Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެމަތީ އަރުތަވެރިންގެ އިނާމު

މިދިޔަ އަހަރު އޯލެވެލް އަދި އޭލެވެލް ނިންމި ދަރިވަރުންގެ ތެރެއިން މަތީ އަރުތަވެރިންގެ އިނާމު 1100 އަށްވުރެ ގިނަ ދަރިވަރުންނަށް

އޯލެވެލް ހެދި 759 ދަރިވަރުން ގަދަ 10 ގައި ހިމެނުނު

އިދުހާމް ނަޢީމް
އިދުހާމް ނަޢީމް | 25 އޯގަސްޓު 2022 | ބުރާސްފަތި 02:07
ގަދަ 10 ގައި ހިމެނުނު ބައެއް ދަރިވަރުން

ގަދަ 10 ގައި ހިމެނުނު ބައެއް ދަރިވަރުން

މިދިޔަ އަހަރުގެ މެއި/ޖޫން ގައި އޯލެވެލް އަދި އޭލެވެލް ނިންމި ދަރިވަރުންގެ ތެރެއިން 1100 އަށްވުރެ ގިނަ ދަރިވަރުން ގަދަ 10 ގައި ހިމެނިއްޖެއެވެ.

މިއީ ރާއްޖޭގެ ތާރީހުގައި ވެސް އެންމެ ގިނަ އަދަދެއްގެ ދަރިވަރުން ގަދަ 10 ގައި ހިމެނުނު ފަހަރެވެެ. އެގޮތުން، ސާނަވީ އިމްތިހާނު ހެދި ދަރިވަރުންގެ ތެރެއިން 759 ދަރިވަރުން ގަދަ 10ގައި ހިމެނިފައިވާއިރު މަތީ ސާނަވީ އިމްތިހާނު ހެދި ދަރިވަރުންގެ ތެރެއިން 348 ދަރިވަރުން ވަނީ ގަދަ 10ގައި ހިމެނިފައެވެ.

ސާނަވީ އިމްތިހާނުތަކުންނާއި މަތީ ސާނަވީ އިމްތިހާނުތަކުން އެންމެ ރަނގަޅު ނަތީޖާ ހާސިލު ކުރާ ދަރިވަރުން ފާހަގަކޮށް ކޮންމެ އަހަރަކު "މަތީ އަރުތަވެރިންގެ އިނާމު" ސަރުކާރުން ދެއެވެ. މި ޖަލްސާ ބުދަ ދުވަހުގެ ރޭ ބާއްވާފައިވާއިރު އިނާމު ހޯދި ދަރިވަރުންގެ އަދަދު އިތުރުވެ، ޖަލްސާ ވަނީ ދެ ބަޔަކަށް ބަހާލައިފައެވެ. އެހެންވެ ބުރާސްފަތި ދުވަހުގެ ރޭ ވެސް މަތީ އަރުތަވެރިންގެ އިނާމު ދިނުމުގެ ޖަލްސާ ކުރިއަށްދާނެއެވެ.

އެޑިއުކޭޝަން މިނިސްޓްރީގެ ތަފާސްހިސާބުތައް ދައްކާގޮތުގައި 2020-2021 ގައި އޯލެވެލް ހެދި ދަރިވަރުންގެ ތެރެއިން 759 ދަރިވަރުން ގަދަ 10ގައި ހިމެނިފައިވާއިރު މީގެ ތެރެއިން 13 ދަރިވަރުން ވަނީ 5 މާއްދާއިން ދުނިޔޭގެ އެންމެ މޮޅު 10 ދަރިވަރުންގެ ތެރޭގައި ހިމެނިފައެވެ. އެ އަހަރު އޭލެވެލް ހެދި ދަރިވަރުންގެ ތެރެއިން 348 ދަރިވަރުން ގަދަ 10ގައި ހިމެނުނުއިރު މީގެ ތެރެއިން 13 ދަރިވަރުން ވަނީ 8 މާއްދާއިން ދުނިޔޭގެ އެންމެ މޮޅު 10 ދަރިވަރުންގެ ތެރޭގައި ހިމެނިފައެވެ.

2020-2021 އަހަރުގެ އޯ ލެވެލް އަދި އޭލެވެލް އިމްތިހާނުތައް ހެދި ދަރިވަރުންނަކީ ކޮވިޑް-19ގެ ހާލަތަށްފަހު އެންމެ ފުރަތަމަ މި އިމްތިހާނުތައް ހެދި ދަރިވަރުންނެވެ. އެ ދަރިވަރުންނަށް ދިމާވި ގޮންޖެހުންތަކާއެކު ވެސް ރަނގަޅު ނަތީޖާއެއް ނެރެދީ ރާއްޖޭގެ ތާރީހުގައި ވެސް ތަޢުލީމީ ދާއިރާއިން އެންމެ ކާމިޔާބު އަހަރަށް ވަނީ ހަދައިދީފައެވެ.

ބުދަ ދުވަހު ބޭއްވި މަތީ އަރުތަވެރިންގެ އިނާމު ދިނުމުގެ ޖަލްސާ ޝަރަފުވެރިކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ސާލިހުއެވެ. އެމަނިކުފާނުގެ އަރިހުގައި އަނބިކަނބަލުން ފަޒުނާ އަހުމަދު އާއި ނައިބު ރައީސް ފައިސަލް ނަސީމް އާއި އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީގެ އިތުރުން ދައުލަތުގެ އެހެނިހެން ބައެއް ވަޒީރުންނާއި ސަރުކާރުގެ ބައެއް އިސް ބޭފުޅުން ވެސް ބައިވެރިވެވަޑައިގެންނެވިއެވެ.

އިތުރަށް ކިޔާލަން

14 ޖެނުއަރީ 2017

އޯލެވެލް ނިންމާ ދަރިވަރުންނަށް ޔޫޑަބްލިޔޫސީގެ ސްކޮލަރޝިޕްގެ ފުރުސަތު ހުޅުވާލައިފި

14 ޖެނުއަރީ 2017
އޯލެވެލް ނިންމާ ދަރިވަރުންނަށް ޔޫޑަބްލިޔޫސީގެ ސްކޮލަރޝިޕްގެ ފުރުސަތު ހުޅުވާލައިފި
10 ޖެނުއަރީ 2017

ހަތަރު ބިލިއަން ރުފިޔާ ހިމެނޭ ދަރަނީގެ މައްސަލަތައް މިދިޔަ އަހަރު ސާބިތުވި: ސިވިލް ކޯޓް

10 ޖެނުއަރީ 2017
ހަތަރު ބިލިއަން ރުފިޔާ ހިމެނޭ ދަރަނީގެ މައްސަލަތައް މިދިޔަ އަހަރު ސާބިތުވި: ސިވިލް ކޯޓް
10 ޖެނުއަރީ 2017

އެމްޕީއެލް އިން ނެގި 85 މިލިއަން ރުފިޔާ ނުދައްކާ ތިން އަހަރު!

10 ޖެނުއަރީ 2017
އެމްޕީއެލް އިން ނެގި 85 މިލިއަން ރުފިޔާ ނުދައްކާ ތިން އަހަރު!
09 ޖެނުއަރީ 2017

2017 ވަނަ އަހަރުގެ ކިޔެވުން ފަށައިފި

09 ޖެނުއަރީ 2017
2017 ވަނަ އަހަރުގެ ކިޔެވުން ފަށައިފި
08 ޖެނުއަރީ 2017

މިއަހަރުގެ އަމާޒަކީ ޒަމާނީ ވަސީލަތްތަކާއެކު ކިޔެވުމާއި ކިޔަވައިދިނުމުގެ މުޅި ވައްޓަފާޅި ބަދަލުކުރުން: މިނިސްޓަރު

08 ޖެނުއަރީ 2017
މިއަހަރުގެ އަމާޒަކީ ޒަމާނީ ވަސީލަތްތަކާއެކު ކިޔެވުމާއި ކިޔަވައިދިނުމުގެ މުޅި ވައްޓަފާޅި ބަދަލުކުރުން: މިނިސްޓަރު
06 ޖެނުއަރީ 2017

ނިމިގެންދިޔަ އަހަރު ޑްރަގް ކޯޓަށް ހުށަހެޅުނު މައްސަލަތައް އިތުރުވެއްޖެ

06 ޖެނުއަރީ 2017
ނިމިގެންދިޔަ އަހަރު ޑްރަގް ކޯޓަށް ހުށަހެޅުނު މައްސަލަތައް އިތުރުވެއްޖެ
06 ޖެނުއަރީ 2017

ގޮންޖެހުންތަކާ އެކު 2016 ވަނަ އަހަރު އިދިކޮޅު ސިޔާސީ ޕާޓީއެއްގެ ދައުރު އަދާކުރެވުނު: އެމްޑީޕީ

06 ޖެނުއަރީ 2017
ގޮންޖެހުންތަކާ އެކު 2016 ވަނަ އަހަރު އިދިކޮޅު ސިޔާސީ ޕާޓީއެއްގެ ދައުރު އަދާކުރެވުނު: އެމްޑީޕީ
06 ޖެނުއަރީ 2017

މިދިޔަ އަހަރު ކްރިމިނަލް ކޯޓަށް ހުށަހެޅި މައްސަލަތަކުގެ އަދަަދު އިތުރުވެއްޖެ

06 ޖެނުއަރީ 2017
 މިދިޔަ އަހަރު ކްރިމިނަލް ކޯޓަށް ހުށަހެޅި މައްސަލަތަކުގެ އަދަަދު އިތުރުވެއްޖެ
06 ޖެނުއަރީ 2017

ކޯޓުތަކަށް ހުށަހެޅުނު އަދި ނިންމި މައްސަލަތަކުގެ ޢަދަދު 20000 އަށްވުރެ މަތީގައި

06 ޖެނުއަރީ 2017
ކޯޓުތަކަށް ހުށަހެޅުނު އަދި ނިންމި މައްސަލަތަކުގެ ޢަދަދު 20000 އަށްވުރެ މަތީގައި
04 ޖެނުއަރީ 2017

ރާއްޖޭގެ ސިޔާސީ މަސްރަހުން 2017 ވަނަ އަހަރު އާ ބަދަލުތަކެއް ފެނިގެންދާނެ: ނިޒާރު

04 ޖެނުއަރީ 2017
ރާއްޖޭގެ ސިޔާސީ މަސްރަހުން 2017 ވަނަ އަހަރު އާ ބަދަލުތަކެއް ފެނިގެންދާނެ: ނިޒާރު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު