Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެރައީސްއަށް ނަޝީދު ކުރެއްވި ތުހުމަތު

ރައީސް ބަދުއަޚުލާގީ އަމަލު ހިންގަވާ ފޮޓޯތަކެއް ހުރި ކަމަށް ނަޝީދު ވިދާޅުވި މައްސަލަ ކަމާބެހޭ ފަރާތްތަކަށް ހުށައަޅައިފި

5 އޯގަސްޓު 2022 | ހުކުރު 13:08

ރައީސް ނަޝީދުގެ މައްސަލަ ފުލުހަށާއި، ސުޕްރީމް ކޯޓަށާއި ޕީޖީ އޮފީހަށް ވަނީ ހުށައަޅާފައި

އިދުހާމް ނަޢީމް
އިދުހާމް ނަޢީމް | 5 އޯގަސްޓު 2022 | ހުކުރު 13:08
ރިޔާސީ ބަޔާން އިއްވުމަށް ބޭއްވި ޖަލްސާގެ ތެރެއިން

ރިޔާސީ ބަޔާން އިއްވުމަށް ބޭއްވި ޖަލްސާގެ ތެރެއިން

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ސާލިހު ބަދު އަޚްލާގީ އަމަލު ހިންގަވާ މަންޒަރު ފެންނަ ފޮޓޯތަކެއް އެބަހުރި ކަމަށް ވިދާޅުވެ ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ދެއްކެވި ވާހަކަ ތަހުގީގުކޮށްދިނުމަށް އެދި ކަމާ ބެހޭ ފަރާތްތަކަށް ހުށައަޅައިފިއެވެ.

މި ތަހުގީގު ކުރިއަށްގެންދިއުމަށް އެދި ފުލުހުންނަށާއި ސުޕްރީމް ކޯޓުގެ އިތުރުން ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހަށް ހުށައަޅާފައިވަނީ ހޯމް މިނިސްޓްރީގެ ކުރީގެ ޑެޕިއުޓީ މިނިސްޓަރ އަހުމަދު ސަލީމް (މާޒް ސަލީމް)އެވެ. އޭނާ އެ ތިން އިދާރާއަށް ފޮނުވާފައިވާ ސިޓީ "ރާއްޖެ އެމްވީ" އަށް ވަނީ ލިބިފައެވެ.

Advertisement - newsAdvertisement

އޭނާ ގެ ސިޓީގައި ބުނެފައިވަނީ ރައީސްއާއި ގުޅޭގޮތުން ނަޝީދު ކުރެއްވީ ވަރަށް ބޮޑު ތުހުމަތެއް ކަމަށާއި އެފަދަ ފޮޓޯތައް އެއްވެސް މީހެއްގެ އަތުގައި ވުމަކީ ޤާނޫނީ ކުށެއް ކަމަށެވެ. އަދި ޤައުމުގެ ވަލިއްޔުލް އަމުރުގެ އެފަދަ ފޮޓޯތަކެއް ކަމަށް މަޖިލީހުގެ ރައީސް ވިދާޅުވުމުން އެއީ ޤާނޫނުއަސާސީގައި ބުނާ ރައީސުލްޖުމްހޫރިއްޔާގެ ސިފައެއް ގެއްލޭ ކަމެއް ކަމަށާއި އެހެންކަމުން އެ މައްސަލަ ތަހުގީގު ކުރަން ޖެހޭ ކަމަށް ވަނީ ބުނެފައެވެ.

މިއީ މިފަދަ އިސްލާމީ ޤައުމެއްގެ ރައްޔިތުންނަށް ކުޑަ މައްސަލެއް ނޫންކަން ފާހަގަކުރައްވައި ސަލީމް ވިދާޅުވީ ނަޝީދު ވިދާޅުވާ ފޮޓޯތައް ހުރިކަން އެމަނިކުފާނަށް ތަހުގީގަށް ސާބިތުުކޮށް ނުދެއްވިއްޖެނަމަ އެއީ ގަޒުފުގެ ހައްދު ކަނޑައެޅިފައިވާ ޤާނޫނީ ކުށެއް ކަމަށެވެ. އަދި މީޑިއާތަކުގެ ރިޕޯޓްތަކުން ނަޝީދު، ރައީސް ބްލެކްމެއިލް ކުރެއްވިކަން ހާމަވާއިރު އެއީވެސް ޤާނޫނީ ގޮތުން އަދަބު ކަނޑައެޅިފައިވާ ކުށެއްކަން އޭނާ ފާހަގަކުރެއްވިއެވެ.

ރައީސް ސާލިޙް އާއި ގުޅުވައިގެން ރައީސް ނަޝީދު ދެއްކެވި ވާހަކަ ތަހުގީގު ކުރުމަށް ކަމާބެހޭ ފަރާތްތަކުގައި އެދިފައިވަނީ ރައިސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ސާލިޙް ހިލޭ އަންހެނަކާއެކު ބަދައަޚުލާގީ އަމަލު ހިންގާ މަންޒަރުފެންނަ ފޮޓޯ ލިބިފައިވާ ކަމަށާއި އެ ފޮޓޯތައް އާއްމުކުރަންވީތޯ ނަޝީދު ވިދާޅުވެފައިވާތީއެވެ. އެފަދަ އެއްވެސް ފޮޓޯއެއް އެއްވެސް މީހެއްގެ އަތުގައި ނުހުންނާނެ ކަމަށާއި ރައީސް ސޯލިހު އެފަދަ އެއްވެސް ކަމެއް ނުކުރައްވާކަމަށް ރައީސް އޮފީހުގެ ތަރުޖަމާނު މަބުރޫކް އަބްދުލް އަޒީޒް ވަނީ ވިދާޅުވެފައެވެ.

ރައީސްގެ ފޮޓޯތައް ހުރިކަމަށް ރައީސް ނަޝީދު ވިދާޅުވީ އެމަނިކުފާނުގެ ކޮއްކޮ ނާޒިމް ސައްތާރު، އެއްޖިއްސުން ގުޅުން ހިންގާ ވީޑިއޯއެއް އާއްމުވުމާ ގުޅިގެން އެ މައްސަލައިގެ ތަހުގީގަށް އޭނާ ހައްޔަރު ކުރުމާ ގުޅިގެންނެވެ. ނަޝީދު ވިދާޅުވި ގޮތުގައި އެމަނިކުފާނުގެ ކޮއްކޮ ހައްޔަރުކޮށްފައިވަނީ މި ސަރުކާރުން ސިޔާސީ ބޭނުމެއްގައި ހަރުކަށި ފިކުރުގެ މީހުން ރުއްސަން ވެގެންކަމަށެވެ.

ރައީސް ނަޝީދު، ރައީސް ސާލިޙްގެ އެފަދަ ފޮޓޯތައް އެމަނިކުފާނަށް ލިބިފައިވާ ކަމަށް ވިދާޅުވި ފަހުން، ޔޫކޭގެ ރެސްޓޯރެންޓެއްގައި އިންނަވަނިކޮށް މީހަކު އައިސް އެމަނިކުފާނުގެ ފޯނު ފޭރިގެންފައިވާ ކަމަށް ރައީސް ނަޝީދު މީޑިޔާތަކަށް މައުލޫމާތު ދެއްވާފައި ވެއެވެ.

ރައީސް, އިބްރާހީމް މުޙައްމަދު ޞާލިޙުކުރީގެ ރައީސް، މުހައްމަދު ނަޝީދުމޯލްޑިވްސް ޕޮލިސް ސަރވިސްޕީޖީ އޮފީސްދިވެހިރާއްޖޭގެ ސުޕްރީމް ކޯޓު

އެންމެ ހިނގާ

1

އާރްޑީސީން މަގު ކޮނުމުގެ ތެރޭގައި ފާރެއް ވެއްޓި އުމުރުން ދުވަސްވީ މީހަކު "ވަޅުލެވިއްޖެ"

2

ޓްރަމްޕް ފަދަ ރައީސްއަކާ އީރާން އަށް ކުރިމަތިލާާން ޖެހިފައި ނުވޭ، އީރާންގެ ވެރިކަން ބަދަލުވާން ޖެހޭ: ރޫބިއޯ

3

އިދިކޮޅުން ދޭ އިންޒާރުތަކަކީ ހަގީގީ ނުރައްކަލުގެ ގޮތުގައި ބަލާނަން: އީރާންގެ ވަގުތީ ޑިފެންސް މިނިސްޓަރު

4

ޓްރަމްޕްގެ "ތިންވަނަ ހަނގުރާމަ" ވެސް ނާކާމިޔާބުވެ އެމެރިކާ ބަލިވެއްޖެ: އީރާނުގެ ލީޑަރުގެ އެޑްވައިޒަރ

5

މޮޅުވެވެން ނެތް، އަދި ބަލިވެވެން ވެސް ނެތް ހަނގުރާމައެއްގައި އެމެރިކާގެ ރައީސް ތާށިވެފައި!

އިތުރަށް ކިޔާލަން

14 ޑިސެމްބަރު 2025

ނަޝީދު ސަރުކާރަށް: އެއްވެ އުޅުމާއި ޚިޔާލުފާޅު ކުރުމުގެ ހައްގު އޮބަހައްޓަން ކުރާ މަސައްކަތް ހުއްޓާލާ!

14 ޑިސެމްބަރު 2025
ނަޝީދު ސަރުކާރަށް: އެއްވެ އުޅުމާއި ޚިޔާލުފާޅު ކުރުމުގެ ހައްގު އޮބަހައްޓަން ކުރާ މަސައްކަތް ހުއްޓާލާ!
14 ޑިސެމްބަރު 2025

މައުރޫފު އަށް އަނިޔާވީ ފުލުހުން އޭނާ ހައްޔަރު ކުރުމުގެ ތެރޭގައި ދޯނީގެ ސިޑިން ދާމާ ކޫއްތާފައި ގަދަކަމުން ބޭލުމުގެ ތެރޭގައި: ނިޝާން

14 ޑިސެމްބަރު 2025
މައުރޫފު އަށް އަނިޔާވީ ފުލުހުން އޭނާ ހައްޔަރު ކުރުމުގެ ތެރޭގައި ދޯނީގެ ސިޑިން ދާމާ ކޫއްތާފައި ގަދަކަމުން ބޭލުމުގެ ތެރޭގައި: ނިޝާން
11 ޑިސެމްބަރު 2025

ދިގަލި އާއި އާއްޓެ، ސިނގިރެޓް ވަގަށް ނެގުމުގައި އަމަލީ ގޮތުން ބައިވެރިވެފައި ނުވާ ކަމަށް ބުނެ ޝަރުތުކޮށްފައި ބަންދުން ދޫކޮށްލައިފި

11 ޑިސެމްބަރު 2025
ދިގަލި އާއި އާއްޓެ، ސިނގިރެޓް ވަގަށް ނެގުމުގައި އަމަލީ ގޮތުން ބައިވެރިވެފައި ނުވާ ކަމަށް ބުނެ ޝަރުތުކޮށްފައި ބަންދުން ދޫކޮށްލައިފި
10 ޑިސެމްބަރު 2025

ނ. އަތޮޅު ކައުންސިލުން ކޯޓަށް ހާޒިރު ނުވުމުން ކެނދިވަރު އާއި ދޮނައެރިކަނޑޫދޫ މައްސަލަ ބޭރު ކޮށްލައިފި

10 ޑިސެމްބަރު 2025
ނ. އަތޮޅު ކައުންސިލުން ކޯޓަށް ހާޒިރު ނުވުމުން ކެނދިވަރު އާއި ދޮނައެރިކަނޑޫދޫ މައްސަލަ ބޭރު ކޮށްލައިފި
08 ޑިސެމްބަރު 2025

ފަޒުލް ލިޔެކިޔުންތައް ނައްތާލާފައިވާ މައްސަލަ ހެކި ނެތިގެން ދައުވާ ނުކުރަން ނިންމައިފި

08 ޑިސެމްބަރު 2025
ފަޒުލް ލިޔެކިޔުންތައް ނައްތާލާފައިވާ މައްސަލަ ހެކި ނެތިގެން ދައުވާ ނުކުރަން ނިންމައިފި
04 ޑިސެމްބަރު 2025

ސަރުކާރުގެ ފުލް ކޮންޓްރޯލް އޮތް މީހަކު ސީޕީއަށް ގެނައުމަށް 241 ކޮމެޓީން ދަނީ މަސައްކަތް ކުރަމުން: މެންބަރު މީކާއީލް

04 ޑިސެމްބަރު 2025
ސަރުކާރުގެ ފުލް ކޮންޓްރޯލް އޮތް މީހަކު ސީޕީއަށް ގެނައުމަށް 241 ކޮމެޓީން ދަނީ މަސައްކަތް ކުރަމުން: މެންބަރު މީކާއީލް
03 ޑިސެމްބަރު 2025

ނަތީޖާއާ ހަމައަށް މަސައްކަތް ނުކުރެވޭނަމަ އެ ފުލުހަކަށް ހިދުމަތުގައި ނުހުރެވޭނެ: ވަޒީރު

03 ޑިސެމްބަރު 2025
ނަތީޖާއާ ހަމައަށް މަސައްކަތް ނުކުރެވޭނަމަ އެ ފުލުހަކަށް ހިދުމަތުގައި ނުހުރެވޭނެ: ވަޒީރު
24 ނޮވެމްބަރު 2025

ފައްޔާޒުގެ އިސްތިއުފާގެ ސިޓީގައި ކުރިން ނުދައްކާ އެތައް ވާހަކައެއް!

24 ނޮވެމްބަރު 2025
ފައްޔާޒުގެ އިސްތިއުފާގެ ސިޓީގައި ކުރިން ނުދައްކާ އެތައް ވާހަކައެއް!
23 ނޮވެމްބަރު 2025

ރައީސް ސާލިހް ގެ ސަރުކާރުން ފަށާފައިވާ ފެނަކަ އިމާރާތް މިސަރުކާރު އައިސް ހޮޅި ގެއަކަށް ހަދައިފި: ހުސައިން

23 ނޮވެމްބަރު 2025
ރައީސް ސާލިހް ގެ ސަރުކާރުން ފަށާފައިވާ ފެނަކަ އިމާރާތް މިސަރުކާރު އައިސް ހޮޅި ގެއަކަށް ހަދައިފި: ހުސައިން
22 ނޮވެމްބަރު 2025

ބިލެތްދޫ ތަރައްގީގެ ރަން ޒަމާނަކީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސާލިހުގެ ފަސް އަހަރު: ކައުންސިލް މެންބަރު އާސިފާ

22 ނޮވެމްބަރު 2025
ބިލެތްދޫ ތަރައްގީގެ ރަން ޒަމާނަކީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސާލިހުގެ ފަސް އަހަރު: ކައުންސިލް މެންބަރު އާސިފާ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް