Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ
މަތީ އަރުތަވެރިންނަށް އިނާމު ދިނުން

މިދިޔަ ދެ އަހަރު ދަރިވަރުން ކުރި ބުރަ މަސައްކަތަކީ، ދަތި އުނދަގޫ ޙާލަތްތަކަށް ކެތްތެރިވެ، ހިތްވަރާއެކު ކަންތައްތަކާ ކުރިމަތިލުމުގެ ނަމޫނާއެއް: ރައީސް

ރައީސް ވިދާޅުވީ ކޮވިޑް-19ގެ ދަތިކަމުގެ ތެރޭގައި، ކިޔެވުން ކުރިއަށް ގެންދިޔައިރު، ދަރިވަރުން ވަރަށް އައު ކަންތައްތައް ތަޖުރިބާކޮށްފައިވާނެކަމަށް

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ, ރާއްޖެ އެމްވީ | 24 އޯގަސްޓު 2022 | ބުދަ 18:50
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހު މަތީ އަރުތަވެރިންގެ އިނާމު ދިނުމުގެ ޖަލްސާ ޝަރަފްވެރިކޮށްދެއްވައި ވާހަކަފުޅު ދައްކަވަނީ

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހު މަތީ އަރުތަވެރިންގެ އިނާމު ދިނުމުގެ ޖަލްސާ ޝަރަފްވެރިކޮށްދެއްވައި ވާހަކަފުޅު ދައްކަވަނީ

މިދިޔަ ދެ އަހަރު ދަރިވަރުން ކުރި ބުރަ މަސައްކަތަކީ، އަދި ދަތި އުނދަގޫ ޙާލަތްތަކަށް ކެތްތެރިވެ، ހިތްވަރާއެކު އާ ޢަޒުމެއްގައި ކަންތައްތަކާ ކުރިމަތިލުމުގެ ވަރަށް ފުރިހަމަ ނަމޫނާއެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހު ވިދާޅުވެއްޖެއެވެ.

މަތީ އަރުތަވެރިންގެ އިނާމު ދިނުމުގެ ޖަލްސާ ޝަރަފްވެރިކޮށްދެއްވައި ބުދަ ދުވަހުގެ ރޭ ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ ކޮވިޑް-19ގެ ދަތިކަމުގެ ތެރޭގައި، ކިޔެވުން ކުރިއަށް ގެންދިޔައިރު، ދަރިވަރުން ވަރަށް އައު ކަންތައްތައް ތަޖުރިބާކޮށްފައިވާނެކަމަށެވެ. ބައެއް ދުވަސްތަކުގައި ސްކޫލަށް ހާޒިރުވެ މާސްކް އަޅައިގެން ދުރުދުރުގައި ތިބެގެން، އަދި ބައެއް ދުވަސްތަކުގައި ގޭގައި ތިބެ އޮންލައިންކޮށް ކިޔެވުމަކީ މުޅިން އައު ތަޖުރިބާއެއްކަމަށް ރައީސް ވިދާޅުވިއެވެ.

Advertisement - newsAdvertisement

މީގެއިތުރުން ރައީސް ވިދާޅުވީ މިފަހަރުގެ އަރުތަވެރިންގެ ކާމިޔާބީ ރަމްޒުކޮށްދެނީ، ދިރިއުޅުމުގެ ޢަމަލީ މައިދާނަށް ކުދިން ތައްޔާރުކޮށްދިނުމުގައި ސްކޫލްތަކުންނާއި ބެލެނިވެރިން ކުރި ބުރަ މަސައްކަތްކަމަށެވެ. ކޮވިޑްގެ ދަތިކަމުގެ ތެރޭގައި ސްކޫލްތަކުންނާއި ބެލެނިވެރިން އުފުލި ބުރަ އިހުސާސްވެވަޑައިގަންނަވާކަމަށް ރައީސް ވިދާޅުވިއެވެ.

ރަނގަޅު ނަތީޖާއާއި ފޮނި ކާމިޔާބީ ޙާޞިލްކުރާއިރު، ހަނދާނުގައި ބަހައްޓަންޖެހޭ ވަރަށް މުހިންމުކަމެއް އެބައޮތްކަމަށް ރައީސް ވިދާޅުވިއެވެ. އެއީ މޮޅު ކުއްޖަކަށް ވަނީ، ފޮތުގެ ތަޢުލީމުން ރަން ވަނަ ޙާޞިލު ކުރުމުން އެކަނި ނޫންކަންކަމަށެވެ. މާތް ﷲ ކޮންމެ މީހަކަށް ދެއްވި 20 އިނގިލި ވެސް، އެއް އިނގިލި އަނެއް އިނގިއްޔާ ތަފާތުކަމަށާއި އެހެންވިޔަސް، އެއިން ކޮންމެ އިނގިއްޔަކީ އޭގެ ޒާތުގައި މުހިންމު ގުނަވަނެއްކަމަށް ރައީސް ވިދާޅުވިއެވެ.

ހަމަ އެ ތަފާތު އިންސާނުންގެ މެދުގައިވެސް ހުންނާނެ.ކަމަށާއި އެ ތަފާތާއެކު ކޮންމެ ކުއްޖެއްގެ ކިބައިގައިވެސް ތަފާތު ޤާބިލުކަމެއް ހުންނާނެކަމަށް ރައީސް ވިދާޅުވިއެވެ. ރައީސް ވިދާޅުވީ ދައުލަތުގެ މުއައްސަސާތަކުންނާއި، މައިންބަފައިންނާއި ބެލެނިވެރިން ވެސް، މަސައްކަތް ކުރަންވީ، ކުދިންގެ ކިބައިގައި ހުރި އެފަދަ ހުނަރުވެރިކަމާއި ޤާބިލުކަން ދެނެގަނެ، އެ ހުނަރު އިތުރަށް ތަރައްޤީކޮށްދިނުމަށެވެ.

އިތުރަށް ކިޔާލަން

17 ޖެނުއަރީ 2017

މެޑިސިން ކިޔަވާ ދަރިވަރުންގެ ރަޖިސްޓްރޭޝަން މައްސަލަ ހައްލު ކުރުމަށް ބަންގަލޭދޭޝް ސަރުކާރާއެކު ދަނީ މަޝްވަރާ ކުރަމުން: ފޮރިން މިނިސްޓްރީ

17 ޖެނުއަރީ 2017
މެޑިސިން ކިޔަވާ ދަރިވަރުންގެ ރަޖިސްޓްރޭޝަން މައްސަލަ ހައްލު ކުރުމަށް ބަންގަލޭދޭޝް ސަރުކާރާއެކު ދަނީ މަޝްވަރާ ކުރަމުން: ފޮރިން މިނިސްޓްރީ
14 ޖެނުއަރީ 2017

އޯލެވެލް ނިންމާ ދަރިވަރުންނަށް ޔޫޑަބްލިޔޫސީގެ ސްކޮލަރޝިޕްގެ ފުރުސަތު ހުޅުވާލައިފި

14 ޖެނުއަރީ 2017
އޯލެވެލް ނިންމާ ދަރިވަރުންނަށް ޔޫޑަބްލިޔޫސީގެ ސްކޮލަރޝިޕްގެ ފުރުސަތު ހުޅުވާލައިފި
10 ޖެނުއަރީ 2017

ހަތަރު ބިލިއަން ރުފިޔާ ހިމެނޭ ދަރަނީގެ މައްސަލަތައް މިދިޔަ އަހަރު ސާބިތުވި: ސިވިލް ކޯޓް

10 ޖެނުއަރީ 2017
ހަތަރު ބިލިއަން ރުފިޔާ ހިމެނޭ ދަރަނީގެ މައްސަލަތައް މިދިޔަ އަހަރު ސާބިތުވި: ސިވިލް ކޯޓް
10 ޖެނުއަރީ 2017

އެމްޕީއެލް އިން ނެގި 85 މިލިއަން ރުފިޔާ ނުދައްކާ ތިން އަހަރު!

10 ޖެނުއަރީ 2017
އެމްޕީއެލް އިން ނެގި 85 މިލިއަން ރުފިޔާ ނުދައްކާ ތިން އަހަރު!
09 ޖެނުއަރީ 2017

2017 ވަނަ އަހަރުގެ ކިޔެވުން ފަށައިފި

09 ޖެނުއަރީ 2017
2017 ވަނަ އަހަރުގެ ކިޔެވުން ފަށައިފި
ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު