Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
މަހްލޫފް ޣައިރު ޤާނޫނީ ގޮތުން ޖަލުގައި ބެހެއްޓުން

ޣައިރު ޤާނޫނީ ގޮތުން އިތުރު 6 ދުވަހު މަހްލޫފް ބަންދުގައި ބަހައްޓާފައިވޭ: ނެޗަނަލް އިންޓެގްރިޓީ ކޮމިޝަން

މަހްލޫފް އެ ކޮމިޝަނަށް މައްސަލަ ހުށަހެޅުއްވީ 2017 ވަނަ އަަހަރު

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު, ރާއްޖެ އެމްވީ | 26 އޯގަސްޓު 2022 | ހުކުރު 17:43
އަހްމަދު މަހްލޫފް (ކ)

އަހްމަދު މަހްލޫފް (ކ)

މިހާރުގެ ޔޫތު ސްޕޯޓްސް އެންޑް ކޮމިޔުނިޓީ އެމްޕަވަރމަންޓް މިނިސްޓަރ އަހުމަދު މަހްލޫފް ޣައިރު ޤާނޫނީ ގޮތުން އިތުރު 6 ދުވަހު ބަންދުގައި ބަހައްޓާފައިވާ ކަމަށް ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަނުން ނިންމައިފިއެވެ.

އެ ކޮމިޝަނުން އެގޮތަށް ނިންމާފައި ވަނީ މަހްލޫފްގެ މައްޗަށް ކުރި 11 މަހާއި 24 ދުވަހުގެ ހުކުމަށްވުރެ ގިނަ ދުވަހު ޖަލުގައި ބަންދުކޮށްފައިވާތީ އޭނާ އިންޓެގްރިޓީ ކޮމިޝަނަށް ހުށަހެޅި މައްސަލައާއި ގުޅިގެންނެވެ. 2017 ވަނަ އަހަރުގެ ޖެނުއަރީމަހު މަހްލޫފް ހުށަހެޅުއްވި އެ މައްސަލަ އަކީ ކްރިމިނަލް ކޯޓުން އޭނާ ޖަލުގައި ބަހައްޓަން ޙުކުމް ހުރި ތާރީޚަށް ވުރެ އިތުރަށް 3 ދުވަހު އޭނާ ބަހައްޓާފައިވާ ކަމަށް ބުނެ ހުށަހެޅި މައްސަލައެވެ. އަދި ގައިދީންނަށް ޖަލުތަކާއި ބެހޭ ޤާނޫނާއި ޤަވާއިދުތައް އަންގައިދޭން ޖެހޭ އިރު އެކަންކޮށްފައި ނުވާކަމަށް ވެސް އެ މައްސަލައިގައި ވަނީ ބުނެފައެވެ.

Advertisement - newsAdvertisement

ނޭޝަނަލް އިންޓަރގްރިޓީ ކޮމިޝަނުން ބުނީ  ޖަލު ގޮޅިއާއި ހަވާލުވެގެން ތިބޭ ޔުނިޓް އެސްއޯއިން ޖަލު އަމުރާއި، ލޯކަލް އޯޑަރ ގައިދީންނަށް ކިޔާދޭ ކަމަށާއި، ގޮޅީގައި ހުންނަ ނޯޓިސް ބޯޑުގައި އެ ލިޔުންތައް ހުންނާނެ ކަމަށެވެެ. މީގެ އިތުރުން ޖަލުގެ ލައިބްރަރީއިން ވެސް އެ ލިޔުންތައް ގައިދީންނަށް ކިޔެން ހުންނާނެ ކަމަށާއި މި މައްސަލައާ ގުޅިގެން މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްއިން ކޮމިޝަނަށް ފޯރުކޮށްދިން ލިޔެކިޔުންތަކުން އެނގެން އޮންނަކަމަށެވެ. އަދި އެ ހާދިސާ ހިނގިއިރު މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ އޮފެންޑަރ މެނޭޖްމަންޓް ހިންގެވުމާ ހަވާލުވެ ތިއްބެވި ދެ އޮފިސަރުންގެ ބަޔާނުން އެނގޭކަމަށެވެ.

އެހެންނަމަވެސް ދިވެހިރާއްޖޭގެ ޖަލުތަކާއި ޕެރޯލްގެ ގާނޫނުގައި ބަޔާންކޮށްފައިވާ ގޮތުން އެ ގާނޫނުގެ ދަށުން ޖަލު ކުށެއްގެ ގޮތުގައި ކަނޑައަޅާފައިވާ ކުށްތަކުގެ ތަފްސީލާއި، ޑިސިޕްލިނަރީ ނިޒާމް ހިނގާ ގޮތާއި ކަނޑައަޅާ އަދަބުތަކުގެ ކޮޕީއެއް ގައިދީންނަށް ފެންނަ ތަނެއްގައި ބެހެއްޓުމުގެ އިތުރުން ގައިދީ އަކު އެދޭ ނަަމަ އެކަންކަމުގެ ތަފްސީލް ހިމެނޭ ކޮޕީއެއް ގައިދީންނަށް ދޭންޖެހޭކަން ކޮމިޝަނުން ވަނީ ފާހަގަކޮށްފައެވެ. އެހެންނަމަވެސް ގައިދީންނަށް ފެންނަ ގޮތަށް ޖަލު ކުށްތަކާއި ޑިސިޕްލިނަރީ ނިޒާމް ހިނގާގޮތުގެ ކޮޕީއެއް ނެތްކަން އެ ކޮމިޝަނުން ޖަލަށް ކުރި ޒިޔާރަތުން އެނގޭ ކަމަށް އިންޓަރގްރިޓީ ކޮމިޝަނުން ވަނީ ބުނެފައެވެ.

އެ ކޮމިޝަނުން އެ މައްސަލަ ބަލާ ނިންމި ގޮތުގެ ރިޕޯޓުގައި ބުނެފައިވަނީ 2016 ވަނަ އަހަރު ކްރިމިނަލް ކޯޓުން އަޙްމަދު މަހްލޫފްގެ މައްޗަށް ކޮށްފައިވާ ހުކުމަކީ 6 މަސް ދުވަހުގެ ޖަލު ހުކުމެއްކަން އެނގެން އޮންނަ ކަމަށެވެ. އެ 6 މަސް ދުވަހަކީ ދުވަހުގެ އަދަދުން ބަލާނަމަ، 180 ދުވަސްކަމާއި، އެ މައްސަލައިގެ ތަހުގީގު މަރުހަލާގައި 18 ދުވަހުގެ މުއްދަތަށް ބަހައްޓާފައިވާކަން ލިޔެކިޔުންތަކުން އެނގޭކަމަށެވެ.

އެހެންކަމުން "ޝަރީއަތްކުރުމާއި ބެހޭގޮތުން ހެދިފައިވާ ގަވާއިދު 2003" އާއި އެއްގޮތްވާގޮތުގެ މަތީން، އެ 6 މަސް ދުވަހުގެ ޖަލު ހުކުމްގެ މުއްދަތުން، މައްސަލައިގެ ތަހުގީގުގެ ބޭނުމަށް އޭނާ ބަންދުކޮށްފައި ހުރި ދުވަސް އުނިވާނެ ކަމަށް އެ ކޮމިޝަނުން ވަނީ ފާހަގަކޮށްފައެވެ. އެއާ އެކު މަހްލޫފް ޖަލުގައި ހުންނަވަން ޖެހޭނީ 162 ދުވަސް ކަމާއި، އޭނާގެ މައްޗަށް އެ ހުކުމް ތަންފީޒުކޮށް ނިމިފައިވަނީ، 2017 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ 17 ވަނަ ދުވަހުކަން ކޮމިޝަނަށް ލިބިފައިވާ ލިޔެކިޔުންތަކުން އެނގޭ ކަމަށް ވެސް އެ ކޮމިޝަނުން ވަނީ ބުނެފައެވެ.

އެ ކޮމިޝަނުން އިތުރަށް ބުނީ އެއް ކުށަށް ވުރެ ގިނަ ކުށަށް ހުކުމްކޮށްފައިވާ މީހުންގެ ބަންދުގެ މުއްދަތު ގުނާނީ އެންމެ ބަރު ހުކުމުން ފެށިގެން ހުކުމްތައް ތަރުތީބުން މެދުކެނޑުމެއް ނެތިކަން "ދިވެހިރާއްޖޭގެ ޖަލުތަކާއި ޕެރޯލްގެ ޤާނޫނު"ގައި ބަޔާންކޮށްފައިވާ ކަމަށެވެ. އަދި 2017 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ 21ގެ ނިޔަލަށް މަހުލޫފް ހުރީ ޖަލުގައި ކަމަށް ވުމުން، އޭނާގެ މައްޗަށް 2016 ވަނަ އަހަރު ކްރިމިނަލް ކޯޓުން ކޮށްފައިވާ ޖަލު ހުކުމުން، ތަންފީޒު ނުކުރެވި ބާކީ އޮތް މުއްދަތު ކަމަށްވާ 137 ދުވަސް 2017 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ 12 އިން ފެށިގެން ތަންފީޒުވަމުންދާނެ ކަމަށް އެ ކޮމިޝަނުގެ ރިޕޯޓުގައިވެއެވެ. އެގޮތުގެ މަތީން އެ ހުކުމް ތަންފީޒުކޮށް ނިމުނީ 9 ޖޫން 2017 ވަނަ ދުވަހު ކަމުގައިވީ ނަމަވެސް އިތުރު 6 ދުވަހުގެ މުއްދަތަށް އޭނާ ޖަލުގައި ބަހައްޓާފައިވާކަން އެ ކޮމިޝަނަށް ލިބިފައިވާ ލިޔެކިޔުންތަކުން އެނގޭ ކަމަށް ނޭޝަނަލް އިންޓަރގްރިޓީ ކޮމިޝަނުން ވަނީ ބުނެފައެވެ.

2015 ވަނަ އަހަރު އަމަލުކުރަން ފަށާފައިވާ ޤާނޫނުލް އުޤޫބާތަށް އަމަލުކުރަން ފަށާފައިވަނީ މަހުލޫފަށް ހުކުމް ކުރުމުގެ އަހަރެއްހާ ދުވަސް ކުރިން ކަމަށް ވާތީ، މަހްލޫފްގެ މައްޗަށް ކުރި 6 މަސް ދުވަހުގެ ހުކުމަށް ވުރެ އިތުރަށް އޭނާ ޖަލުގައި ބަހައްޓާފައި ހުރި ދުވަސްތައް، މަހްލޫފްގެ މައްޗަށް ކުރި 4 މަހާއި 24 ދުވަހުގެ ހުކުމުން އުނިކުރުމުގެ ބާރު ކަރެކްޝަންސް އަށް ލިބިގެންވީ ނަމަވެސް، އެކަން އެގޮތަށް ކޮށްފައި ނުވާކަން އެކޮމިޝަނުން ވަނީ ފާހަގަކޮށްފައެވެ.

އެހެންކަމުން މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް އިން ޖަލުތަކުގައި ތިބި ގައިދީންގެ ހައްގުތަކަށް ރައްކާތެރިވުމުގައި އިހުމާލުވާކަން އެ އަމަލުން އެނގޭ ކަމަށް އެ ކޮމިޝަނުން ވަނީ ފާހަގަކޮށްފައެވެ. އަދި އެ ކޮމިޝަނުން ވަނީ އެފަދަ ކަންކަން ތަކުރާރު ނުކުރުމަށް ނަސޭހަތްތެރިވެފައެވެ. އަދި އެފަދަ ކަންކަން ތަކުރާރު ނުވާކަން ޔަގީންކުރުމަށް ގައިދީންނާއި ބަންދު މީހުން ބަންދުކޮށްފައިވާ މުއްދަތު ގުނުމުގައި މައްސަލައެއް އުޅޭތޯ ބަލާ އެކަންކަން ވީހާ އަވަހަށް އިސްލާހު ކުރަން ނޭޝަނަލް އިންޓަރގްރިޓީ ކޮމިޝަނުން ވަނީ މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްއަށް ލަފާދީފައެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

އާއްމު އިއުލާންތައް އެ އޮފީހަކުން، ގާނޫނީ ގޮތުން ގެޒެޓްކުރެވޭ ލިޔުންތައް ރައީސް އޮފީހުން!

އާއްމު އިއުލާންތައް އެ އޮފީހަކުން، ގާނޫނީ ގޮތުން ގެޒެޓްކުރެވޭ ލިޔުންތައް ރައީސް އޮފީހުން!

15 ޖެނުއަރީ 2017
ރާއްޖެޓީވީގެ ކެމެރާމަން ޒަރީރަށް ހުކުމް ކުރުން ހޯމަ ދުވަހު

ރާއްޖެޓީވީގެ ކެމެރާމަން ޒަރީރަށް ހުކުމް ކުރުން ހޯމަ ދުވަހު

14 ޖެނުއަރީ 2017
ލޯކަލް ކައުންސިލް އިންތިހާބު ފަސްކުރުމާ ގުޅިގެން އަންނަ އާދިއްތަ ދުވަހު ކޯޓަށް މައްސަލަ ހުށަހަޅާނަން: ނިޔާޒް

ލޯކަލް ކައުންސިލް އިންތިހާބު ފަސްކުރުމާ ގުޅިގެން އަންނަ އާދިއްތަ ދުވަހު ކޯޓަށް މައްސަލަ ހުށަހަޅާނަން: ނިޔާޒް

13 ޖެނުއަރީ 2017
ޑރ. ނާޒުގެ މިޕްސްޓާރ އިން އިތުރު ތިން ހިދްމަތެއް ދޭން ފަށައިފި

ޑރ. ނާޒުގެ މިޕްސްޓާރ އިން އިތުރު ތިން ހިދްމަތެއް ދޭން ފަށައިފި

12 ޖެނުއަރީ 2017
އަނެއްކާވެސް އިތުރު ސްޓޭޓް މިނިސްޓަރެއް

އަނެއްކާވެސް އިތުރު ސްޓޭޓް މިނިސްޓަރެއް

11 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

14 ޖެނުއަރީ
މިނިސްޓަރ އިހްސާން އިންނެވީ ޑީއެންއާރުގެ މީޓީން ރޫމުގައި: މުވައްޒަފުން
20251 އަހަރު ކުރިން
ރާއްޖެ

މިނިސްޓަރ އިހްސާން އިންނެވީ ޑީއެންއާރުގެ މީޓީން ރޫމުގައި: މުވައްޒަފުން

ބޭކަރީއެއްގެ ޝެފަކު ތައްޔާރުކުރި ކާއެއްޗަކަށް ފާޑުކިއުމުން ޙަމަލާދިން މައްސަލައިގައި ޝެފް 7 އަހަރަށް ޖަލަށް
20242 އަހަރު ކުރިން
ރާއްޖެ

ބޭކަރީއެއްގެ ޝެފަކު ތައްޔާރުކުރި ކާއެއްޗަކަށް ފާޑުކިއުމުން ޙަމަލާދިން މައްސަލައިގައި ޝެފް 7 އަހަރަށް ޖަލަށް

ބަރަބޯ އޮށުގެ ފައިދާ
20233 އަހަރު ކުރިން
ރިޕޯޓު

ބަރަބޯ އޮށުގެ ފައިދާ

11 ފަންނާނުންނާއެކު ޕެޓްރޯލް އޮފިސީ ސެލެބްރިޓީ ރޭސް ލޯންޗުކޮށްފި
20224 އަހަރު ކުރިން
ރާއްޖެ

11 ފަންނާނުންނާއެކު ޕެޓްރޯލް އޮފިސީ ސެލެބްރިޓީ ރޭސް ލޯންޗުކޮށްފި

ރާއްޖޭގެ އެންމެ ބޮޑު ރިސޯޓް، ރެއަކަށް 80،000 ޑޮލަރު
20215 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ރާއްޖޭގެ އެންމެ ބޮޑު ރިސޯޓް، ރެއަކަށް 80،000 ޑޮލަރު

އަރިހުގައި ހުންނަވައި ލަތީފު މަޅާލަން އަތް ނެންގެވުމުން ކޮސްވެއްޖެ!؟
20197 އަހަރު ކުރިން
ރިޕޯޓު

އަރިހުގައި ހުންނަވައި ލަތީފު މަޅާލަން އަތް ނެންގެވުމުން ކޮސްވެއްޖެ!؟

66.38 މިލިއަން ޑޮލަރު: ދިވެހި ދައުލަތުން ކުރި އެންމެ ބޮޑު ވައްކަން
20188 އަހަރު ކުރިން
ރިޕޯޓު

66.38 މިލިއަން ޑޮލަރު: ދިވެހި ދައުލަތުން ކުރި އެންމެ ބޮޑު ވައްކަން

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު