Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއުނގޫފާރުގެ ޔުޓިލިޓީގެ ޚިދުމަތްތައް

އުނގޫފާރުގެ ފެނާއި ނަރުދަމާ އަދި ކަރަންޓުގެ ނިޒާމު ފެނަކައާ ހަވާލުކުރުމުގެ ރަސްމިއްޔާތު ބާއްވައިފި

7 ސެޕްޓެމްބަރު 2022 | ބުދަ 12:33

އިންޖީނުގެ ފެނަކައާއި ރަސްމީކޮށް ހަވާލުކުރުމަށް އެއްބަސްވުމެއްގައި ސޮއިކޮށްފައިވޭ

ސިމާހާ ނަސީމް
ސިމާހާ ނަސީމް | 7 ސެޕްޓެމްބަރު 2022 | ބުދަ 12:33
ރ. އުނގޫފާރު ކަރަންޓުގެ ނިޒާމު ފެނަކައާ ރަސްމީކޮށް ހަވާލުކުުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން

ރ. އުނގޫފާރު ކަރަންޓުގެ ނިޒާމު ފެނަކައާ ރަސްމީކޮށް ހަވާލުކުުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން

ރ. އުނގޫފާރުގެ ފެނާއި ނަރުދަމާ އަދި ކަރަންޓުގެ ނިޒާމު ފެނަކައާ ހަވާލުކުރުމުގެ ރަސްމިއްޔާތު ބާއްވައިފިއެވެ.

ބުދަ ދުވަހު ރ. އުނގޫފާރުގައި މި ރަސްމިއްޔާތު ބާއްވާފައިވާއިރު ކަރަންޓުގެ ނިޒާމު ފެނަކައާއި ރަސްމީކޮށް ހަވާލުކުރުމަށް އެއްބަސްވުމެއްގައި ވަނީ ސޮއިކޮށްފައެވެ. ފެނަކަގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ އެ ކޯޕަރޭޝަންގެ މެނޭޖިންގް ޑިރެކްޓަރ އަހްމަދު ސައީދު މުހައްމަދާއި ރ. އުނގޫފާރު ކައުންސިލްގެ ރައީސް އަބްދުﷲ ރަޝީދުއެވެ.

Advertisement - newsAdvertisement

މީގެއިތުރުން ރ. އުނގޫފާރު އިންޖީނުގޭގެ މުވައްޒަފުން ފެނަކަ ކޯޕަރޭޝަނަށް ބަދަލުކުރުމާއި ގުޅިގެން އެ މުވައްޒަފުންނަށް ލިޔުން ވެސް ވަނީ ހަވާލުކޮށްފައެވެ. ޖުމްލަ 21 މުވައްޒަފުންނަށް މި ލިޔުން ހަވާލުކޮށްދެއްވީ ފެނަކައިގެ މެނޭޖިންގް ޑިރެކްޓަރ އަހްމަދު ސައީދު މުހައްމަދުއެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން އުނގޫފާރު ކައުންސިލްގެ ރައީސް އަބްދުﷲ ރަޝީދު ވިދާޅުވީ ވަރަށް ބުރަ މަސައްކަތުގެ ނަފާ މިއަދު ލިބިގެން ހިނގައްޖެ ކަމަށެވެ. 7 ޑިސެމްބަރު 1997 ގައި ކަރަންޓުގެ ޙިދުމަތް އެ ރަށުގައި ދެވެން ފެށުނުކަން ފާހަގަކުރައްވާ އަބްދުﷲ ރަޝީދު ވިދާޅުވީ އެންމެ ރަނގަޅު ކަރަންޓުގެ ޚިދުމަތް މެދުނުކެނޑި ދެވުނު ރަށަކީ ރ. އުނގޫފާރު ކަމަށެވެ.

ލިބޭ އާމްދަނީ އަށްވުރެން ހިނގާ ޚަރަދުތައް ބޮޑުވުމުން ގޮތް ހުސްވެފައިވާކަން ފާހަގަކުރައްވާ އަބްދުﷲ ރަޝީދު ވިދާޅުވީ ޙިދުމަތްތަކަށް ލިބުނު ފައިސާއަށްވުރެން ހިނގި ޚަރަދު ބޮޑުވެފައިވާކަމަށެވެ. ރަޝިޔާ ޔޫކްރެއިން ހަނގުރަމާއާ ގުޅިގެން ދުނިޔޭގެ ތެލުގެ ބާޒާރަށް އައި ބަދަލުގެ އަސަރު އެ ރަށަށް ވެސް ކުރި ކަމަށެވެ. ސަރުކާރުން ސަބްސިޑީ ހޯދުމަށް މަސައްކަތް ކުރި ކަމަށާއި އެހެންނަމަވެސް ސަބްސިޑީ ދެވޭނީ ސަރުކާރުގެ ކުންފުންޏަކަށް އެކަނިކަން ހާމަކުރުމުން މި މަސައްކަތް ފެނަކައާ ހަވާލުކުރަން ނިންމީ ކަމަށެވެ.

ކަރަންޓުގެ ޙިދުމަތް މިހާރަށްވުރެން ރަނގަޅަށް ފެނަކައިން ފޯރުކޮށްދޭނެކަމުގެ އުންމީދު އެބައޮތް ކަމަށް ވެސް އަބްދުﷲ ރަޝީދު ވިދާޅުވިއެވެ.

އެންމެ ހިނގާ

1

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

2

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

3

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

4

ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް ދިރިއުޅުއްވާ ހިލާލީ ގެޔަށް މަހަކު 3 ލައްކައަށް ވުރެ ގިނަ ރުފިޔާ ހަރަދުވާކަން ހާމަވެއްޖެ!

5

ޓްރަމްޕަށް އީރާން ހަނގުރާމައިގައި ނާކާމިޔާބީތައް ފުނިޖެހެނީ

އިތުރަށް ކިޔާލަން

28 މެއި 2017

ތިމަރަފުއްޓަށް ކަރަންޓުގެ ޚިދުމަތް އަލުން ދީފި

28 މެއި 2017
ތިމަރަފުއްޓަށް ކަރަންޓުގެ ޚިދުމަތް އަލުން ދީފި
16 މެއި 2017

ލާމަރުކަޒީ ނިޒާމު ފުނޑުފުނޑުކޮށްލުމަށް ސަރުކާރަށް ދޫ ނުދިނުމަށް ސިޓީ ކައުންސިލަރުންގެ ކިބައިން ރައީސް ނަޝީދު އެދިވަޑައިގެންފި

16 މެއި 2017
ލާމަރުކަޒީ ނިޒާމު ފުނޑުފުނޑުކޮށްލުމަށް ސަރުކާރަށް ދޫ ނުދިނުމަށް ސިޓީ ކައުންސިލަރުންގެ ކިބައިން ރައީސް ނަޝީދު އެދިވަޑައިގެންފި
04 މެއި 2017

ތިން ރަށެއްގެ ނަރުދަމާގެ މަސައްކަތް ކުރަން އެންވާރަމެންޓް މިނިސްޓްރީގެ ފަރާތުން ބަޔަކާ ހަވާލު ކޮށްފި

04 މެއި 2017
ތިން ރަށެއްގެ ނަރުދަމާގެ މަސައްކަތް ކުރަން އެންވާރަމެންޓް މިނިސްޓްރީގެ ފަރާތުން ބަޔަކާ ހަވާލު ކޮށްފި
23 އެޕްރީލު 2017

ފިޔޯރީއަށް ވަގުތީ ކަރަންޓު ދީ ފެނަކައިންދޭ ކަރަންޓުގެ އަގަށް ބަދަލު ގެނެސްފި

23 އެޕްރީލު 2017
ފިޔޯރީއަށް ވަގުތީ ކަރަންޓު ދީ ފެނަކައިންދޭ ކަރަންޓުގެ އަގަށް ބަދަލު ގެނެސްފި
22 އެޕްރީލު 2017

ގދ. ފިޔޯރީ އަށް މެންދުރުގެ ވަގުތެއްގައި ކަރަންޓުގެ ހިދުމަތް ފޯރުކޮށްދެވޭނެ: ފެނަކަ

22 އެޕްރީލު 2017
ގދ. ފިޔޯރީ އަށް މެންދުރުގެ ވަގުތެއްގައި ކަރަންޓުގެ ހިދުމަތް ފޯރުކޮށްދެވޭނެ: ފެނަކަ
22 މާރިޗު 2017

ރައީސް ޔާމީންގެ ސަރުކާރުން 15 ރަށެއްގައި ފެނުގެ ނިޒާމު ގާއިމުކޮށްފިން: މިނިސްޓަރ ތޯރިގް

22 މާރިޗު 2017
ރައީސް ޔާމީންގެ ސަރުކާރުން 15 ރަށެއްގައި ފެނުގެ ނިޒާމު ގާއިމުކޮށްފިން: މިނިސްޓަރ ތޯރިގް
16 ފެބުރުއަރީ 2017

އައްޑޫ ސިޓީގެ ނަރުދަމާ ނިޒާމް ގާއިމް ކުރުމުގެ އަމަލީ މަސައްކަތް ބަޔަކާ ހަވާލު ކޮށްފި

16 ފެބުރުއަރީ 2017
އައްޑޫ ސިޓީގެ ނަރުދަމާ ނިޒާމް ގާއިމް ކުރުމުގެ އަމަލީ މަސައްކަތް ބަޔަކާ ހަވާލު ކޮށްފި
05 ފެބުރުއަރީ 2017

ހަތަރު ރަށެއްގެ ނަރުދަމާ ޑިޒައިން ކުރުމަށް ދެ މިލިއަނަށްވުރެ ގިނަ ރުފިޔާއަށް ފެނަކަ ކޯޕަރޭޝަނާ ހަވާލުކޮށްފި

05 ފެބުރުއަރީ 2017
ހަތަރު ރަށެއްގެ ނަރުދަމާ ޑިޒައިން ކުރުމަށް ދެ މިލިއަނަށްވުރެ ގިނަ ރުފިޔާއަށް ފެނަކަ ކޯޕަރޭޝަނާ ހަވާލުކޮށްފި
26 ޖެނުއަރީ 2017

އެމްޑީޕީގެ އަމާޒަކީ ރައްޔިތުން ބާރުވެރިކުރުވައިގެން ލާމަރުކަޒީ ނިޒާމު ހިންގުން: މުސްތަފާ ލުތުފީ

26 ޖެނުއަރީ 2017
އެމްޑީޕީގެ އަމާޒަކީ ރައްޔިތުން ބާރުވެރިކުރުވައިގެން ލާމަރުކަޒީ ނިޒާމު ހިންގުން: މުސްތަފާ ލުތުފީ
07 ޖެނުއަރީ 2017

ލާމަރުކަޒީ ނިޒާމު އިޔާދަ ނުކޮށް "ދިވެހިރާއްޖެ ދެމިއޮންނާނެ ކަމަށް ޤަބޫލެއް ނުކުރެވޭ": ހަސަން ލަޠީފް

07 ޖެނުއަރީ 2017
ލާމަރުކަޒީ ނިޒާމު އިޔާދަ ނުކޮށް "ދިވެހިރާއްޖެ ދެމިއޮންނާނެ ކަމަށް ޤަބޫލެއް ނުކުރެވޭ": ހަސަން ލަޠީފް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް