Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެހުކުރު ޚުތުބާ

ނުޙައްޤުން މީހުން މެރުމާއި މީހުންގެ ނަފްސަށް ގެއްލުން ދިނުން ހުއްޓުމަށް އޮތް ނިހާއީ ހައްލަކީ އިލާހީ ޝަރީއަތް ތަންފީޒު ކުރުން: ޚުތުބާ

19 އޯގަސްޓު 2022 | ހުކުރު 08:09

ޙައްގަކާއި ނުލައި އިންސާނަކު ޤަތުލު ކުރުމަކީ އެންމެ ބޮޑެތި ފާފަތަކުގެ ތެރެއިން ވާކަމެއް

އިދުހާމް ނަޢީމް
އިދުހާމް ނަޢީމް | 19 އޯގަސްޓު 2022 | ހުކުރު 08:09
ހުކުރު ނަމާދު ކުރިއަށްދަނީ

ހުކުރު ނަމާދު ކުރިއަށްދަނީ

ނުޙައްޤުން މީހުން މެރުމާއި މީހުންގެ ނަފްސަށް ގެއްލުން ދިނުން ހުއްޓުމަށް އޮތް ނިހާއީ ހައްލަކީ އިލާހީ ޝަރީއަތް ތަންފީޒުކޮށް، ޤިސާސް ހިފުން ކަމަށް ހުކުރު ޚުތުބާގައި ބުނެފިއެވެ.

ރާއްޖޭގެ ހުރިހާ ރަށެއްގައި "ނަފްސުގެ ހުރުމަތްތެރިކަން" މި މައުޝޫއަށް ހުކުރު ދުވަހު އިއްވި ޚުތުބާގައި ބުނީ ﷲ ތަޢާލާ ހެއްދެވި ގިނަ މަޚުލޫގުންގެ މައްޗަށް އިންސާނާ މާތްކުރައްވައި މަތިކުރައްވައި، އުޑުތަކާއި ބިމުގައި ވާހައެއްްޗެއް އިންސާނާގެ ޚިދުމަތުގައި ލައްވާފައިވުމުން އިސްލާމް ދީނުގެ ނަޒަރުގައި އިންސާނާގެ ނަފްސަކީ ވަރަށް ބޮޑަށް ހުރުމަތްތެރިވެގެންވާ އެއްޗެއްކަން އެނގޭ ކަމަށެވެ. އަދި ޙައްގަކާއި ނުލައި އިންސާނަކު ޤަތުލު ކުރުމަކީ އެންމެ ބޮޑެތި ފާފަތަކުގެ ތެރެއިން ވާކަމަކަށްވި ނަމަވެސް، މިއަދު މުޖުތަމަޢުން މި ބޮޑު ފާފައަށް އަރައިގަތުން ދެކެނީ ވަރަށް އާދައިގެ ކުޑަ ކަމެއްގެ ގޮތުގައި ކަމަށް ވަނީ ބުނެފައެވެ.

Advertisement - newsAdvertisement

ހަނގުރާމައިގެ ހާލަތުގައި ވެސް ކުރުން ޙަރާމް ކުރައްވާފައިވާ އަމަލެއް ކަމަށްވާ ގުނަވަންތައް ބުރިބުރިކޮށް ވަކިކުރާކަން ފާހަގަކޮށް ޚުތުބާގައި ބުނެފައިވަނީ ނުޙައްގުން އެންމެ ނަފުސެއް ވެސް މަރާލުމަކީ ހުރިހާ އިންސާނުން މަރާލުން ފަދަ ނުބައިކަން ބޮޑު ޢަމަލެއް ކަމަށް ކީރިތި ޤުރުއާނުގައި ބަޔާން ކުރައްވާފައިވާ ކަމަށެވެ.

ދިރިހުރުމުގެ ޙައްގަކީ އިންސާނާގެ އެންމެ އަސާސީ ޙައްގުކަން ފާހަގަކޮށް ހުކުރު ޚުތުބާގައި ވަނީ އެ ޙައްގަށް ހުރުމަތްކޮށް ހިތަނީ ކިތައް މީހުންތޯ ސުވާލު އުފައްދާފައެވެ. ޙައްގަކާ ނުލައި އެންމެންގެ ކުރިމަތީގައި އަނިޔާކޮށް، މީހުން މަރަމުންދާއިރު އަނިޔާ ލިބޭ މީހާ ދިފާއުނުކޮށް ކުޅި ބަލަން ތިބެނީ ކިތައް މީހުންތޯ ސުވާލު އުފައްދައި ޚުތުބާގައި ބުނެފައިވަނީ މިއީ ހިތުގައި ރަހުމުހުރި ކޮންމެ މީހަކު ކަރުނަ އަޅައި ރޯން ޖެހޭ ވަރުގެ ހިތާމަ ހުރި ކަމެއް ކަމަށެވެ.

އިސްލާމް ދީނާއި ބައިނަލްއަގުވާމީ މުއާހަދާތަކުގައިވެސް އިންސާނުންގެ ފުރާނަ ހިމާޔަތްކުރުމުގެ ޙައްގު ލިބިދީފައިވާއިރު ނުޙައްގުން މީހުން މެރުމާއި މީހުންގެ ނަފުސަށް ގެއްލުންދިނުން ހުއްޓުމަށް އޮތް ނިހާއީ ހައްލަކީ އިލާހީ ޝަރީއަތް ތަންފީޒުކޮށް، ޤިސާސް ހިފުން ކަމުގައި ކީރިތި ޤުރުއާނުގައި މާތް ﷲ އަންގަވާފައިވާ ކަމަށް ޚުތުބާގައި ވަނީ ބުނެފައެވެ.

ދީނުގައި ކަންތައްތަކެއް މަނާކުރައްވާފައިވަނީ އިންސާނާގެ ހެވާ ލާބައަށްޓަކައިކަން ފާހަގަކޮށް ޚުތުބާގައި ބުނެފައިވަނީ ހަވާ ނަފުސައް ހެއްލި ކަންކަން ކުރުމުން ފަހުން ދެރަވެ، ހިތާމަ ކުރަން ޖެހޭނެ ކަމަށެވެ. އަދި މަރު އައިސް ބައްދަލުވުމުގެ ކުރިން ތައުބާވެ، ފާފަތަކާ ދުރުހެލިވުމަށް ޚުތުބާގައި ވަނީ އިލްތިމާސްކޮށްފައެވެ.

ހުކުރު ޚުތުބާ

އެންމެ ހިނގާ

1

އާރްޑީސީން މަގު ކޮނުމުގެ ތެރޭގައި ފާރެއް ވެއްޓި އުމުރުން ދުވަސްވީ މީހަކު "ވަޅުލެވިއްޖެ"

2

ޓްރަމްޕް ފަދަ ރައީސްއަކާ އީރާން އަށް ކުރިމަތިލާާން ޖެހިފައި ނުވޭ، އީރާންގެ ވެރިކަން ބަދަލުވާން ޖެހޭ: ރޫބިއޯ

3

އިދިކޮޅުން ދޭ އިންޒާރުތަކަކީ ހަގީގީ ނުރައްކަލުގެ ގޮތުގައި ބަލާނަން: އީރާންގެ ވަގުތީ ޑިފެންސް މިނިސްޓަރު

4

ޓްރަމްޕްގެ "ތިންވަނަ ހަނގުރާމަ" ވެސް ނާކާމިޔާބުވެ އެމެރިކާ ބަލިވެއްޖެ: އީރާނުގެ ލީޑަރުގެ އެޑްވައިޒަރ

5

މޮޅުވެވެން ނެތް، އަދި ބަލިވެވެން ވެސް ނެތް ހަނގުރާމައެއްގައި އެމެރިކާގެ ރައީސް ތާށިވެފައި!

އިތުރަށް ކިޔާލަން

12 ޑިސެމްބަރު 2025

އިގްތިސާދީ ގޮތުން ފުދުންތެރި ބަޔަކަށް ދިވެހީން ވާން ޖެހޭ ނަމަވެސް ބިދޭސީންގެ އަތްތަކަށް ދަނީ ބަރޯސާވަމުން: ޚުތުބާ

12 ޑިސެމްބަރު 2025
އިގްތިސާދީ ގޮތުން ފުދުންތެރި ބަޔަކަށް ދިވެހީން ވާން ޖެހޭ ނަމަވެސް ބިދޭސީންގެ އަތްތަކަށް ދަނީ ބަރޯސާވަމުން: ޚުތުބާ
07 ނޮވެމްބަރު 2025

އުފާވެރިކަން އޮތީ ފައިސާއާއި މަޝްހޫރު ކަމުގައި ނޫން، ހަގީގީ ބާއްޖަވެރިކަމަކީ ހިތުގެ އުފާވެރިކަމާއި ނަފުސުގެ ހަމަޖެހުން: ޚުތުބާ

07 ނޮވެމްބަރު 2025
އުފާވެރިކަން އޮތީ ފައިސާއާއި މަޝްހޫރު ކަމުގައި ނޫން، ހަގީގީ ބާއްޖަވެރިކަމަކީ ހިތުގެ އުފާވެރިކަމާއި ނަފުސުގެ ހަމަޖެހުން: ޚުތުބާ
31 އޮކްޓޯބަރު 2025

ދެކޮޅުވެރިކަމާއި، ހަސަދަވެރިކަމުން ދުރުހެލިވުމަށް ޚުތުބާގައި ގޮވާލައިފި

31 އޮކްޓޯބަރު 2025
ދެކޮޅުވެރިކަމާއި، ހަސަދަވެރިކަމުން ދުރުހެލިވުމަށް ޚުތުބާގައި ގޮވާލައިފި
24 އޮކްޓޯބަރު 2025

ވަލިއްޔުންނަށް އިހްތިރާމުކުރުމުގެ ނަމުގައި، ބިދުއަތައް ވަނީ ފެތުރިފައި، މިއީ ޝިރުކުގެ އަމަލެއް: ޚުތުބާ

24 އޮކްޓޯބަރު 2025
ވަލިއްޔުންނަށް އިހްތިރާމުކުރުމުގެ ނަމުގައި، ބިދުއަތައް ވަނީ ފެތުރިފައި، މިއީ ޝިރުކުގެ އަމަލެއް: ޚުތުބާ
22 އޮކްޓޯބަރު 2025

މި ސަރުކާރުން ވަނީ ހުކުރު ޚުތުބާ ވެސް ސިޔާސީ ކޮށްފައި: ކުރީގެ އިސްލާމިކް މިނިސްޓަރު

22 އޮކްޓޯބަރު 2025
މި ސަރުކާރުން ވަނީ ހުކުރު ޚުތުބާ ވެސް ސިޔާސީ ކޮށްފައި: ކުރީގެ އިސްލާމިކް މިނިސްޓަރު
22 އޮކްޓޯބަރު 2025

ކުރީގެ ރައީސް ސާލިހުގެ ސަރުކާރުގައި ދެ ޚުތުބާއެއް ފޮރުވާފައިވާ ކަމަށް ވިދާޅުވެ، މިނިސްޓަރު ޝަހީމް މަޖިލީހުގައި ދޮގު ހައްދަވައިފި

22 އޮކްޓޯބަރު 2025
ކުރީގެ ރައީސް ސާލިހުގެ ސަރުކާރުގައި ދެ ޚުތުބާއެއް ފޮރުވާފައިވާ ކަމަށް ވިދާޅުވެ، މިނިސްޓަރު ޝަހީމް މަޖިލީހުގައި ދޮގު ހައްދަވައިފި
17 އޮކްޓޯބަރު 2025

ފަރުޟު ނަމާދަށް ރައްކާތެރިވޭ، ނަމާދު ދޫކޮށްލައިފި މީހާ ދީނުން ބޭރުވާނެ: ޚުތުބާ

17 އޮކްޓޯބަރު 2025
ފަރުޟު ނަމާދަށް ރައްކާތެރިވޭ، ނަމާދު ދޫކޮށްލައިފި މީހާ ދީނުން ބޭރުވާނެ: ޚުތުބާ
03 އޮކްޓޯބަރު 2025

މުސްލިމުންނަކީ، ޚިޔާލުފާޅުކުރުމުގެ މިނިވަންކަމުގެ ނަމުގައި، ކޮންމެ ފަދަ ވާހަކައެއް ދެއްކުން ހުއްދަވެގެންވާ ބަޔެއް ނޫން: ޚުތުބާ

03 އޮކްޓޯބަރު 2025
މުސްލިމުންނަކީ، ޚިޔާލުފާޅުކުރުމުގެ މިނިވަންކަމުގެ ނަމުގައި، ކޮންމެ ފަދަ ވާހަކައެއް ދެއްކުން ހުއްދަވެގެންވާ ބަޔެއް ނޫން: ޚުތުބާ
26 ސެޕްޓެމްބަރު 2025

އިސްލާމްދީނުގެ އަހުލުވެރީން ޣައިރުދީންތަކުގެ ރަސްމިއްޔާތުތަކުގައި ބައިވެރިވެ އުޅުމަކީ ދީނީ ޝަޚުސިއްޔަތު ހަލާކުވާނެ ކަމެއް: ޚުތުބާ

26 ސެޕްޓެމްބަރު 2025
އިސްލާމްދީނުގެ އަހުލުވެރީން ޣައިރުދީންތަކުގެ ރަސްމިއްޔާތުތަކުގައި ބައިވެރިވެ އުޅުމަކީ ދީނީ ޝަޚުސިއްޔަތު ހަލާކުވާނެ ކަމެއް: ޚުތުބާ
19 ސެޕްޓެމްބަރު 2025

މާތް الله ނުރުއްސަވާކަންތައް ގިނަވެ، ފާހިޝު ކަންތައްތައް އާންމު ވެއްޖެނަމަ އެ މުޖުތަމައެއް ފަސާދަވެ ފަނާވާނެ: ޚުތުބާ

19 ސެޕްޓެމްބަރު 2025
މާތް الله ނުރުއްސަވާކަންތައް ގިނަވެ، ފާހިޝު ކަންތައްތައް އާންމު ވެއްޖެނަމަ އެ މުޖުތަމައެއް ފަސާދަވެ ފަނާވާނެ: ޚުތުބާ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް