Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެރާއްޖޭގެ ފަތުރުވެރިކަން

ހާއްސަ އެހީއަށް ބޭނުންވާ ފަތުރުވެރިންނަށް ފަހި މަންޒިލަކަށް ރާއްޖެ ހެދުމުގެ މަސައްކަތް ކުރަނީ

7 ސެޕްޓެމްބަރު 2022 | ބުދަ 07:00

ރާއްޖެއަކީ ހުރިހާ ފަތުރުވެރިންނަށް ވެސް މިނިވަންކަމާއެކު އުޅެވޭ ތަނަކަށް ހެދުމަށް މަސައްކަތް ކުރައްވާނެ ކަމަށް ވިދާޅުވި

އިދުހާމް ނަޢީމް
އިދުހާމް ނަޢީމް | 7 ސެޕްޓެމްބަރު 2022 | ބުދަ 07:00
ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް

ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް

ރާއްޖޭގެ ފަތުރުވެރިކަން ފުޅާކުރުމަށް ހަދާފައިވާ މާސްޓަރ ޕްލޭނުގެ ދަށުން އެންމެ ބޮޑު އިސްކަމެއް ދޭ އެއް ކަމަކީ ދުނިޔޭގެ އެކި ޤައުމުތަކުން ރާއްޖެއަށް އަންނަން ބޭނުންވާ ހާއްސަ އެހީއަށް ބޭނުންވާ ފަތުރުވެރިންނަށް ފަހި މަންޒިލަކަށް ރާއްޖެ ހެދުން ކަމަށް ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް ވިދާޅުވެއްޖެއެވެ.

މިނިސްޓަރު މިފަދައިން ވިދާޅުވީ ރާއްޖޭގެ ފަތުރުވެރިކަމަށް ހާއްސަ ކޮށްގެން ބައިނަލްއަގުވާމީ ގިނަ ފަރާތްތަކުން ބައިވެރިވާ އައިއެމްޓީއެމް ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުންނެވެ. މިނިސްޓަރ ވިދާޅުވީ މި މާސްޓަރ ޕްލޭނުގެ ދަށުން ރާއްޖެއަކީ ހުރިހާ ފަތުރުވެރިންނަށް ވެސް ފަހި މާހައުލެއް އޮތް ޤައުމަކަށް ހެދުމުގެ މަސައްކަތް ކުރިއަަށްދާނެ ކަމަށެވެ. މި ޕްލޭނުގެ ދަށުން ދުނިޔޭގައި ހާއްސަ އެހިއަށް ބެނުންވާ ފަރާތްތަކަށް ފަތުރުވެރިކަމުގެ ޚިދުމަތް ދޭ އެންމެ މަގުބޫލު މަންޒިލުގެ ގޮތުގައި ރާއްޖެ ހެދުމުގެ ވިސްނުންފުޅު ގެންގުޅުއްވާ ކަމަށް ވެސް މައުސޫމް ވިދާޅުވިއެވެ.

Advertisement - newsAdvertisement

މިކަމާ ގުޅޭގޮތުން މީޑިއާތަކާ ވާހަކަދައްކަވަމުން މިނިސްޓަރު މައުސޫމް ވިދާޅުވީ ދުނިޔޭގެ ހުރިހާ ޤައުމުތަކުގައި ވެސް އެންމެ ގިނައިން ދެކެވޭ އެއް ވާހަކައަކީ އެންމެނަށް ހަމަހަމަ ފުރުސަތުތައް ހޯދައިދިނުން ކަމަށާއި ރާއްޖެ ފަދަ ރީތި މަންޒިލެއް ތަޖުރިބާ ކުރުމުގެ ފުރުސަތު ވެސް ކޮންމެ މީހަކަށް ލިބެން ޖެހޭ ކަމަށެވެ. އަދި މިއީ މުޅި ދުނިޔޭގައި ރާއްޖެ ފަތުރުވެރިކަމުގެ ދާއިރާއިން މަޝްހުރުވަމުންދާއިރު ޒިންމާއެއްގެ ގޮތުގައި ދެކިގެން ކުރުމަށް މަސައްކަތް ކުރަމުން އަންނަ ކަމެއް ކަމަށް ވެސް މައުސޫމް ވިދާޅުވިއެވެ.

މީގެ އިތުރުން މި މަސައްކަތް ކުރުމުގައި ގޮންޖެހުންތައް އެބަހުރިކަމަށާއި އެގޮތުން އެންމެ ބޮޑު ގޮންޖެހުމަކީ ދަތުރުފަތުރުކަމަށް މައުސޫމް ވިދާޅުވިއެވެ. މި މައްސަލަ ހައްލު ކުރުމަށް އިންފްރާސްޓްރަކްޗަރ ތަރައްގީ ކުރުމުގައި ވެސް އެކަމަށް ހާއްސަ ސަމާލުކަމެއް ދޭނެ ކަމަށް ވެސް ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ މި ވިސްނުމުގައި ރާއްޖޭގެ ފަތުރުވެރިކަން ތަރައްގީ ކުރާއިރު އިންސާނާގެ ކޮންމެ ކަހަލަ ނުކުޅެދުންތެރިކަމެއް ހުރި ނަމަވެސް އެ މީހަކަށް އެ ބޭނުންވާ ޚިދުމަތެއް އެންމެ ފުރިހަމައަށް ލިބޭގޮތް ހަމަޖެހިގެންދާނެ ކަމަށެވެ.

ރާއްޖޭގެ ބައެއް ރިސޯޓުތަކުން މިހާރު ވެސް ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދޭކަން ފާހަގަކުރައްވައި މައުސޫމް ވިދާޅުވީ ބޭނުންވަނީ ކޮންމެ މީހަކަށްވެސް މިނިވަން ކަމާއެކު ރާއްޖޭގައި އުޅެވޭ ގޮތް ހަދައިދިނުން ކަމަށެވެ.

ކޮވިޑް-19 ގެ ހާލަތާއެކު ވެސް ރާއްޖޭން ފަތުރުވެރިކަމުގައި ދެއްކި ނަމޫނާގެ ސަބަބުން 2020 ވަނަ އަހަރު ދުނިޔޭގެ އެންމެ މަގުބޫލު މަންޒިލްގެ ލަގަބު ރާއްޖޭން ވަނީ ހޯދައިފައެވެ. އަދި 2021 ވަނަ އަހަރު ވެސް ރާއްޖޭން ވަނީ މި ލަގަބު ދިފާއު ކޮށްފައެވެ. ޓޫރިޒަމް މިނިސްޓްރީގެ އުއްމީދަކީ މި އަހަރުގެ ލަގަބު ވެސް ހޯދުމެވެ.

ރާއްޖޭގެ ފަތުރުވެރިކަން އިތުރަށް ފުޅާކޮށް ސިންދަފާތު ކުރުމަށް ކުރާ މަސައްކަތުގެ ދަށުން އަމަލު ކުރަން ފަށާ މާސްޓަރ ޕްލޭންގައި ރަށްތަކުގެ ފަތުރުވެރިކަމަށް ވެސް ވަނީ ހާއްސަ އިސްކަމެއް ދީފައެވެ. އެގޮތުން، ސަގާފަތާއި ތަރިކައަށް ހާއްސަ ފަތުރުވެރިކަމާއި ކާބޯތަކެއްޗާ ގުޅުންހުރި ފަތުރުވެރިކަން ވެސް ރާއްޖޭގައި ތައާރަފުކޮށް ފުޅާ ކުރުމަށް މި ޕްލޭނުގައި ވަނީ ހިމަނައިފައެވެ.

މި މާސްޓަރ ޕްލޭނަށް އަމަލު ކުރަން ފަށާނީ އަންނަ އަހަރުން ފެށިގެންނެވެ. މިއަހަރުގެ ޑިސެމްބަރު މަހު މި ޕްލޭން ތައާރަފު ކުރުމަށް ވަނީ ނިންމާފައެވެ.

އެންމެ ހިނގާ

1

އާރްޑީސީން މަގު ކޮނުމުގެ ތެރޭގައި ފާރެއް ވެއްޓި އުމުރުން ދުވަސްވީ މީހަކު "ވަޅުލެވިއްޖެ"

2

ތުރުކީގެ އަޝްޓާޝް އިން 300 މިލިއަން ޑޮލަރުގެ ލަގްޒަރީ ރިސޯޓެއް ރާއްޖޭގައި ތަރައްގީކުރަނީ

3

އީރާން ބަލިވެފައިވާކަމަށް 106 ފަހަރު އަދި އެއްބަސްވުމަކަށް އާދެވިފައިވާ ކަމަށް 80 ފަހަރު ޓްރަމްޕް ވިދާޅުވެފައިވާތީ، އީރާންގެ ޤައުމީ ސަލާމަތާ ބެހޭ ކޮމެޓީގެ މެންބަރެއްގެ މަލާމާތް ޓްރަމްޕް އަށް!

4

އުތުރު ކޮރެއާއިން ޖަޕާނަށް އަސްކަރީ ފިޔަވަޅުއަޅާނެ ކަމުގެ އިންޒާރުދީފި

5

ޓްރަމްޕްގެ "ތިންވަނަ ހަނގުރާމަ" ވެސް ނާކާމިޔާބުވެ އެމެރިކާ ބަލިވެއްޖެ: އީރާނުގެ ލީޑަރުގެ އެޑްވައިޒަރ

އިތުރަށް ކިޔާލަން

21 ފެބުރުއަރީ 2017

އެމްޔޫއޯގެ ހާއްސަ ޖަލްސާއެއް ތިނަދޫގައި ބާއްވަނީ

21 ފެބުރުއަރީ 2017
އެމްޔޫއޯގެ ހާއްސަ ޖަލްސާއެއް ތިނަދޫގައި ބާއްވަނީ
14 ފެބުރުއަރީ 2017

ކުނި އުފުލަން ހާއްސަ އުޅަނދުތަކެއް، އަންނަ ހަފުތާގައި އިތުރު ސަރަހައްދުތަކުން ކުނި އުކާލެވޭނެ: ވެމްކޯ

14 ފެބުރުއަރީ 2017
ކުނި އުފުލަން ހާއްސަ އުޅަނދުތަކެއް، އަންނަ ހަފުތާގައި އިތުރު ސަރަހައްދުތަކުން ކުނި އުކާލެވޭނެ: ވެމްކޯ
04 ފެބުރުއަރީ 2017

ގއ. ހިތާދޫ އަށް ގެއްލުންދިން ފަތުރުވެރިންނަށް އަދި ފިޔަވަޅެއް ނާޅަން: މިނިސްޓްރީ

04 ފެބުރުއަރީ 2017
ގއ. ހިތާދޫ އަށް ގެއްލުންދިން ފަތުރުވެރިންނަށް އަދި ފިޔަވަޅެއް ނާޅަން: މިނިސްޓްރީ
01 ފެބުރުއަރީ 2017

ދުނިޔޭގެ ކެންސަރބަލީގެ ދުވަސް: ކަސްރަތުން ހިތްވަރުދިނުމަށް ހާއްސަ ހަރަކާތެއް ބާއްވަނީ

01 ފެބުރުއަރީ 2017
ދުނިޔޭގެ ކެންސަރބަލީގެ ދުވަސް: ކަސްރަތުން ހިތްވަރުދިނުމަށް ހާއްސަ ހަރަކާތެއް ބާއްވަނީ
31 ޖެނުއަރީ 2017

ޕްރީމިއަމް ޓެކްސީގެ ޚިދުމަތް ދޭން ބޭނުންވާ ފަރާތްތަކަށް ފުރުޞަތު ހުޅުވާލައިފި

31 ޖެނުއަރީ 2017
ޕްރީމިއަމް ޓެކްސީގެ ޚިދުމަތް ދޭން ބޭނުންވާ ފަރާތްތަކަށް ފުރުޞަތު ހުޅުވާލައިފި
31 ޖެނުއަރީ 2017

"ހޭވައްލާ" ގެ ނަމުގައި ޕީޕީއެމްގެ ހާއްސަ ޖަލްސާއެއް އަންނަ މަހު ބާއްވަނީ

31 ޖެނުއަރީ 2017
"ހޭވައްލާ" ގެ ނަމުގައި ޕީޕީއެމްގެ ހާއްސަ ޖަލްސާއެއް އަންނަ މަހު ބާއްވަނީ
30 ޖެނުއަރީ 2017

ޚާއްސަ އެހީއަށް ބޭނުންވާ ކުދިންނަށް 157 ވަޒީފާ ސަރުކާރުން ހަމަޖައްސާދީފި

30 ޖެނުއަރީ 2017
ޚާއްސަ އެހީއަށް ބޭނުންވާ ކުދިންނަށް 157 ވަޒީފާ ސަރުކާރުން ހަމަޖައްސާދީފި
28 ޖެނުއަރީ 2017

ގްލޯފިޓްގެ ފަރާތުން ހާއްސަ ޒުމްބާ މަސްޓަރ ކުލާހެއް ބާއްވަނީ

28 ޖެނުއަރީ 2017
ގްލޯފިޓްގެ ފަރާތުން ހާއްސަ ޒުމްބާ މަސްޓަރ ކުލާހެއް ބާއްވަނީ
20 ޖެނުއަރީ 2017

ސަރުކާރުގެ މުވައްޒަފުންނަށް ހާއްސަކޮށްގެން ހުޅުމާލޭގައި ހައުސިން ޔުނިޓްތަކެއް އަޅަން އަމީން ކޮންޓްރަކްޝަންސްއާ ހަވާލު ކޮށްފި

20 ޖެނުއަރީ 2017
ސަރުކާރުގެ މުވައްޒަފުންނަށް ހާއްސަކޮށްގެން ހުޅުމާލޭގައި ހައުސިން ޔުނިޓްތަކެއް އަޅަން އަމީން ކޮންޓްރަކްޝަންސްއާ ހަވާލު ކޮށްފި
14 ޖެނުއަރީ 2017

2023ގައި ވެރިކަމަށް ވަޑައިގަންނަވާ ބޭފުޅުންނަށް މެޑަން ފާތުން ކަހަލަ އަނބިކަނބަލެއް ބޭނުންވާނެ: ނިހާނު

14 ޖެނުއަރީ 2017
2023ގައި ވެރިކަމަށް ވަޑައިގަންނަވާ ބޭފުޅުންނަށް މެޑަން ފާތުން ކަހަލަ އަނބިކަނބަލެއް ބޭނުންވާނެ: ނިހާނު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް