Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެދިރާސީ އާ އަހަރު ފެށުން

ޓެކްސްޓް ފޮތްތައް ނުލިބި ހުރީ ސްކޫލް ބަދަލުވި ދަރިވަރުންނަށް އެކަނި: އެޑިއުކޭޝަން މިނިސްޓްރީގެ ޕާމަނަންޓް ސެކްރެޓަރީ

7 އޯގަސްޓު 2022 | އާދީއްތަ 18:56

މިފަހަރު ފޮތްތައް ފޮނުވުމުގެ މަސައްކަތް މިނިސްޓްރީން ވަރަށް ކުރިން ފަށާފައިވޭ

ސިމާހާ ނަސީމް
ސިމާހާ ނަސީމް | 7 އޯގަސްޓު 2022 | އާދީއްތަ 18:56
އެޑިއުކޭޝަން މިނިސްޓްރީގެ ޕާމަނަންޓް ސެކްރެޓަރީ އަހުމަދު އަލީ

އެޑިއުކޭޝަން މިނިސްޓްރީގެ ޕާމަނަންޓް ސެކްރެޓަރީ އަހުމަދު އަލީ

މިއަހަރުގެ ދީރާސީ އަހަރު ފެށުނުއިރު ޓެކްސްޓް ފޮތްތައް ނުލިބި ހުރީ ސްކޫލް ބަދަލުވި ދަރިވަރުންނަށް އެކަނި ކަމަށް އެޑިއުކޭޝަން މިނިސްޓްރީގެ ޕާމަނަންޓް ސެކްރެޓަރީ އަހުމަދު އަލީ ވިދާޅުވެއްޖެއެވެ.

ރާއްޖެޓީވީގެ ފަލަސުރުޙީ ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުން އަހުމަދު އަލީ ވިދާޅުވީ ކުދިންގެ ޓެކްސްޓް ފޮތްތައް ގެންދިޔުމުގެ ކަންތައްތައް އިންތިޒާމު ކުރަނީ ވަކި ނިޒާމެއްގެ ދަށުން ކަމަށާއި ސްކޫލް ބަންދުވާ ދުވަހު ކުދިންގެ އަދަދު ނަގާ ކަމަށެވެ. އެ އަދަދުތަކަށް ވައުޗަރތައް ދޫކުރާ ކަން ފާހަގަކުރައްވާ އަހްމަދު އަލީ ވިދާޅުވީ އެ ވައުޗަރތަކަށް ޓެކްސްޓް ފޮތްތައް ދޫކުރަމުންދާ ކަމަށެވެ.

Advertisement - newsAdvertisement

އަދި ވައުޗަރ ދޫކުރި ސްކޫލަށް ކުއްޖާގެ ޓެކްސްޓް ފޮތްތައް ދާނެ ކަމަށާއި ކުއްޖާގެ ސްކޫލް ބަދަލުވުމުން، އެ ޓެކްސްޓް ފޮތްތައް އަނބުރާ ބަދަލުވި ސްކޫލަށް ގެންނަ ކަމަށެވެ. އެފަދަ ކުދިންނަށް ޓެކްސްޓް ފޮތްތައް ނުލިބި ހުރެދާނެ ކަމަށް ވިދާޅުވިއެވެ.

މާލެސަރަހައްދުގެ ސްކޫލުތަކަށް މި ދީރާސީ އަހަރު ކުދިން ވަތް މިންވަރު އިތުރުވެގެން ހިނގައްޖެ ކަމަށާއި ގާތްގަނޑަކަށް ތިންހާހާއި ގާތްކުރާ އަދަދަކަށް ކުދިން އަލަށް އެންރޯލްވެފައިވާ ކަމަށް އަހްމަދު އަލީ ފާހަގަކުރެއްވިއެވެ. އޭގެތެރޭގައި އަތޮޅުތެރެއިން ބަދަލުވެފައިވާ ކުދިންގެ ނިސްބަތް ގިނަ ކަމަށް ވެސް ވިދާޅުވިއެވެ.

ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުން އެޑިއުކޭޝަން މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރ އަޙުމަދު މުޖާހިދު ވިދާޅުވީ މިފަހަރު ފޮތްތައް ފޮނުވުމުގެ މަސައްކަތް މިނިސްޓްރީން ވަރަށް ކުރިން ފަށާފައިވާ ކަމަށެވެ. އަދި ފޮތްތައް ފޮނުވުމަށް ވަރަށް ގިނަ ފަރާތްތަކުގެ އެހީތެރިކަން ލިބުނު ކަމަށާއި ކިޔެވުން ފެށުނުއިރު ސްކޫލްތަކަށް ފޮތްތައް ވަނީ ފޯރުކޮށްދީފައި ކަމަށެވެ.

މުޖާހިދު ވެސް ވިދާޅުވީ ދަރިވަރަކު ކުރިން އުޅުނު ސްކޫލު އެހެން ސްކޫލް އަކަށް ބަދަލުވިނަމަ، އެފަދަ ކުދިންނަށް ފޮތްތައް ނުލިބި ހުރެދާނެ ކަމަށެވެ. މިނިސްޓްރީ އިން ކުރަމުން ގެންދާ މަސައްކަތްތަކުގެ މައުލޫމާތު ހިއްސާ ކުރައްވަމުން މުޖާހިދު ވިދާޅުވީ 1150  ކްލާސްރޫމުގެ މަސައްކަތް މިހާރު ވެސް ކުރިއަށްދާ ކަމަށާއި 196 ކްލާސްރޫމް ނިމިފައިވާ ކަމަށެވެ. އަދި ސެޕްޓެމްބަރު މަހުގެ ކުރީކޮޅު ކާމިލްދީދީގެ ނަމުގައި ޕްރައިމަރީ ސްކޫލެއް ހުޅުވިގެންދާނެ ކަމަށެވެ.

މިއަހަރުގެ ދިރާސީ އަހަރުގެ ކިޔެވުން ފަށާފައިވަނީ 93278 ދަރިވަރުންނާ އެކުގައެވެ. ރާއްޖޭގެ 217 ސްކޫލެއްގައި އާދިއްތަ ދުވަހު ކިޔެވުން ފަށާފައިވާއިރު ސްކޫލްތަކުން ވަނީ ދަރިވަރުންނަށް ވަރަށް ހޫނު މަރުޚަބާއެއް ކިޔާފައެވެ. ޕްރައިވެޓް ސްކޫލްތައް ހިމެނޭހެން، މިއަހަރު އަލަށް ސްކޫލަށް ވަން ދަރިވަރުންގެ އަދަދަކީ 7700އެވެ. ދިރާސީ އާ އަހަރުގެ ކިޔެވުން ފެށި އިރު ރާއްޖޭގެ ސްކޫލްތަކުގައި އުނގަންނައިދޭ ޖުމްލަ 8,364 ޓީޗަރުން އެބަތިއްްބެވެ. އޭގެ ތެރޭގައި ހިމެނެނީ ބިދޭސީ 1،693 ޓީޗަރުންނާއި، 6،006 ދިވެހި ޓީޗަރުންގެ އިތުރުން ވަގުތީ ޓީޗަރުންގެ ގޮތުގައި އުނގަންނައިދޭ 665 ޓީޗަރުންނެވެ. ސްކޫލް ފެށުނު އިރު ހުރިހާ ސްކޫލެއްގައި ވެސް ޓީޗަރުން ހަމަވާނެ ކަމަށާއި ދަރިވަރުންނަށް ބޭނުންވާ ފޮތްތައް ހަމަވާނެ ކަމަށް ތައުލީމީ ވުޒާރާއިން ވަނީ ބުނެފައެވެ.

މި އަހަރުގެ ފުރަތަމަ ޓާރމްގެ ކިޔެވުން ނިމޭނީ ޑިސެންބަރު މަހުގެ 22ވަނަ ދުވަހުއެވެ. އަދި ދެވަނަ ޓަރމްގެ ކިޔެވުން ފަށާނީ އަންނަ އަހަރުގެ ޖެނުއަރީ މަހުގެ 8 ވަނަ ދުވަހުއެވެ. ދެވަނަ ޓާމްގެ ކިޔެވުން ނިމޭނީ ޖޫންމަހުގެ 22ވަނަ ދުވަހުއެވެ.

އެންމެ ހިނގާ

1

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

2

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

3

ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް ދިރިއުޅުއްވާ ހިލާލީ ގެޔަށް މަހަކު 3 ލައްކައަށް ވުރެ ގިނަ ރުފިޔާ ހަރަދުވާކަން ހާމަވެއްޖެ!

4

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

5

ޓްރަމްޕަށް އީރާން ހަނގުރާމައިގައި ނާކާމިޔާބީތައް ފުނިޖެހެނީ

އިތުރަށް ކިޔާލަން

13 މާރިޗު 2017

މައުލޫމާތު ނުލިބިގެން މިދިޔަ އަހަރު ހުށަހަޅާފައި ވަނީ 53 މައްސަލަ: އިންފޮމޭޝަން ކޮމިޝަނަރ

13 މާރިޗު 2017
މައުލޫމާތު ނުލިބިގެން މިދިޔަ އަހަރު ހުށަހަޅާފައި ވަނީ 53 މައްސަލަ: އިންފޮމޭޝަން ކޮމިޝަނަރ
12 މާރިޗު 2017

ކެމްޕެއިންގައި ސްކޫލް ކުދިން ބައިވެރިކުރި މައްސަލަ ކަމާބެހޭ ހުރިހާ އިދާރާތަކަށް!

12 މާރިޗު 2017
ކެމްޕެއިންގައި ސްކޫލް ކުދިން ބައިވެރިކުރި މައްސަލަ ކަމާބެހޭ ހުރިހާ އިދާރާތަކަށް!
08 މާރިޗު 2017

މަކުނުދޫ ސްކޫލްގައި 10 ކްލާސްރޫމްގެ ދެބުރި އިމާރާތެއް އަޅަނީ

08 މާރިޗު 2017
މަކުނުދޫ ސްކޫލްގައި 10 ކްލާސްރޫމްގެ ދެބުރި އިމާރާތެއް އަޅަނީ
28 ފެބުރުއަރީ 2017

ނ. އަތޮޅުގެ ސްކޫލްތަކަށް ސްކޫލް އެޑޮޕްޝަން ޕްރޮގްރާމް ފަށައިފި

28 ފެބުރުއަރީ 2017
ނ. އަތޮޅުގެ ސްކޫލްތަކަށް ސްކޫލް އެޑޮޕްޝަން ޕްރޮގްރާމް ފަށައިފި
23 ފެބުރުއަރީ 2017

ގިނަ އުޅަނދުތަކެއް ހުރީ އިންޝުއަރެންސް ވެސް ނުކޮށް، އަލިފާން ނިވި ބޭނުންކުރަން ނޭނގޭ:އެމްއެންޑީއެފް

23 ފެބުރުއަރީ 2017
ގިނަ އުޅަނދުތަކެއް ހުރީ އިންޝުއަރެންސް ވެސް ނުކޮށް، އަލިފާން ނިވި ބޭނުންކުރަން ނޭނގޭ:އެމްއެންޑީއެފް
22 ފެބުރުއަރީ 2017

ކޯޓުގައި އަދި ފޮލިހުގައި ވެސް މައްސަލައެއް ނެތް، އެކަމަކު މިހުރީ ބަންދުކޮށްފަ: ޝިދާތާ

22 ފެބުރުއަރީ 2017
ކޯޓުގައި އަދި ފޮލިހުގައި ވެސް މައްސަލައެއް ނެތް، އެކަމަކު މިހުރީ ބަންދުކޮށްފަ: ޝިދާތާ
02 ފެބުރުއަރީ 2017

15 ދުވަހުގެ ތެރޭގައި ހުޅުދެލީ ސްކޫލްގެ ކަންކަން ރަނގަޅު ނުކޮށްފިނަމަ އަނެއްކާވެސް މުޒާހަރާ ކުރާނަން: ބެލެނެވެރިން

02 ފެބުރުއަރީ 2017
15 ދުވަހުގެ ތެރޭގައި ހުޅުދެލީ ސްކޫލްގެ ކަންކަން ރަނގަޅު ނުކޮށްފިނަމަ އަނެއްކާވެސް މުޒާހަރާ ކުރާނަން: ބެލެނެވެރިން
01 ފެބުރުއަރީ 2017

އައިޖީއެމްއެޗަށް ލިބެން ޖެހޭ 360 މިލިއަނަށްވުރެ ގިނަ ރުފިޔާ ނުލިބި އެބައޮތް: އޮޑިޓަރ ޖެނެރަލް

01 ފެބުރުއަރީ 2017
އައިޖީއެމްއެޗަށް ލިބެން ޖެހޭ 360 މިލިއަނަށްވުރެ ގިނަ ރުފިޔާ ނުލިބި އެބައޮތް: އޮޑިޓަރ ޖެނެރަލް
21 ޖެނުއަރީ 2017

ކައުންސިލް ނުލިބިއްޖެ ނަމަ ތިމަރަފުށީގައި ހުރި ސަރުކާރުގެ އޮފިސްތަކުގެ އޮނިގަނޑަށް ބަދަލު ގެންނާނަން: ޝަރީފް

21 ޖެނުއަރީ 2017
ކައުންސިލް ނުލިބިއްޖެ ނަމަ ތިމަރަފުށީގައި ހުރި ސަރުކާރުގެ އޮފިސްތަކުގެ އޮނިގަނޑަށް ބަދަލު ގެންނާނަން: ޝަރީފް
18 ޖެނުއަރީ 2017

ވިސްނުން ހުރީ މި މަހުގެ ތެރޭގައި ވިސާމްގެ ޝަރީއަތް ނިންމާލަން: ގާޒީ

18 ޖެނުއަރީ 2017
ވިސްނުން ހުރީ މި މަހުގެ ތެރޭގައި ވިސާމްގެ ޝަރީއަތް ނިންމާލަން: ގާޒީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް