Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއަލަމްގީރުގެ މައްސަލަ

އަލަމްގީރު ރާއްޖެ ނުގެންނަން، ދޮގު ޚަބަރު ފަތުރާނަމަ ޤާނޫނީ ފިޔަވަޅު އަޅާނަން: އާރުސީސީ

9 އޯގަސްޓު 2022 | އަންގާރަ 02:23

އާރުސީސީއަކީ މުޙައްމަދު ނާޒިމްގެ އާއިލީ ކުންފުންޏެއް

އިދުހާމް ނަޢީމް
އިދުހާމް ނަޢީމް | 9 އޯގަސްޓު 2022 | އަންގާރަ 02:23
އާރުސީސީގެ އެއް ޑިރެކްޓަރު ކަމަށްވާ މުޙައްމަދު ނާޒިމް

އާރުސީސީގެ އެއް ޑިރެކްޓަރު ކަމަށްވާ މުޙައްމަދު ނާޒިމް

އެއްޖިންސުން ގުޅުން ހިންގިކަމުގެ ތުހުމަތުގައި ހައްޔަރުކޮށްފައިވާ ބަންގްލަދޭޝްއަށް ނިސްބަތްވާ އެމްޑީ އަލަމްގީރު ރާއްޖެ ގެނައީ ރަޝީދު ކާޕެންޓްރީ އެންޑް ކޮންސްޓަރަކްޝަން ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑް (އާރުސީސީ) އިން ނޫން ކަމަށް އެ ކުންފުނިން ބުނެފިއެވެ.

އެ ކުންފުނިން މިހެން ބުނީ އަލަމްގީރަކީ އާރުސީސީގެ ނަމުގައި ރަޖިސްޓްރީކޮށްގެން ރާއްޖެ ގެނެސްފައިވާ ބިދޭސީއެއް ކަމަށް ބައެއް މީޑިއާތަކުން ރިޕޯޓް ކުރުމާ ގުޅިގެންނެވެ. ނަމަވެސް އެއީ ކަނޑައެޅިގެން ޙަގީގަތާ ޚިލާފު ވާހަކަތެއް ކަމަށް އެ ކުންފުނިން ބުނެއެވެ.

Advertisement - newsAdvertisement

ހޯމަ ދުވަހުގެ ރޭ އެ ކުންފުނިން ކުރި ޓްވީޓެއްގައި ބުނީ އެ ކުންފުނި ބަދުނާމުވާ ގޮތަށް ދޮގުވާހަކަ ފެތުރުން ބަލައިނުގަންނާނެ ކަމަށެވެ. އަދި އެފަދަ ޚަބަރު ފަތުރާ ފަރާތްތަކާ މެދު ޤާނޫނީ ގޮތުން ފިޔަވަޅު އަޅާނެ ކަމަށް ވެސް އާރުސީސީން ބުނެއެވެ.

އާރުސީސީއަކީ ދަނގެތި ދާއިރާގެ މެމްބަރު ކާނަލް ރިޓަޔަރޑް މުޙައްމަދު ނާޒިމްގެ އާއިލީ ކުންފުންޏެކެވެ. އެ ކުންފުންޏަކީ ކޮންސްޓްރަކްޝަން ދާއިރާގައި މަސައްކަތް ކުރާ ކުންފުންޏަކަށްވުމުން، ލޭބަރު މަސައްކަތްތަކަށް އެ ކުންފުނިން ބިދޭސީން ރާއްޖެ ގެނެއެވެ.

އެމްޑީ އަލަމްގީރު ހައްޔަރުކޮށްފައިވަނީ ގިނަ އަދަދެއްގެ ދިވެހި ފިރިހެނުންނާ އެކު އެއްޖިންސުން ގުޅުން ހިންގާތަން ފެންނަ ވީޑިއޯތަކެއްގެ އާންމުވެފައި ވަނިކޮށެވެ. މި ވީޑިއޯތައް ސޯޝަލް މީޑިއާގައި އާންމުވަމުންދާއިރު މިހާތަނަށް މި މައްސަލައިގައި 18 މީހެއްގެ ޕާސްޕޯޓް ވަނީ ހިފަހައްޓާފައެވެ. އަދި އަލަމްގީރު ހިމެނޭހެން 4 މީހަކު ވަނީ ހައްޔަރު ކޮށްފައެވެ.

އެއްޖިންސުން ގުޅުން ހިންގުމުގެ އިތުރުން އެ މަންޒަރު ފެންނަ ވީޑިއޯ އާއި ފޮޓޯ ނަގައި އެ ބޭނުން ކޮށްގެން ބްލެކްމެއިލް ކުރި މައްސަލަ ވެސް ފުލުހުން ދަނީ ބަލަމުންނެވެ.

އެންމެ ހިނގާ

1

މީގެ ފަހުން ޑޮލަރުގެ އަގަކީ 15.42 ނޫން ކަމަށް ނުލިޔެވޭނެ! ކަޅު ބާޒާރުގެ އަގު ލިޔުމުން ބައި މިލިއަން ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރަނީ!

2

ގައުމީ ދުވަހުގެ ރަސްމިއްޔާތުގައި ގުރުއާން ކިޔަވަން ހުރި ކުއްޖާ ސިއްސުވާލުމާ ގުޅިގެން ގިނަ ބައެއްގެ ފާޑު ކިޔުން ސަރުކާރަށް!

3

ހުރްމުޒް ކަނޑުއޮޅީގެ ކޮންޓްރޯލު ހޯދުމަށް އަސްކަރީ ގޮތުން އެމެރިކާ އަށް ކުރެވޭނެ އެއްވެސް ކަމެއް ނެތް ކަމަށް ޕެންޓަގަންއިން އެއްބަސްވެއްޖެ

4

މަޝްހޫރު ބަތަލާ ހޭޑަން ޕެނެޓިއޭ 36 އަހަރުގައި މަރުވެފައި އޮއްވާ ފެނިއްޖެ

5

ޓްރަމްޕްގެ މާ އަރިހުގައި ހުންނަ ޚާއްސަ އަންހެނެއްގެ ވާހަކަ

އިތުރަށް ކިޔާލަން

20 ޖެނުއަރީ 2017

ރާއްޖެޓީވީގެ ނޫސްވެރިން ކުރި ކުށަކީ ހަރަކާތްތަކެއް ކަވަރުކުރުން: ސީޕީޖޭ

20 ޖެނުއަރީ 2017
ރާއްޖެޓީވީގެ ނޫސްވެރިން ކުރި ކުށަކީ ހަރަކާތްތަކެއް ކަވަރުކުރުން: ސީޕީޖޭ
19 ޖެނުއަރީ 2017

މައްސަލަތައް ހައްލުކުރެވޭނީ ޚަބަރު ލިޔާއިރު ރަނގަޅު އެންޓަނާއަކާއި ރަނގަޅު ފިލްޓަރެއް ގެންގުޅެގެން: ޝަހީބު

19 ޖެނުއަރީ 2017
މައްސަލަތައް ހައްލުކުރެވޭނީ ޚަބަރު ލިޔާއިރު ރަނގަޅު އެންޓަނާއަކާއި ރަނގަޅު ފިލްޓަރެއް ގެންގުޅެގެން: ޝަހީބު
17 ޖެނުއަރީ 2017

އުރީދޫގެ 4ޖީ ޕްލަސް މުޅި ރާއްޖެއަށް ފުޅާކޮށްފި

17 ޖެނުއަރީ 2017
އުރީދޫގެ 4ޖީ ޕްލަސް މުޅި ރާއްޖެއަށް ފުޅާކޮށްފި
16 ޖެނުއަރީ 2017

ރާއްޖެޓީވީގެ ޒަރީރަށް ހުކުމް ކުރުން މިއަދު

16 ޖެނުއަރީ 2017
ރާއްޖެޓީވީގެ ޒަރީރަށް ހުކުމް ކުރުން މިއަދު
14 ޖެނުއަރީ 2017

ރާއްޖެޓީވީގެ ކެމެރާމަން ޒަރީރަށް ހުކުމް ކުރުން ހޯމަ ދުވަހު

14 ޖެނުއަރީ 2017
ރާއްޖެޓީވީގެ ކެމެރާމަން ޒަރީރަށް ހުކުމް ކުރުން ހޯމަ ދުވަހު
11 ޖެނުއަރީ 2017

ރާއްޖެއެތެރެކުރި މަސް ހިފާ 21 ބަޑި އަތުލައިގަތްފި

11 ޖެނުއަރީ 2017
ރާއްޖެއެތެރެކުރި މަސް ހިފާ 21 ބަޑި އަތުލައިގަތްފި
07 ޖެނުއަރީ 2017

ލާމަރުކަޒީ ނިޒާމު އިޔާދަ ނުކޮށް "ދިވެހިރާއްޖެ ދެމިއޮންނާނެ ކަމަށް ޤަބޫލެއް ނުކުރެވޭ": ހަސަން ލަޠީފް

07 ޖެނުއަރީ 2017
ލާމަރުކަޒީ ނިޒާމު އިޔާދަ ނުކޮށް "ދިވެހިރާއްޖެ ދެމިއޮންނާނެ ކަމަށް ޤަބޫލެއް ނުކުރެވޭ": ހަސަން ލަޠީފް
07 ޖެނުއަރީ 2017

ޔުނިވާސިޓީން އާ ދެ ކޯހެއް ރާއްޖެއަށް ތައާރަފްކޮށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި

07 ޖެނުއަރީ 2017
ޔުނިވާސިޓީން އާ ދެ ކޯހެއް ރާއްޖެއަށް ތައާރަފްކޮށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި
07 ޖެނުއަރީ 2017

މުއީޒް އެ ހައްދަވަނީ ބުހުތާން ދޮގު، އެދައްކަވަނީ ކުޑަކުދިން ދައްކާ ކަހަލަ ވާހަކަ: އަސްލަމް

07 ޖެނުއަރީ 2017
މުއީޒް އެ ހައްދަވަނީ ބުހުތާން ދޮގު، އެދައްކަވަނީ ކުޑަކުދިން ދައްކާ ކަހަލަ ވާހަކަ: އަސްލަމް
06 ޖެނުއަރީ 2017

ޤާނޫނު އަސާސީއެއް ނެތް، އުފާވެރި ދިވެހިރާއްޖެއަށް އޮތް ހުރިހާ މަގެއް ބަންދުކޮށްފި: އިބްރާ

06 ޖެނުއަރީ 2017
ޤާނޫނު އަސާސީއެއް ނެތް، އުފާވެރި ދިވެހިރާއްޖެއަށް އޮތް ހުރިހާ މަގެއް ބަންދުކޮށްފި: އިބްރާ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް