Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެގްރީން ޓެކްސްގެ މައްސަލަ

ގްރީން ޓެކްސްގެ މައްސަލަ ހައްލުކުރުމަށް ހުށަހެޅި ބިލު ފާސްކޮށްފި

ޖުލައިން ފެށިގެން ގްރީން ޓެކްސް ނަގާފައިވާނަމަ، އެ ޓެކްސް ދައުލަތަށް ދައްކަންޖެހޭނެކަމަށް ބުނެފައިވޭ

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު | 21 ސެޕްޓެމްބަރު 2022 | ބުދަ 13:15
ރައްޔިތުންގެ މަޖިލިސް

ރައްޔިތުންގެ މަޖިލިސް

ޓުއަރިޒަމް ގާނޫނަށް ގެނައި 11 ވަނަ އިސްލާހުގެ ދަށުން ގްރީން ޓެކްސް ނެގުން މަޑުޖެހިފައިވާތީ، އެކަން ހައްލުކުރުމަށް އަލުން އެގާނޫނަށް ހުށަހެޅި އިސްލާހު ސަރުކާރުން ހުށަހެޅި ގޮތަށް އިތުރުބަދަލެއް ނުގެނެސް ފާސްކޮށްފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ ތިނަދޫ ދެކުނު ދާއިރާގެ މެމްބަރު އަބްދުﷲ ސަނީފު ހުށަހެޅުއްވި އެ އިސްލާހު ފާސްކޮށްފައި ވަނީ ބުދަ ދުވަހުގެ ޖަލްސާގައި، ވޯޓުގައި ބައިވެރިވެވަަޑައިގެންނެވި 50 މެމްބަރުންގެ އިއްތިފާގުންނެވެ. މުޅި މަޖިލީހުގެ ކޮމިޓީން ބިލު ފާސްކޮށްފައި ވަނީ 12 ސެޕްޓެމްބަރު 2022ގައެވެ.

ގްރީން ޓެކްސް ނެގުން ހުއްްޓޭ ގޮތް މެދުވެރިވީ ޓޫރިޒަމް ގާނޫނަށް 11 ވަނަ އިސްލާހު ގެނައި އިރު، ގްރީން ޓެކްސް ނަގަން ފަށާ ތާރީހެއްގެ ގޮތުގައި އޮތީ އަންނަ އަހަރުގެ ޖެނުއަރީ މަހުގެ ފުރަތަމަ ދުވަސް އޮތުމުންނެވެ.

މަޖިލީހަށް އިސްލާހެއް ހުށަހަޅާފައިވަނީ ޓުއަރިޒަމާބެހޭ ގާނޫނުގެ 35 ވަނަ މާއްދާގެ ދަށުން ގްރީންޓެކްސް ނެގުމަށް ކަނޑައެޅިފައިވާ އުސޫލު އިތުރަށް ސާފުކޮށްދިނުމަށްޓަކައި މި ގާނޫނަށް ގެންނަންޖެހޭ އިސްލާހުތައް ގެނައުމަށާއި، އެ ގާނޫނުގެ ދަށުން 1 ޖެނުއަރީ 2023ން ފެށިގެން ނެގުމަށް ކަނޑައެޅިފައިވާ ގްރީން ޓެކްސް ނަގަން ފަށަންދެން، 3 ޖުލައި 2022ގެ ކުރިން އެ ގާނޫނުގެ ދަށުން ނަގަމުންދިޔަ ގްރީން ޓެކްސް ނެގެމުންދާނެކަން ގާނޫނުގައި ކަނޑައެޅިގެން ބަޔާންކުރުމަށާއި، އެނޫންވެސް ކަމާގުޅޭ އުސޫލުތައް ގާނޫނުގައި ކަނޑައެޅުމަށްޓަކައި މި ގާނޫނަށް ގެންނަން ޖެހޭ އިސްލާހު ގެނައުމެވެ.

ގްރީން ޓެކްސް ނުނެގޭ ގޮތަށް ކުރިން ގެނައި ބަދަލުގެ ފަހުން ވެސް ބައެއް ތަންތަނުން ގްރީން ޓެކްސްގެ ގޮތުގައި ޓޫރިސްޓުންގެ އަތުން ނަގާފައިވާ ފައިސާ ދައުލަތަށް ދައްކަން ލާޒިމުކުރުމަކީ ވެސް މިއަދު ފާސްކުރި ބިލުން ކުރާ ކަމެކެވެ. ޓޫރިޒަމް ގާނޫނަށް ގެނައި 11 ވަނަ އިސްލާހުގައިވާ ގޮތުން، އަންނަ އަހަރުން ފެށިގެން ގްރީން ޓެކްސް ނަގާނީ 50 ކޮޓަރިއަށް ވުރެ ގިނަ ތަންތަނުން އެއިން ތަނެއްގައި ހޭދަކުރާ ކޮންމެ ދުވަހަކަށް، މީހަކަށް ހަ އެމެރިކާ ޑޮލަރުގެ ރޭޓުން އަދި 50 ކޮޓަރިއަށް ވުރެ މަދު ތަންތަނުން ހޭދަކުރާ ކޮންމެ ދުވަހަކަށް، މީހަކަށް ތިން އެމެރިކާ ޑޮލަރު ރޭޓުގައެވެ.

އިތުރަށް ކިޔާލަން

10 ޖެނުއަރީ 2017

ފަނޑިޔާރު އަލީ ހަމީދަށް ހަމަލާ ދޭން އުޅުނު މައްސަލައިގެ ތަހުގީގު ހުއްޓާލައިފި

10 ޖެނުއަރީ 2017
ފަނޑިޔާރު އަލީ ހަމީދަށް ހަމަލާ ދޭން އުޅުނު މައްސަލައިގެ ތަހުގީގު ހުއްޓާލައިފި
10 ޖެނުއަރީ 2017

ހަތަރު ބިލިއަން ރުފިޔާ ހިމެނޭ ދަރަނީގެ މައްސަލަތައް މިދިޔަ އަހަރު ސާބިތުވި: ސިވިލް ކޯޓް

10 ޖެނުއަރީ 2017
ހަތަރު ބިލިއަން ރުފިޔާ ހިމެނޭ ދަރަނީގެ މައްސަލަތައް މިދިޔަ އަހަރު ސާބިތުވި: ސިވިލް ކޯޓް
09 ޖެނުއަރީ 2017

ފާރިސް އާއި ނާދިރާ ވަކިކުރި މައްސަލަ ކުރިއަށް ނުދަނީ ޕީޕީއެމް އިން ކޯޓަށް ހާޒިރު ނުވާތީ: ސޫދު

09 ޖެނުއަރީ 2017
ފާރިސް އާއި ނާދިރާ ވަކިކުރި މައްސަލަ ކުރިއަށް ނުދަނީ ޕީޕީއެމް އިން ކޯޓަށް ހާޒިރު ނުވާތީ: ސޫދު
08 ޖެނުއަރީ 2017

ފޯނުން ގުޅުމުގައި ދިމާވި މައްސަލަ މިހާރު ހައްލުވެއްޖެ: އުރީދޫ

08 ޖެނުއަރީ 2017
ފޯނުން ގުޅުމުގައި ދިމާވި މައްސަލަ މިހާރު ހައްލުވެއްޖެ: އުރީދޫ
08 ޖެނުއަރީ 2017

މީހެއްގެ ސޮއި ފޯޖްކޮށްގެން ފިނޭންސް މިނިސްޓްރީގެ ޗެކަކުން ނުވަލައްކަ ރުފިޔާ ހޯދި މައްސަލަ ސާބިތެއް ނުވި!

08 ޖެނުއަރީ 2017
މީހެއްގެ ސޮއި ފޯޖްކޮށްގެން ފިނޭންސް މިނިސްޓްރީގެ ޗެކަކުން ނުވަލައްކަ ރުފިޔާ ހޯދި މައްސަލަ ސާބިތެއް ނުވި!
08 ޖެނުއަރީ 2017

ޔާމީން ބަންދުކުރި މައްސަލައިގެ ޝަރީއަތް: ވަކީލަކު ހަމަޖެއްސުމަށް އަމީން ފައިސަލް އަށް ހަތް ދުވަސް!

08 ޖެނުއަރީ 2017
ޔާމީން ބަންދުކުރި މައްސަލައިގެ ޝަރީއަތް: ވަކީލަކު ހަމަޖެއްސުމަށް އަމީން ފައިސަލް އަށް ހަތް ދުވަސް!
08 ޖެނުއަރީ 2017

އިންތިހާބުގެ މައްސަލަ ދަށު ކޯޓުން ބަލަނީ ގާނޫނު އަސާސީ އޮޅުންބޮޅުން ކޮއްލަން: ނާޒިމް

08 ޖެނުއަރީ 2017
އިންތިހާބުގެ މައްސަލަ ދަށު ކޯޓުން ބަލަނީ ގާނޫނު އަސާސީ އޮޅުންބޮޅުން ކޮއްލަން: ނާޒިމް
06 ޖެނުއަރީ 2017

ނިމިގެންދިޔަ އަހަރު ޑްރަގް ކޯޓަށް ހުށަހެޅުނު މައްސަލަތައް އިތުރުވެއްޖެ

06 ޖެނުއަރީ 2017
ނިމިގެންދިޔަ އަހަރު ޑްރަގް ކޯޓަށް ހުށަހެޅުނު މައްސަލަތައް އިތުރުވެއްޖެ
06 ޖެނުއަރީ 2017

މިދިޔަ އަހަރު ކްރިމިނަލް ކޯޓަށް ހުށަހެޅި މައްސަލަތަކުގެ އަދަަދު އިތުރުވެއްޖެ

06 ޖެނުއަރީ 2017
 މިދިޔަ އަހަރު ކްރިމިނަލް ކޯޓަށް ހުށަހެޅި މައްސަލަތަކުގެ އަދަަދު އިތުރުވެއްޖެ
06 ޖެނުއަރީ 2017

ކޯޓުތަކަށް ހުށަހެޅުނު އަދި ނިންމި މައްސަލަތަކުގެ ޢަދަދު 20000 އަށްވުރެ މަތީގައި

06 ޖެނުއަރީ 2017
ކޯޓުތަކަށް ހުށަހެޅުނު އަދި ނިންމި މައްސަލަތަކުގެ ޢަދަދު 20000 އަށްވުރެ މަތީގައި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު