Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެލަންކާ ރައީސް ހުށަހަޅުއްވާ އިންޓަރިމް ބަޖެޓް

ލަންކާގެ ރައީސް ހުށަހަޅުއްވާ އިންޓަރިމް ބަޖެޓުން ބައެއް ޚަރަދުތައް އުނިކުރަނީ

29 އޯގަސްޓު 2022 | ހޯމަ 16:43

އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓް ނޮވެމްބަރ މަހު ހުށަހަޅާނެ

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ | 29 އޯގަސްޓު 2022 | ހޯމަ 16:43
ލަންކާގެ ރައީސް ރަނިލް ވިކްރަމަސިންގހަ

ލަންކާގެ ރައީސް ރަނިލް ވިކްރަމަސިންގހަ

ސްރީލަންކާގެ ރައީސް ރަނިލް ވިކްރަމް ސިންގހަ އަންގާރަ ދުވަހު އެގައުމުގެ ޤާނޫނު ހަދާ މަޖިލީހަށް ހުށަހަޅުއްވާ އިންޓަރިމް ބަޖެޓުން ބައެއް ޚަރަދުތައް ކަނޑާލުމަށް ނިންމަވާފައިވާކަމަށް ވިދާޅުވެއްޖެއެވެ.

މިއަހަރުގެ ބާކީ އޮތް ދުވަސްތަކުގައި ގައުމު ހިންގާނެ ގޮތާއި ގުޅޭގޮތުން ހުށަހަޅުއްވާ އިންޓަރިމް ބަޖެޓާއި ގުޅޭގޮތުން ރަނިލް ވިދާޅުވީ ސަތޭކަ ބިލިއަނެއްހާ ރުޕީސް ދިފާއީ ކަންކަމާއި، ވެލްފެއަރ އަދި ލޯނުތައް ދެއްކުމަށް ކަނޑައަޅާފައިވާ ބައިން އުނިކުރާނެކަމަށެވެ. ސްރީލަންކާއިން މަސައްކަތްކުރަމުން އަންނަނީ ނޮވެމްބަރ މަހު ހުށަހަޅާ އަންނަ އަހަރުގެ ބަޖެޓުގައި ހިންގުމުގެ ޚަރަދު 3.9 ޓްރިލިއަން ރުޕީސް ނުވަތަ 10.9 ބިލިއަން ޑޮލަރުގައި ބެހެއްޓުމަށެވެ.

ސްރީލަންކާގެ ފިނޭންސް މިނިސްޓަރުކަންވެސް ކުރައްވަމުންގެންދަވާ ރަނިލް ހުށަހަޅުއްވާ ބަޖެޓުގައި އެންމެ މަދުން އާމްދަނީ ލިބޭ މީހުންނާއި އިގްތިޞާދީ އަނދަވަޅުގެ ސަބަބުން އެންމެ ބޮޑަށް އަސަރުކުރި މީހުންނަށް އެހީތެރިކަންވެދޭނެ ގޮތްތަކާއި ދަރަނި ކުޑަކުރުމަށްޓަކައި އަލުން ނަގާނެ ޓެކްސްތަކާއި ގުޅޭގޮތުން ހިމަނުއްވާނެއެވެ.

ރަނިލް ގެންގުޅުއްވާ މި ޕްލޭން ފުޅާ ދާއިރާއެއްގައި ނޮވެމްބަރ މަހު ހުށަހަޅުއްވާ އަންނަ އަހަރުގެ ބަޖެޓްގައި ހިމަނުއްވާނެކަމަށް ބެލެވެއެވެ.

އިންވެސްޓްމަންޓް ފަރމް އޭޝިޔާ ސެކިޔުރިޓީސް ގައި މެކްރޯއިކޮނޮމިސްޓެއްގެ ގޮތުގައި މަސައްކަތްކުރައްވާ ލާކްޝިނީ ފެރްނާންޑޯ ވިދާޅުވީ އިންޓަރިމް ބަޖެޓުން ޑެފިސިޓް ހުންނާނެކަމަށް ބެލެވެނީ 9.9 އިންސައްތައިގައެވެ. ކުރިން ބެލެވިފައިވަނީ މިއަހަރު ޑެފެސިޓް ހުންނާނީ 12 އިންސައްތައިގައި ކަމުގައެވެ.

ނަމަވެސް މިހާރު އާމްދަނީ ލިބޭ މިންވަރު ހުރި މިންވަރާއި ޚަރަދުކުރާ މިންވަރާއި ވެލްފެއަރ ކަންކަމަށް އޮތް ޑިމާންޑަށް ބަލާއިރު އެއީ ކުރަން އުނދަގޫ ކަމެއްކަމަށް އޭނާ ވިދާޅުވިއެވެ.

ލަންކާއިން ޖޫން 3، ޖޫން 28 އަދި ޖުލައި 18 ގައި ދައްކަންއޮތް އިންޓަރެސްޓް ޕޭމަންޓާއި ޖުލައި 25 ވަނަ ދުވަހު ދައްކަން އޮތް އިންޓަރެސްޓާ ނުލާ ދައްކަންއޮތް ޕޭމަންޓް އޮތީ ނުދައްކައެވެ.

ލަންކާގެ އިގްތިޞާދު ހަމައަކަށް އެޅުމަށް އިންޓަރނޭޝަނަލް މަނިޓަރީ ފަންޑު (އައިއެމްއެފް)އިން ލަންކާ ސަރުކާރާއެކު ކުރިޔަށްގެންދިޔަ ވާހަކަތައް މިދިޔަ ހަފުތާގެ ބުދަ ދުވަހު ވަނީ ނިންމާލާފައެވެ. އައިއެމްއެފުން ލަންކާއަށް 3 ބިލިއަން ޑޮލަރުދޭން ނިންމާފައިވާއިރު އެކަމަށް އެއްބަސްވެވޭނެކަމަށް ލަންކާ އޮފިޝަލުން ގަބޫލުކުރެއެވެ.

މީގެއިތުރުން އައިއެމްއެފުގެ ޓީމުން ވަނީ ލަންކާގެ 29 ބިލިއަން ޑޮލަރުގެ ދަރަނި ރީސްޓްރަކްޗަރ ކުރުމާއި ގުޅޭގޮތުން ވާހަކަދައްކާފައެވެ.

22 މިލިއަން މީހުން ދިރިއުޅެމުން އަންނަ ލަންކާއަށް މިހާރު ކުރިމަތިވެފައިވާ އިގްތިޞާދީ ކާރިސާ އާއި ގުޅިގެން އެގައުމުގެ ފޮރިން ރިޒަރވް ވަނީ ދަށަށްގޮސްފައެވެ.

އެންމެ ހިނގާ

1

މީގެ ފަހުން ޑޮލަރުގެ އަގަކީ 15.42 ނޫން ކަމަށް ނުލިޔެވޭނެ! ކަޅު ބާޒާރުގެ އަގު ލިޔުމުން ބައި މިލިއަން ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރަނީ!

2

ގައުމީ ދުވަހުގެ ރަސްމިއްޔާތުގައި ގުރުއާން ކިޔަވަން ހުރި ކުއްޖާ ސިއްސުވާލުމާ ގުޅިގެން ގިނަ ބައެއްގެ ފާޑު ކިޔުން ސަރުކާރަށް!

3

ހުރްމުޒް ކަނޑުއޮޅީގެ ކޮންޓްރޯލު ހޯދުމަށް އަސްކަރީ ގޮތުން އެމެރިކާ އަށް ކުރެވޭނެ އެއްވެސް ކަމެއް ނެތް ކަމަށް ޕެންޓަގަންއިން އެއްބަސްވެއްޖެ

4

ޓްރަމްޕްގެ މާ އަރިހުގައި ހުންނަ ޚާއްސަ އަންހެނެއްގެ ވާހަކަ

5

މަޝްހޫރު ބަތަލާ ހޭޑަން ޕެނެޓިއޭ 36 އަހަރުގައި މަރުވެފައި އޮއްވާ ފެނިއްޖެ

އިތުރަށް ކިޔާލަން

03 ފެބުރުއަރީ 2017

ގެމްބިއާގެ ރައީސް އަޑަމާ ބަރޯގެ ދަރިފުޅު މަރާލި ކުއްތާ މަރާލައިފި!

03 ފެބުރުއަރީ 2017
ގެމްބިއާގެ ރައީސް އަޑަމާ ބަރޯގެ ދަރިފުޅު މަރާލި ކުއްތާ މަރާލައިފި!
02 ފެބުރުއަރީ 2017

ގެމްބިއާގެ އާ ރައީސް އަޑަމާ ބަރޯގެ ކެބިނެޓުގެ 10 ވަޒީރުން މަގާމުގެ ހުވާކުރައްވައިފި

02 ފެބުރުއަރީ 2017
ގެމްބިއާގެ އާ ރައީސް އަޑަމާ ބަރޯގެ ކެބިނެޓުގެ 10 ވަޒީރުން މަގާމުގެ ހުވާކުރައްވައިފި
28 ޖެނުއަރީ 2017

ހޮނިހިރު ދުވަހު ރައީސް ޓްރަމްޕާއި ރައީސް ޕޫޓިން ފޯނުން މަޝްވަރާ ކުރައްވަނީ

28 ޖެނުއަރީ 2017
ހޮނިހިރު ދުވަހު ރައީސް ޓްރަމްޕާއި ރައީސް ޕޫޓިން ފޯނުން މަޝްވަރާ ކުރައްވަނީ
27 ޖެނުއަރީ 2017

ގެމްބިއާގެ ރައީސް ގައުމަށް އެނބުރިވަޑައިގަންނަވައިފި

27 ޖެނުއަރީ 2017
ގެމްބިއާގެ ރައީސް ގައުމަށް އެނބުރިވަޑައިގަންނަވައިފި
26 ޖެނުއަރީ 2017

އަސްތާނާގައި ބޭއްވި ސީރިޔާގެ ސުލްހައިގެ މަޝްވަރާތަކަކީ ޖެނިވާގައި ބާއްވާ މަަޝްވަރާތަކުގައި ބޭނުން ކުރެވިދާނެ އަސާސެއް: ރައީސް ޕުޓިން

26 ޖެނުއަރީ 2017
އަސްތާނާގައި ބޭއްވި ސީރިޔާގެ ސުލްހައިގެ މަޝްވަރާތަކަކީ ޖެނިވާގައި ބާއްވާ މަަޝްވަރާތަކުގައި ބޭނުން ކުރެވިދާނެ އަސާސެއް: ރައީސް ޕުޓިން
26 ޖެނުއަރީ 2017

ހެއިޓީގެ އިންތިޚާބީ ރައީސް ޖޮވެނެލް މޮއިސްއާ ދެކޮޅަށް ކޮރަޕްޝަންގެ ތުހުމަތުތަކެއް

26 ޖެނުއަރީ 2017
ހެއިޓީގެ އިންތިޚާބީ ރައީސް ޖޮވެނެލް މޮއިސްއާ ދެކޮޅަށް ކޮރަޕްޝަންގެ ތުހުމަތުތަކެއް
25 ޖެނުއަރީ 2017

ގެމްބިއާގެ އާ ރައީސް އަލުން ގައުމަށް އެނބުރިވަޑައިގަންނަވާނޭ ކަމަށް ވިދާޅުވެއްޖެ

25 ޖެނުއަރީ 2017
ގެމްބިއާގެ އާ ރައީސް އަލުން ގައުމަށް އެނބުރިވަޑައިގަންނަވާނޭ ކަމަށް ވިދާޅުވެއްޖެ
13 ޖެނުއަރީ 2017

ގެމްބިއާގެ ރައީސް ޔަހްޔާ ޖަމްމޭހް އަށް ނާއިޖީރިއާއިން ސިޔާސީ ހިމާޔަތް ދިނުމަށް ފާސްކޮށްފި

13 ޖެނުއަރީ 2017
ގެމްބިއާގެ ރައީސް ޔަހްޔާ ޖަމްމޭހް އަށް ނާއިޖީރިއާއިން ސިޔާސީ ހިމާޔަތް ދިނުމަށް ފާސްކޮށްފި
12 ޖެނުއަރީ 2017

ބޭރުގެ ޕްރެޝަރަށް އިޖާބަ ނުދެއްވާނަން: ރައީސް ޔަހްޔާ ޖަމްމޭހު

12 ޖެނުއަރީ 2017
ބޭރުގެ ޕްރެޝަރަށް އިޖާބަ ނުދެއްވާނަން: ރައީސް ޔަހްޔާ ޖަމްމޭހު
08 ޖެނުއަރީ 2017

ގާނާގެ އާ ރައީސް މަގާމުގެ ހުވާ ކުރައްވައިފި

08 ޖެނުއަރީ 2017
ގާނާގެ އާ ރައީސް މަގާމުގެ ހުވާ ކުރައްވައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް