ކ. މާލެ
|
15 އޮކްޓޯބަރ 2022 | ހޮނިހިރު 19:24
ޕީޖީ ހުސައިން ޝަމީމް ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަނީ
ޕީޖީ ހުސައިން ޝަމީމް ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަނީ
ރާއްޖެއެމްވީ
ޕީޖިގެ މަސައްކަތްތައް
ޑިއުޓީ ޕްރޮސިކިއުޝަން މަރުހަލާ ހަރުދަނާ ކުރުމަށް ޕީޖީގެ އުންމީދުތައް ފޮނި
 
ފެންވަރަށް މަސައްކަތްކުރައްވާ އިންވެސްޓިގޭޓަރުން ޕީޖީ އޮފީހަށް މިހާރު އެނގޭ
 
ތަޙްޤީޤުތައް އަވަސްކޮށްދިނުމަށް ޕީޖީ އިން މަސައްކަތް ކުރޭ

ޑިއުޓީ ޕްރޮސިކިއުޝަންގެ މަރުހަލާ ހަރުދަނާ ކުރުމަށް ގިނަ މަސައްކަތްތަކެއް ކުރައްވަމުންދާ ކަަމަށް ޕްރޮސެކިއުޓަރ ޖެނެރަލް ހުސެއިން ޝަމީމް ވިދާޅުވެއްޖެއެވެ.

ޕީޖީގެ ބްލޮގްގައި ޑިއުޓީ ޕްރޮސިކިއުޝަންގެ މަރުހަލާ ފެށުނު ގޮތާއި އެ މަރުހަލާގައި ހުރި މައްސަލަތަކަށް ވަނީ އަލިއަޅުވާލައްވާފައެވެ. ދިވެހިރާއްޖޭގެ އެންމެ ފުރަތަމަ ޕްރޮސިކިއުޓަރ ޖެނެރަލް، އަލްއުސްތާޛު އަޙްމަދު މުޢިއްޒު އެ ނިޒާމު ހަރުދަނާ ކުރެއްވުމަށް މަސައްކަތް ކުރެއްވި ކަމަށް ޝަމީމް ވިދާޅުވިއެވެ. އެގޮތުން ފުލުހުން ތަޙްޤީޤުކުރާ މައްސަލަތަކުގައި ދައުވާ ކުރުމަށް ހޭދަވާ މުއްދަތުތައް ދެނެގަނެ، އެމުއްދަތުތައް އަވަސް ކުރުމަށް ކުރެވެން ހުރި ކަންކަން ދެނެގަތުމަށް އެމެރިކާ ސަރުކާރުން ޕީޖީ އޮފީހަށް އޭރު ކަނޑައެޅުއްވި އެޑްވައިޒަރު، މިސް ލޮލީތާ ލުކާސޫ އާއި އެކު އެމަނިކުފާނަށް ދިރާސާތަކެއް ކުރެއްވުމުގެ ފުރުސަތު ލިބިވަޑައިގަތްކަމަށް އޭނާ ވިދާޅުވިއެވެ.

ޕީޖީ އޮފީހަށް، ތަޙްޤީޤީ އިދާރާތަކުން ހުށަހަޅާ މައްސަލަތައް ނިންމަން އޮންނަ ގޮތްތަކުގެ ތެރެއިން "އަލުން ހުށަހެޅުމަށްޓަކައި އަނބުރާ ފޮނުވާލާ" މައްސަލަތަކުގައި ވަރަށް ގިނަ ވަގުތު ސަލާމަތްކުރެވިދާނެ ކަން އެ ދިރާސާ އިން ފާހަގަކުރެވުނު ކަމަށް ޝަމީމް ވަނީ ފާހަގަކުރައްވާފައެވެ. އެގޮތުން މައްސަލައެއް ޕީޖީ އޮފީހަށް ބަލައިގަނެ، ދިރާސާކޮށް ނިމޭއިރު، އަލުން ހުށަހެޅުމަށްޓަކައި އަނބުރާ ފޮނުވާލަންޖެހޭ ނަމަ، ލިޔެކިޔުން ބަދަލުކުރުމުގައި އެތައް ވަގުތެއް ހޭދަވާ ކަން ޝަމީމް ފާޙަގަކުރެއްވިއެވެ.

އެ ދިރާސާ އިން ފާހަގަކުރެވުނު ކަންކަމަށް ޝަމީމް ވަނީ ވަރަށް ތަފްސީލްކޮށް އަލިއަޅުވާލައްވާފައެވެ. މިދިރާސާގައި، "އަލުން ހުށަހެޅުމަށްޓަކައި އަނބުރާ ފޮނުވާލާ މައްސަލަ" ތަކުގެ ބާވަތްތަކާއި، ސާފުކުރަންޖެހޭ ކަންކަމާއި، އެކަންކަން ސާފުކުރުމަށް ހޭދަވާނެކަމަށް ލަފާކުރާ ވަގުތުތައް ދެނެގަނެވިފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ. އެގޮތުން ބަލާއިރު ބައެއް މައްސަލަތައް އަނބުރާ ފޮނުވާލަންޖެހެނީ، ވަރަށް އާދައިގެ ކަންކަމުގައިވެސް، އިދާރީ، ކަރުދާސް ބަދަލުކުރުމުގެ މަރްޙަލާތައް ހިނގަމުން ދިއުމުން ކަމަށް އޭނާ ވިދާޅުވިއެވެ. އެހެންކަމުން އިދާރީ ކަންކަމަށް ހޭދަވާ ވަގުތު ކުރުކުރުމަށް ޑިއުޓީ ޕްރޮސިކިއުޝަން ތަޢާރަފުކުރަން ހުށަހެޅުނު ކަމަށް ޝަމީމް ވިދާޅުވިއެވެ.

ޑޮކްޓަރުންގެ ޑިއުޓީއާއެއް ގޮތަށް، ކޮންމެ ދުވަހަކުވެސް، ތިން ޕްރޮސިކިއުޓަރުން ޑިއުޓީގައި، އެކަމަށް ހުސްވެ ތިބުމެވެ. ފުލުހުންގެ ތެރެއިން ތަޙްޤީޤު ފުރިހަމަވާ މައްސަލަތައް، އެދުވަހަކަށް ޝެޑިއުލް ކޮށްގެން ގެންނަވާނީއެވެ. ލިޔުންތައް ހިއްޕަވައިގެން ވަޑައިގަންނަވާނީ އިންވެސްޓިގޭޓަރެވެ. އެލިޔުންތަކާ ޙަވާލުވެ، ވަގުތުން ވަގުތަށް، އެއްތަނެއްގައި ތިބެގެން ލިޔުންތައް ދިރާސާކޮށް، ގެންނަންޖެހޭ އިޞްލާޙުތައް ޕްރޮސިކިއުޓަރުން ފާހަގަކުރައްވާނީއެވެ. އިޞްލާޙުކުރަންޖެހޭ ކަންކަން، ވަގުތުން ފާހަގަ ކުރުމަށްފަހު، އިޞްލާޙާއެކު އަލުން ޑިއުޓީއަށް ޝެޑިއުލްކުރަން ދަންނަވާނީއެވެ. ލިޔުންތައް ފުރިހަމަނަމަ، ވަގުތުން މައްސަލަ ބަލައިގަނެ، ޖެހިގެން އަންނަ ދުވަހު، އެމައްސަލަ ކޯޓަށް ހުށަހަޅާނީއެވެ. މިގޮތަށް ނިޒާމު ބައްޓަންކުރުމުން، ކުރިން ބޭކާރުވަމުން ދިޔަ ވަރަށް ގިނަ އިދާރީ ވަގުތުތައް ސަލާމަތްވާނެކަމަށް ހިސާބުތަކުން ދެއްކިއެވެ.
ޕީޖީ ޝަމީމް

ޑިއުޓީ ޕްރޮސިކިއުޝަންގެ ނިޒާމް ފެށީ 2013 ވަނަ އަހަރެވެ. ޕީޖީ ވަނީ އެކަމަށް ފުލުހުންގެ ފަރާތުން ބައެއް ގޮންޖެހުންތައް އޭރު ކުރިމަތިވިކަން ފާހަގަކުރައްވާފައެވެ. އަދި ދެތިން ފަހަރަކު، އެނިޒާމު ހުއްޓާލެއްވުން އެދި ފުލުހުން އިޝާރާތް ކުރެއްވި ނަމަވެސް، އެކަމުގެ ސަލާމަތްވާ ވަގުތާއި، ނިޒާމު ހަރުދަނާވާނެކަމަށް، ހިސާބުތަކުން ދައްކާތީ،އެ މަސައްކަތް ކުރިއަށް ގެންދިޔައީ ކަަމަށް ޝަމީމް ފާހަގަކުރެއްވިއެވެ. މި މަރުހަލާ ހިނގައި ދިޔަ އިރު ޝަމީމް ހުންނެވީ ޑެޕިއުޓީ ޕީޖީއެއްގެ މަޤާމުގައެވެ.

އޭގެ ފަހުން 2019 ވަނަ އަހަރު ޕީޖީގެ މަޤާމާ ޙަވާލުވެގެން ބެލިއިރު، ޑިއުޓީ ޕްރޮސިކިއުޝަން މަރުހަލާ ބަދަލުވެފައިވާ ކަމަށް ޝަމީމް ފާހަގަކުރެއްވިއެވެ. އޭގެ ފަހުން ޑިއުޓީ ޕްރޮސިކިއުޝަންގެ ކަންކަން ކުރާނެ މެނުއަލްއެއް ލިޔެ، ޢަމަލުކުރަން ވަނީ ފަށާފައެވެ. ޕްރޮސިކިއުޓަރުގެ ދައުރަކީ ލަފާ ދިނުންކަމާއި، ތަޙްޤީޤުކުރުމަކީ އިންވެސްޓިގޭޓަރުގެ ކަމެއް ކަމަށް މިހާރު ވަނީ ބަޔާންކޮށްފައި ކަމަށް ލިއުއްވާފައި ވެއެވެ.

މީގެ އިތުރުން ތަޙްޤީޤުތައް އަވަސްކޮށްދިނުމަށް ޕްރޮސިކިއުޓަރަށް ކުރެވެން ހުންނަ ކަންކަން ވީހާވެސް އަވަހަށް ކޮށްދިނުމާއި، ތަޙްޤީޤީ އިދާރާތަކުން މަޝްވަރާއަށް އެދޭ މައްސަލަތަކުގެ ތަފާސް ހިސާބުތައް އެކުލަވާލުމަކީ ނިޒާމް ހަރުދަނާކުރުމަށް ކުރާ މަަސައްކަތްތައް ކަން ޕީޖީ ފާހަގަކުރެއްވިއެވެ. އެކަށީގެންވާ ވަރަށް ތަޙްޤީޤު ކުރައްވާ، އެއް ފަހަރުން މައްސަލަ ބަލައިގަނެވޭ ފެންވަރަށް މަސައްކަތްކުރައްވާ އިންވެސްޓިގޭޓަރުން ޕީޖީ އޮފީހަށް މިހާރު އެނގޭ ކަމަށާއި ޙާދިސާ ހިނގާ ދުވަހުން ފެށިގެން މައްސަލަ ކޯޓަށް ހުށަހެޅި، މައްސަލައިގައި ޙުކުމްކުރާ ދުވަހާ ދެމެދު ހިނގާ މުއްދަތުތައްވެސް ބެލޭނެ ނިޒާމު ހުރީ ޤާއިމުކުރެވިފައި ކަމަށް ޝަމީމް ވިދާޅުވިއެވެ. އެހިސާބުތަކުގެ އަލީގައި މަސައްކަތް ހަރުދަނާކުރަން އެކި މަސައްކަތްތައް އެބަ ކުރެވޭ ކަމަށް ޕީޖީ ވިދާޅުވެފައިވެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: ފާޠިމަތު ޒުހައިރާ
0%
0%
0%
0%
0%
0%
ކޮމެންޓް
ގުޅުންހުރި
ޕޮންޒީ ސްކީމް: އަލްހާނުގެ 3 ބެއިންގެ މައްޗަށް ކުރާ ދައުވާގައި ވަކީލަކު އައްޔަންކުރަން ފުރުސަތު ދީފި
މަސްތުވާތަކެތި ޓްރެފިކް ކުރުމުގެ ތުހުމަތުގައި މީހަކު ބަންދުކޮށްފި
ކޯޓުތަކުގައި ގިނަ ދުވަސްވެފައިވާ މައްސަލަތައް ދިރާސާކޮށް، އިތުރަށް ކުރިއަށް ގެންދިއުމުގެ މަސްލަޙަތު އޮތްތޯ އަލުން ބަލަނީ
ޕީޖީ އޮފީހުގެ ޚިދުމަތްތައް ޑިޖިޓަލައިޒްކޮށް ގެނެވުނު ބަދަލުތަކާއެކު، އެ އޮފީހަށް އިރުއިރުކޮޅާ ސިޓީ ހިފައިގެންދާ މީހުން މަދުވެއްޖެ
15 އަހަރު ނުވިޔަސް ގާނޫނީ ނިޒާމުގެ ތެރެއިން ފިޔަވަޅު އެޅޭ ގޮތްތަކެއް ހުރޭ، ރިހެބިލިޓޭޓްވެސް ކުރެވޭނެ: ޝަމީމް
ހެކިބަސް ނަގާފައި ބަންދުން ދޫކޮށްލާ މީހާގެ ނުފޫޒުން ހެކިން ލައްވައި ޝަރީޢަތަށް ސިޓީ ފޮނުވުން ވަނީ ގިނަވެފައި: ހައިކޯޓު
ޙަމަލާދިން މީހުން މަސައްކަތް ކުރީ ޕީޖީ އަވަހާރަކޮށްލުމަށް ކަމުގެ ތުހުމަތު
އެފްއޭއެމްގެ ފައިސާއިން މަނީލޯންޑަރ ކުރިކަމަށް ތުހުމަތުކުރެވޭ މައްސަލައިގެ ތަޙުޤީޤު އަވަސްކުރަން މަޝްވަރާކޮށްފި