Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުގދ އަތޮޅު ކައުންސިލް އެތުލެޓިކްސް ޗެމްޕިއަންޝިޕް

ގދ އަތޮޅު ކައުންސިލް އެތުލެޓިކްސް ޗެމްޕިއަންޝިޕް ފެށުމުގެ ރަސްމިއްޔާތު ކުލަގަދަކޮށް ބާއްވައިފި

ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ މާލޭ ސިޓީ ކައުންސިލްގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު

މުހައްމަދު ޔާސިރު މޫސާ
މުހައްމަދު ޔާސިރު މޫސާ | 11 ސެޕްޓެމްބަރު 2022 | އާދީއްތަ 14:08
މުބާރާތް ހުޅުވުމުގެ ރަސްމިއްޔާތުގެތެރެއިން

މުބާރާތް ހުޅުވުމުގެ ރަސްމިއްޔާތުގެތެރެއިން

މިހާރު ކުރިއަށްދާ ގދ އަތޮޅު ކައުންސިލް އެތުލެޓިކްސް ޗެމްޕިއަންޝިޕް ފެށުމުގެ ރަސްމިއްޔާތު ވަރަށް ކުލަގަދަކޮށް ބާއްވައިފިއެވެ.

ތިނަދޫ ސްޓޭޑިއަމްގައި އާދީއްތަ ދުވަހުގެ ހަވީރު ބޭއްވި މި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ މާލޭ ސިޓީ ކައުންސިލްގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒުއެވެ. މި ރަސްމިއްޔާތުގައި މާލޭ ސިޓީ ކައުންސިލްގެ އިސްވެރިންގެ އިތުރުން, ގދ އަތޮޅު ކައުންސިލާއި ތިނަދޫ ކައުންސިލްގެ އިސްވެރިން ބައިވެރިވެވަޑައިގަތެވެ.

މުބާރާތް ފެށުމުގެގޮތުން ދަންމަރު ރޯކުރީ، ތިނަދޫއަށް ނިސްބަތްވާ ގައުމީ ޓީމުގެ އެތުލީޓު އިބާދުﷲ އާދަމްއެވެ. މުބާރާތް ހުޅުވުމުގެ ރަސްމިއްޔާތުގައި އަބޫބަކުރު ސްކޫލު ދަރިވަރުންގެ ޚާއްސަ އައިޓަމެއްވެސް ހުށަހަޅާފައެވެ.

މުބާރާތް ހުޅުވުމުގެ ރަސްމިއްޔާތުގެ އިތުރުން ބައެއް އުމުރުފުރާތަކުގެ ދުވުންވެސް މިއަދު ހަވީރު ކުރިއަށް ގެންގޮސްފައިވެއެވެ.

މި މުބާރާތުގައި ރާއްޖޭގެ އެކި ކަންކޮޅުތަކުން 24 ސްކޫލެއްގެ ދަރިވަރުން ވާދަކުރާނެއެވެ. މުބާރާތް ހިންގުމަށް ގދ އަތޮޅު ކައުންސިލުން ހަވާލުކޮށްފައިވަނީ ރައުހަތު ސްޕޯޓްސް ކްލަބާއެވެ. މުބާރާތުގެ މީޑިއާ ޕާޓްނަރަކީ ރާއްޖެޓީވީއެވެ.

ގދ އަތޮޅު ކައުންސިލް އެތުލެޓިކްސް ޗެމްޕިއަންޝިޕް

އިތުރަށް ކިޔާލަން

15 ސެޕްޓެމްބަރު 2022

މުބާރާތުގެ އެންމެ މޮޅު އެތުލީޓުންނަށް ނާހިލްއާއި ޒާރާ

15 ސެޕްޓެމްބަރު 2022
މުބާރާތުގެ އެންމެ މޮޅު އެތުލީޓުންނަށް ނާހިލްއާއި ޒާރާ
14 ސެޕްޓެމްބަރު 2022

މުބާރާތް ނިމުމަކާގާތަށް، އެންމެ ގިނަ މެޑަލް ތިނަދޫއަށް

14 ސެޕްޓެމްބަރު 2022
މުބާރާތް ނިމުމަކާގާތަށް، އެންމެ ގިނަ މެޑަލް ތިނަދޫއަށް
14 ސެޕްޓެމްބަރު 2022

ވިލާ ސްކޫލުން ބައިވެރިވި ހަމައެކަނި އެތުލީޓު، އަމާޒަކީ މުބާރާތުގެ އެއްވަނަ

14 ސެޕްޓެމްބަރު 2022
ވިލާ ސްކޫލުން ބައިވެރިވި ހަމައެކަނި އެތުލީޓު، އަމާޒަކީ މުބާރާތުގެ އެއްވަނަ
14 ސެޕްޓެމްބަރު 2022

މުބާރާތް ނިންމުމުގެ ރަސްމިއްޔާތައް ފުވައްމުލަކު މޭޔަރު ތިނަދޫއަށް

14 ސެޕްޓެމްބަރު 2022
މުބާރާތް ނިންމުމުގެ ރަސްމިއްޔާތައް ފުވައްމުލަކު މޭޔަރު ތިނަދޫއަށް
13 ސެޕްޓެމްބަރު 2022

މުބާރާތުގެ އިންތިޒާމުތަކަށް، ޓީމުތަކުގެ ބޮޑު ތައުރީފެއް

13 ސެޕްޓެމްބަރު 2022
މުބާރާތުގެ އިންތިޒާމުތަކަށް، ޓީމުތަކުގެ ބޮޑު ތައުރީފެއް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު