Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެނިއުޔޯކުން ޕޯލިއޯ ބަލި ފެނުން

ޕޮލިއޯ ފެތުރޭތީ ނިއުޔޯކްގައި ކުއްލި ހާލަތު އިއުލާނުކޮށްފި

ޕޯލިއޯ ބަލި ފެންނަ ކޮންމެ މީހަކަށް، ބަލި ދެނެނުގަނެވި ތިބި އެތައް ސަތޭކަ މީހުން ތިބުން އެކަށީގެންވޭ

ފާޠިމަތު ޒުހައިރާ
ފާޠިމަތު ޒުހައިރާ, ރާއްޖެ އެމްވީ | 10 ސެޕްޓެމްބަރު 2022 | ހޮނިހިރު 10:17
ނިއުޔޯކްގެ ހެލްތު ޑިޕާޓްމަންޓް

ނިއުޔޯކްގެ ހެލްތު ޑިޕާޓްމަންޓް

އެމެރިކާގެ ނިއުޔޯކް ސްޓޭޓްގައި ޕޯލިއޯ ބަލި ފެތުރޭތީ އެސްޓޭޓްގެ ގަވަނަރު ކުއްލި ހާލަތު އިއުލާނުކޮށްފިއެވެ.

އެ ސްޓޭޓްގެ ސިއްހީ އޮފިޝަލުން ވިދާޅުވާގޮތުގައި ނިއުޔޯކާއި އަދި ކައިރި ހަތަރު ކައުންޓީއެއްގެ ނަޖިސްފެން ޓެސްޓްކުރިއިރު ޕޯލިއޯ ވައިރަހަށް ޕޮޒިޓިވްވެފައިވެއެވެ. ނަޖިސް ފެނުން ޕޯލިއޯގެ އަސަރު ފެނުނުނަމަވެސް އަދި ފެނިފައިވަނީ ޕޯލިއޯގެ އެންމެ ބަލި މީހެއްކަމަށް ޚަބަރުލިބެއެވެ. އަދި ކުއްލި ހާލަތު އިއުލާނުކުރުމުގެ މަގުސަދަކީ ވެކްސިނޭޝަން ޕްރޮގްރާމް އަވަސްކޮށް، ބާރު ސްޕީޑެއްގައި ވެކްސިން ދިނުމުގެ ޕްރޮގްރާމް ހިންގުންކަމަށް އޮފިޝަލުން ވިދާޅުވެފައިވެއެވެ.

މީގެ ކުރިން އެންމެ ފަހުން ޕޯލިއޯބަލި ބަލިމީހަކު ނިއުޔޯކް ސްޓޭޓުން ފެނިފައިވަނީ މީގެ ދިހަވަރަކަށް އަހަރު ކުރިންކަމަށް ޚަބަރުލިބެއެވެ.

އެމެރިކާގައި 1955 ވަނަ އަހަރުން ފެށިގެން އައީ ޕޯލިއޯ ވެކްސިން ދެމުންނެވެ. އަދި 1979ގައި ވަނީ ޕޯލިއޯ ނެތް ގައުމެއް ގޮތުގައި އިއުލާނުކޮށްފައެވެ.

ޕޯލިއޯއަކީ އަދި ފަރުވާއެއް ހޯދިފައިނުވާ ބައްޔެކެވެ. މިބަލިޖެހުމުން މަސްތަކުގެ ބާރު ދެރަވެ ވާގިނެތޭގޮތްވެއެވެ. މިބަލިން ދިފާއުވުމަށް ކުރެވެން އޮތް ކަމަކީ ވެކްސިން ފުރިހަމަކުރުމެވެ.

ނިއުޔޯކްގެ ސްޓޭޓް ހެލްތު ޑިޕާޓްމަންޓްގެ އޮފިޝަލުން ވިދާޅުވީ، އަލަށް ފަށާ ވެކްސިން ޕްރޮގްރާމްގެ އަމާޒަކީ، ވެކްސިން ދެވުނު މީހުންގެ އަދަދު މިހާރު ހުރި 70 އިންސައްތައިގެ ރޭޓުން 90 އިންސައްތައަށް މައްޗަށް ޖެއްސުމެވެ. އޮފިޝަލުން ވިދާޅުވާގޮތުގައި ޕޯލިއޯ ބަލި ފެންނަ ކޮންމެ މީހަކަށް، ބަލިޖެހި އަދި ބަލި ދެނެނުގަނެވި އެތައްސަތޭކަ މީހުން ތިބުމަކީ އެކަށީގެންވާކަމެކެވެ.  

މިފަހަރުވެސް ނަޖިސް ފެން ތަހުލީލުކުރަން ފެށީ ނިއުޔޯކްގެ އުތުރުން އޮންނަ ރޮކްލަންޑް ކައުންޓީގައި، ވެކްސިން ނުޖަހައި ހުރި މީހަކަށް ޕޯލިއޯ ޖެހި، ހަށިގަނޑުން ވާގިނެތުމުންނެވެ. މި ކޭސްފެނުމުގެ ކުރިން ނިއުޔޯކުން ޕޯލިއޯ ބަލި މީހަކު ފެނިފައިވަނީ 2013 ވަނަ އަހަރުއެވެ.  

ހެލްތު އިމަރޖެންސީ

އިތުރަށް ކިޔާލަން

05 ސެޕްޓެމްބަރު 2025

މަންކީޕޮކްސް އަކީ މިހާރު ބައިނަލްއަޤްވާމީ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތެއް ކަމުގައި ނުބެލެވޭ ކަމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ އިން ބުނެފި

05 ސެޕްޓެމްބަރު 2025
މަންކީޕޮކްސް އަކީ މިހާރު ބައިނަލްއަޤްވާމީ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތެއް ކަމުގައި ނުބެލެވޭ ކަމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ އިން ބުނެފި
29 ސެޕްޓެމްބަރު 2022

ދުނިޔޭގެ ހިތުގެ ދުވަސް 2022، އަމިއްލަ ހިތް އޯކޭތަ؟

29 ސެޕްޓެމްބަރު 2022
ދުނިޔޭގެ ހިތުގެ ދުވަސް 2022، އަމިއްލަ ހިތް އޯކޭތަ؟
13 ސެޕްޓެމްބަރު 2022

ކުޑަކުދިންގެ ގައިން ވާގިނެތޭ ބައްޔެއް ފެތުރެން ފަށާފާނެތީ ސަމާލުވުމަށް އަންގައިފި

13 ސެޕްޓެމްބަރު 2022
ކުޑަކުދިންގެ ގައިން ވާގިނެތޭ ބައްޔެއް ފެތުރެން ފަށާފާނެތީ ސަމާލުވުމަށް އަންގައިފި
03 ޖުލައި 2021

ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިތުރު 1 މަހަށް ދިގު ދަންމާލައިފި

03 ޖުލައި 2021
ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިތުރު 1 މަހަށް ދިގު ދަންމާލައިފި
18 ޖުލައި 2017

ތުރުކީގައި އިތުރު ތިން މަސްދުވަހަށް ކުއްލިހާލަތު ބޭއްވުމަށް ފާސްކޮށްފި

18 ޖުލައި 2017
ތުރުކީގައި އިތުރު ތިން މަސްދުވަހަށް ކުއްލިހާލަތު ބޭއްވުމަށް ފާސްކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު