Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެހަނިމާދޫ އިންޓަރނޭޏޝަނަލް އެއަރޕޯޓު ތަރައްގީކުރުން

ހަނިމާދޫ އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ މަޝްރޫއުގެ އެއްބަސްވުމުގައި ސޮއި ކޮށްފި

މި މަޝްރޫއުގެ މަސައްކަތް ސަރުކާރުން ހަވާލު ކޮށްފައިވަނީ އިންޑިއާގެ ޖޭއެމްސީ ޕްރޮޖެކްޓްސް ލިމިޓެޑާ

އިދުހާމް ނަޢީމް
އިދުހާމް ނަޢީމް | 25 ސެޕްޓެމްބަރު 2022 | އާދީއްތަ 16:41
ހަނިމާދޫ އެއާޕޯޓުގެ އެއްބަސްވުމުގައި ސޮއި ކުރަނީ

ހަނިމާދޫ އެއާޕޯޓުގެ އެއްބަސްވުމުގައި ސޮއި ކުރަނީ

ހަނިމާދޫ އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީ ކުރުމުގެ މަޝްރޫއުގެ އެއްބަސްވުމުގައި ސޮއި ކޮށްފިއެވެ.

މިއީ މާލެއިން ބޭރުގައި މިހާތަނަށް ރާއްޖޭގައި ކުރާ އެންމެ ބޮޑު އިންވެސްޓްމަންޓެވެ. މި މަޝްރޫއުގެ މަސައްކަތް ސަރުކާރުން ހަވާލު ކޮށްފައިވަނީ އިންޑިއާގެ ޖޭއެމްސީ ޕްރޮޖެކްޓްސް ލިމިޓެޑާއެވެ.

Advertisement - newsAdvertisement

އާދީއްތަ ދުވަހުގެ ރޭ ބޭއްވި ހާއްސަ ރަސްމިއްޔާތެއްްގައި ސަރުކާރުގެ ފަރާތުން މި އެއްބަސްވުމުގައި ސޮއި ކުރެއްވީ ރީޖަނަލް އެއަރޕޯޓްސް ކޮމްޕެނީގެ މެނޭޖިންގ ޑިރެކްޓަރު މުޙައްމަދު ރިޒްވީއެވެ. އަދި ޖޭއެމްސީގެ ފަރާތުން ސޮއި ކުރެއްވީ އެ ކުންފުނީގެ ވައިސް ޕްރެޒިޑެންޓް ކޭއެސް ރެޑީއެވެ. މި ރަސްމިއްޔާތުގެ ދައުލަތުގެ ވަޒީރުންނާއި އިންޑިއާ ހައި ކޮމިޝަނުގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.

އިންޑިއާގެ އެގްޒިމް ބޭންކުން ރާއްޖެ އަށް ދީފައިވާ 800 މިލިއަން ޑޮލަރުގެ ލައިން އޮފް ކްރެޑިޓްގެ ދަށުން ހިންގާ މި މަޝްރޫއު އަށް 2.1 ބިލިއަން ރުފިޔާ ހަރަދުކުރަން ވަނީ ނިންމައިފައެވެ. އެގޮތުން، މި މަޝްރޫއުގެ ދަށުން ހަނިމާދޫގައި 2.46 ކިލޯމީޓަރުގެ އާ ރަންވޭއަކާއި އަހަރަކު 1.3 މިލިއަން ފަސިންޖަރުންނަށް ހިދުމަތް ދެވޭނެ ޖާގައިގެ ޓާމިނަލެއް އިމާރާތް ކުރާނެއެވެ. އަދި ބައިނަލްއަގުވާމީ ދަތުރުތައް އިތުރަށް ފުޅާކުރުމަށް ވަސީލަތްތައް ގާއިމްކުރުމަށް ވަނީ ހަމަޖެހިފައެވެ.

މި މަޝްރޫއު ނިމުމުން ބައިނަލްއަގުވާމީ ދަތުރުތަކުގައި ބޭނުންކުރާ އެއާބަސް A320 އާއި ބޮއިންގ 737 މަރުކާގެ ބޯޓުފަހަރަށް ހަނިމާދޫ އެއާޕޯޓުން ހިދުމަތް ދެވޭނެ ކަމަށް ސަރުކާރުން ބުނެއެވެ. އަދި މެދުއިރުމައްޗާއި ދެކުނު އޭޝިއާ އާއި ދެކުނު އިރުމަތީ އޭޝިއާ އަދި އިރުމަތީ އެފްރިކާގެ ގައުމުތަކުން ސީދާ ފްލައިޓްތައް ހަނިމާދޫ އަށް އޮޕަރޭޓް ކުރުމުގެ ގާބިލުކަން ވެސް ލިބޭނެއެވެ.

އުތުރުގެ އަތޮޅުތަކުގައި، އެ މަޝްރޫއާ އެކު ވިޔަފާރި އާއި ވަޒީފާގެ ފުރުސަތުތައް އިތުރުވާނެ ކަމަށާއި ސީދާގޮތުންނާއި ނުސީދާ ގޮތުން އެތައް ހާސް ވަޒީފާއެއް އުފެދޭނެ ކަމަށް ސަރުކާރުން ބުނެ އެވެ. އަދި މި ވައިގެ ބަނދަރު މެދުވެރިކޮށް ސީދާ އުތުރަށް މުދާ އެތެރެކުރުމަށް ފަސޭހަވެ، އުތުރުގެ ރަށްރަށުގެ ވިޔަފާރި އާއި އިގުތިސޯދަށް އާރޯކަން ލިބޭނެ ކަމަށެވެ.

މީގެ އިތުރުން މި އެއާޕޯޓަކީ ދުނިޔޭގެ އެކި ކަންކޮޅުތަކަށް ތާޒާކަމާ އެކު އެކްސްޕޯޓްކުރާ ކުންފުނިތަކަށް، ހާއްސަގޮތެއްގައި ބޮޑު ކަންނެލި އެކްސްޕޯޓްކުރާ މީހުންނަށް ލުއިފަސޭހަކަމާ އެކު މަސް އެކްސްޕޯޓްކުރުމަށް ހުޅުވޭ ދޮރަކަށް ވާނެ ކަމަށް ވެސް އިކޮނޮމިކް މިނިސްޓްރީން ވަނީ މީގެ ކުރިން ބުނެފައެވެ.

އިކޮނޮމިކް މިނިސްޓްރީން ބުނެފައިވާ ގޮތުގައި މި އަހަރު ފަހުކޮޅު އެ މަޝްރޫއުގެ އަމަލީ މަސައްކަތް ފަށައި، 2024 ގައި އެ މަޝްރޫއު ނިމި، ހިދުމަތް ދޭން ފެށޭނެ ކަމަށެވެ.

މި އެއަރޕޯޓް ތަރައްގީކުރުމަކީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙުގެ ސަރުކާރުން ވަރަށް ބޮޑު އިސްކަމެއްދީގެން ކުރިއަށް ގެންދާ މަޝްރޫއެކެވެ. އަދި މި މަޝްރޫއަކީ ރާއްޖޭގެ އުތުރުގައި އިގުތިސާދީ މައި ހަބެއް ގާއިމުކުރުމުގެ ސިޔާސަތުގެ ދަށުން ކުރިޔަށް ގެންދެވޭ މުހިއްމު މަޝްރޫއެކެވެ. މިގޮތުން މި މަޝްރޫއަކީ އުތުރުގައި ރިސޯޓުތަކާއި، ސިޓީހޮޓަލާއި ގެސްޓްހައުސްތައް އިތުރުކޮށް، ފަތުރުވެރިކަން ފުޅާކުރުމަށް މުހިއްމު މަޝްރޫއެކެވެ. މީގެ އިތުރުން ބޮޑުކަންނެލީގެ މަސްވެރިކަމާއި މިނޫންވެސް ތަފާތު އެކި ސިނާއަތްތައް ތަރައްގީކޮށް، އުތުރުގެ އިގުތިސާދު ފުޅާކުރުމަށް މި މިޝްރޫއު މުހިއްމު ދައުރެއް އަދާކުރާނެއެވެ.

އިތުރަށް ކިޔާލަން

12 ފެބުރުއަރީ 2017

ކަނޑު އުޅަނދުފަހަރު ބަލައިފާސްކުރުމުގެ އޮޕަރޭޝަނެއް ފަށައިފި

12 ފެބުރުއަރީ 2017
ކަނޑު އުޅަނދުފަހަރު ބަލައިފާސްކުރުމުގެ އޮޕަރޭޝަނެއް ފަށައިފި
06 ފެބުރުއަރީ 2017

އިސްލާމީ ފޭރާމެއް އަޅައިގެން ވަޒީފާ އަދާކުރުމުގެ ހައްގެއް ސަރުކާރުން ނުދޭ، ސަލަފުން އެދެނީ އިހުތިޖާޖުކުރަން

06 ފެބުރުއަރީ 2017
އިސްލާމީ ފޭރާމެއް އަޅައިގެން ވަޒީފާ އަދާކުރުމުގެ ހައްގެއް ސަރުކާރުން ނުދޭ، ސަލަފުން އެދެނީ އިހުތިޖާޖުކުރަން
06 ފެބުރުއަރީ 2017

ކުށް ކުރުމުގެ ނިސްބަތް 2014 ވަނަ އަހަރުން ފެށިގެން ވަރަށް ބޮޑުތަން ދަށް ކުރެވިއްޖެ: ރައީސް ޔާމީން

06 ފެބުރުއަރީ 2017
ކުށް ކުރުމުގެ ނިސްބަތް 2014 ވަނަ އަހަރުން ފެށިގެން ވަރަށް ބޮޑުތަން ދަށް ކުރެވިއްޖެ: ރައީސް ޔާމީން
04 ފެބުރުއަރީ 2017

ވިލާ އިންޓަރނޭޝަނަލް ހައި ސުކޫލުން އޯޕަންޑޭ ބާއްވައިފި

04 ފެބުރުއަރީ 2017
ވިލާ އިންޓަރނޭޝަނަލް ހައި ސުކޫލުން އޯޕަންޑޭ ބާއްވައިފި
24 ޖެނުއަރީ 2017

އެއަރޕޯޓު ޓެކުހާއި ފީ ނެގުމުގެ ގަވާއިދު ގެޒެޓުކޮށްފި

24 ޖެނުއަރީ 2017
އެއަރޕޯޓު ޓެކުހާއި ފީ ނެގުމުގެ ގަވާއިދު ގެޒެޓުކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު