Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ތަފާތު ޚަބަރުސޫރިޔާގެ ޑްރައިވަރުންގެ އާމްދަނީ ހުއްޓުން

ސޫރިޔާގެ މިނީބަސް ޑްރައިވަރުންނަށް އާމްދަނީއެއް ލިބެން ނެތްއިރު ޓެކްސީއަށް އަރާނެ ފަސެންޖަރަކުވެސް ނެތް!

4 ސެޕްޓެމްބަރު 2022 | އާދީއްތަ 05:58

މީގެ ކުރިން ޑޮލަރަކަށް 47 ސޫރިއަން ޕައުންޑް ޖެހުނު ނަމަވެސް، މިއަދު އެ އަދަދު ހުރީ 4300 ސޫރިއަން ޕައުންޑްގައި

ޢާއިޝާ ރީމާ ވަޙީދު
ޢާއިޝާ ރީމާ ވަޙީދު | 4 ސެޕްޓެމްބަރު 2022 | އާދީއްތަ 05:58
ހައްސީ މިނީބަސް ދަތުރުކޮށްދެނީ 200 އެއްހާ ސޫރިއަން ޕައުންޑަށް، އެއީ އެމެރިކާގެ 5 ސެންޓަށްވުރެވެސް ހެޔޮ އަގެއް

ހައްސީ މިނީބަސް ދަތުރުކޮށްދެނީ 200 އެއްހާ ސޫރިއަން ޕައުންޑަށް، އެއީ އެމެރިކާގެ 5 ސެންޓަށްވުރެވެސް ހެޔޮ އަގެއް

ރަށުގެ އެއްކޮޅުން އަނެއް ކޮޅަށް ފަސެންޖަރުން އުފުލަން ހޭދަވާ ތެލަށް ޚަރަދު ކެނޑުމަށްފަހު، އަރާމު ދިރިއުޅުމެއްގައި މީރު ކާބޯތަކެތި ކައިބޮއި ހަދާނެ ވަރަށް ފައިސާ ބާކީކޮށްގެން ގެއަށް ގެންދެވުނު ދުވަސްތަކަކީ، ސޫރިޔާގެ ވެރިރަށް ދިމިޝްކުގައި މިނިބަސް ދުއްވަން އުޅޭ ޚާލިދު އަލް-ހައްސީގެ ހަނދާންތަކާ ގުޅިފައިވާ ދުވަސްތަކެކެވެ.

މިއަދު ހުރިހާ ކަމެއް ވަނީ ބަދަލު ވެފައެވެ. ބާޒާރުގައި ތެލުގެ އަގުތައް އުފުލުމާއި ސޫރިޔާ ފައިސާގެ އަގު ދަށްވަމުން ދިއުމުގެ ނަތީޖާއެއްގެ ގޮތުން، މަސައްކަތު ދުވަސް ނިމޭއިރު އަތުގައި އޮންނަނީ އެންމެ ދެތިން ޑޮލަރެވެ. އެއީވެސް، މަސައްކަތް ކުރެވޭ ވަރަށް ޓޭންކުގައި ތެޔޮ ހުރި ކަމަށް ބަލައިގެންނެވެ.

ހައްސީ މިނީބަސް ދަތުރުކޮށްދެނީ 200 އެއްހާ ސޫރިއަން ޕައުންޑަށެވެ. އެއީ އެމެރިކާގެ 5 ސެންޓަށްވުރެވެސް ހެޔޮ އަގެކެވެ. އެ ފައިސާއިން އޭނާގެ އާމްދަނީއަށް ވަންނަނީ އެންމެ 30 ޕަސެންޓްއެވެ.

ސޫރިޔާގެ ހަނގުރާމައަށް 11 އަހަރުވެފައި ވާ އިރު، ސޫރިޔާގެ ފައިސާގެ އަގު ވަނީ އެމެރިކާ ޑޮލަރާ އަޅާ ބަލާއިރު އިންތިހާއަށް ދަށަށް ގޮސްފައެވެ. މީގެ ކުރިން ޑޮލަރަކަށް 47 ސޫރިއަން ޕައުންޑް ޖެހުނު ނަމަވެސް، މިއަދު އެ އަދަދު ހުރީ 4300 ސޫރިއަން ޕައުންޑްގައެވެ.

އެތައް އަހަރަކަށް ދިގުލާ ދިޔަ ސޫރިޔާ ހަނގުރާމައަށްފަހު، ހައްސީ ފަދަ ޓެކްސީއާއި މިނީބަސް ދުއްވާ މީހުންނަށް އާމްދަނީ ހޯދުން ވެފައި ވަނީ އިންތިހާއަށް ދަތި ކަމަކަށެވެ. އަހަރުން އަހަރަށް، އެ ތަކުލީފުތައް ބޮޑުވާ ކަމަށް ހައްސީ ފާހަގަ ކުރެއެވެ. ރަޝިއާއިން ޔޫކްރައިންގައި ފެށި ހަނގުރާމައާއެކު ދުނިޔޭގެ ބާޒާރުގައި އުފުލެން ފެށި ތެލުގެ އަގުތަކާއެކު، ހާލަތުން ދިޔައީ ގޯހުން ގޯހަށް ކަމަށް ހައްސީ ބުނެއެވެ.

ޑްރައިވަރުންނަށް ޖިސްމާނީ ގޮތުން އުފުލަންޖެހިފައިވާ ތަކުލީފުތައްވެސް އިންތިހާއެވެ.

ސޫރިޔާގެ ސަރުކާރުން ތެލުގެ އަގުތަކަށް ބަދަލު ގެނައީ އޯގަސްޓް މަހުގެ ކުރީކޮޅުގައެވެ. ސަބްސިޑީ ދީގެން ވިއްކާ ތެލުގެ އަގުތައްވެސް 2 ގުނަ އުފުލާލިއެވެ. ޓެކްސީއާއި މިނީބަސްތަކަށް، ސަބްސިޑީ އުސޫލުން ދުވާލެއްގެ މައްޗަށް ލިބެނީ 30 ލީޓަރުގެ ޕެޓްރޯލް ނުވަތަ ޑީސަލްއެވެ. ވެރިރަށް ދިމިޝްކުގައި އޮޕަރޭޓް ކުރާ މިނީބަސްތަކަށް ޑީސަލް ދޫކުރަނީ ހަފުތާ ބަންދު ދުވަސްތަކުގައި އެކަންޏެވެ.

ޑްރައިވަރުންގެ ދިރިއުޅުމުގެ ޚަރަދުތައް ދެކޮޅު ޖެއްސުމަށް އެމީހުން ތަކުލީފުތަކެއް އުފުލަމުން ދާ އިރު، ޓެކްސީ ދަތުރެއް ކުރުމަށް އަތުގައި ތަނަވަސްކަން ހުރި އާންމުންގެ އަދަދުވެސް މިއަދު އިންތިހާއަށް މަދެވެ.

ގުޑުގުޑާ ބޯ މީހުންނަށް ބޯޓުދެލިބުރި ވިއްކައިގެން ދިރިއުޅުމުގެ ޚަރަދުތަކަށް ހޭދަ ކުރަމުން ދާ އުއްމު މުޙައްމަދު، ފައިސާ ރައްކާ ކުރުމުގެ ގޮތުން އޭނާގެ ދިގު ދަތުރުތައް، ރަށުގެ އެއްކޮޅުން އަނެއް ކޮޅަށް ކުރަނީ ފައިމަގުގައެވެ.

އުއްމު މުޙައްމަދުގެ 17 އަހަރުގެ އަންހެން ދަރިފުޅު، ސިދުރާގެ ސްކޫލް ދަތުރުތައްވެސް އޮންނަނީ ފައިމަގުގައެވެ. އެ ޓެކްސީ ދަތުރަށް 25000 ޕައުންޑް ޚަރަދު ކުރަން ޖެހޭ އިރު، އެއީ އުއްމު މުޙައްމަދަށް ދުވާލެއްގެ މައްޗަށް ލިބޭ އާމްދަނީގެ 2 ގުނަ ކަމަށް އޭނާ ބުނެއެވެ. ދުވާލަކު ދެ ދަޅައަށް ދުރު ރާސްތާތަކަށް ހިނގަން މަޖުބޫރުވުމުގެ ސަބަބުން އިންތިހާ ވަރުބަލިކަން އިހުސާސް ކުރަން ޖެހި، އެކަމުގެ ނޭދެވޭ އަސަރު، ސިދުރާގެ ތައިލީމީ ހަޔާތަށްވެސް ވަނީ ފޯރާފައެވެ. ސިދުރާ ފެއިލް ވުމުގެ އެންމެ ބޮޑު އަސްލަކީ ދަތުރުފަތުރުގެ ދަތިކަން ކަމަށް އުއްމު މުޙައްމަދު ބުނެއެވެ.

ކޮވިޑް-19އާއި ޔޫކްރައިން ހަނގުރާމައިގެ ސަބަބުން ޤައުމުތަކުގެ އިޤްތިޞާދުތަކަށް ކުރިމަތިލާން ޖެހިފައި ވާ ހީނަރުކަމުގެ ތަކުލީފުން ސަރުކާރުތަކަށް ލުއި ހޯދުމުގެ ގޮތުން، އެކި ފިޔަވަޅުތައް ތަންފީޒު ކުރެއެވެ. އެގޮތުން ސޫރިޔާގެ ސަރުކާރުން ވަނީ ހަކަތައިގެ އިތުރުން، ސަބްސިޑީ އުސޫލުން ކާބޯތަކެތީ ދޫކުރަމުން ދިޔަ ދިއުމަށްވެސް ބަދަލުތަކެއް ގެނެސްފައެވެ.

އެންމެ ހިނގާ

1

ތުރުކީގެ އަޝްޓާޝް އިން 300 މިލިއަން ޑޮލަރުގެ ލަގްޒަރީ ރިސޯޓެއް ރާއްޖޭގައި ތަރައްގީކުރަނީ

2

އީރާން ބަލިވެފައިވާކަމަށް 106 ފަހަރު އަދި އެއްބަސްވުމަކަށް އާދެވިފައިވާ ކަމަށް 80 ފަހަރު ޓްރަމްޕް ވިދާޅުވެފައިވާތީ، އީރާންގެ ޤައުމީ ސަލާމަތާ ބެހޭ ކޮމެޓީގެ މެންބަރެއްގެ މަލާމާތް ޓްރަމްޕް އަށް!

3

އުތުރު ކޮރެއާއިން ޖަޕާނަށް އަސްކަރީ ފިޔަވަޅުއަޅާނެ ކަމުގެ އިންޒާރުދީފި

4

ޓްރަމްޕްގެ "ތިންވަނަ ހަނގުރާމަ" ވެސް ނާކާމިޔާބުވެ އެމެރިކާ ބަލިވެއްޖެ: އީރާނުގެ ލީޑަރުގެ އެޑްވައިޒަރ

5

ސްޕޭސްއެކްސްގެ ރޮކެޓަކުން ވަކިވި ހަތަރު ޓަނުގެ ބޮޑު އެތިގަނޑެއް ހަނދުގައި ޖެހި ވަޅުގަނޑެއް ހެދިއްޖެ

އިތުރަށް ކިޔާލަން

14 ޖުލައި 2019

ރިތިކްގެ "ކާބިލް"އަށް ވުރެ ބޮޑު އާމްދަނީއެއް "ސުޕަރ 30" އަށް ލިބިއްޖެ

14 ޖުލައި 2019
ރިތިކްގެ "ކާބިލް"އަށް ވުރެ ބޮޑު އާމްދަނީއެއް "ސުޕަރ 30" އަށް ލިބިއްޖެ
25 ފެބުރުއަރީ 2019

ފުރަތަމަ 3 ދުވަހު އެންމެ ބޮޑު އާމްދަނީއެއް ލިބުނު ފިލްމްކަމަށް ޓޯޓަލް ދަމާލް!

25 ފެބުރުއަރީ 2019
ފުރަތަމަ 3 ދުވަހު އެންމެ ބޮޑު އާމްދަނީއެއް ލިބުނު ފިލްމްކަމަށް ޓޯޓަލް ދަމާލް!
22 އޯގަސްޓު 2018

ގޯލްޑް: ހަފްތާ ބަންދުގައި އެންމެ ބޮޑު އާމްދަނީއެއް ލިބުނު އަކްޝޭގެ ފިލްމް!

22 އޯގަސްޓު 2018
ގޯލްޑް: ހަފްތާ ބަންދުގައި އެންމެ ބޮޑު އާމްދަނީއެއް ލިބުނު އަކްޝޭގެ ފިލްމް!
18 ޖޫން 2018

ފުރަތަމަ ހަފްތާ ބަންދުގައި އެންމެ ބޮޑު އާމްދަނީއެއް ހޯދި އެނިމޭޓްޑް ފިލްމަކަށް 'އިންކްރެޑިބްލްސް 2'

18 ޖޫން 2018
ފުރަތަމަ ހަފްތާ ބަންދުގައި އެންމެ ބޮޑު އާމްދަނީއެއް ހޯދި އެނިމޭޓްޑް ފިލްމަކަށް 'އިންކްރެޑިބްލްސް 2'
21 ޖެނުއަރީ 2018

ސީކްރެޓް ސުޕަރސްޓާ އަށް އިންޑިއާގައި ލިބުނު އާމްދަނީއަށް ވުރެ ބޮޑު އާމްދަނީއެއް ޗައިނާގައި ދެ ދުވަހުން ލިބިއްޖެ

21 ޖެނުއަރީ 2018
ސީކްރެޓް ސުޕަރސްޓާ އަށް އިންޑިއާގައި ލިބުނު އާމްދަނީއަށް ވުރެ ބޮޑު އާމްދަނީއެއް ޗައިނާގައި ދެ ދުވަހުން ލިބިއްޖެ
22 އޯގަސްޓު 2017

އެންމެ ބޮޑު އާމްދަނީއެއް އެމާ ސްޓޯން އަށް!

22 އޯގަސްޓު 2017
އެންމެ ބޮޑު އާމްދަނީއެއް އެމާ ސްޓޯން އަށް!
26 ޖޫން 2017

"ޓިއުބްލައިޓް" އަށް ހީކުރިވަރުގެ އާމްދަނީއެއް ނުލިބުނު

26 ޖޫން 2017
"ޓިއުބްލައިޓް" އަށް ހީކުރިވަރުގެ އާމްދަނީއެއް ނުލިބުނު
17 އެޕްރީލު 2017

"ަދަ ފޭޓް އޮފް ދަ ފިއުރިއަސް"އަށް ބޮޑު އާމްދަނީއެއް

17 އެޕްރީލު 2017
"ަދަ ފޭޓް އޮފް ދަ ފިއުރިއަސް"އަށް ބޮޑު އާމްދަނީއެއް
18 ފެބުރުއަރީ 2017

އަމާލްއަށް ލިބެން އުޅެނީ ދެ ޖިންސުގެ ދެ ކުދިން!

18 ފެބުރުއަރީ 2017
އަމާލްއަށް ލިބެން އުޅެނީ ދެ ޖިންސުގެ ދެ ކުދިން!
08 ޖެނުއަރީ 2017

ޑަންގަލް": ބޮލީވުޑްގެ ތާރީޚުގައި ދެވަނައަށް އެންމެ ބޮޑު އާމްދަނީއެއް ލިބުނު ފިލްމަށް ވެދާނެބާ؟"

08 ޖެނުއަރީ 2017
ޑަންގަލް": ބޮލީވުޑްގެ ތާރީޚުގައި ދެވަނައަށް އެންމެ ބޮޑު އާމްދަނީއެއް ލިބުނު ފިލްމަށް ވެދާނެބާ؟"
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް