Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުސާބާ ވިމެންސް ޗެމްޕިއަންޝިޕް

ސާބާގެ ވިމެންސް ޗެމްޕިއަންޝިޕްގައި ވާދަކުރާ ގައުމީ ބާސްކެޓްބޯޅަ ޓީމާ ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ބައްދަލުކުރައްވައި ހިތްވަރުދެއްވައިފި

މުބާރާތުގައި ކާމިޔާބީއާ ހަމައަށް ވާސިލުވުމަށް ގަދައަޅައި މަސައްކަތްކުރުމަށް ހިތްވަރުދެއްވައި، މުބާރާތުގައި ކާމިޔާބީއަށް އެދިވަޑައިގެންނެވި

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް | 24 ސެޕްޓެމްބަރު 2022 | ހޮނިހިރު 17:43
ސާބާގެ ވިމެންސް ޗެމްޕިއަންޝިޕްގައި ވާދަކުރާ ގައުމީ ބާސްކެޓްބޯޅަ ޓީމާ ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ބައްދަލުކުރެއްވުން

ސާބާގެ ވިމެންސް ޗެމްޕިއަންޝިޕްގައި ވާދަކުރާ ގައުމީ ބާސްކެޓްބޯޅަ ޓީމާ ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ބައްދަލުކުރެއްވުން

"ސައުތު އޭޝިއަން ބާސްކެޓްބޯލް އެސޯސިއޭޝަން (ސާބާ)ގެ ވިމެންސް ޗެމްޕިއަންޝިޕް 2022"ގައި ވާދަކުރާ ގައުމީ ބާސްކެޓްބޯޅަ ޓީމާ، ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒްނާ އަޙްމަދު ބައްދަލުކުރައްވައި ޓީމަށް ހިތްވަރު ދެއްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން، އަންހެނުންގެ ގައުމީ ބާސްކެޓް ބޯޅަ ޓީމާ ބައްދަލުކުރެއްވީ މިރޭ ސޯޝަލް ސެންޓަރުގައެވެ. މި ޓީމާ ބައްދަލުކުރައްވައި އެކަމަނާ ވަނީ، ކުޅިވަރުގެ މައިދާނުގައި އެކަމަނާގެ އަމިއްލަފުޅު ތަޖުރިބާއިން ބައެއް ވާހަކަފުޅުތައް ހިއްސާކުރައްވައި، ޓީމުގެ މެންބަރުން މުބާރާތުގައި ކާމިޔާބީއާ ހަމައަށް ވާސިލުވުމަށް ގަދައަޅައި މަސައްކަތްކުރުމަށް ހިތްވަރުދެއްވައި މުބާރާތުގައި ކާމިޔާބީއަށް އެދިވަޑައިގަންނަވާފައެވެ.

އަދި މި މުބާރާތަކީ ޓީމަށް ލިބިގެންދާނެ ރަނގަޅު ތަޖުރިބާއަކަށް ވާނެކަމަށް އުންމީދުކުރައްވާ ކަމަށްވެސް އެކަމަނާ ވިދާޅުވިއެވެ. މީގެ އިތުރުން އެކަމަނާ ވަނީ ޓީމުގެ ފަރިތަކުރުންތައް ސޯޝަލް ސެންޓަރުގައި ކުރިއަށްދިޔަގޮތް ބައްލަވާލައްވާފައެވެ.

މި ބައްދަލުކުރެއްވުމުގައި ޓީމުގެ ފަރާތުން ވަނީ، އެޓީމުން މި މުބާރާތުގައި ބޭނުންކުރާ ޖަރޒީއެއް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުންނަށް ވެދުމަށް އަރުވާފައެވެ. ސާބާގެ އަންހެނުންގެ ބާސްކެޓް ބޯޅަ މުބާރާތް 2022 ކުރިއަށްދާނީ ސެޕްޓެމްބަރު 25ން 30ށް ސޯސަލްސެންޓަރުގައެވެ. މިއީ ބައިނަލްއަގުވާމީ އަންހެނުންގެ ބާސްކެޓް ބޯޅަ މުބާރާތް ރާއްޖޭގައި ބާއްވާ ފުރަތަމަފަހަރެވެ.

އިތުރަށް ކިޔާލަން

25 ޖެނުއަރީ 2017

އަންހެން ވޮލީ މުބާރާތުގައި ވާދަކުރާ އީރާން ޓީމު މާލެ އަތުވެއްޖެ

25 ޖެނުއަރީ 2017
އަންހެން ވޮލީ މުބާރާތުގައި ވާދަކުރާ އީރާން ޓީމު މާލެ އަތުވެއްޖެ
25 ޖެނުއަރީ 2017

ދެވަނަ މެޗުންވެސް ގައުމީ އަންހެން ޓީމު ބަލިވެއްޖެ

25 ޖެނުއަރީ 2017
ދެވަނަ މެޗުންވެސް ގައުމީ އަންހެން ޓީމު ބަލިވެއްޖެ
20 ޖެނުއަރީ 2017

މިސްރުގެ ގައުމީ ޓީމުގެ ކުރީގެ ކެޕްޓަން ޓެރެރިސްޓް ލިސްޓުގައި ހިމަނައިފި

20 ޖެނުއަރީ 2017
މިސްރުގެ ގައުމީ ޓީމުގެ ކުރީގެ ކެޕްޓަން ޓެރެރިސްޓް ލިސްޓުގައި ހިމަނައިފި
20 ޖެނުއަރީ 2017

ރަހްމަތްތެރިކަމުގެ މެޗުތަކެއް ކުޅުމަށް ގައުމީ އަންހެން ޓީމު ބަހުރޭނަށް ފުރައިފި

20 ޖެނުއަރީ 2017
ރަހްމަތްތެރިކަމުގެ މެޗުތަކެއް ކުޅުމަށް ގައުމީ އަންހެން ޓީމު ބަހުރޭނަށް ފުރައިފި
20 ޖެނުއަރީ 2017

މިނިވަން 50 ޗެމްޕިއަންޝިޕްގައި ޓީމުތަކަށް ދޭން ޖެހޭ ފައިސާ މި އަހަރު ބަޖެޓުގެ ތެރެއިން ދެނީ!

20 ޖެނުއަރީ 2017
މިނިވަން 50 ޗެމްޕިއަންޝިޕްގައި ޓީމުތަކަށް ދޭން ޖެހޭ ފައިސާ މި އަހަރު ބަޖެޓުގެ ތެރެއިން ދެނީ!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު