Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއައިސިސް

އިރާގުގެ މަޝްހޫރު އަލް ނޫރީ މިސްކިތް އައިސިސް އިން ގޮއްވާލައިފި

21 ޖޫން 2017 | ބުދަ 19:51

މިސްކިތް ގޮއްވާލިކަން ބައިނަލް އަގްވާމީ މީޑިއާތަކުން ވަނީ ކަށަވަރު ކޮށްދީފައި

ރާއްޖެ އެމްވީ | 21 ޖޫން 2017 | ބުދަ 19:51
އިރާގުގެ މޫސަލްގައި ހުންނަ އަލް ނޫރީ މިސްކިތް

އިރާގުގެ މޫސަލްގައި ހުންނަ އަލް ނޫރީ މިސްކިތް

އިސްލާމިކް ސްޓޭޓް އިން އިރާގު އެންޑް ސީރިއާ ގެ ނަމުން އާއްމުވެފައިވާ އައިސިސް ޖަމާއަތުން އިރާގުގެ މޫސަލްގައި ހުންނަ ތާރީޚީ އަދި މަޝްހޫރު އަލް ނޫރީ މިސްކިތް ގޮއްވާލައިފިއެވެ.

އަލް ނޫރީ މިސްކިތް ގޮއްވާލިކަން އިރާގުގެ މިލިޓަރީން ކަށަވަރު ކޮށްދީފައިވާ ކަމަށް ބައިނަލް އަގްވާމީ މީޑިއާތަކުން ވަނީ ޚަބަރު ދީފައެވެ.

މިސްކިތް ގޮއްވާލީ ޖޫން މަހުގެ 21 ވީ ބުދަ ދުވަހުގެ ރޭގެ ވަގުތެއްގައި ކަމަށް ޚަބަރު ތައް ބުނެއެވެ.

މިއީ 12 ވަނަ ގަރުނުގައި ބިނާކޮށްފައިވާ ތާރީޚީ މިސްކިތެކެވެ. އަދި އިރާގުގެ އެންމެ މަޝްހޫރު އެއް މިސްކިތްވެސް މެއެވެ. މިސްކިތުގެ މުންނާރުގެ އުސް ކަމާއި މުންނާރު އެއްފަރާތައް އަރިއަޅާލައި ހުންނަ ހުރުމުގެ ސަބަބުން އެ މިސްކިތް ބަލާލަންވެސް ގިނަ ބަޔަކު ޒިޔާރަތް ކުރެއެވެ.

އައިސިސްގެ ލީޑަރު އަބޫބަކުރު އަލް ބަގްދާދީ 2014 ވަނަ އަހަރުގެ ޖޫން މަހު އޭނާގެ އިސްލާމީ ޚިލާފަތު އިއުލާން ކުރީ މި މިސްކިތުގައެވެ.

އައިސިސްގެ ލީޑަރު އަލް ބަގްދާދީ 2014 ވަނަ އަހަރުގެ ޖޫން މަހު އަލް ނޫރީ މިސްކިތުގައި އޭނާއާ ތަބާވާ މީހުންނާ މުޚާތަބް ކުރަނީ

އަލް ނޫރީ މިސްކިތަކީ މީގެ ކުރިންވެސް އައިސިސް އިން ގޮއްވާލުމަށް ޓާގެޓް ކުރި މިސްކިތެކެވެ. މިސްކިތް މިހާތަނަށް ރާއްކާތެރި ކުރަމުން ދިޔައީ މޫސަލްގެ އާއްމު ރައްޔިތުން އިންސާނީ އައްޑަނައެއްގެ ގޮތުގައި މިސްކިތުގެ ހިމާޔަތުގައި ތިބެގެންނެވެ.

އައިސިސް ޖަމާޢަތުން މީގެ ކުރިންވެސް ތާރީޚީ އަދި ސަގާފީ ގޮތުން ދުނިޔޭގެ ފެންވަރުގައި ފާހަގަ ކުރެވޭ އެތައް ތަނެއް ހަލާކު ކޮށްފައިވާކަން ފާހަގަ ކުރެވެއެވެ. މިގޮތުން ސީރިއާގެ ގަދީމީ ސަހަރެއް ކަމަށްވާ ޕަލްމީރާ އައިސިސް އިން ވަނީ ފުނޑުފުނޑު ކޮށްފައެވެ.

މިހާދިސާ ހިނގީ އިރާގުގެ ސަރުކާރު ސިފައިންނާއި އެމެރިކާގެ ފައުޖުތައް ގުޅިގެން އައިސިސް އާ ދެކޮޅަށް ކުރަމުންދާ ހަނގުރާމައިގައި އައިސިސްގެ ބާރު ކުޑަވަމުންދާ ކަމަށް ބައިނަލް އަގްވާމީ މީޑިއާއިން ހާމަ ކުރަމުންދާ ދަނޑިވަޅެއްގައި ކަން ފާހަގަ ކުރެވިފައެވެ.

އައިސިސްގެ ބަޔާންތައް ޝާއިއު ކުރާ އަލް އަމަގް ވެބްސައިޓްގައި އައިސިސް އިން ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ މިސްކިތް ގޮއްވާލީ އެމެރިކާއިން ދިން ހަމަލާއެއްގައި ކަމަށެވެ.

އެންމެ ހިނގާ

1

އީރާނުގެ ހަމަލާތަކުން ލިބޭ ގެއްލުންތައް އާންމުވާތީ އެމެރިކާގެ އަސްކަރިއްޔާއިން ކަންބޮޑުވެއްޖެ، މަންޒަރުތައް ރެކޯޑް ނުކުރަން އިންޒާރުދީ، ފޯނުތައް އަތުލަނީ

2

ފޭކް ބުކިންގ ހަދައިގެން ކެންސަލްކުރުމަށްފަހު، ރިފަންޑު ހޯދުމަށް ހިންގާ ސްކޭމްތައް އިތުރުވަނީ!

3

މިނިވަންދުވަހުގެ ކުޅަދާނަ ސްޕީޗާއެކު "ނމކޢވ" ގެ ލަގަބު

4

އުރުދުންގައި ހުންނަ އެމެރިކާގެ އަސްކަރީ މަރުކަޒަށް އީރާނުން ދިން ހަމަލާތަކުގައި އެއްވެސް ގެއްލުމެއް ނުވާކަމަށް އެމެރިކާއިން ދައްކަމުންދާ ވާހަކަތައް ދޮގުކުރާ ފޮޓޯތަކެއް އީރާނުން އާންމުކޮށްފި

5

ބިޔަ ރާޅުތަކުގެ ތެރެއިން ކުޑަ ކުއްޖަކު ސަލާމަތް ކުރި 16 އަހަރުގެ ޒުވާނަކަށް ވައިޓް ހައުސްގައި އިނާމު ދެއްވަން ޓްރަމްޕް ނިންމަވައިފި

އިތުރަށް ކިޔާލަން

01 ޖޫން 2017

އައިއެސްގެ ޚިލާފަތު އިއުލާން ކުރި މިސްކިތް ވަށާލާ އައިއެސް އިން އިރާގު ސިފައިންނާ ވަރުގަދަ ކުރިމަތިލުމަކަަށް!

01 ޖޫން 2017
އައިއެސްގެ ޚިލާފަތު އިއުލާން ކުރި މިސްކިތް ވަށާލާ އައިއެސް އިން އިރާގު ސިފައިންނާ ވަރުގަދަ ކުރިމަތިލުމަކަަށް!
27 އެޕްރީލު 2017

އިންޑޮނީޝިއާގެ އެންމެ މަޝްހޫރު ގާރީ ޝޭޚް ޖައުފަރު އަބްދުއް ރަހުމާނު ލައިވް ޓީވީގައި ގުރުއާން ކިޔަވަމުން ދަނިކޮށް ނިޔާވެއްޖެ

27 އެޕްރީލު 2017
އިންޑޮނީޝިއާގެ އެންމެ މަޝްހޫރު ގާރީ ޝޭޚް ޖައުފަރު އަބްދުއް ރަހުމާނު ލައިވް ޓީވީގައި ގުރުއާން ކިޔަވަމުން ދަނިކޮށް ނިޔާވެއްޖެ
26 އެޕްރީލު 2017

ޚާލިދު އަލް އަރާޖްއަށް ބޮޑު ޖަލު ހުކުމެއް އަތުވެދާނެ!

26 އެޕްރީލު 2017
ޚާލިދު އަލް އަރާޖްއަށް ބޮޑު ޖަލު ހުކުމެއް އަތުވެދާނެ!
20 އެޕްރީލު 2017

ބާބްރީ މިސްކިތް މައްސަލައިގައި ބީޖޭޕީގެ ލީޑަރުންތަކެއްގެ މައްޗަށް ޝަރީއަތް ހިންގަނީ

20 އެޕްރީލު 2017
ބާބްރީ މިސްކިތް މައްސަލައިގައި ބީޖޭޕީގެ ލީޑަރުންތަކެއްގެ މައްޗަށް ޝަރީއަތް ހިންގަނީ
03 އެޕްރީލު 2017

ބަޣްދާދީގެ ނައިބެއް ކަމަށްވާ އަޔާދު އަލް-ޖުމައިލީ މަރާލައިފި

03 އެޕްރީލު 2017
ބަޣްދާދީގެ ނައިބެއް ކަމަށްވާ އަޔާދު އަލް-ޖުމައިލީ މަރާލައިފި
06 މާރިޗު 2017

އިރާގު އަސްކަރިއްޔާއިން މޫސަލްގެ އަލް ހުއްރިއްޔާ ބްރިޖް ހިފައިފި

06 މާރިޗު 2017
އިރާގު އަސްކަރިއްޔާއިން މޫސަލްގެ އަލް ހުއްރިއްޔާ ބްރިޖް ހިފައިފި
24 ފެބުރުއަރީ 2017

ސީރިޔާގެ އަލްބާބު "ފްރީ ސީރިއަން" އާމީގެ އަތްދަށަށް

24 ފެބުރުއަރީ 2017
ސީރިޔާގެ އަލްބާބު "ފްރީ ސީރިއަން" އާމީގެ އަތްދަށަށް
12 ފެބުރުއަރީ 2017

އިރާގުގެ ގްރީން ޒޯނަށް މިސައިލްތަކެއް އަރައިފި

12 ފެބުރުއަރީ 2017
އިރާގުގެ ގްރީން ޒޯނަށް މިސައިލްތަކެއް އަރައިފި
09 ފެބުރުއަރީ 2017

އެމެރިކާއިން ސީރިއާގައި ދިން ހަމަލާތަކެއްގައި އަލްގައިދާގެ 11 މީހުން މަރާލައިފި

09 ފެބުރުއަރީ 2017
އެމެރިކާއިން ސީރިއާގައި ދިން ހަމަލާތަކެއްގައި އަލްގައިދާގެ 11 މީހުން މަރާލައިފި
16 ޖެނުއަރީ 2017

ބްރެޒިލްގެ އަލްކަކޫޒް ޖަލުގެ ހަމަނުޖެހުމުގައި މަރާލި މީހުންގެ އަދަދު 30 އަށް

16 ޖެނުއަރީ 2017
ބްރެޒިލްގެ  އަލްކަކޫޒް ޖަލުގެ ހަމަނުޖެހުމުގައި މަރާލި މީހުންގެ އަދަދު 30 އަށް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް