Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުއާޖެންޓީނާ

އާޖެންޓީނާއިން ސްކަލޯނީގެ އެއްބަސްވުން އައުކުރަނީ

އައު އެއްބަސްވުމުގެ ދަށުން 2026 ވަނަ އަހަރުގެ ފީފާ ވޯލްޑް ކަޕްގެ ނިޔަލަށް ސްކަލޯނީ އާޖެންޓީނާ އަށް އިރުޝާދު ދޭނެ

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 28 ސެޕްޓެމްބަރު 2022 | ބުދަ 03:39
އާޖެންޓީނާގެ ކޯޗު ސްކަލޯނީ ކުޅުންތެރިންނާއެކު

އާޖެންޓީނާގެ ކޯޗު ސްކަލޯނީ ކުޅުންތެރިންނާއެކު

އާޖެންޓީނާގެ ޤައުމީ ޓީމުގެ ކޯޗު ލިއޮނަލް ސްކަލޯނީގެ އެއްބަސްވުން އައު ކުރުމަށް އެ ޤައުމުގެ ފުޓުބޯޅަ އިދާރާ އިން ނިންމައިފިއެވެ.

އުމުރުން 44 އަަހަރުގެ ސްކަލޯނީ އާޖެންޓީނާގެ ކޯޗު ކަމަށް ހަމަޖެއްސީ 2018 ވަނަ އަހަރުގެ އޮގަސްޓު މަހުއެވެ. އޭނާގެ އިރުޝާދަގެ ދަށުން އާޖެންޓީނާ އިން އަންނަނީ މޮޅު ކުޅުމެއް ދައްކަމުންނެވެ. އާޖެންޓީނާ އިން އެންމެ ފަހުން ކުޅުނު 35 މެޗު ވެސް ނިންމާލާފައިވަނީ ބަލިނުވެއެވެ. ސްކަލޯނީގެ އިރުޝާދުގެ ދަށުން އެ ޤައުމުން ވަނީ 2021 ވަނަ އަހަރު ކޮޕަ އެމެރިކާ ފުޓުބޯޅަ މުބާރާތާއި މިއަހަރު އޮތް ޔުއެފާ ކަޕް އޮފް ޗެމްޕިއަންސް ކާމިޔާބުކޮށްފައެވެ.

އާޖެންޓީނާގެ ފުޓުބޯޅަ އެސޯސިއޭޝަންގެ ރައީސް ކްލައުޑީ ޓަޕިއާ ވިދާޅުވީ، ސްކަލޯނީގެ އެއްބަސްވުމުގެ މުއްދަތު އިތުރު ކުރުމަށް ނިންމާފައިވާ ކަމަށެވެ. އަދި އައު އެއްބަސްވުމުގެ ދަށުން 2026 ވަނަ އަހަރުގެ ފީފާ ވޯލްޑް ކަޕްގެ ނިޔަލަށް ސްކަލޯނީ އާޖެންޓީނާ އަށް އިރުޝާދު ދޭނެއެވެ.

ސްކަލޯނީ ބުނީ އާޖެންޓީނާގައި މިހާރު ތިބި ކުޅުންތެރިންނާއެކު އޭނާ ބޭނުންވަނީ ކުރިއަށްދާން ކަމަށެވެ. ސްކަލޯނީ ބުނީ އޭނާގެ އުންމީދަކީ އާޖެންޓީނާ އަށް ހުރިހާ ކާމިޔާބެއް ހޯދައިދުނުން ކަމަށެވެ. މީގެ އިތުރުން އޭނާ ބުނީ ކުރިއަށް އޮތް ވޯލްޑް ކަޕްގައި އާޖެންޓީނާ އިން ފަހު ވަގުތާ ހަމައަށް ހިތްވަރާއެކު މަސައްކަތް ކުރާނެކަމަށެވެ.

ސްކަލޯނީ ވަނީ 2003 އިން 2006 އަށް އާޖެންޓީނާގެ ޤައުމީ ޓީމަށް ކުޅެދީފައެވެ.

އާޖެންޓީނާލިއޮނަލް ސްކަލޯނީ

އިތުރަށް ކިޔާލަން

08 ޑިސެމްބަރު 2025

އަންގި ލައިގެން ތަށީގައި ހިފަން އެންގުމުން، ސްކަލޯނީ އާއި އާޖެންޓީނާގެ ކިބައިން އިފަންޓީނޯ މައާފަށް އެދިވަޑައިގެންފި

08 ޑިސެމްބަރު 2025
އަންގި ލައިގެން ތަށީގައި ހިފަން އެންގުމުން، ސްކަލޯނީ އާއި އާޖެންޓީނާގެ ކިބައިން އިފަންޓީނޯ މައާފަށް އެދިވަޑައިގެންފި
27 އޮކްޓޯބަރު 2025

އާޖެންޓީނާ ގެ ރައީސް މިލެއިގެ ޕާޓީ އިން އިންތިޚާބު ގައި ބޮޑު ކާމިޔާބެއް ހޯދައިފި

27 އޮކްޓޯބަރު 2025
އާޖެންޓީނާ ގެ ރައީސް މިލެއިގެ ޕާޓީ އިން އިންތިޚާބު ގައި ބޮޑު ކާމިޔާބެއް ހޯދައިފި
06 ސެޕްޓެމްބަރު 2025

އެކުއެޑޯ މެޗުގައި މެސީ ނުކުޅޭނެ

06 ސެޕްޓެމްބަރު 2025
އެކުއެޑޯ މެޗުގައި މެސީ ނުކުޅޭނެ
14 އެޕްރީލު 2025

ފީފާ ވާރލްޑް ކަޕުގައި 64 ޓީމު ވާދަކުރާ ގޮތަށް ހަދަން ދެކުނު އެމެރިކާއިން ހުށަހަޅައިފި

14 އެޕްރީލު 2025
ފީފާ ވާރލްޑް ކަޕުގައި 64 ޓީމު ވާދަކުރާ ގޮތަށް ހަދަން ދެކުނު އެމެރިކާއިން ހުށަހަޅައިފި
20 މާރިޗު 2025

މާޓިނޭޒް އަށް އަނިޔާވެ، ޓީމާ ދުރަށް

20 މާރިޗު 2025
މާޓިނޭޒް އަށް އަނިޔާވެ، ޓީމާ ދުރަށް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު