Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެބްރިޖް ޕްލެޓްފޯމް ފަރަށް އެރުން

ބްރިޖް ޕްލެޓްފޯމް ވިލިމާލެ ފަރަށް އަރައި ފަރަށް ގެއްލުން ލިބެމުންދާތީ ކުއްލި މައްސަލައެއް ހުށައަޅައިފި

22 އޯގަސްޓު 2022 | ހޯމަ 11:42

ބްރިޖް ޕްރޮޖެކްޓްގެ މަސައްކަތް ކުރަމުންދާ ފެންވަރު ސަރުކާރުގެ ކަމާގުޅުންހުރި އިދާރާތަކުން ވަރަށް ކައިރިން ބަލައި މިހާރުން މިހާރަށް ވެސް މުހިންމު ފިޔަވަޅިތަކެއް އަޅަން އެދިފައިވޭ

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް | 22 އޯގަސްޓު 2022 | ހޯމަ 11:42
ތިލަމާލެ ބްރިޖު އެޅުމަށް ބޭނުންކުރާ ޕްލެޓްފޯމެއް ފަަރަށް އަރައިފި

ތިލަމާލެ ބްރިޖު އެޅުމަށް ބޭނުންކުރާ ޕްލެޓްފޯމެއް ފަަރަށް އަރައިފި

ތިލަމާލެ ބްރިޖުގެ މަސައްކަތް ކުރުމަށް ބޭނުންކުރަމުންދިޔަ ޕްލެޓްފޯމް އެއް ވިލިމާލެ ފަރަށް އަރައި އެ ފަރަށް ގެއްލުން ލިބެމުންދާ މައްސަލައާއި ގުޅިގެން، ރައްޔިތުންގެ މަޖިލީހަށް ކުއްލި މައްސަލައެއް ހުށައަޅައިފިއެވެ.

މި މައްސަލަ ރައްޔިތުންގެ މަޖިލީހަށް ހުށައެޅުއްވީ ވިލިމާލެ ދާއިރާގެ މެންބަރު އަހުމަދު އުޝާމް އެވެ. އުޝާމު ހުށައެޅުއްވި މައްސަލައިގައި ވިދާޅުވެފައިވަނީ، މިއީ ތިލަމާލެ ބްރިޖުގެ މަސައްކަތްކުރުމަށްޓަކާ ބޭނުންކުރަމުންދިޔަ ޕްލެޓްފޯމް އެއް 16 އޮގަސްޓްގައި ވިލިމާލެ ފަރަށް އަރައި، ވިލިމާލޭގެ ފަރަށް ބޮޑެތި ގެއްލުންތަކެއް ވަމުން އަންނަ އިރު، މި ހާދިސާއަށް އެއް ހަފްތާވާން ކައިރިވާއިރު އަދި މިހާތަނަށް ވެސް އެ ޕްލެޓްފޯމް ފަރުމަތިން ނެގުމަށްޓަކައި ބްރިޖުގެ މަސައްކަތްކުރާ ކުންފުނިން ވެސް އަދި ސަރުކާރުގެ އިދާރާތަކުން ވެސް އެކަށީގެންވާ މަސައްކަތް ކުރަމުން ނުދާ ކަމަށެވެ.

Advertisement - newsAdvertisement

މިކަމުގެ ސަބަބުން އެ ސަރަހައްދުގެ ތިމާވެއްޓަށް އިއާދަނުކުރެވޭވަރުގެ ބޮޑެތި ގެއްލުންތަކެއް ވަމުން އަންނާތީ، އެ ފަރަށް ލިބެމުންދާ ގެއްލުންތައް ހުއްޓުވުމަށްޓަކާ އެ ޕްލެޓްފޯމް ފަރުމަތިން ނެގުމުގެ ކަންކަން ސަރުކާރުގެ ފަރާތުން މިހާރުން މިހާރަށް ފެށުމަކީ މުހިންމު ކަމެއް ކަމަށް ފެންނާތީއާއި، މިފަދަ ކަންކަން ތަކުރާރުވިޔަ ނުދިނުމަށްޓަކާ ބްރިޖް ޕްރޮޖެކްޓްގެ މަސައްކަތް ކުރަމުންދާ ފެންވަރު ސަރުކާރުގެ ކަމާގުޅުންހުރި އިދާރާތަކުން ވަރަށް ކައިރިން ބަލައި މިހާރުން މިހާރަށް ވެސް މުހިންމު ފިޔަވަޅުތަކެއް އަޅަންޖެހޭކަމަށް ފެންނަ ކަމަށް ވިދާޅުވެފައިވެއެވެ.

އަދި މިކަމުގައި ހުރި ކަންބޮޑުވުންތައް ރައްޔިތުންގެ މަންދޫބުން މެދުވެރިކޮށް ސަރުކާރާއި ދައުލަތުގެ ކަމާފުޅުންހުރި މުއައްސަސާތަކުގެ ސަމާލުކަމަށް ގެނައުމަށްޓަކައި ހުށައަޅާ މައްސަލައެއް ކަމަށް އުޝާމް ހުށަހެޅުއްވި މައްސަލައިގައި ވިދާޅުވެފައިވެއެވެ.

އޮގަސްޓް 16 ވަނަ ދުވަހު ފަރަށް އެރި ބްރިޖް ޕްލެޓްފޯމް އާއި ގުޅޭގޮތުން  ޕްލޭނިން މިނިސްޓްރީ އިން ބުނީ ވިލިމާލޭ ފަރު މައްޗަށް އަރާފައިވާ އެ ޕްލެޓްފޯމް ނެގުމުގެ މަސައްކަތް ކުރަމުން އަންނަކަމަށެވެ.

އެންމެ ހިނގާ

1

ދުނިޔޭގެ ދެވަނަ އަށް އެންމެ އަޑުފަށްގަނޑު ގަދަ ގައުމަކަށް ދިވެހިރާއްޖެ ހޮވިއްޖެ

2

އީރާންގެ އިޤްތިސާދަށް ނުރައްކާ ކުރިމަތިވެއްޖެ، އެކަމާ ސަރުކާރުން ލަދުގަނޭ: އީރާންގެ ރައީސް ޕެޒެޝްކިއާން

3

ގެއްލުނު ނާފިއުގެ އާއިލާ އިން އާދޭހާއެކު ސަރުކާރުގައި އަދިވެސް އެދެނީ އޭނާގެ ހަށިގަނޑު ހޯދައި ދިނުމަށް!

4

ދުނިޔޭގެ ބޮކްސިން ޗެމްޕިއަންކަން ދެ ފަހަރު ހޯދާފައިވާ ޓެޓޭ ގަޔަށް ބަޑިޖަހާ މަރާލައިފި

5

ގަތަރުގައި ހައްޔަރުކޮށްފައި ތިބި އީރާނުގެ ޕައިލެޓުންގެ ސިއްހީ ހާލަތު ވަރަށް ބޮޑަށް ގޯސްވަމުންދާ ކަމަށާއި މިހާރުން މިހާރަށް އެމީހުން ހަވާލުކުރުމަށް އީރާނުން އިންޒާރުދީފި

އިތުރަށް ކިޔާލަން

15 ފެބުރުއަރީ 2017

ކޮޅުވެއްޓިއެއް މާލެ އަތޮޅު އަކިރިފުށި ފަރަށް އަރައިފި

15 ފެބުރުއަރީ 2017
ކޮޅުވެއްޓިއެއް މާލެ އަތޮޅު އަކިރިފުށި ފަރަށް އަރައިފި
13 ފެބުރުއަރީ 2017

ފުވައްމުލަކަށް ދަތުރު ކުރި "ނާރެސް ބޯޓް" ފަރަށް އަރާއިފި

13 ފެބުރުއަރީ 2017
ފުވައްމުލަކަށް ދަތުރު ކުރި "ނާރެސް ބޯޓް" ފަރަށް އަރާއިފި
05 ފެބުރުއަރީ 2017

ބްރިޖް ހުޅުވެންދެން ނަމަވެސް މާލޭގައި މީހުން ވަޅުލެވޭނެ ގޮތް ހަމަޖައްސައިދީ: މަޚުލޫފް

05 ފެބުރުއަރީ 2017
ބްރިޖް ހުޅުވެންދެން ނަމަވެސް މާލޭގައި މީހުން ވަޅުލެވޭނެ ގޮތް ހަމަޖައްސައިދީ: މަޚުލޫފް
02 ފެބުރުއަރީ 2017

ހިލަ ހިފައިގެން އިނގުރައިދުއަށް ދިޔަ ބާޖެއް ފަރަށް އަރައިފި

02 ފެބުރުއަރީ 2017
ހިލަ ހިފައިގެން އިނގުރައިދުއަށް ދިޔަ ބާޖެއް ފަރަށް އަރައިފި
01 ފެބުރުއަރީ 2017

ހިންމަފުށީ ގެޔަކަށް އެނެއްކާވެސް ވަޒަނެއް އަރައިފި

01 ފެބުރުއަރީ 2017
ހިންމަފުށީ ގެޔަކަށް އެނެއްކާވެސް ވަޒަނެއް އަރައިފި
30 ޖެނުއަރީ 2017

ހިމާޔަތްކޮށްފައިވާ ގއ. ހިތާދޫ އަށް ފަތުރުވެރިންތަކެއް އަރައި ބޮޑެތި ގެއްލުންތަކެއް ދީފި

30 ޖެނުއަރީ 2017
ހިމާޔަތްކޮށްފައިވާ ގއ. ހިތާދޫ އަށް ފަތުރުވެރިންތަކެއް އަރައި ބޮޑެތި ގެއްލުންތަކެއް ދީފި
19 ޖެނުއަރީ 2017

މާލެއިން ފުރައިގެން ފެލިދޫއަށް ދަތުރު ކުރަމުންދިޔަ މުދާ އުފުލާ ދޯންޏެއް ފަރަކަށް އަރައިފި

19 ޖެނުއަރީ 2017
މާލެއިން ފުރައިގެން ފެލިދޫއަށް ދަތުރު ކުރަމުންދިޔަ މުދާ އުފުލާ ދޯންޏެއް ފަރަކަށް އަރައިފި
15 ޖެނުއަރީ 2017

ފަރަށް އެރި ބޯޓުގެ ޖޫރިމަނާއާމެދު އަދިވެސް ވަކި ގޮތެއް ނުނިންމާ: ޓްރާންސްޕޯޓް އޮފޯރިޓީ

15 ޖެނުއަރީ 2017
ފަރަށް އެރި ބޯޓުގެ ޖޫރިމަނާއާމެދު  އަދިވެސް ވަކި ގޮތެއް ނުނިންމާ: ޓްރާންސްޕޯޓް އޮފޯރިޓީ
12 ޖެނުއަރީ 2017

އައްޑޫ ސިޓީގައި ކާރެއް ކޮންޓްރޯލް ނުވެގެން ގޮސް ފާރަކަށް އަރައިފި

12 ޖެނުއަރީ 2017
އައްޑޫ ސިޓީގައި ކާރެއް ކޮންޓްރޯލް ނުވެގެން ގޮސް ފާރަކަށް އަރައިފި
12 ޖެނުއަރީ 2017

ވިލިމާލެގައި އަމިއްލަ އަށް މަރުވަން ކަނޑަށް އެރިއުޅުނު އަންހެނަކު ސަލާމަތްކޮށްފި

12 ޖެނުއަރީ 2017
ވިލިމާލެގައި އަމިއްލަ އަށް މަރުވަން ކަނޑަށް އެރިއުޅުނު އަންހެނަކު ސަލާމަތްކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް