Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެހޮރައިޒަން މައްސަލަ

ހޮރައިޒަން މައްސަލައިގައި މިނިސްޓަރު މަޖިލީހުގައި ދެއްވި ޖަވާބުތަކާއި ގުޅިގެން މައްސަލައެއް ހުށަހަޅައިފި

6 ސެޕްޓެމްބަރު 2022 | އަންގާރަ 09:14

ނޯޓިސްއާއި ގުޅިގެން އިތުރު އެއްވެސް ފިޔަވަޅެއް އަޅާފައި ނުވޭ

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް | 6 ސެޕްޓެމްބަރު 2022 | އަންގާރަ 09:14
ހޮރައިޒަންއަށް ހޯނޑެއްދޫއިން ދޫކޮށްފައިވާ ބިން

ހޮރައިޒަންއަށް ހޯނޑެއްދޫއިން ދޫކޮށްފައިވާ ބިން

ހޮރައިޒަން ފިޝަރީޒްއަށް ހޯނޑެއްދޫއިން މަސް ފެކްޓަރީ އަޅަން ދޫކޮށްފައިވާ ބިމުގެ އެގްރީމަންޓްގެ މައްސަލާގައި، ފިޝަރީޒް މިނިސްޓަރު ޑރ. ހުސައިން ރަޝީދު ހަސަން، މަޖިލީހުގައި ދެއްވާފައިވާ ޖަވާބުތަކާއި ގުޅޭގޮތުން މަޑަވެލި ދާއިރާގެ މެންބަރު ހުސައިން ފިރުޝާން ރައްޔިތުންގެ މަޖިލީހަށް މައްސަލައެއް ހުށަހަޅައިފިއެވެ.

މެންބަރު ފިރުޝާން ހުށަހެޅުއްވި މައްސަލައިގައި ބުނެފައިވަނީ ހޯނޑެއްދޫ ބިމުން ފިޝަރީޒް މިނިސްޓްރީއަށް ދޫކޮށްފައިވާ ބިން އެ މިނިސްޓްރީން 2005 ވަނަ އަހަރު ހޮރައިޒަން ފިޝަރީޒް ޕްރައިވެޓް ލިމިޓެޑަށް މަސް ފެކްޓްރީއެއް އެޅުމުގެ ބޭނުމަށް ކުއްޔަށް ދޫކޮށްފައިވާ ކަމަށެވެ. ނަމަވެސް މިއަދާ ހަމައަށް އެ ބިން ކުއްޔަށް ދޫކުރިތާ 17 އަހަރު ވާންދާއިރު، އެ ބިމުގައި މަސް ފެކްޓްރީއެއް އަޅައި އެތަނުން، މަސްވެރިންނަށް ޚިދުމަތް ދީފައި ނުވާ ކަމަށެވެ.

Advertisement - newsAdvertisement

އަދި މި މައްސަލައިގައި، އެ ބިމުގައި މަސް ފެކްޓްރީ އަޅައި އޮޕަރޭޝަނަށް ނުގެނެސް ލަސްވާތީ ރައްޔިތުންގެ މަޖިލީހަށް ފިޝަރީޒް މިނިސްޓަރު ހާޒިރުކުރައްވާ އެކަމާއި ގުޅޭގޮތުން، މަޑަވެލި ދާއިރާގެ ރައްޔިތުންގެ ކަންބޮޑުވުމާއި، އަދި އުފެދޭ ސުވާލުތައް އަދި އެދޭ ހައްލުތަކުގެ ވާހަކަވެސް ތަކުރާރުކޮށް އެތައް ފަހަރެއްގެ މަތިން ދަންނަވާފައިވާނެ ކަމަށެވެ. މީގެ އިތުރުން މަޖިލީހުގެ ސުވާލު ކުރުމުގެ ފުރުސަތުގައި ތަކުރާރުކޮށް ކުރާ ސުވާލުތަކަށް މިނިސްޓަރު ދެއްވާ ޖަވާބުތަކަކީ ގަބޫލުކުރާ ގޮތުގައި އެ ކުންފުނީގެ ދިފާއުގައި ދެއްވާ ޖަވާބުތަކެއް ކަމަށެވެ. އަދި އެ ޖަވާބުތަކުން ދޭހަވަނީ، މިނިސްޓްރީގެ އަދި މިނިސްޓަރުގެ އެއްވެސް ސީރިއަސްކަމެއް އަދި ނިޔަތެއްވެސް މި މައްސަލަ ހައްލުކުރުމުގައި ނެތްކަން ކަމުގައި މި މައްސަލައިގައި ބުނެފައިވެއެވެ.

އަދި 29 އޮގަސްޓް 2022 ގައި މަޖިލީހުގައި ކުރި ސުވާލަކަށް ޖަވާބުދެއްވަމުން، މި މަސް ފެކްޓްރީ އެޅުމަށް ވެފައިވާ އެއްބަސްވުމާއި އަދި ސްކިޕްޖެކް އިންވެސްޓްމަންޓް އެގްރީމަންޓް ފޯ ޒޯން 3 އެންޑް 4 ގެ ދަށުން ހޮރައިޒަން ފިޝަރީޒް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ހޯނޑެއްދޫގައި އަޅާ ކޯލްޑް ސްޓޯރޭޖް އަދި މަސް ގަންނަ ފެސިލިޓީގެ މަސައްކަތް ފުރިހަމަކޮށްފައި ނުވާތީ 30 ދުވަހުގެ ތެރޭގައި އެ މަސައްކަތް ފުރިހަމަކޮށް ނިންމުމަށް އަންގައި 10 ޖޫން 2020 ގައި އެއްބަސްވުމާއި ޚިލާފުވެގެން ދޭ ނޯޓިސް ހޮރައިޒަން ފިޝަރީޒް ޕްރައިވެޓް ލިމިޓެޑަށް ދީފައިވާ ކަމަށް މިނިސްޓަރު ޑރ. ހުސައިން ރަޝީދު ހަސަން ވިދާޅުވެފައިވާ ކަމަށް ވެސް މި މައްސަލައިގައި ވަނީ ބުނެފައެވެ.

ހޮރައިޒަން ފިޝަރީޒް ޕްރައިވެޓް ލިމިޓެޑުންވަނީ އެތައް ފަހަރެއްގެ މަތިން އެއްބަސްވުމާއި ޚިލާފުވެފައިކަން މަޖިލީހުގައި ފިޝަރީޒް މިނިސްޓަރު އެކި ފަހަރު މަތިން ދެއްވާފައިވާ ޖަވާބުތަކުން އެނގޭކަމަށް މި މައްސަލައިގައި ބުނެފައިވެއެވެ. އަދި ކަން މިހެންއޮތް އިރު، އެއްބަސްވުމާއި ޚިލާފުވެގެން މިއަދާ ހަމައަށް ހޮރައިޒަން އިން އެއްވެސް ފިޔަވަޅެއް އަޅާފައި ނުވާ ކަމަށާއި އެއްބަސްވުން ބާތިލްކޮށްފައި ނުވާ އިރު، ފިޝަރީޒް މިނިސްޓްރީން މި މައްސަލައިގައި އެއްވެސް ނިންމުމެއް ނުނިންމައި ތިބޭ ތިބުމަކީ ކޮރަޕްޝަނާއި ފައިދާތަކަށް ހުޅުވިގެން ތިބޭ ތިބުން ކަމަށް މެންބަރުގެ މައްސަލައިގައި ބުނެފައިވެއެވެ.

އެހެންކަމުން މި މައްސަލައިގައި ފިޝަރީޒް މިނިސްޓަރު އެއްވެސް ގޮތެއް ނުނިންމަވާ ސަބަބެއް، އަދި މިކަމުގައި ކޮރަޕްޝަނަށް މަގުފަހިވާ އެއްވެސް ވޭތޯއާއި، ހޮރައިޒަން ފިޝަރީޒް ޕްރައިވެޓް ލިމިޓެޑާއި، ފިޝަރީޒް މިނިސްޓްރީއާ ވެފައިވާ އެއްބަސްވުން ބާތިލުވެފައިވާއިރު ވެސް ރާއްޖޭގައި ހެދިފައި ހުރި ގާނޫނުތަކާއި، ގަވާއިދުތައް އަދި ހެދިފައިވާ އެންމެހައި އުސޫލުތަކުގެ ބޭރުން އެއްބަސްވުން ދަމަހައްޓާ މައްސަލަ ރައްޔިތުންގެ މަޖިލީހުގެ ކަމާއި ގުޅުންހުރި ކޮމިޓީތަކުން ބައްލަވައިދެއްވުމަށާއި މި މައްސަލައިގައި ހައްލެއް ހޯދައިދެއްވުމަށް މެމްބަރު ފިރުޝާން ވަނީ އެދިވަޑައިގަންނަވާފައެވެ.

އެންމެ ހިނގާ

1

ދުނިޔޭގެ ދެވަނަ އަށް އެންމެ އަޑުފަށްގަނޑު ގަދަ ގައުމަކަށް ދިވެހިރާއްޖެ ހޮވިއްޖެ

2

އީރާންގެ އިޤްތިސާދަށް ނުރައްކާ ކުރިމަތިވެއްޖެ، އެކަމާ ސަރުކާރުން ލަދުގަނޭ: އީރާންގެ ރައީސް ޕެޒެޝްކިއާން

3

ގެއްލުނު ނާފިއުގެ އާއިލާ އިން އާދޭހާއެކު ސަރުކާރުގައި އަދިވެސް އެދެނީ އޭނާގެ ހަށިގަނޑު ހޯދައި ދިނުމަށް!

4

ދުނިޔޭގެ ބޮކްސިން ޗެމްޕިއަންކަން ދެ ފަހަރު ހޯދާފައިވާ ޓެޓޭ ގަޔަށް ބަޑިޖަހާ މަރާލައިފި

5

ގަތަރުގައި ހައްޔަރުކޮށްފައި ތިބި އީރާނުގެ ޕައިލެޓުންގެ ސިއްހީ ހާލަތު ވަރަށް ބޮޑަށް ގޯސްވަމުންދާ ކަމަށާއި މިހާރުން މިހާރަށް އެމީހުން ހަވާލުކުރުމަށް އީރާނުން އިންޒާރުދީފި

އިތުރަށް ކިޔާލަން

26 ޖެނުއަރީ 2017

ބަނގުރާ ކޮންޓްރޯލް ކުރުމަށްޓަކައި ޚާއްސަ ޤާނޫނެއް ހެދުމުގެ މަސއްކަތް ދަނީ ކުރަމުން: ހޯމް މިނިސްޓަރު

26 ޖެނުއަރީ 2017
ބަނގުރާ ކޮންޓްރޯލް ކުރުމަށްޓަކައި ޚާއްސަ ޤާނޫނެއް ހެދުމުގެ މަސއްކަތް ދަނީ ކުރަމުން: ހޯމް މިނިސްޓަރު
25 ޖެނުއަރީ 2017

ރާއްޖެޓީވީ ނޫސްވެރިންގެ މައްސަލައިގައި އަދުލް އިންސާފުގެ ހުރިހާ ދޮރެއްގައި ޓަކި ޖަހާނަން: ހަސީން

25 ޖެނުއަރީ 2017
ރާއްޖެޓީވީ ނޫސްވެރިންގެ މައްސަލައިގައި އަދުލް އިންސާފުގެ ހުރިހާ ދޮރެއްގައި ޓަކި ޖަހާނަން: ހަސީން
22 ޖެނުއަރީ 2017

މިނިސްޓަރު މުއިއްޒާ ދެކޮޅަށް ނޮޅިވަރަންފަރުގައި މުޒާހަރާކޮށްފި

22 ޖެނުއަރީ 2017
މިނިސްޓަރު މުއިއްޒާ ދެކޮޅަށް ނޮޅިވަރަންފަރުގައި މުޒާހަރާކޮށްފި
19 ޖެނުއަރީ 2017

މަސްތުވާތަކެތީގެ މައްސަލައިގައި އެއްލައްކަ ރުފިޔާ އިން ޖޫރިމަނާކޮށް އަމުރަށް ޖަލަށް!

19 ޖެނުއަރީ 2017
މަސްތުވާތަކެތީގެ މައްސަލައިގައި އެއްލައްކަ ރުފިޔާ އިން ޖޫރިމަނާކޮށް އަމުރަށް ޖަލަށް!
17 ޖެނުއަރީ 2017

ފޯކް ލިފްޓެއްގެ މައްސަލައިގައި 40 މިލިއަން ރުފިޔާ ހޯދަން ސެންޓަ އެންޓަޕްރައިސަސް އިން ސްޓެލްކޯއާ ދެކޮޅަށް ދައުވާކޮށްފި

17 ޖެނުއަރީ 2017
ފޯކް ލިފްޓެއްގެ މައްސަލައިގައި 40 މިލިއަން ރުފިޔާ ހޯދަން ސެންޓަ އެންޓަޕްރައިސަސް އިން ސްޓެލްކޯއާ ދެކޮޅަށް ދައުވާކޮށްފި
16 ޖެނުއަރީ 2017

ހަދާނުނިމޭ އިމާރާތަކަށް ޕީއެސްއެމް އިން ކުލި ދައްކަމުން ދިޔަ މައްސަލައިގައި ކޮރަޕްޝަނުގެ ދައުވާކުރަން ފޮނުވައިފި

16 ޖެނުއަރީ 2017
ހަދާނުނިމޭ އިމާރާތަކަށް ޕީއެސްއެމް އިން ކުލި ދައްކަމުން ދިޔަ މައްސަލައިގައި ކޮރަޕްޝަނުގެ ދައުވާކުރަން ފޮނުވައިފި
12 ޖެނުއަރީ 2017

ހާޑް ޑިސްކްގެ މައްސަލައިގައި ފުލުހުން ރައީސް މައުމޫނާ ސުވާލުކޮށްފި

12 ޖެނުއަރީ 2017
ހާޑް ޑިސްކްގެ މައްސަލައިގައި ފުލުހުން ރައީސް މައުމޫނާ ސުވާލުކޮށްފި
10 ޖެނުއަރީ 2017

ޔާމީން ބަންދުކުރި މައްސަލައިގައި ރައީސް ނަޝީދުގެ މައްޗަށް ޓެރަރިޒަމުގެ ދައުވާކުރަން ފޮނުވައިފި

10 ޖެނުއަރީ 2017
ޔާމީން ބަންދުކުރި މައްސަލައިގައި ރައީސް ނަޝީދުގެ މައްޗަށް ޓެރަރިޒަމުގެ ދައުވާކުރަން ފޮނުވައިފި
10 ޖެނުއަރީ 2017

ފާތިރު މަރާލި މައްސަލައިގައި ހޯދަމުން އަންނަ އިރުފާން އަދިވެސް ނުފެނޭ!

10 ޖެނުއަރީ 2017
ފާތިރު މަރާލި މައްސަލައިގައި ހޯދަމުން އަންނަ އިރުފާން އަދިވެސް ނުފެނޭ!
08 ޖެނުއަރީ 2017

މިއަހަރުގެ އަމާޒަކީ ޒަމާނީ ވަސީލަތްތަކާއެކު ކިޔެވުމާއި ކިޔަވައިދިނުމުގެ މުޅި ވައްޓަފާޅި ބަދަލުކުރުން: މިނިސްޓަރު

08 ޖެނުއަރީ 2017
މިއަހަރުގެ އަމާޒަކީ ޒަމާނީ ވަސީލަތްތަކާއެކު ކިޔެވުމާއި ކިޔަވައިދިނުމުގެ މުޅި ވައްޓަފާޅި ބަދަލުކުރުން: މިނިސްޓަރު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް