Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެޝަރީއަތްތައް އަވަސްކުރުން

"ޤާނޫނުގައި ބުނާ މުއްދަތާއި އެއްގޮތަށް މައްސަލަތައް ކުރިއަށް ނުގެންދަވާ ފަނޑިޔާރުންގެ މައްސަލަތައް ބަލަންޖެހޭނެ"

7 ފެބުރުއަރީ 2022 | ހޯމަ 06:46

މެމްބަރުން ވަނީ ކޯޓުތަކުގައި ޝަރީއަތްތައް ދިގުލައިގެންދާ މައްސަލައަށް އަލިއަޅުވާލައްވާފައި

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 7 ފެބުރުއަރީ 2022 | ހޯމަ 06:46
ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ޙަަސަން ލަތީފް

ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ޙަަސަން ލަތީފް

ޤާނޫނުގައި ބުނާ މުއްދަތަށް ފަނޑިޔާރުން އަމަލު ކުރާނަމަ، 4 މަހެއްހާ ދުވަސް ތެރޭގައި މައްސަލަ ނިންމާލެވޭނެކަމަށް ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ޙަަސަން ލަތީފް ވިދާޅުވެއްޖެއެވެ.

ފަނޑިޔާރުންގެ ޤާނޫނަށް އިސްލާޙު ގެނައުމަށް ހުށައަޅާފައިވާ ބިލަށް ވާހަކަ ދައްކަވަމުން މެމްބަރުން ވަނީ ކޯޓުތަކުގައި ޝަރީއަތްތައް ދިގުލައިގެންދާ މައްސަލައަށް އަލިއަޅުވާލައްވާފައެވެ. އެގޮތުން މެމްބަރު ޙަސަން ލަތީފް ވިދާޅުވީ، ކޯޓުތަކުގެ ޤާނޫނާއި މުޅި ޖިނާއީ އިޖުރާއަތުގެ ނިޒާމަށް މި މަޖިލީހުން ގިނަ އިސްލާޙުތަކެއް ގެނެސްފައިވާ ކަމަށެވެ. އެހެންނަމަވެސް، ކޯޓުތަކުގައި އަދިވެސް މައްސަލަތައް ދިގުލައިގެންދާއިރު، ޤާނޫނުގައި ބުނާ މުއްދަތަށް ފަނޑިޔާރުން އަމަލު ކުރާނަމަ، 4 މަހެއްހާ ދުވަސް ތެރޭގައި އެ މައްސަލައެއް ނިންމާލެވޭނެކަން މެމްބަރު ޙަސަން ލަތީފް ފާހަގަ ކުރެއްވިއެވެ.

Advertisement - newsAdvertisement

ވަކިން ޚާއްސަކޮށް ޖިނާއީ އިޖުރާއަތުގެ ޤާނޫނުގައި ބަޔާން ކޮށްފައިވާ މުއްދަތާއި އެއްގޮތަށް މައްސަލަތައް ކުރިއަށް ނުގެންދަވާ ފަނޑިޔާރުންގެ މައްސަލަތައް ބަލަންޖެހޭނެކަން މެމްބަރުގެ ވާހަކައިގައި ފާހަގަ ކުރެއްވިއެވެ.

އެކަމާ ގުޅޭގޮތުން ވެލިދޫ ދާއިރާގެ މެމްބަރު މުޙައްމަދު ޢަބްދުﷲ ޝަފީޤް ވިދާޅުވީ، ޝަރީއަތްތައް އަވަސްވާނެ ގޮތެއްގެ މަތިން މަސައްކަތްތައް ތަރުތީބުކުރަން އެބަޖެހޭކަމަށެވެ. ޝަފީޤް ވަނީ މުޅި ޖުޑީޝަރީ އިސްލާޙު ކުރުމަށް ކުރަމުންދާ މަސައްކަތަށް ޙައްލު ގެނެވޭނީ އޭރުންކަމަށް ވިދާޅުވެފައެވެ.

ބިލާއި ގުޅޭގޮތުން ދެއްކެވި ވާހަކަފުޅުގެ ތެރެއިން ބާރަށު ދާއިރާގެ މެމްބަރު އަހުމަދު އަބްދުﷲ ވިދާޅުވީ، ކަންކަން އިސްލާޙު ކުރުމުގެ މަސައްކަތް ކުރަމުންދާއިރު، ދެފަރާތުންވެސް ކަންކަން ޙައްލު ކުރުމުގެ ރޫހުގައި މަސައްކަތް ކުރަންޖެހޭ ކަަމަށެވެ. އެގޮތުން ޝަރުއީ ދާއިރާގެ މިސްރާބުވެސް ހުންނަންވާނީ އަވަހަށް އިންސާފު ލިއްބައިދެވޭނެ މަގަކުންކަން މެމްބަރު ފާހަގަ ކުރެއްވިއެވެ. ކުރު މުއްދަތެއްގެ ތެރޭގައި މައްސަލަތަކުގެ ނިޔާ އިއްވި، އަވަހަށް އިންސާފު ޤާއިމު ކުރެވެންޖެހޭކަމަށް މެމްބަރު ވިދާޅުވިއެވެ.

އޭގެ އިތުރުން، ރަށްރަށުގެ ކޯޓުތަކުގައިވެސް މައްސަލަތައް ލަސްވާ މައްސަލައަށް މެމްބަރުން ވަނީ އަލިއަޅުވާލައްވާފައެވެ. އެގޮތުން ދާންދޫ ދާއިރާގެ މެމްބަރު ޔައުޤޫބު އަބްދުﷲ ވިދާޅުވީ، ރަށްރަށުގެ ކޯޓުތަކުގައިވެސް މައްސަލަތައް ދިގުލައިގެންދާ ކަމަށެވެ. މެމްބަރު ވަނީ ރަށްރަށުގެ ފަނޑިޔާރުންނާއި ގުޅޭ އޮޑިޓެއް ޖޭއެސްސީ މެދުވެރިކޮށް ހެދުމަށްފަހު މަޖިލީހުން އެކަންކަން ގާތުން ބަލަންޖެހޭކަން ފާހަގަ ކުރައްވާފައެވެ.

މި ބިލަށް ވާހަކަދައްކަވަމުން ވިލުފުށީ ދާއިރާގެ މެމްބަރު ޙަސަން އަފީފް ވިދާޅުވީ، ކޯޓަކަށް މައްސަލައެއް ހުށައެޅުމުން އެ މައްސަލަ ނިންމުމަށް ވަކި މުއްދަތެއް ޖިނާއީ އިޖުރާއަތުގެ ޤާނޫނުގައި ބަޔާންކޮށްފައިވާ ކަމަށެވެ. ނަމަވެސް ކޯޓުތަކުން އެ ޤާނޫނުތަކާއި އެއްގޮތަށް އަމަލުކުރާކަން ކަށަވަރު ކުރެވޭތޯ މެމްބަރު ވަނީ ސުވާލު ކުރައްވާފައެވެ. އެގޮތުން ކިތަންމެ ޤާނޫނެއް ފާސްކުރިނަމަވެސް، އޭގެ ފޮނިމީރުކަން ލިބޭނީ އެ ޤާނޫނުތައް ތަންފީޒު ކުރެވިގެންކަންވެސް މެމްބަރުގެ ވާހަކަފުޅުގައި ފާހަގަ ކުރައްވާފައިވެއެވެ. ކޯޓުތަކަށް ހުށައެޅޭ މައްސަލަތައް ލަސްވާނަމަ، އިންސާފު ލިބުނީކަމަށް ނުބެލެވޭނެކަމަށްވެސް މެމްބަރު ވިދާޅުވިއެވެ.

ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުރައްޔިތުންގެ މަޖިލިސްކްރިމިނަލް ކޯޓްޖޭއެސްސީ

އެންމެ ހިނގާ

1

އީރާނުގެ ޕައިލެޓުން ޖީޕީއެސް ނެތި އެމެރިކާގެ މަރުކަޒުތަކަށް ބޮން އެޅި

2

ސިގްނަލްތަކަށް ހުރަސްއަޅައިގެން އިސްރާއީލުގެ ހާމީސް ޑްރޯނަކާއި އެމެރިކާގެ ރީޕަރ ޑްރޯނެއް އެއްވެސް ގެއްލުމެއް ނުދީ އަތުލައިގެންފައިވާ މަންޒަރު އީރާނުން ދައްކާލައިފި

3

ޚާމަނާއީއާ މުއާމަލާތް ކުރުން "ވަރަށް އުނދަގޫ" - ރައީސް ޕެޒެޝްކިއަން

4

ސްޕޭސްއެކްސްގެ ރޮކެޓަކުން ވަކިވި ހަތަރު ޓަނުގެ ބޮޑު އެތިގަނޑެއް ހަނދުގައި ޖެހި ވަޅުގަނޑެއް ހެދިއްޖެ

5

މަރަޑޯނާގެ ފަހު ދުވަސްތައް - ހަށިގަނޑު ފޮއްސިވެ، އެނދުމަތިވެ، ދިރިއުޅުމާމެދު އުންމީދު ކަނޑާލި

އިތުރަށް ކިޔާލަން

12 ޑިސެމްބަރު 2025

މެންބަރު މައުރޫފް ގެ ބަންދަށް 5 ދުވަސް ޖަހައިފި

12 ޑިސެމްބަރު 2025
މެންބަރު މައުރޫފް ގެ ބަންދަށް 5 ދުވަސް ޖަހައިފި
12 ޑިސެމްބަރު 2025

މަސްވެރިކަމުގެ ވަޒީރު ޝިޔާމް އިސްތިއުފާ އަށް ގޮވާލައިފި

12 ޑިސެމްބަރު 2025
މަސްވެރިކަމުގެ ވަޒީރު ޝިޔާމް އިސްތިއުފާ އަށް ގޮވާލައިފި
12 ޑިސެމްބަރު 2025

ދިފާޢީ ވަކީލުންގެ ގޮތުގައި މަސައްކަތް ކުރާ ފަރާތްތަކަށް ނިސްބަތް ކޮށް އަސާސެއް ނެތް ތުހުމަތުތައް ނުކުރުމަށް ބާރ ކައުންސިލުން އިލްތިމާސްކޮށްފި

12 ޑިސެމްބަރު 2025
ދިފާޢީ ވަކީލުންގެ ގޮތުގައި މަސައްކަތް ކުރާ ފަރާތްތަކަށް ނިސްބަތް ކޮށް އަސާސެއް ނެތް ތުހުމަތުތައް ނުކުރުމަށް ބާރ ކައުންސިލުން އިލްތިމާސްކޮށްފި
11 ޑިސެމްބަރު 2025

ދިގަލި އާއި އާއްޓެ، ސިނގިރެޓް ވަގަށް ނެގުމުގައި އަމަލީ ގޮތުން ބައިވެރިވެފައި ނުވާ ކަމަށް ބުނެ ޝަރުތުކޮށްފައި ބަންދުން ދޫކޮށްލައިފި

11 ޑިސެމްބަރު 2025
ދިގަލި އާއި އާއްޓެ، ސިނގިރެޓް ވަގަށް ނެގުމުގައި އަމަލީ ގޮތުން ބައިވެރިވެފައި ނުވާ ކަމަށް ބުނެ ޝަރުތުކޮށްފައި ބަންދުން ދޫކޮށްލައިފި
10 ޑިސެމްބަރު 2025

ދެ ލޯބިވެރިން ގެ މާރާމާރީ ގައި އަންހެން މީހާ ހައްޔަރުކޮށް 30 ދުވަހަށް ބަންދުގެ މުއްދަތު ޖަހައިފި

10 ޑިސެމްބަރު 2025
ދެ ލޯބިވެރިން ގެ މާރާމާރީ ގައި އަންހެން މީހާ ހައްޔަރުކޮށް 30 ދުވަހަށް ބަންދުގެ މުއްދަތު ޖަހައިފި
08 ޑިސެމްބަރު 2025

އާގިލް މަރާލި ކަމަށް ސާބިތުވެ ހަމްދޫން މަރަން ހުކުމް ކޮށްފި

08 ޑިސެމްބަރު 2025
އާގިލް މަރާލި ކަމަށް ސާބިތުވެ ހަމްދޫން މަރަން ހުކުމް ކޮށްފި
07 ޑިސެމްބަރު 2025

ފީފާގެ ބަހެއް ނެތި މައްސަލަ ނުބެލޭނެކަމަށް ބުނެ ބައްސާމް ހުށަހެޅި މައްސަލަ ހައިކޯޓުން ބަލައި ނުގަތް

07 ޑިސެމްބަރު 2025
ފީފާގެ ބަހެއް ނެތި މައްސަލަ ނުބެލޭނެކަމަށް ބުނެ ބައްސާމް ހުށަހެޅި މައްސަލަ ހައިކޯޓުން ބަލައި ނުގަތް
06 ޑިސެމްބަރު 2025

އެޕަރޓްމަންޓަކަށް ވަދެ، ތޫނު އެއްޗަކުން މީހަކަށް ހަމަލާ ދިން މައްސަލާގައި ހައްޔަރު ކުރި މީހާގެ ބަންދަށް ފަސް ދުވަސް

06 ޑިސެމްބަރު 2025
އެޕަރޓްމަންޓަކަށް ވަދެ، ތޫނު އެއްޗަކުން މީހަކަށް ހަމަލާ ދިން މައްސަލާގައި ހައްޔަރު ކުރި މީހާގެ ބަންދަށް ފަސް ދުވަސް
03 ޑިސެމްބަރު 2025

ސަނީ 30 ދުވަހަށް ބަންދު ކޮށްފި

03 ޑިސެމްބަރު 2025
ސަނީ 30 ދުވަހަށް ބަންދު ކޮށްފި
03 ޑިސެމްބަރު 2025

ގާޒީ ފާއިޒް މަގާމުން ވަކި ކުރަން ފާސްކޮށްފި

03 ޑިސެމްބަރު 2025
ގާޒީ ފާއިޒް މަގާމުން ވަކި ކުރަން ފާސްކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް