް ކޮމާންޑަރަކާއި ޖެންޑާގެ ހަތަރު މުވައްޒަފަކަށް ދައުވާކުރަން ފޮނުވައިފި

16 ޖެނުއަރީ 2017
ފުލުސް ކޮމާންޑަރަކާއި ޖެންޑާގެ ހަތަރު މުވައްޒަފަކަށް ދައުވާކުރަން ފޮނުވައިފި
16 ޖެނުއަރީ 2017

ހަދާނުނިމޭ އިމާރާތަކަށް ޕީއެސްއެމް އިން ކުލި ދައްކަމުން ދިޔަ މައްސަލައިގައި ކޮރަޕްޝަނުގެ ދައުވާކުރަން ފޮނުވައިފި

16 ޖެނުއަރީ 2017
ހަދާނުނިމޭ އިމާރާތަކަށް ޕީއެސްއެމް އިން ކުލި ދައްކަމުން ދިޔަ މައްސަލައިގައި ކޮރަޕްޝަނުގެ ދައުވާކުރަން ފޮނުވައިފި
14 ޖެނުއަރީ 2017

ޓެރަރިސްޓް ޖަމާއަތެއްގެ އިސް މީހެއް ކަމަށް ބުނެ ހައްޔަރުކުރި މީހާގެ މައްޗަށް ދައުވާ ކޮށްފި

14 ޖެނުއަރީ 2017
ޓެރަރިސްޓް ޖަމާއަތެއްގެ އިސް މީހެއް ކަމަށް ބުނެ ހައްޔަރުކުރި މީހާގެ މައްޗަށް ދައުވާ ކޮށްފި
10 ޖެނުއަރީ 2017

"ރައީސް ނަޝީދުގެ މައްޗަށް ދައުވާކުރަން ފޮނުވާފައިވަނީ ސިޔާސީ މަޤްސަދެއްގައި"

10 ޖެނުއަރީ 2017
 "ރައީސް ނަޝީދުގެ މައްޗަށް ދައުވާކުރަން ފޮނުވާފައިވަނީ ސިޔާސީ މަޤްސަދެއްގައި"
10 ޖެނުއަރީ 2017

ޔާމީން ބަންދުކުރި މައްސަލައިގައި ރައީސް ނަޝީދުގެ މައްޗަށް ޓެރަރިޒަމުގެ ދައުވާކުރަން ފޮނުވައިފި

10 ޖެނުއަރީ 2017
ޔާމީން ބަންދުކުރި މައްސަލައިގައި ރައީސް ނަޝީދުގެ މައްޗަށް ޓެރަރިޒަމުގެ ދައުވާކުރަން ފޮނުވައިފި
10 ޖެނުއަރީ 2017

ސަތާރަ މިލިއަން ރުފިޔާ އަދިވެސް ނުލިބޭ، ފައިސާ ހޯދަން ވަނީ ދައުވާކޮށްފައި: ފެނަކަ

10 ޖެނުއަރީ 2017
ސަތާރަ މިލިއަން ރުފިޔާ އަދިވެސް ނުލިބޭ، ފައިސާ ހޯދަން ވަނީ ދައުވާކޮށްފައި: ފެނަކަ
06 ޖެނުއަރީ 2017

ނިމިގެންދިޔަ އަހަރު ޑްރަގް ކޯޓަށް ހުށަހެޅުނު މައްސަލަތައް އިތުރުވެއްޖެ

06 ޖެނުއަރީ 2017
ނިމިގެންދިޔަ އަހަރު ޑްރަގް ކޯޓަށް ހުށަހެޅުނު މައްސަލަތައް އިތުރުވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް