Raajje.mv
Raajje.mv
  • ރާއްޖެ
  • ކުޅިވަރު
  • ދުނިޔެ
  • ވިޔަފާރި - އިގްތިސާދު
  • ރިޕޯޓު
  • ފޮޓޯ
  • ވާހަކަ
  • ސިއްހަތު
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ބޯހިޔާވަހިކަން

ގޯއްޗާއި ފުލެޓްއަށް އެދި 10،000ށް ވުރެ ގިނަ އެޕްލިކޭޝަން ހުށައަޅައިފި

މި ސްކީމުން ގޯތި ހޯދަން އެދި ވަކި ފަރުދަކަށް ނުވަތަ އެކަކަށްވުރެ ގިނަ މީހުން އެކުވެގެން ޖޮއިންޓް އެޕްލިކޭޝަނެއް ވެސް ހުށަހެޅިދާނެ

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް, ރާއްޖެ އެމްވީ | 18 އޯގަސްޓު 2022 | ބުރާސްފަތި 08:25
ހުޅުމާލެ ދެވަނަ ފޭސް - މިތަނުން 1000 ގޯތި ދޫކުރާނެ

ހުޅުމާލެ ދެވަނަ ފޭސް - މިތަނުން 1000 ގޯތި ދޫކުރާނެ

މާލޭގެ ރައްޔިތުންނަށް ދޫކުރާ ގޯއްޗާއި، މާލޭގެ ރައްޔިތުންނާއި 15 އަހަރަށްވުރެ ގިނަ ދުވަސްވަންދެން މާލޭގައި ދިރިއުޅެފައިވާ ފަރާތްތަކަށް ފްލެޓަށް އެދި ކުރިމަތިލުމަށް ހުޅުވާލި ފުރުޞަތުގައި މިހާތަނަށް 10,000ށް ވުރެ ގިނަ ފޯމު ލިބިފައިވާކަމަށް މިނިސްޓްރީ އޮފް ނޭޝެނަލް ޕްލޭނިންގ ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރއިން ބުނެފިއެވެ.

ޕްލޭނިންގެ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީން ވިދާޅުވީ ސަރުކާރުގެ ގެދޮރުވެރިޔާ ސްކީމްގެ ދަށުން ފްލެޓަށް އެދި، އޮންލައިން ޕޯޓަލް މެދުވެރިކޮށް ހުށަހަޅަން ހުޅުވާލުމާއެެކު އެކަމަށް ބޮޑު ތަރުހީބެއް ލިބެމުން އަންނަ ކަމަށެވެ. އަދި މިހާތަނަށް 10,000ށް ވުރެ ހިނަ ފޯމް އޮންލައިންކޮށް ހުށަހަޅާފައިވާ ކަމަށާއި، ފޯމްތައް ލިބެމުން ދާ ވަރަކަށް އެ ބަލަމުންދާނެ ކަމަށެވެ. ޖޫން މަހުގެ 26 ވަނަ ދުވަހުން ފެށިގެން އޮންލައިންކޮށް ފޯމު ހުށަހެޅުމުގެ ފުރުސަތު ވަނީ ހުޅުވާލާފައެވެ. މި މުއްދަތު ހަމަވާނީ އަންނަ މަހުގެ ނިޔަލަށެވެ.

Advertisement - newsAdvertisement

މާލެއަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލު ހޯދުމަށް ސަރުކާރުން ކުރިއަށް ގެންދާ ގޮދޮރުވެރިން ޕްރޮގްރާމުގެ ތެރެއިން މާލެ ރައްޔިތުންނަށް ގޯތި ދިނުމަށް ހިންގާ ބިންވެރިޔާ ސްކީމުގެ ދަށުން މާލެ ސަރަހައްދުން ބަންޑާރަ ގޯތި ދޫކުރުމަށް ހަމަޖެހިފައިވާ އުސޫލާއި، ގޯތި ލިބޭނެ ގޮތްތަކާއި، ޝަރުތުތަކާއި ލިބޭ ގޯތީގެ ސައިޒްތައް ވަނީ އާންމުކޮށްފައެވެ.

ޝަރުތު ހަމަވާ ފަރާތްތަކުގެ ޝަރުތުތަކުގެ ތެރޭގައި ހިމެނެނީ މާލޭގެ ރައްޔިތެއް ކަމުގައިވުން (މާލޭގެ ރައްޔިތެއް ކަމުގައި ބަލާނީ އެއްވެސް އިރެއްގައި މާލެ ފިޔަވައި އެހެން އެއްވެސް ތަނެއްގެ ރަޖިސްޓްރީގައި ޖެހިފައިނުވާ ފަރާތްތަކަށް)، އުމުރުން 18 އަހަރު ފުރިފައިވުން (އުމުރު ހަމަވެފައިވާކަމަށް ބަލާނީ ސްކީމްގެ ފޯމް ހުށަހަޅާ މުއްދަތުގެ ތާރީހަށް)، މާލެ ސަރަހައްދުގައި ތިމާގެ އަމިއްލަ ނަމުގައި 600 އަކަފޫޓަށްވުރެ ބޮޑު ބިމެއް ނުވަތަ ބޯހިޔާވަހިކަމެއް ރަޖިސްޓްރީވެފައިވާ ފަރާތެއްކަމުގައި ނުވުމާއި، މާލެ ސަރަހައްދުގައި ތިމާގެ އަމިއްލަ ނަމުގައި 600 އަކަފޫޓަށްވުރެ ކުޑަ ބަންޑާރަ ބިމެއް ރަޖިސްޓްރީވެފައިވާ ނަމަ އެތަނެއް މި އުސޫލާ އެއްގޮތަށް ދޫކޮށްލަން އެއްބަސްވާ ފަރާތެއް ކަމުގައިވުން ހިމެނެއެވެ. އަދި ސަރުކާރުން ހިންގާފައިވާ އަސާސީ ބޯހިޔާވަހިކަމުގެ ސްކީމަކުން އެއްވެސް ބޯހިޔާވަހިކަމެއް މިހާތަނަށް ލިބިފައިވާ މީހަކު ކަމުގައި ނުވުމާއި، މާލެ ސަރަހައްދުން ބަންޑާރަ ގޯއްޗަކުން ބަހައިގެން ވާރުތައިން ލިބެން އޮންނަ ބޯހިޔާވަހިކަން، މި އުސޫލާ އެއްގޮތަށް ދޫކޮށްލަން އެއްބަސްވާ ފަރާތެއް ކަމުގައިވުން އަދި މާލެ ސަރަހައްދުގައި އަމިއްލަ ނަމުގައި އޮތް ބަންޑާރަ ގޯއްޗެއް އެހެން ފަރާތަކަށް ދީ، ނުވަތަ ދޫކޮށްލާ، ނުވަތަ ވިއްކާލާފައިވާ ފަރާތަކަށް ނުވުން ޝަރުތުތަކުގެ ތެރޭގައި ހިމެނެއެވެ.

މި ސްކީމުން ގޯތި ހޯދަން އެދި ވަކި ފަރުދަކަށް ނުވަތަ އެކަކަށްވުރެ ގިނަ މީހުން އެކުވެގެން ޖޮއިންޓް އެޕްލިކޭޝަނެއް ވެސް ހުށަހެޅިދާނެއެވެ. އެޕްލިކެންޓްގެ ގޮތުގައި ބައިވެރިވާ ހުރިހާ ފަރާތެއްގެވެސް ޝަރުތު ހަމަވާންވާނެއެވެ. ޖޮއިންޓް އެޕްލިކޭންޓުންގެ ގޮތުގައި އެޕްލިކޭޝަން ހުށަހެޅޭނީ އެކަކަށްވުރެ ގިނަ މީހުންގެ ނަމުގައި ރަޖިސްޓްރީވެފައި އޮންނަ ގޯތީގެ ބެހެނިވެރިންނެވެ. "ބެހެނިވެރިން" ކަމުގައި ބަލާނީ ބިން ރަޖިސްޓްރީވެފައިވާ މީހުންނެވެ. އަދި އާއިލާ ކަމަށް ބަލާނީ (އިމީޑިއަޓް ފެމިލީ) މަންމަ، ބައްޕަ އަދި ދަރިންނެވެ.

ބިންވެރިޔާ ސްކީމަށް ހުށަހަޅާ ފަރާތްތަކުން ދޫކޮށްލާ ބިމާ މެދު އަމަލުކުރާނެ ގޮތްތަކުގެ ތެރޭގައި ހިމެނެނީ އެކަކަށްވުރެ ގިނަ މީހުންގެ ނަމުގައި ރަޖިސްޓްރީކޮށްފައި އޮންނަ ބިމުން އެމީހާ ދޫކޮށްލާ ބައި ލިބޭނީ ބިމުގެ ދެންތިބި ބެހެނިވެރިންނަށެވެ. ނުވަތަ ބިން ނިސްބަތްވާ ހުރިހާ ބެހެނިވެރިން ދޫކޮށްލުމުން އެބިން ލިބޭނީ ސްކީމް ހިންގާ ފަރާތަށެވެ. އަދި ތިމާގެ ނަމުގައި އެކަނި ރަޖިސްޓްރީކޮށްފައި އޮންނަ ބިން ދޫކޮށްލުމުން އެ ބިން ލިބޭނީ ސްކީމް ހިންގާ ފަރާތަށެވެ.

ބަންޑާރަ ގޯއްޗަކުން ބިމުން ބަހައިގެން ލިބެން އޮންނަ ބައި ދޫކޮށްލުމުން އެބައި ލިބޭނީ އެ ބިމުގެ ދެންތިބި ވާރިސުންނަށެވެ.

ގޯތި ލިބޭ ފަރާތް ކަނޑައެޅުމަށްޓަކައި، ފޯމްތައް އިވެލުއޭޓް ކުރުމުގެ ބޭނުމަށް، އެކިއެކި ކެޓަގަރީތަކަށް ފޯމުތައް ބަހައިލެވޭނެއެވެ. އެހެންނަމަވެސް އެ ކެޓަގަރީތަކަކީ ގޯތި ލިބޭ ފަރާތްތައް ކަނޑައެޅުމުގައި އިސްކަންދޭނެ ތަރުތީބެއް ނޫނެވެ.

ގޯތި ދިނުމުގައި ބަލާނީ ގޯއްޗަށް އެދި ހުށަހެޅި ފަރާތުގެ މާލެ ސަރަހައްދުގައި ހުރި ބޯހިޔާވަހިކަމަށާއި، އެ ފަރާތްތަކުގެ އާމްދަނީ އަދި އާއިލާގެ ހާލަތަށެވެ.

ގޯތި ލިބޭ ފަރާތްތައް ކަނޑައެޅުމަށްޓަކައި އިވެލުއޭޓް ކުރުމަށް 6 ކެޓަގަރީއަށް ފޯމްތައް ބަހޭލެވޭނެއެވެ.

ކެޓަގަރީތަކުގެ ތެރޭގައި އިސްކަންދޭނެ ތަރުތީބަކީ، ކޮންމެ ކެޓަގަރީއެއްގައި ހިމެނޭ ފަރާތްތަކުގެ ތެރެއިން، ގޯތި ލިބޭ ފަރާތްތައް ކަނޑައަޅާ ކަންކަމުގެ ތެރެއިން ފުރަތަމަ އިސްކަންދޭނީ، އާއިލާއެއްކޮށް ނުވަތަ ގޯތީގެ ހުރިހާ ބެހެނިވެރިން އެއްކޮށް ހުށަހަޅާ އެޕްލިކޭޝަނަށެވެ.

ދެވަނައަށް އިސްކަންދޭނީ އާއިލާގެ މެންބަރުންގެ ތެރެއިން އެކަކަށް ވުރެ ގިނަ މީހުން އެކުގައި ނުވަތަ ގޯތީގެ ބެހެނިވެރިންގެ ތެރެއިން އެކަކަށް ވުރެ ގިނަ މީހުން އެކުގައި ހުށަހަޅާ އެޕްލިކޭޝަނަށެވެ.

ތިން ވަނައަށް އިސްކަންދެވޭނީ އެކަނި ހުށަހަޅާ އެޕްލިކޭޝަނަށެވެ.

ގޯތި ލިބޭނެ ބޮޑުމިން ކަނޑައަޅާނެ ގޮތަކީ، ކޮންމެ އެޕްލިކޭޝަނަކަށް ލިބޭނެ ގޯތީގެ އެންމެ ކުޑަ ސައިޒަކީ 1250 އަކަފޫޓެވެ. އެކަކަށްވުރެ ގިނަ މީހުންގެ ނަމުގައި އެޕްލިކޭޝަން ލާނަމަ އިތުރުވާ ކޮންމެ މީހަކަށް 400 އަކަފޫޓު ގޯތީގެ ބޮޑުމިނަށް އިތުރުކުރެވޭނެއެވެ. 7 މީހުންނަށްވުރެ ގިނަ މީހުން ޖޮއިންޓް އެޕްލިކޭޝަންގައި ބައިވެރިވާނަމަ، އެ އެޕްލިކޭޝަނަށް ލިބޭނީ ޖުމްލަ 4000 އަކަފޫޓެވެ.

މާލޭ ރައްޔިތުންނަށް ގެދޮރުވެރިޔާ ސްކީމުގެ ދަށުން ހުޅުވާލި 4000 ފުލެޓަށް އެދުމުގެ ފުރުސަތު ވެސް ޖޫން މަހުގެ 26 ވަނަ ދުވަހުން ފެށިގެން ވަނީ ހުޅުވާލާފައެވެ.

ގޯތި ގެދޮރުމިނިސްޓަރ އޮފް ނެޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ, މުޙައްމަދު އަސްލަމްމިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ, ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ

ކޮމެންޓް

އިތުރަށް ކިޔާލަން

މި ސަރުކާރުގެ ވިސްނުން ހުރީ ރާއްޖޭގެ އެންމެ ނިކަމެތި މީހާ ފެލާލައިގެން އާމްދަނީ ހޯދުމުގެ ވިސްނުން: ސައިފް

މި ސަރުކާރުގެ ވިސްނުން ހުރީ ރާއްޖޭގެ އެންމެ ނިކަމެތި މީހާ ފެލާލައިގެން އާމްދަނީ ހޯދުމުގެ ވިސްނުން: ސައިފް

02 އޯގަސްޓު 2025
ކުރީގެ ހައުސިންގ މިނިސްޓްރީގެ ނަމުގައި މި ސަރުކާރުގެ ތެރޭގައި އެޗްޑީސީ އިން ވަގު ޑޮކިއުމެންޓް ހެދިކަން ކަށަވަރު!

ކުރީގެ ހައުސިންގ މިނިސްޓްރީގެ ނަމުގައި މި ސަރުކާރުގެ ތެރޭގައި އެޗްޑީސީ އިން ވަގު ޑޮކިއުމެންޓް ހެދިކަން ކަށަވަރު!

21 ޑިސެމްބަރު 2024
ކުރިއަށް އޮތް މަސް ދުވަހުގެ ތެރޭގައި ފްލެޓާއި ގޯތި ދޫކުރަން ޖެހޭނެ، ދޫނުކުރާނަމަ ސީދާ ހަރަކާތަށް ނުކުންނާނަން: އެމްޑީޕީ

ކުރިއަށް އޮތް މަސް ދުވަހުގެ ތެރޭގައި ފްލެޓާއި ގޯތި ދޫކުރަން ޖެހޭނެ، ދޫނުކުރާނަމަ ސީދާ ހަރަކާތަށް ނުކުންނާނަން: އެމްޑީޕީ

19 ޑިސެމްބަރު 2024
ގޯތި ލިބިފައިވާ އެއްވެސް މީހެއްގެ ހައްގަށް އުނިކަން ނުލިބޭނެކަމުގެ ޔަގީންކަން ސަރުކާރު ދީފި

ގޯތި ލިބިފައިވާ އެއްވެސް މީހެއްގެ ހައްގަށް އުނިކަން ނުލިބޭނެކަމުގެ ޔަގީންކަން ސަރުކާރު ދީފި

19 ޑިސެމްބަރު 2024
ހުޅުމާލެއިން ވަގަށް ގޯތިތަކެއް ދިން މައްސަލައިގެ ތަހުގީގަށް ފުލުހުން އެޗްޑީސީއަށް ވަދެއްޖެ

ހުޅުމާލެއިން ވަގަށް ގޯތިތަކެއް ދިން މައްސަލައިގެ ތަހުގީގަށް ފުލުހުން އެޗްޑީސީއަށް ވަދެއްޖެ

18 ޑިސެމްބަރު 2024

އަހަރުތަކުން މިއަދު

6 ޖެނުއަރީ
އެޗްއެމްޕީވީ އާ ބެހޭގޮތުން އެނގެން ޖެހޭ ކަންތައްތައް
20251 އަހަރު ކުރިން
ސިއްހަތު

އެޗްއެމްޕީވީ އާ ބެހޭގޮތުން އެނގެން ޖެހޭ ކަންތައްތައް

ބޮޑުވަޒީރު މޯދީއަށް ފާޑުކި ސަރުކާރުގެ ތިން ނައިބު ވަޒީރަކު ސަސްޕެންޑް ކޮށްފި
20242 އަހަރު ކުރިން
ރާއްޖެ

ބޮޑުވަޒީރު މޯދީއަށް ފާޑުކި ސަރުކާރުގެ ތިން ނައިބު ވަޒީރަކު ސަސްޕެންޑް ކޮށްފި

މަސްތުވާތަކެތީގެ ވިޔަފާރީގެ ބޮޑެއް ކަމަށްވާ އެލް ޗެޕޯގެ ދަރިފުޅު ހައްޔަރުކޮށްފި
20233 އަހަރު ކުރިން
ދުނިޔެ

މަސްތުވާތަކެތީގެ ވިޔަފާރީގެ ބޮޑެއް ކަމަށްވާ އެލް ޗެޕޯގެ ދަރިފުޅު ހައްޔަރުކޮށްފި

ރަނުގެ ލާރި ދިނީ ދިވެހިންގެ ޖީބުން ނަގާފައެއް ނޫން
20224 އަހަރު ކުރިން
ރިޕޯޓު

ރަނުގެ ލާރި ދިނީ ދިވެހިންގެ ޖީބުން ނަގާފައެއް ނޫން

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް މަގާމުން ވަކި ކުރުމުގެ މަސައްކަތް ފަށައިފި
20215 އަހަރު ކުރިން
ދުނިޔެ

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް މަގާމުން ވަކި ކުރުމުގެ މަސައްކަތް ފަށައިފި

ހަކުރުބަލި ހުންނަ މީހުން ކުކުޅު ބިސް ކެއުމަކީ ރަނގަޅު ކަމެއްތަ؟
20197 އަހަރު ކުރިން
ސިއްހަތު

ހަކުރުބަލި ހުންނަ މީހުން ކުކުޅު ބިސް ކެއުމަކީ ރަނގަޅު ކަމެއްތަ؟

ނިހާންގެ ކޮއްކޮގެ ދެކޮޅު ނުޖެހޭ ވާހަކަތަކުން ފަޅާއެރި ހަގީގަތް!
20188 އަހަރު ކުރިން
ރިޕޯޓު

ނިހާންގެ ކޮއްކޮގެ ދެކޮޅު ނުޖެހޭ ވާހަކަތަކުން ފަޅާއެރި ހަގީގަތް!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު