Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެފަތުރުވެރިކަމުގެ ފަސްވަނަ މާސްޓަރ ޕްލޭން

ފަތުރުވެރިކަމުގެ ފަސްވަނަ މާސްޓަރ ޕްލޭން ނެރެނީ

21 އޮކްޓޯބަރު 2022 | ހުކުރު 13:04

ފަތުރުވެރިކަމުގެ ފަސްވަނަ މާސްޓަރ ޕްލޭން މިހާރު ވަނީ ނިމިފައި

ސިމާހާ ނަސީމް
ސިމާހާ ނަސީމް | 21 އޮކްޓޯބަރު 2022 | ހުކުރު 13:04
ފަތުރުވެރިކަމުގެ ރަން އަހަރުގެ ގާލާ އިވެންޓްގެ ތެރެއިން

ފަތުރުވެރިކަމުގެ ރަން އަހަރުގެ ގާލާ އިވެންޓްގެ ތެރެއިން

ފަތުރުވެރިކަމުގެ ފަސްވަނަ މާސްޓަރ ޕްލޭން ވަރަށް އަވަހަށް ސަރުކާރުން ނެރޭނެ ކަމަށް ރައީސް އޮފީހުގެ ތަރުޖަމާނު މިއުވާން މުހައްމަދު ވިދާޅުވެއްޖެއެވެ.

ބުރާސްފަތި ދުވަހު ރައީސް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިއުވާން ވިދާޅުވީ މެދުރާއްޖޭގެ ތެރޭގައި ފަތުރުވެރިކަން އޮތް މިންވަރަށް އެހެން ސަރަހައްދުތަކުގައި ފަތުރުވެރިކަން ތަރައްޤީ ކުރުމުގެ މަސައްކަތް ސަރުކާރުން ކުރަމުންދާ ކަމަށެވެ. އަދި މި މަސައްކަތުގެ ދަށުން ވަރަށް އަވަހަށް މާސްޓަރ ޕްލޭން ނެރޭނެ ކަމަށެވެ.

Advertisement - newsAdvertisement

ޓޫރިޒަމް މިނިސްޓްރީން ބުނީ ފަތުރުވެރިކަމުގެ ފަސްވަނަ މާސްޓަރ ޕްލޭން މިހާރު ނިމިފައިވާ ކަމަށެވެ. އަދި މި ޕްލޭންގެ ފައިނަލް ޑްރާފްޓްގެ މަސައްކަތްތައް މިހާރު ކުރިއަށްދާ ކަމަށެވެ.

ރާއްޖެއެމްވީއަށް މައުލޫމާތު ދެއްވަމުން ޓޫރިޒަމް މިނިސްޓަރ ޑރ. އަބްދުﷲ މައުސޫމް ވިދާޅުވީ ފަތުރުވެރިކަމުގެ މާސްޓަރ ޕްލޭންގެ ދަށުން ކުރަން ޖެހޭ އިދާރީ ކަންތައްތައް ނިންމުމަށް މިނިސްޓްރީން އަމާޒު ހިފާފައިވާ ކަމަށެވެ. އަދި އުންމީދު ކުރައްވަނީ އަންނަ އަހަރު ފެށިގެންދާނީ އައު މާސްޓަރ ޕްލޭނާއެކު ކަމަށެވެ.

މިނިސްޓަރ އިތުރަށް ވިދާޅުވީ ފަތުރުވެރިކަމުގެ ސިނާއަތަކީ ރާއްޖެއަށް މުހިންމު ސިނާއަތަކަށްވާއިރު މި ސިނާއަތުގައި ވެސް މާސްޓަރ ޕްލޭނެއް އޮތުން މުހިންމު ކަމަށެވެ.

ފަތުރުވެރިކަމުގެ ފަސްވަނަ މާސްޓަރ ޕްލޭން އެކުލަވާލުމުގެ މަސައްކަތް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު އިފްތިތާހު ކޮށްދެއްވީ 2019 ވަނަ އަހަރުގައެވެ. އޭރު ޓޫރިޒަމް މިނިސްޓަރަކަށް ހުންނެވީ އަލީ ވަހީދެވެ.

އޭރު ޓޫރިޒަމް މިނިސްޓްރީން ބުނީ އަލަށް އެކުލަވާލާ ޓޫރިޒަމް މާސްޓަރ ޕްލޭނުގެ ބޭނުމަކީ ފަތުރުވެރިކަން ތަރައްގީކޮށް ފުޅާކުރުމުގައި ދިވެހި އަންހެނުންގެ ބައިވެރިވުން އިތުރުކޮށް، ދެމެހެއްޓެނެވި ގޮތެއްގައި ތިމާވެށި ރައްކާތެރިކުރުމާއި، ތަރައްގީކުރުމާއި ދެމެހެއްޓެނެވި ހަކަތަ ބޭނުންކުރާ މިންވަރު އިތުރުކޮށް އަދި ދިވެހިރާއްޖޭގައި ހެދިފައިހުރި ޓޫރިޒަމްއާ ބެހޭ ގާނޫނު ތަކާއި ގަވާއިދުތައް ހަރުދަނާކުރުން ކަމަށެވެ. އަދި ފަތުރުވެރިންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް ކުރަންޖެހޭ ކަންކަން ދެނެގަތުމާއި، ފަތުރުވެރިކަމުން ލިބޭ ފައިސާ ދިވެހިރާއްޖޭގެ އިގްތިސާދުގައި ހިފެހެއްޓޭނެ ގޮތެއް ހޯދައި ދިރާސާކޮށް އަޅަންޖެހޭ ފިޔަވަޅުތައް ދެނެގަތުންކަމަށެވެ.

އޭގެއިތުރުން ފަތުރުވެރިކަން ކުރިއެރުވުމުގައި ދިވެހިރާއްޖޭގެ ސަގާފީ އަދި އާސާރީ ތަންތަން ފަތުރުވެރިކަމުގެ ތެރެއިން ދިރުވައި އާލާކުރުން ކުރެވެން ހުރި ކަންކަން ދެނެގަނެ އަދި ފަތުރުވެރިކަމުގެ ދާއިރާގައި ދިވެހިންނަށް ވަޒީފާގެ ފުރުސަތުތަށް އިތުރުކުރުމާއި ބޭނުންވާ ތަމްރީންތައް ދެނެގަތުން އަދި ދިވެހިރާއްޖޭގެ ފަތުރުވެރިކަން ބޭރުގައި އިޝްތިހާރުކުރުމަށް ކުރެވެން ހުރި ކަންކަން ދެނެގަތުން މި ޕްލޭންގައި ހިމެނިގެންދާނެކަމަށް ޓޫރިޒަމް މިނިސްޓްރީން ބުންޏެވެ.

މިނިސްޓްރީން ބުނިގޮތުގައި ފަތުރުވެރިކަމުގެ 5 ވަނަ މާސްޓަރ ޕްލޭންގެ މައިގަނޑު މަގުސަދަކީ މަޝްވަރާ އާއި ދިރާސާގެ މައްޗައް ބިނާކޮށް ރާއްޖޭގެ ފަތުރުވެރިކަމުގެ މުސްތަގްބަލް ބައްޓަންކުރަން ބޭނުންވާ ސިޔާސަތުތައް ކަނޑައެޅުމެވެ. މި ސިޔާސަތުތައް ކަނޑައެޅިގެން ދާނީ ދެމެހެއްޓެނެވި ފަތުރުވެރިކަމަށް އަހައްމިއްޔަތު ކަން ދެމުންކަމަށްވެސް މިނިސްޓްރީން ބުންޏެވެ.

އެންމެ ފަހުން އެކުލަވާލި ޓޫރިޒަމްގެ މާސްޓަރ ޕްލޭން އެކުލަވާލާފައި ވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީނުގެ ސަރުކާރުގައި 2013 ވަނަ އަހަރުއެވެ. އޭރު ޓޫރިޒަމް މިނިސްޓަރުގެ މަގާމުގައި ހުންނެވީ އަހްމަދު އަދީބެވެ.

އެންމެ ހިނގާ

1

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

2

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

3

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

4

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

5

ޓްރަމްޕަށް އީރާން ހަނގުރާމައިގައި ނާކާމިޔާބީތައް ފުނިޖެހެނީ

އިތުރަށް ކިޔާލަން

05 ނޮވެމްބަރު 2017

މޭޖަރ ޖެނެރަލް (ރިޓަރޔަޑް) މުޙައްމަދު ޒާހިރަށް އޮނަރަރީ މާސްޓަރސް ޑިގްރީއެއް އަރުވައިފި

05 ނޮވެމްބަރު 2017
މޭޖަރ ޖެނެރަލް (ރިޓަރޔަޑް) މުޙައްމަދު ޒާހިރަށް އޮނަރަރީ މާސްޓަރސް ޑިގްރީއެއް އަރުވައިފި
04 އޮކްޓޯބަރު 2017

ވެއްޓުނު ސީ ޕްލޭން ނަގައިފި

04 އޮކްޓޯބަރު 2017
ވެއްޓުނު ސީ ޕްލޭން ނަގައިފި
22 ސެޕްޓެމްބަރު 2017

މާސްޓަރ އޮފް ސީޒަނިން މުބާރާތުގެ އެއްވަނައާ އެކު ޝެފް ފަތީން އެނބުރި ރާއްޖެއަށް!

22 ސެޕްޓެމްބަރު 2017
މާސްޓަރ އޮފް ސީޒަނިން މުބާރާތުގެ އެއްވަނައާ އެކު ޝެފް ފަތީން އެނބުރި ރާއްޖެއަށް!
18 ޖުލައި 2017

އަޅުގަނޑުމެންގެ ގޭމް ޕްލޭން އޮތީ ރާވައި ނިމިފައި: ރައީސް މައުމޫނު

18 ޖުލައި 2017
އަޅުގަނޑުމެންގެ ގޭމް ޕްލޭން އޮތީ ރާވައި ނިމިފައި: ރައީސް މައުމޫނު
22 މެއި 2017

ފަތުރުވެރިކަމުގެ ސިނާއަތް ރައްކާތެރިކޮށް ދެމެހެއްޓުމަށް ދިރޭތަކެތީގެ ނަސްލުތައް ހިމާޔަތް ކުރަން ޖެހޭ: މިނިސްޓަރު ތޯރިގް

22 މެއި 2017
ފަތުރުވެރިކަމުގެ ސިނާއަތް ރައްކާތެރިކޮށް ދެމެހެއްޓުމަށް ދިރޭތަކެތީގެ ނަސްލުތައް ހިމާޔަތް ކުރަން ޖެހޭ: މިނިސްޓަރު ތޯރިގް
07 މެއި 2017

ޓްރާންސްޕޭރެންސީ ފަދަ ޖަމާއަތްތަކުން ރިޕޯޓް ނެރެނީ ބޭރުން ލިބޭ ފައިސާ ހުއްޓިދާނެތީ: ނިހާން

07 މެއި 2017
ޓްރާންސްޕޭރެންސީ ފަދަ ޖަމާއަތްތަކުން ރިޕޯޓް ނެރެނީ ބޭރުން ލިބޭ ފައިސާ ހުއްޓިދާނެތީ: ނިހާން
24 އެޕްރީލު 2017

ފަސް ރުފިޔާގެ އާ ނޫޓް އަންނަ މަހު ނެރެނީ

24 އެޕްރީލު 2017
ފަސް ރުފިޔާގެ އާ ނޫޓް އަންނަ މަހު ނެރެނީ
08 އެޕްރީލު 2017

ކުނޫޒް ސަރަހައްދު ކޮންނަނީ މަޖީދީމަގު ރަގަޅު ފެންވަރަކަށް ހެދުމުގެ ޕްލޭންގެ ދަށުން: މިނިސްޓަރ މުއިއްޒު

08 އެޕްރީލު 2017
ކުނޫޒް ސަރަހައްދު ކޮންނަނީ މަޖީދީމަގު ރަގަޅު ފެންވަރަކަށް ހެދުމުގެ ޕްލޭންގެ ދަށުން: މިނިސްޓަރ މުއިއްޒު
22 މާރިޗު 2017

ކޮށްފާނެ ކަންތައްތަކަށް މިތިބީ ތައްޔާރަށް، ޕްލޭން ބީވެސް އެބައޮތް: ގުޅިފައިވާ ޕާޓީތައް

22 މާރިޗު 2017
ކޮށްފާނެ ކަންތައްތަކަށް މިތިބީ ތައްޔާރަށް، ޕްލޭން ބީވެސް އެބައޮތް: ގުޅިފައިވާ ޕާޓީތައް
17 މާރިޗު 2017

ފެނަކައިގެ ބިޒަނަސް ޕްލޭން ހަދަން 8.7 މިލިއަން ރުފިޔާ އަށް އިންޑިއާގެ ކުންފުންޏަކަށް

17 މާރިޗު 2017
ފެނަކައިގެ ބިޒަނަސް ޕްލޭން ހަދަން 8.7 މިލިއަން ރުފިޔާ އަށް އިންޑިއާގެ ކުންފުންޏަކަށް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް