Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
މަހުލޫފަށް ކުރާ ދައުވާ

މަހުލޫފުގެ މައްސަލަ ކެންސަލްކުރަން އެދުނީ އިދާރީ ސަބަބަކާހެދި: ޕީޖީ އޮފީސް

އަންނަ ސެޕްޓެމްބަރު މަހުގެ 10 ގެ ނިޔަލަށް އެ މައްސަލައިގެ އަޑުއެހުންތައް ފަސްކޮށްދިނުމަށް ދައުލަތުން އެދިފައިވޭ

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު, ރާއްޖެ އެމްވީ | 28 އޯގަސްޓު 2022 | އާދީއްތަ 09:09
ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފު

ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފު

އެމްއެމްޕީއާރުސީ ހިޔާނާތުގެ ފައިސާ ލިބުނުކަމަށް ތުހުމަތުކޮށް ކުޅިވަރާއި ބެހޭ ވަޒީރު އަހުމަދު މަހްލޫފުގެ މައްޗަށް އުފުލާފައިވާ ދައުވާގެ އަޑުއެހުން ކެންސަލްކޮށްފިއެވެ.

މަހުލޫފުއަށް ކުރާ ދައުވާގެ އަޑުއެހުން ކްރިމިނަލް ކޯޓުގައި ތާވަލު ކުރުމަށްފަހު އަނެއްކާވެސް ވަނީ ކެންސަލްކޮށްފައެވެ. އެކަމާ ގުޅޭގޮތުން ރާއްޖެއެމްވީއާ ވާހަކަ ދައްކަވަމުން ޕީޖީ އޮފީހުގެ ޕަބްލިކް ޕްރޮސެކިއުޓަރ އަހުމަދު ޝަފީއު ވިދާޅުވީ، މަހުލޫފަށް ކުރާ ދައުވާގެ އަޑުއެހުން ކެންސަލް ކުރަން ދައުލަތުން އެދުނީ އިދާރީ ސަބަބުތަކާހުރެ ކަމަށެވެ.

Advertisement - newsAdvertisement

އޭނާ ވިދާޅުވީ، އަންނަ ސެޕްޓެމްބަރު މަހުގެ 10 ގެ ނިޔަލަށް އެ މައްސަލައިގެ އަޑުއެހުންތައް ފަސްކޮށްދިނުމަށް ދައުލަތުން ކޯޓުގައި އެދިފައިވާ ކަމަށާއި، އެގޮތަށް އެދިފައިވަނީ އިދާރީ ސަބަބުތަކަކާއި ގުޅިގެން ކަމަށެވެ.

އެކަމާ ގުޅޭގޮތުން މަހުލޫފުގެ ބަހެއް ހޯދާލުމަށް ރާއްޖެއެމްވީން ގުޅާލުމުން އޭނާ ވިދާޅުވީ، އެ މައްސަލައާ ގުޅިގެން ތަހުގީގުގައި ހިންގާފައިވާ ގޯސްތަކާއި އެކި މައްސަލަތަކާއި ގުޅިގެން އެކަންކަން ބަލައިދިނުމަސް ޕީޖީ އޮފީހަށް އޭނާގެ ފަރާތުން ހުށައަޅާފައިވާނެ ކަމަށެވެ.

މި މައްސަލައާ ގުޅިގެން ލަންކާގެ ރައްޔިތެއްގެ ބަޔާން ކަނޑައެޅިގެން ރާއްޖޭގެ ގާނޫނުތަކާއި އަދި ލަންކާ ގާނޫނުތަކާއި ޚިލާފަށް ނެގި މައްސަލައެއް ފެންމަތިވެ ލަންކާގެ ކަމާގުޅޭ އިދާރާއަކުން އެ މައްސަލަ ބަލަމުންދާ ކަމަށް މިނިސްޓަރު މަހުލޫފުވެސް ދާދި ފަހުން ވަނީ މީސްމީޑިއާ މެދުވެރިކޮށް ވިދާޅުވެފައެވެ. އަދި އެމައްސަލަ ފޮރިން މިނިސްޓްރީންވެސް ތަހުގީގު ކުރަމުންދާކަން ފާހަގަ ކުރައްވައި މަހުލޫފު ވަނީ ޖިނާއީ ތަހުގީގު ޒޫމް މެދުވެރިކޮށް ހިންގިއިރު ލަންކާގައި ހުންނަވާ ރާއްޖޭގެ ސަފީރުވެސް އިންނެވިކަމަށް ތުހުމަތު ކުރައްވާފައެވެ.

މި މައްސަލައިގައި ފެށުނީއްސުރެ އެކި ދިމަދިމާލުން ސިޔާސީ ނުފޫޒު ވަދެފައިވާކަމަށް މިނިސްޓަރު މަހުލޫފު ތުހުމަތު ކުރައްވައެވެ. މަހުލޫފު ވިދާޅުވީ، ކުރިން ނިންމަވައިގެން ހުންނެވީ ޕީޖީ އޮފީހުން ގޮތެއް ނިންމުމުން އިސްތިއުފާ ދެއްވުމަށް ކަމަށެވެ. ނަމަވެސް ކަންކަން މިހާ ގޯސްކޮށް ދާތީ ދައުވާ ކުރިޔަސް ދެން އިސްތިއުފާ ދެއްވުމާމެދު ވިސްނަވާނެކަމަށް މަހުލޫފު ވިދާޅުވިއެވެ.

އަދި އެކަން ރައީސަށް ވެސް ރަސްމީކޮށް ދަންނަވާނެކަން ފާހަގަ ކުރައްވައި މަހުލޫފު އޭރު ވިދާޅުވީ، މަގާމުން ވަކިކުރުމަކީ ރައީސުލްޖުހޫރިއްޔާއަށް ގާނޫނު އަސާސީން މަތިކޮށްފައިވާ ބާރެއް ކަމުން، ގޮތެއް ނިންމަވާނީ ރައީސް ކަމަށެވެ.

މަހުލޫފްގެ މައްސަލަ މަދަނީ މިންގަނޑުން ކުރިއަށް ނުގެންދެވޭނެ ކަމަށް ކްރިމިނަލް ކޯޓުން ކަނޑައަޅައި މައްސަލަ ބޭރުކޮށްލީ މާރޗު މަހުގެ 1 ވަނަ ދުވަހުއެވެ. އެ މައްސަލަ ބޭރުކޮށްލީ ދައުލަތުން މައްސަލައިގައި ހުށަހެޅި ހެކިތަކަކީ އެ ދައުވާ ކުރިއަށް ގެންދެވޭނެ ފަދަ ބުރަދަނެއް ނެތް ހެކިތަކެއް ކަމަށް ކަނޑައެޅުމަށް ފަހުގައެވެ. ކްރިމިނަލް ކޯޓުގައި މި މައްސަލަ ބެއްލެވީ ގާޒީ މުހައްމަދު މިސްބާހުއެވެ.

ކްރިމިނަލް ކޯޓުގެ ޙުކުމް ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުން ހައިކޯޓުގައި އިސްތިއުނާފު ކުރީ 6 މާރޗުގައެވެ. އެ މައްސަލައިގައި ހައިކޯޓުން ނިންމީ މަހުލޫފުގެ މައްސަލަ ބޭރު ކުރީ ރަނގަޅަށް ނޫންކަމަށެވެ. މި މައްސަލައި ހައިކޯޓުން ބެއްލެވި ބެންޗުގައި ހިމެނިވަޑައިގަންނަވަނީ އިސް ފަނޑިޔާރު ހާތިފް ހިލްމީއާއި، ފަނޑިޔާރު ފާތިމަތު ފަރްހީޒާއާއި، ފަނޑިޔާރު އަލީ ސަމީރުއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ފަނޑިޔާރު އަލީ ހަމީދަށް ހަމަލާ ދޭން އުޅުނު މައްސަލައިގެ ތަހުގީގު ހުއްޓާލައިފި

ފަނޑިޔާރު އަލީ ހަމީދަށް ހަމަލާ ދޭން އުޅުނު މައްސަލައިގެ ތަހުގީގު ހުއްޓާލައިފި

10 ޖެނުއަރީ 2017
ހަތަރު ބިލިއަން ރުފިޔާ ހިމެނޭ ދަރަނީގެ މައްސަލަތައް މިދިޔަ އަހަރު ސާބިތުވި: ސިވިލް ކޯޓް

ހަތަރު ބިލިއަން ރުފިޔާ ހިމެނޭ ދަރަނީގެ މައްސަލަތައް މިދިޔަ އަހަރު ސާބިތުވި: ސިވިލް ކޯޓް

10 ޖެނުއަރީ 2017
ފާރިސް އާއި ނާދިރާ ވަކިކުރި މައްސަލަ ކުރިއަށް ނުދަނީ ޕީޕީއެމް އިން ކޯޓަށް ހާޒިރު ނުވާތީ: ސޫދު

ފާރިސް އާއި ނާދިރާ ވަކިކުރި މައްސަލަ ކުރިއަށް ނުދަނީ ޕީޕީއެމް އިން ކޯޓަށް ހާޒިރު ނުވާތީ: ސޫދު

09 ޖެނުއަރީ 2017
ފޯނުން ގުޅުމުގައި ދިމާވި މައްސަލަ މިހާރު ހައްލުވެއްޖެ: އުރީދޫ

ފޯނުން ގުޅުމުގައި ދިމާވި މައްސަލަ މިހާރު ހައްލުވެއްޖެ: އުރީދޫ

08 ޖެނުއަރީ 2017
މީހެއްގެ ސޮއި ފޯޖްކޮށްގެން ފިނޭންސް މިނިސްޓްރީގެ ޗެކަކުން ނުވަލައްކަ ރުފިޔާ ހޯދި މައްސަލަ ސާބިތެއް ނުވި!

މީހެއްގެ ސޮއި ފޯޖްކޮށްގެން ފިނޭންސް މިނިސްޓްރީގެ ޗެކަކުން ނުވަލައްކަ ރުފިޔާ ހޯދި މައްސަލަ ސާބިތެއް ނުވި!

08 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

2 މެއި
އިޔާޒްގެ ސުވާލެއް ރައީސަށް، ވެރިކަމަށް ވަޑައިގަތުމަށް ކިތައް އިތުރުފުޅު ހެއްދެވިންތޯ؟
20251 އަހަރު ކުރިން
ރާއްޖެ

އިޔާޒްގެ ސުވާލެއް ރައީސަށް، ވެރިކަމަށް ވަޑައިގަތުމަށް ކިތައް އިތުރުފުޅު ހެއްދެވިންތޯ؟

ޣައްޒާގެ ޝަވަރުމާގެ ރަހަ، ރެފިއުޖީންގެ އަތުން މިޞްރަށް!
20242 އަހަރު ކުރިން
ތަފާތު ޚަބަރު

ޣައްޒާގެ ޝަވަރުމާގެ ރަހަ، ރެފިއުޖީންގެ އަތުން މިޞްރަށް!

 ޗާގޯސް މައްސަލައިގެ އިދިކޮޅު ޕްރެސް: ފޮނު އަރުވަ އަރުވާފައި ގޮއްވާލީ އަތަށް
20233 އަހަރު ކުރިން
ރިޕޯޓު

ޗާގޯސް މައްސަލައިގެ އިދިކޮޅު ޕްރެސް: ފޮނު އަރުވަ އަރުވާފައި ގޮއްވާލީ އަތަށް

228 ކެރެޓުގެ ޑައިމަންޑް "ދި ރޮކް" ނީލަން ކިޔާއިރު، ފެށޭ އަގުވެސް 30 މިލިއަން ޑޮލަރުން މަތީގައި
20224 އަހަރު ކުރިން
ތަފާތު ޚަބަރު

228 ކެރެޓުގެ ޑައިމަންޑް "ދި ރޮކް" ނީލަން ކިޔާއިރު، ފެށޭ އަގުވެސް 30 މިލިއަން ޑޮލަރުން މަތީގައި

ފިރިމީހާ ބިންދާލީ އުނަގަނޑު، އެންމެ ގާތް އެކުވެރިޔާ ދިނީ ހަކުރު
20215 އަހަރު ކުރިން
ރިޕޯޓު

ފިރިމީހާ ބިންދާލީ އުނަގަނޑު، އެންމެ ގާތް އެކުވެރިޔާ ދިނީ ހަކުރު

ކަށުކަމާކެމީގެ ކަންކަން ފުރިހަމަ ނުކޮށް ލަންކާއަށް ހަމަލާދިން ޓެރަރިސްޓުން ވަޅުލައިފި
20197 އަހަރު ކުރިން
ދުނިޔެ

ކަށުކަމާކެމީގެ ކަންކަން ފުރިހަމަ ނުކޮށް ލަންކާއަށް ހަމަލާދިން ޓެރަރިސްޓުން ވަޅުލައިފި

މެޑަމްގެ ދަތުރާ ގުޅިގެން ފުވައްމުލަކުގެ ވަކި މަގުތަކެއް ހެދީ، މިއީ ދެއްކުންތެރިކަން: ފަލާހް
20188 އަހަރު ކުރިން
ރާއްޖެ

މެޑަމްގެ ދަތުރާ ގުޅިގެން ފުވައްމުލަކުގެ ވަކި މަގުތަކެއް ހެދީ، މިއީ ދެއްކުންތެރިކަން: ފަލާހް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު