Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
އާޒިމާގެ މައްޗަށް ކުރާ ދައުވާ

އާޒިމާއަށް ކުރާ ދައުވާ: މަދަނީ މިންގަނޑުން ކުރިއަށް ގެންދެވޭނެކަމަށް ނިންމި ނިންމުން ބަދަލެއް ނުވި

މަދަނީ މިންގަނޑާއި ގުޅޭ ޤާނޫނީ އުސޫލުތަކެއް ބަޔާންކޮށްފައިވޭ

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު, ރާއްޖެ އެމްވީ | 12 ސެޕްޓެމްބަރު 2022 | ހޯމަ 08:17
އާޒިމާއަށް ކުރާ ދައުވާއާއި ގުޅިގެން ސުޕްރީމް ކޯޓުގައި މީގެ ކުރިން ކުރިއަށްދިޔަ އިސްތިއުނާފީ އަޑުއެހުމެއްގެ ތެރެއިން

އާޒިމާއަށް ކުރާ ދައުވާއާއި ގުޅިގެން ސުޕްރީމް ކޯޓުގައި މީގެ ކުރިން ކުރިއަށްދިޔަ އިސްތިއުނާފީ އަޑުއެހުމެއްގެ ތެރެއިން

ރައީސް އޮފީހުގެ ކުރީގެ ލީގަލް އެފެއާޒް މިނިސްޓަރު އައިޝަތު އާޒިމާ ޝަކޫރުގެ މައްޗަށް އުފުލާފައިވާ މަނީ ލޯންޑަރުކުރުމާއި ގުޅޭ ދެ ދައުވާ މަދަނީ މިންގަނޑުން ކުރިއަށް ގެންދެވޭނެ ކަމަށް ނިންމާފައިވާ ނިންމުން ބަދަލުކުރަންޖެހޭ ތަނެއް ނެތް ކަމަށް ކްރިމިނަލް ކޯޓުން ނިންމައިފިއެވެ.

ކްރިމިނަލް ކޯޓުގައި މި މައްސަލަ ބައްލަވަނީ ގާޒީ އަލީ އާދަމްއެވެ.

Advertisement - newsAdvertisement

އާޒިމާގެ މައްޗަށް އުފުލާފައިވަނީ ރަސްމީ އިދާރާތަކަށް ދޮގު މައުލޫމާތު ދިނުމާއި، މަނީ ލޯންޑަރިންއަށް މަގުފަހިކޮށްދިނުމުގެ ކުށުގެ ދައުވާއެވެ. އެ ދެ ދައުވާ މަދަނީ މިންގަނޑުން ކުރިއަށް ގެންދެވޭނެކަމަށް ކަނޑައަޅުއްވާފައިވަނީ 27 މާރޗު 2022 ގައެވެ. އެ ދުވަހު މި މައްސަލައިގައި ދެފަރާތުން ފާހަގަކުރި ކަންކަމަށް ރިއާޔަތް ކުރައްވައި މައްސަލަ ބައްލަވާ ގާޒީ ވިދާޅުވީ، މަދަނީ މިންގަނޑުން ކުރިއަށް ގެންދާއިރު، މިއީ ހުށައަޅާ ހުރިހާ ހެކިތަކުގެ ފުނަށް ފަނޑިޔާރު ވާސިލުވާން ޖެހޭ މަރުޙަލާއެއް ނޫން ކަމަށެވެ.

ވުމާއެކު، ދައުލަތުން ހުށައަޅާފައިވާ ހެކިތަކަށް ބަލާއިރު، މި ދައުވާއަކީ މަދަނީ މިންގަނޑުން ކުރިއަށް ގެންދެވޭނެ މައްސަލައެއްކަމަށް ގާޒީ އެ ދުވަހު ވަނީ ކަނޑައަޅުއްވާފައެވެ.

އެ ނިންމެވުން އާޒިމާގެ ފަރާތުން އިސްތިއުނާފުކޮށް، ސުޕްރީމް ކޯޓުން ވަނީ އެކަމަށް ގޮތެއް ނިންމާފައެވެ. އެގޮތުން މަދަނީ މިންގަނޑުން ދައުވާއެއް ކުރިއަށް ގެންދެވޭނެކަމަށް ނިންމާ ބާވަތުގެ ނިންމުންތަކަކީ އިސްތިއުނާފު ކުރެވޭ ބާވަތުގެ ނިންމުންތަކެއް ނޫންކަމަށް ބަޔާންކޮށް ސުޕްރީމް ކޯޓުން އެ ނުކުތާއަށް ގޮތެއް ކަނޑައަޅާފައެއް ނުވެއެވެ.

އެހެންނަމަވެސް ސުޕްރީމް ކޯޓުން އޭރު މި މައްސަލަ ނިންމިއިރު ވަނީ މަދަނީ މިންގަނޑުން މައްސަލަ ކުރިއަށް ނުގެންދެވޭނެ ފަދަ ޙާލަތްތަކެއް ބަޔާންކޮށް، އެ ކަމާއި ގުޅޭ ޤާނޫނީ އުސޫލުތަކެއް ބަޔާންކޮށްފައެވެ.

އެ އުސޫލުތަކުގެ މައްޗަށް ރިއާޔަތްކޮށް ހޯމަ ދުވަހުގެ އަޑުއެހުމުގައި އާޒިމާގެ ފަރާތުން ވަނީ ސިޓީއެއް ހުށައަޅާފައެވެ. އެ ސިޓީގައި އާޒިމާ އެދިވަޑައިގެންފައިވަނީ މި މައްސަލައިގައި މަދަނީ މިންގަނޑުން ކުރިއަށް ގެންދެވޭނެކަމަށް ގާޒީ ނިންމަވާފައިވާ ނިންމެވުން އަލުން މުރާޖައާކޮށްދެއްވައި، އަލުން އެކަމަށް ގޮތެއް ނިންމެވުމަށެވެ. އެގޮތުން އާޒިމާގެ ފަރާތުން ފާހަގަކުރައްވާ ގޮތުގައި ރައީސް ޔާމީނަށް މަނީލޯންޑަ ކުރުމުގައި އާޒިމާ މަގުފަހިކޮށްދެއްވިކަމަށް ދައުލަތުން ބުނި ނަމަވެސް، ރައީސް ޔާމީނުގެ މައްޗަށް މަނީ ލޯންޑަރިންގެ ކުށާއި އަމަލު ސާބިތުނުވާކަމަށް ސުޕްރީމް ކޯޓުން ނިންމާފައިވާ ކަމަށެވެ.

އެކަމާ ގުޅޭގޮތުން ދައުލަތުން ޙަވާލާދިނީ ޤާނޫނުލްއުޤޫބާތުގެ 30 ވަނަ މާއްދާއަށެވެ. އެގޮތުން ކުށްކުރި މީހާގެ މައްޗަށް ކުށް ސާބިތުނުވާ ޙާލަތުގައިވެސް، ކުށުގެ ބައިވެރިއަކަށް ނުވަތަ އެހީތެރިއަކަށް ދައުވާ ކުރެވިދާނެކަން އެ މާއްދާގައި ބަޔާންކޮށްފައިވާކަމަށް ދައުލަތުން ބުނެއެވެ.

އެހެންނަމަވެސް ދައުލަތުން އާޒިމާގެ މައްޗަށް އެ ދައުވާ ކޮށްފައިވަނީ މަނީ ލޯންޑަރިން އަދި ޓެރަރިޒަމަށް ފައިނޭންސް ކުރުން ހުއްޓުވުމުގެ ޤާނޫނުގެ ދަށުންކަން ބަޔާންކޮށް ދިފާއުން ވަނީ، އެއީ ޤާނޫނުލްއުޤޫބާތުގައި ބަޔާންކޮށްފައިވާ ކަންކަން އޭގެ މައްޗަށް ނުހިނގާނެ ޚާއްސަ ޤާނޫނެއްކަންވެސް ކަނޑައެޅީ ދައުލަތުން ކަމަށެވެ.

މި މައްސަލައިގައި ދެފަރާތުން ފާހަގަކުރި ކަންކަމަށް ރިއާޔަތް ކުރައްވައި މައްސަލަ ބައްލަވާ ގާޒީ ނިންމެވީ، މި މައްސަލައިގައި މަދަނީ މިންގަނޑުން ކުރިއަށް ގެންދިއުމާމެދު ކްރިމިނަލް ކޯޓުން ނިންމާފައިވާ ނިންމުމަށް ބަދަލެއް ގެންނަންޖެހޭނެ ތަނެއް ނެތް ކަމަށެވެ.

ދެން މި މައްސަލައިގައި އޮންނާނީ ޝަރީއަތުގެ ކުރީގެ ހުށައެޅުންތަކަށް ދެފަރާތުން ވާހަކަ ދެއްކުމެވެ.

އާޒިމާ ޝަކޫރުކްރިމިނަލް ކޯޓް

ކޮމެންޓް

އިތުރަށް ކިޔާލަން

މެންބަރު މައުރޫފް ގެ ބަންދަށް 5 ދުވަސް ޖަހައިފި

މެންބަރު މައުރޫފް ގެ ބަންދަށް 5 ދުވަސް ޖަހައިފި

12 ޑިސެމްބަރު 2025
މަސްވެރިކަމުގެ ވަޒީރު ޝިޔާމް އިސްތިއުފާ އަށް ގޮވާލައިފި

މަސްވެރިކަމުގެ ވަޒީރު ޝިޔާމް އިސްތިއުފާ އަށް ގޮވާލައިފި

12 ޑިސެމްބަރު 2025
ދިފާޢީ ވަކީލުންގެ ގޮތުގައި މަސައްކަތް ކުރާ ފަރާތްތަކަށް ނިސްބަތް ކޮށް އަސާސެއް ނެތް ތުހުމަތުތައް ނުކުރުމަށް ބާރ ކައުންސިލުން އިލްތިމާސްކޮށްފި

ދިފާޢީ ވަކީލުންގެ ގޮތުގައި މަސައްކަތް ކުރާ ފަރާތްތަކަށް ނިސްބަތް ކޮށް އަސާސެއް ނެތް ތުހުމަތުތައް ނުކުރުމަށް ބާރ ކައުންސިލުން އިލްތިމާސްކޮށްފި

12 ޑިސެމްބަރު 2025
ދިގަލި އާއި އާއްޓެ، ސިނގިރެޓް ވަގަށް ނެގުމުގައި އަމަލީ ގޮތުން ބައިވެރިވެފައި ނުވާ ކަމަށް ބުނެ ޝަރުތުކޮށްފައި ބަންދުން ދޫކޮށްލައިފި

ދިގަލި އާއި އާއްޓެ، ސިނގިރެޓް ވަގަށް ނެގުމުގައި އަމަލީ ގޮތުން ބައިވެރިވެފައި ނުވާ ކަމަށް ބުނެ ޝަރުތުކޮށްފައި ބަންދުން ދޫކޮށްލައިފި

11 ޑިސެމްބަރު 2025
ދެ ލޯބިވެރިން ގެ މާރާމާރީ ގައި އަންހެން މީހާ ހައްޔަރުކޮށް 30 ދުވަހަށް ބަންދުގެ މުއްދަތު ޖަހައިފި

ދެ ލޯބިވެރިން ގެ މާރާމާރީ ގައި އަންހެން މީހާ ހައްޔަރުކޮށް 30 ދުވަހަށް ބަންދުގެ މުއްދަތު ޖަހައިފި

10 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

30 އެޕްރީލު
އެސްޓީއޯގެ އާމްދަނީ އާއި ފައިދާ ދަށަށް ހިނގައްޖެ
20251 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

އެސްޓީއޯގެ އާމްދަނީ އާއި ފައިދާ ދަށަށް ހިނގައްޖެ

އެމްޓީސީސީގެ މި އަހަރުގެ ފުރަތަމަ ކުއާޓަރގެ އާމްދަނީގެ ގޮތުގައި 644.44 މިލިއަން ރުފިޔާ
20242 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

އެމްޓީސީސީގެ މި އަހަރުގެ ފުރަތަމަ ކުއާޓަރގެ އާމްދަނީގެ ގޮތުގައި 644.44 މިލިއަން ރުފިޔާ

ރަންތާޖު ޤުރުއާން މުބާރާތުގެ އެއްވަނަ ސާއީއަށް - ދަރިފުޅަށް ލިބުނު ކާމިޔާބުން މަންމަ ރޮއްވާލައިފި
20233 އަހަރު ކުރިން
ރިޕޯޓު

ރަންތާޖު ޤުރުއާން މުބާރާތުގެ އެއްވަނަ ސާއީއަށް - ދަރިފުޅަށް ލިބުނު ކާމިޔާބުން މަންމަ ރޮއްވާލައިފި

ޢީދު ދުވަހު މެންދުރަށް ހައިދަރުއާބާދީ ޗިކަން ބިރިޔާނީ ކިހިނެއް ވާނެ؟
20224 އަހަރު ކުރިން
ލައިފް ސްޓައިލް

ޢީދު ދުވަހު މެންދުރަށް ހައިދަރުއާބާދީ ޗިކަން ބިރިޔާނީ ކިހިނެއް ވާނެ؟

ވޯޓުލާނެ ބަޔަކު ނެތިގެން ވޯޓުލުން ނުފެށިފައި
20215 އަހަރު ކުރިން
ރާއްޖެ

ވޯޓުލާނެ ބަޔަކު ނެތިގެން ވޯޓުލުން ނުފެށިފައި

އެންމެ ކުޑަ އުޖޫރައެއްގެ ގޮތުގައި 6000 ރުފިޔާއަކީ އެކަށީގެންވާ އުޖޫރައެއް: މައުރޫފް
20197 އަހަރު ކުރިން
ރާއްޖެ

އެންމެ ކުޑަ އުޖޫރައެއްގެ ގޮތުގައި 6000 ރުފިޔާއަކީ އެކަށީގެންވާ އުޖޫރައެއް: މައުރޫފް

މޭޑޭގެ ހަނދާނުން: ލަބާން އަކީ މިހާރު މާފުށީ ޖަލުގެ މުދިމު!
20188 އަހަރު ކުރިން
ރިޕޯޓު

މޭޑޭގެ ހަނދާނުން: ލަބާން އަކީ މިހާރު މާފުށީ ޖަލުގެ މުދިމު!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު