Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓު
ކަނޑުފަޅު ދިރާސާކުރުން

ނެކްޓޮން އިން ކަނޑުގެ ފުނަށް ކުރި ދަތުރު

ނެކްޓޮއިން ވަނީ 5 ހަފްތާގެ ދިރާސާއެއް ކޮށްފައި

ތޯހިރާ އަޒްހާރް
ތޯހިރާ އަޒްހާރް, ރާއްޖެ އެމްވީ | 8 އޮކްޓޯބަރު 2022 | ހޮނިހިރު 08:05
ކަނޑު ދިރާސާކުރާ ޓީމުގައި ހިމެނޭ ދިވެހި ސައިންޓިސްޓުން

ކަނޑު ދިރާސާކުރާ ޓީމުގައި ހިމެނޭ ދިވެހި ސައިންޓިސްޓުން

ރާއްޖެއަކީ ބިން ކުޑަ، ކަނޑުގެ ސަރަހައްދު ބޮޑު ގައުމެކެވެ. އެކި ހިސާބުތަކުގައި ވަކި ވަކިން ކުދި ކުދި ރަށްތަކެއް އުފެދިފައިވާއިރު، މިއިން ކޮންމެ ތަނެއްގެވެސް ވަށައިގެންވަނީ މާސިންގާ ކަނޑެވެ. ރާއްޖެއަކީ 99 އިންސައްތަ ކަނޑުގެ ސަރަހައްދު އެކުކެވިގެންވާ ގައުމެއްކަމަށް އެކި ފަރާތްތަކުން ހަދާފައިވާ ދިރާސާތަކުންވެސް ވަނީ ދައްކާފައެވެ. މި ހުރިހާ ކަމަކުންވެސް ރާއްޖެއަށް ލިބިފައިމިވާ މާސިންގާ ކަނޑާއި، ބިމުގެ މުހިންމުކަން އެނގިގެންދެއެވެ. އެތަންތަން ހިމާޔަތްކޮށް ރައްކާތެރިކުރުމުގެ މުހިންމުކަން ހާމަވެއެވެ. ކުރިމަތިވާ ނުރައްކާތަކުން ހިމާޔަތް ކުރުން މުހިންމެވެ.

އަނެއްކޮޅުން ބަލާއިރު، މިއަދު މުޅި ދުނިޔޭގެ ތިމާވެއްޓަށްވެސް މިވަނީ ބޮޑު ނުރައްކަލަކާ ކުރިމަތިލާންޖެހިފައެވެ. އަޅުގަނޑު މެންނަށް ލިބިފައިމިވާ ރީތި، ނާޒުކު ތިމާވެށިވެސް ހިމެނޭ ގޮތުންނެވެ. މޫސުމީ ބަދަލުތަކުގެ ސަބަބުން ކަނޑުގެ ލޮނުގަނޑު އުފުލި، މުރަކަތައް ހަލާކުވެ ދަނީ "ބްލީޗް"ވަމުންނެވެ. ހުދު ވަމުންނެވެ. މިއީ ޖައްވު ހޫނުވެ، ކަނޑު އަޑި އާދަޔާ ޚިލާފަށް ހޫނުވުމުގެ ސަބަބުން މުރަކަތަކަށް ދިމާވާ ކަމެކެވެ. ކަނޑުގެ ލޮނުގަނޑު މި އުފުލެމުންދާ ގޮތަށް އުފުލޭނަމަ ރާއްޖޭގެ މި ކުދި ކުދި ރަށްތަކަށް ނުރައްކާ ވެދާނެ ކަމުގެ އިންޒާރުވެސް މިހާރު ދަނީ ލިބެމުންނެވެ.

މި ނުރައްކާތައް ދެނެގަނެ، އަޅުގަޑުމެންގެ ވެށި ހިމާޔަތް ކުރެވޭނެ ގޮތްތައް ހޯދާބެލުމަށް ސަރުކާރުން ވަނީ ބްލޫ ޕްރޮސްޕެރިޓީ ކޯލިޝަނާ ގުޅިގެން ރާއްޖޭގެ ކަނޑުފަޅުގެ ދިރާސާއެއް ކޮށްފައެވެ. މި ދިރާސާގައި ކަނޑު އަޑީގެ ދިރުންތަކާއި، މުރަކަތަކާއި، މިފަދަ އެތައް ކަމެއް ދިރާސާކޮށްފައިވެއެވެ. މި ދިރާސާއަށްފަހު އަނެއްކާވެސް މިވަނީ އިނގިރޭސިވިލާތުގެ މެރިން ރިސަރޗް ފައުންޑޭޝަނެއް ކަމަށްވާ "ނެކްޓަން" އާ ގުޅިގެން ކަނޑުތައް ދިރާސާކޮށްފައެވެ. 5 ހަފްތާއަށް ކުރިއަށްދިޔަ މި ދިރާސާ އޮކްޓޯބަރު 7 ގައި ނިންމާލާފައިވާއިރު، ބައިނަލްއަގުވާމީ ފަރާތްތަކާއި ދިވެހިން ހިމެނޭހެން 40 ސައިންސްވެރިންނާއި ތަޖުރިބާކަރުންގެ ޓީމެއް ހަރަކާތްތެރިވެފައިއެވެ. 16 ދިވެހިން މި ޓީމުގައި ހިމެނެއެވެ.

މި ޓީމުން ވަނީ ރާއްޖޭގެ ކަނޑުތައް ދިރާސާކޮށް، މޫސުމަށް އަންނަ ބަދަލުގެ ސަބަބުން ދިވެހިރާއްޖެއަށް ލިބިދޭ ގެއްލުން ކުޑަކުރާނެ ގޮތްތައް ދެނެގަނެފައެވެ. އަދި ދިރާސާއިން ލިބުނު މަޢުލޫމާތު ސައިންސްވެރިންނާއި ޕޮލިސީ މޭކަރުންނާ ހިއްސާކުރާނެއެވެ. ދިރާސާގައި ކަނޑުގެ އެންމެ މަތީ ފަށަލައިން ފެށިގެން 1000 މީޓަރާއި ހަމައަށް ސާރވޭކޮށްފައިވެއެވެ. 5 ހަފްތާއަށް ކުރިއަށްގެންދިޔަ މި ދިރާސާގައި ކަނޑުގެ އެންމެ ފުނަށްދެވޭ ޒާތުގެ ސަބްމާރސިބަލްއާއި ރޮބޮޓިކް ސިސްޓަމްތައް ވަނީ ބޭނުންކޮށްފައެވެ. ކާމިޔާބު މަސައްކަތްތަކެއް ކުރެވިފައިވާކަން އެޓީމުން ވަނީ ހާމަކޮށްފައެވެ.

މޫސުމީ ބަދަލުތަކުގެ ސަބަބުން ރާއްޖޭގެ ކަނޑުފަޅަށް ކުރިމަތިލާންޖެހޭ ކަންކަމަކީ އަވަސް ހައްލެއް ބޭނުންވާ ކަމެކެވެ. ވަކިން ޚާއްސަކޮށް ރާއްޖޭގެ އިގްތިސާދަކީ ފަތުުރުވެރިކަމަށް ވަރަށް ބޮޑަށް ބަރޯސާވެފައިވާ އިގްތިސާދަކަށް ވެފައި، ފަތުރުވެރިކަމަކީ ތިމާވެއްޓާ ވަރަށް ބޮޑަށް ގުޅިފައިވާ ކަމަކަށްވާތީ މިއީ އަވަސް ހައްލެއް ބޭނުންވާ މައްސަލައެކެވެ. އެހެންކަމުން މިކަމަށް ހައްލެއް ހޯދުމަށް ކުރެވިދާނެ ކަންކަން ދެނެގަތުމުގެ މަސައްކަތް ސަރުކާރުން ކުރަމުންދެއެވެ. އަދި މި މަސައްކަތް އަމިއްލަ ފަރާތްތަކުންވެސް ކުރަމުންދެއެވެ.

ރާއްޖެއިން ގެންދަނީ ގައުމީ ފެންވަރުގައާއި، ބައިނަލްއަގުވާމީ ފެންވަރުގައިވެސް މޫސުމީ ބަދަލުތައް ކުޑަކުރުމަށް ކުރެވެންހުރި ކަންކަން ކުރަމުންނެވެ. މިގޮތުން ތެޔޮ އަންދާ މިންވަރު ކުޑަކުރުމަށް ސޯލަރ ހަކަތައާ ދިމާލަށް މިސްރާބު ޖެހުން ފާހަގަކޮށްލެވެއެވެ.

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

ޓެރަރިސްޓުން މުޅި ދުނިޔެއަށް ދަތުރުކުރާއިރު، އިއްޒަތްތެރި މެމްބަރު ނިހާނަށް އަވަށްޓެރި އިންޑިއާއަށްވެސް ނޭރުނު

ޓެރަރިސްޓުން މުޅި ދުނިޔެއަށް ދަތުރުކުރާއިރު، އިއްޒަތްތެރި މެމްބަރު ނިހާނަށް އަވަށްޓެރި އިންޑިއާއަށްވެސް ނޭރުނު

05 ޖޫން 2018
ޖަޒީރާ ރައީސް ބ އަތޮޅު ކެމްޕެއިން ދަތުރު ވަރަށް ކާމިޔާބު!

ޖަޒީރާ ރައީސް ބ އަތޮޅު ކެމްޕެއިން ދަތުރު ވަރަށް ކާމިޔާބު!

20 މެއި 2018
ފެރީތައް މެދުވެރިކޮށް ދަތުރުކުރުމުގައި ހަމަ އަސްލު ވެސް ލުއި ފަސޭހަތަ؟

ފެރީތައް މެދުވެރިކޮށް ދަތުރުކުރުމުގައި ހަމަ އަސްލު ވެސް ލުއި ފަސޭހަތަ؟

25 އެޕްރީލު 2018
ބީޗް ކުރޫޒަރ: ވަރަށް ފުރިހަމަ، ދަތުރުކުރަން މިވަރެއް ނެތް!

ބީޗް ކުރޫޒަރ: ވަރަށް ފުރިހަމަ، ދަތުރުކުރަން މިވަރެއް ނެތް!

19 ޖެނުއަރީ 2018
ރަތް ކަނޑުގެ މަސްރަހް ހޫނު ވަނީ!

ރަތް ކަނޑުގެ މަސްރަހް ހޫނު ވަނީ!

10 ޖެނުއަރީ 2018

އަހަރުތަކުން މިއަދު

10 މާރިޗު
ވައިޓް ޗީޒް ޗިކަން ލަޒާނިއާ
20251 އަހަރު ކުރިން
ލައިފް ސްޓައިލް

ވައިޓް ޗީޒް ޗިކަން ލަޒާނިއާ

ކްރިސްޕީ ގާލިކް ބަޓަރ ސޮސެޖް ޓޯސްޓް
20242 އަހަރު ކުރިން
ލައިފް ސްޓައިލް

ކްރިސްޕީ ގާލިކް ބަޓަރ ސޮސެޖް ޓޯސްޓް

"ކަލޭމެން ބުންޏަސް، ދެކުނަލެއް އެއް ގޮތަކަށް ހަދައެއް ނުދެވޭނެ"
20233 އަހަރު ކުރިން
ތަފާތު ޚަބަރު

"ކަލޭމެން ބުންޏަސް، ދެކުނަލެއް އެއް ގޮތަކަށް ހަދައެއް ނުދެވޭނެ"

އަގު ބޮޑުކުރަން ޑިމާންޑް ކުރަނީ ހަގީގަތުގައިވެސް ފައިދާ ނުވާތީތަ؟
20224 އަހަރު ކުރިން
ރިޕޯޓު

އަގު ބޮޑުކުރަން ޑިމާންޑް ކުރަނީ ހަގީގަތުގައިވެސް ފައިދާ ނުވާތީތަ؟

ބަލާބެލުމަށް އަތުން ޑޫޑުލް ކޮށްފައިވާހެން ހީވެސްނުވޭ!
20215 އަހަރު ކުރިން
ރިޕޯޓު

ބަލާބެލުމަށް އަތުން ޑޫޑުލް ކޮށްފައިވާހެން ހީވެސްނުވޭ!

އެއާޕޯޓްގައި ދަރިފުޅު ބަހައްޓާފަ ދެވިގެން ފްލައިޓް އެމެޖެންސީގައި އަނބުރާ ލޭންޑްކުރަން ޖެހިއްޖެ
20197 އަހަރު ކުރިން
ރިޕޯޓު

އެއާޕޯޓްގައި ދަރިފުޅު ބަހައްޓާފަ ދެވިގެން ފްލައިޓް އެމެޖެންސީގައި އަނބުރާ ލޭންޑްކުރަން ޖެހިއްޖެ

މައުމޫނާއި އުއްތަމަފަނޑިޔާރާއި އަލީ ހަމީދަށް ދައުވާ ކުރަން ފޮނުވި މައްސަލަ އަނބުރާ ފޮނުވާލައިފި
20188 އަހަރު ކުރިން
ރާއްޖެ

މައުމޫނާއި އުއްތަމަފަނޑިޔާރާއި އަލީ ހަމީދަށް ދައުވާ ކުރަން ފޮނުވި މައްސަލަ އަނބުރާ ފޮނުވާލައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު