Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެދަނޑުވެރިންގެ ދުވަސް ފާހަގަކުރުން

ދަނޑުވެރިންގެ ދުވަހާ ގުޅިގެން ކާށިދޫގައި ގިނަ ހަރަކާތްތަކެއް

ދަނޑުވެރިންނަށް ޚާއްސަ ވޯކްޝޮޕެއް ކުރިއަށް ގެންގޮސްފައިވޭ

ތޯހިރާ އަޒްހާރް
ތޯހިރާ އަޒްހާރް | 16 އޮކްޓޯބަރު 2022 | އާދީއްތަ 01:46
ކާށިދޫގައި ދަނޑުވެރިންގެ ދުވަސް ފާހަގަކުރުން

ކާށިދޫގައި ދަނޑުވެރިންގެ ދުވަސް ފާހަގަކުރުން

2022 ވަނަ އަހަރުގެ ދަނޑުވެރިންގެ ދުވަހާއި ދުނިޔޭގެ ކާބޯތަކެތީގެ ދުވަސް ފާހަގަ ކުރުމުގެ ގޮތުން ކ. ކާށިދޫގައި މިނިސްޓްރީ އޮފް ފިޝަރީޒް މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރގެ ފަރާތުން ތަފާތު އެކި ހަރަކާތްތަކެއް ކުރިއަށް ގެންގޮސްފިއެވެ.

މީގެ ތެރެއިން ފުރަތަމަ ހަރަކާތުގެ ގޮތުގައި ކުރިއަށް ގެންގޮސްފައިވަނީ ދަނޑުވެރިކަމުގެ މަޢުލޫމާތު ފޯރުކޮށްދިނުމުގެ ވޯކްޝޮޕްއެކެވެ. އެއީ މި މަހުގެ 12 އިން 15 އަށް ކާށިދޫގައި ބޭއްވި ވޯކްޝޮޕެކެވެ.

Advertisement - newsAdvertisement

ދެވަނަ ހަރަކާތެއްގެ ގޮތުން ހޮނިހިރު ދުވަހު ވަނީ ދަނޑުވެރިކަމުގެ ވިޔަފާރީގައި ހަރަކާތްތެރިވާ 19 ފަރާތެއްގެ ބައިވެރިވުމާ އެކު ކާށިދޫގައި ދަނޑުވެރިންގެ މައުރަޒެއް ފަށާފައެވެ. މި މައުރަޒުގައި ކާށިދޫގެ 8 ފަރާތަކުން ބައިވެރިވެއެވެ. މި މައުރަޒުގައި އަމިއްލަ އުފެއްދުންތަކާއި، ދަނޑުވެރިކަމަށް ބޭނުންކުރާ ތަފާތު ގަސް ކާނާ އާއި ދަނޑުވެރިކަމަށް ބޭނުންކުރާ އާލާތްތަތަކާއި ދަނޑުވެރިކަމުގައި ޓެކްނޮލޮޖީ އެހީގައި ގަސްގަހަށް ޖެހޭ ބަލިތައް ކޮންޓްރޯލު ކުރުމަށް ބޭނުން ކުރާ ތަފާތު ބާވަތްތައް ދައްކުވައިދޭ ސްޓޯލަތައް ހިމެނެއެވެ. މީގެ އިތުރުން ދަނޑުވެރިންނަށް ލިބެން ހުރި ލޯނުތަކާއި އިންޝުއަރެންސްގެ އިތުރުން ދަނޑުވެރިކަމާއި ބެހޭ މުހިންމު ގިނަގުނަ މައުލޫމާތުތަކެއް މި މަޢުރަޒުގެ ސްޓޯލަތަކުން ދެމުން ގެންދެއެވެ.

މި މައުރަޒުގެ އިތުރުން ކ.އަތޮޅު ސްކޫލުގެ ދަރިވަރުންނަށް އަމާޒުކޮށްގެން "ސްކޫލް ގާރޑަން ޕްރޮގްރާމް" އެއް ވަނީ އިފްތިތާހުކޮށްފައެވެ. މިއީ ޒުވާން ޖީލުތަކަށް ކާނާ އުފެއްދުމާއި ކާނާގެ ޔަގީންކަމާއި ބެހޭގޮތުން ހޭލުންތެރިކޮށް، އަމަލީގޮތުން ދަރިވަރުންގެ ހިތްތަކުގައި ދަނޑުވެރިކަމަށް ޝައުގުވެރިކަން އުފެއްދުމުގެ މަގުސަދުގައި ފަށާފައިވާ ޕްރޮގްރާމެކެވެ. މި ޕްރޮގްރާމުގެ ތެރެއިން ވާރޓިކަލް ހައިޑްރޮޕޯނިކްސް ސިސްޓަމްއެއް ސްކޫލަށް ވަނީ ހަދިޔާކޮށްފައެވެ.

މީގެ އިތުރުން ރާއްޖޭގައި ލުނބޯ ގަސްތައް، ދަބަރުބަލީގެ އަސަރުކޮށް ނެތިދިޔުމުގެ ސަބަބުން ލުނބޯ އާލާކުރުމުގެ މަގްސަދުގައި ޕްރޮގްރާމެއް ކުރިއަށް ގެންގޮސްފައިވެއެވެ. މި ޕްރޮގަރާމްގެ ދަށުން ހޯޓި ފާމްގެ ފަރާތުން ހަދިޔާކޮށްފައިވާ 300 ލުނބޯ ގަސް މިނިސްޓްރީ އޮފް ފިޝަރީޒް، މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރގެ ފަރާތުން ވަނީ ކާށިދޫގެ ގޭބިސީތަކަށް ހަދިޔާކޮށްފައެވެ.

ދަނޑުވެރިންނަށް އަމާޒުކޮށްގެން އެގްރޯނޭޝަނަލް ކޯޕަރޭޝަންގެ ފަރާތުން ކޮމިއުނިޓީ ފާރމިންގ ޕްރޮގްރާމެއް ވެސް ވަނީ އިފްތިތާހުކޮށްފައެވެ. މި ޕްރޮގްރާމަކީ ތިމާވެއްޓާ ރައްޓެހި، ޒަމާނީ ވަސީލަތްތައް ބޭނުންކޮށްގެން ދަނޑުވެރިކަމުގެ ނަފާ އިތުރުކޮށްދިނުމަށް، ދަނޑުވެރިންނާއި ގުޅިގެން ކުރިއަށް ގެންދަން ހަމަޖެހިފައިވާ ޕްރޮގްރާމެކެވެ. މި ޕްރޮގްރާމްގެ ދަށުން ދަނޑުވެރިންނަށް ބޭނުންވާ ހުރިހާ ތަކެތި އެ ފަރާތްތަކަށް ދީގެން އެ ފަރާތްތަކުން ހައްދާ ބާވަތްތައް ގަނެ، މާކެޓް ކޮށްދިނުމުގެ ހުރިހާ މަސައްކަތެއް ކޮށްދެއްވާނީ އެގްރޯނެޓްގެ ފަރާތުންނެވެ.

ދަނޑުވެރިކަމުގެ ދުވަހު މިނިސްޓްރީން މަސްވެރިކަމުގެ ދާއިރާއަށް ޚާއްސަކޮށްގެން ހިންގާ ޕްރޮގްރާމެއް ކަމުގައިވާ ކަނދުފަތި އެޅުމުގެ ވިޔުގާގެ ދަށުން ކާށިދޫ ކަނދުފަތި ޤާއިމުކުރެވުނެވެ.

މިނިސްޓްރީ އޮފް ފިޝަރީޒް, މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރކާށިދޫ

އިތުރަށް ކިޔާލަން

21 ސެޕްޓެމްބަރު 2025

މަސްތުވާތަކެއްޗާއެކު ކާށިދޫ ވަލުތެރެއިން 2 މީހަކު ހައްޔަރުކޮށްފި

21 ސެޕްޓެމްބަރު 2025
 މަސްތުވާތަކެއްޗާއެކު ކާށިދޫ ވަލުތެރެއިން 2 މީހަކު ހައްޔަރުކޮށްފި
17 ސެޕްޓެމްބަރު 2024

ސަރުކާރަށް 10 މަސް: މަސްވެރިކަމުގެ ސިނާއަތް ފުނޑިއްޖެ

17 ސެޕްޓެމްބަރު 2024
ސަރުކާރަށް 10 މަސް: މަސްވެރިކަމުގެ ސިނާއަތް ފުނޑިއްޖެ
27 ޖޫން 2023

މަސްވެރިންނަށް ދިން އާމްދަނީ މިދިޔަ އަހަރަށްވުރެ 160 މިލިއަން އިތުރު

27 ޖޫން 2023
މަސްވެރިންނަށް ދިން އާމްދަނީ މިދިޔަ އަހަރަށްވުރެ 160 މިލިއަން އިތުރު
26 މާރިޗު 2023

ކާށިދޫގެ ކާށި ސަޕްލައި ރަނގަޅެއް ނުވޭ، ރުއްތައް އަދިވެސް ބަލި

26 މާރިޗު 2023
ކާށިދޫގެ ކާށި ސަޕްލައި ރަނގަޅެއް ނުވޭ، ރުއްތައް އަދިވެސް ބަލި
12 ޑިސެމްބަރު 2022

"ހޯސާ" އެޕް: މަސްވެރިންގެ އެތައް ކަަންބޮޑުވުމަކަށް ހައްލު

12 ޑިސެމްބަރު 2022
"ހޯސާ" އެޕް: މަސްވެރިންގެ އެތައް ކަަންބޮޑުވުމަކަށް ހައްލު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު