Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ތަފާތު ޚަބަރުކޭކްލޭންޑް އާޓް ގެލަރީ

250 ގެލަންގެ ފްރޮސްޓިންގް އެއްކުރަން 3000 ޗެރީ އެއްކުރަން 120 ލޯގަނޑު އެއްވަރީ؟

19 އޮކްޓޯބަރު 2022 | ބުދަ 13:54

އޭނާގެ އަތުން ޕައިޕްކޮށްފަ ހުރި 250 ގެލަންގެ ފްރޮސްޓިންގްއާއި 120 ލޯގަނޑު، 3000 ޗެރީ އަދި ފާރުތަކުގަ އެތައް ހާސް ކްރިސްޓަލްއެއް ވަނީ ހަރުކޮށްފައި

ޢާއިޝާ ރީމާ ވަޙީދު
ޢާއިޝާ ރީމާ ވަޙީދު | 19 އޮކްޓޯބަރު 2022 | ބުދަ 13:54
އެމެރިކާގެ ލޮސްއެންޖަލީޒްގައި ހުންނަ ކޭކްލޭންޑް އާޓް ގެލަރީ ފަރުމާ ކޮށްފައި ވަނީ އެތައް ލޭޔަރެއްގެ މައްޗަށް އެކުލެވޭ ފުރިހަމަ ކޭކެއްގެ އިހުސާސްތައް އަންނަ ގޮތަށް

އެމެރިކާގެ ލޮސްއެންޖަލީޒްގައި ހުންނަ ކޭކްލޭންޑް އާޓް ގެލަރީ ފަރުމާ ކޮށްފައި ވަނީ އެތައް ލޭޔަރެއްގެ މައްޗަށް އެކުލެވޭ ފުރިހަމަ ކޭކެއްގެ އިހުސާސްތައް އަންނަ ގޮތަށް

ތިބާ އީ ފޮނި އެއްޗިހި ކާން އާދަޔާ ޚިޔާލަފު ލޯތްބެއް ޖެހިފައި ވާ މީހެއް ނަމަ، ލަސް ނުކޮށް ދާންވީ ކޭކްލޭންޑްއަށެވެ. ސަބަބެއް ނެތިއެއް ނޫނެވެ.

އެމެރިކާގެ ލޮސްއެންޖަލީސް ގައި ހުންނަ ކޭކްލޭންޑް އާޓް ގެލަރީ ފަރުމާ ކޮށްފައި ވަނީ އެތައް ލޭޔަރެއްގެ މައްޗަށް އެކުލެވޭ ފުރިހަމަ ކޭކެއްގެ އިހުސާސްތައް، އެތަނަށް ޒިޔާރަތް ކުރާ މީހުންނަށް ކުރެވޭ ފަދަ ގޮތަކަށެވެ.

ގެލަރީގެ އެއް ކޮޓަރިން އަނެއް ކޮޓަރިއަށް މެހެމާނުން ޒިޔާރަތް ކުރަމުން ދާއިރު، މި އުޅެވެނީ މަސްނޫއީ ކޭކެއްގެ ތެރޭގައި ކަމުގެ އިހްސާސްއެއް ކުޑަކޮށްވެސް ނުކުރެވޭހާ އަސްލާ އެއްގޮތެވެ. މޭސްތިރިއަކީ ފަންނުވެރިއެއް ކަމަށް ވާ ސްކޮޓް ހޯވްއެވެ.

ޗެރީއާއި ވިޕް ކްރީމްގެ ފަށަލަތަކުން އިތުރު ފުރިހަމަ ކަމެއް ގެނެސްދޭ ކޭކްލޭންޑް ފަރުމާ ކުރުމުގެ ޚިޔާރު ހޯވްއަށް އައީ، އޭނާ ތައްޔާރު ކުރަމުން ދިޔަ މަސްނޫއީ ކޭކުތައް ފެނި، މީހުންގެ ހިތުގައި އުފެދެމުން ދިޔަ ޖަޒުބާތުތައް ފެންނަން ފެށި ހިސާބުންނެވެ.

ހޯވް ވަނީ، ކޭކްލޭންޑްއަށް ޒިޔާރަތް ކުރާ މީހުންނަށް ކުރެވޭނެ ބައެއް ތަޖުރިބާތައް މީޑިއާއާ ހިއްސާކޮށްފައެވެ.

އެންމެ ހައިރާން ވާން ޖެހޭ ކަމަކީ، އޭނާގެ ހަޔާތުގައި އަދި އެންމެ ފަހަރަކުވެސް ހޯވް، އަސްލު ކޭކެއް ތައްޔާރު ކޮށްފައި ނުވާ ކެމެވެ. އޭނާ މުޅިންވެސް ތައްޔާރު ކުރަނީ މަސްނޫއީ ކޭކް ނުވަތަ އާޓިފިޝަލް ކޭކުތަކެވެ.

ކޭކްލޭންޑްއަށް ޒިޔާރަތް ކުރާ މީހުންގެ މެދުގައި އެތަނަކީ އިންތިހާއަށް މަޤުބޫލު މަންޒިލެކެވެ.

2020 ވަނަ އަހަރު، ކޭކްލޭންޑް ހުޅުވިފަހުން ހޯވް ދަނީ އަދިވެސް އިތުރަށް އެތަން ތަރައްޤީ ކުރުމުގެ މަސައްކަތް ކުރަމުންނެވެ.

އެންމެ ހިނގާ

1

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

2

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

3

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

4

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

5

ޓްރަމްޕަށް އީރާން ހަނގުރާމައިގައި ނާކާމިޔާބީތައް ފުނިޖެހެނީ

އިތުރަށް ކިޔާލަން

27 މެއި 2024

އެއް ފުރާޅެއްގެ ދަށުގައި 30000 މީހުންގެ އަވަށެއް!

27 މެއި 2024
އެއް ފުރާޅެއްގެ ދަށުގައި 30000 މީހުންގެ އަވަށެއް!
18 އޯގަސްޓު 2019

މެޓަލިކާއިން ރޮމޭނިއާގެ ހޮސްޕިޓަލަކަށް 250،000 ޔޫރޯ ހަދިޔާކޮށްފި

18 އޯގަސްޓު 2019
މެޓަލިކާއިން ރޮމޭނިއާގެ ހޮސްޕިޓަލަކަށް 250،000 ޔޫރޯ ހަދިޔާކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް