Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެމައްސަލަތައް ސީދާ ޕީޖީގެ ސަމާލުކަމަށް ގެނައުން

މައްސަލަތައް ސީދާ ޕީޖީގެ ސަމާލުކަމަށް ގެނެވޭގޮތް ހަދައިފި

ޕީޖީއަށް ހިއްސާ ކުރަން ބޭނުންވާ މައުލޫމާތު މިހާރު އީމެއިލްކުރެވޭނެ

އިދުހާމް ނަޢީމް
އިދުހާމް ނަޢީމް | 3 އޯގަސްޓު 2022 | ބުދަ 13:34
ޕްރޮސެކިއުޓަރ ޖެނެރަލް ހުސައިން ޝަމީމް

ޕްރޮސެކިއުޓަރ ޖެނެރަލް ހުސައިން ޝަމީމް

ޕްރޮސެކިއުޓަރ ޖެނެރަލްގެ ސަމާލުކަމަށް ގެންނަން ބޭނުންވާ މައުލޫމާތާއި މައްސަލަތައް ސީދާ އެބޭފުޅާއަށް ފޮނުވޭގޮތް ހަދައިފިއެވެ.

ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުން ނެރުނު ބަޔާނެއްގައި ބުނީ, އެ އޮފީހުގެ މަސައްކަތްތަކާ ބެހޭގޮތުންނާއި، ގާނޫނު އަސާސީއާއި ގާނޫނުން ޕްރޮސެކިއުޓަރ ޖެނެރަލްއާ މަތިކޮށްފައިވާ ޒިންމާތަކާގުޅިގެން، ނުވަތަ ޖިނާއީ އަދުލުގެ ނިޒާމާ ގުޅިގެން ޕީޖީގެ ސަމާލުކަމަށް ގެންނަން ބޭނުންވާ ކަމެއް އޮތްނަމަ ސީދާ ޕީޖީއަށް އީމެއިލްގެ ޒަރީއާއިން އެ މައުލޫމާތު މިހާރު ފޯރުކޮށްދެވޭނެކަމަށެވެ. އެގޮތުން concerns@pgoffice.gov.mv އަށް އީމެއިލް ކުރުމަށް އެ އޮފީހުން ވަނީ އެދިފައެވެ.

ޕީޖީ އޮފީހުން މި ބަދަލު ގެނެސްފައިވަނީ ބުދަ ދުވަހުން ފެށިގެންނެވެ. މިގޮތަށް ފޮނުވާ މެއިލްތަކުގެ ތެރެއިން ސީދާ ޕީޖީ ޖަވާބެއް ނުވަތަ ރައުޔެއް ދެއްވަންޖެހޭ މެއިލްތަކަށް ޕީޖީ ހުސައިން ޝަމީމް އަމިއްލަފުޅަށް ޖަވާބުދެއްވާނެއެވެ.

މީގެ އިތުރުން ބައެއް މެއިލްތަކަށް ޖަވާބު ނުދެއްވިނަމަވެސް ޕީޖީ އޮފީހުގެ މަސައްކަތްތައް ބައްޓަން ކުރުމުގައި އީމެއިލް މެދުވެރިކޮށް ހިއްސާކުރާ ކަންކަމަށް ރިއާޔަތްކުރާނެކަމަށް އެ އޮފީހުގެ ބަޔާނުގައި ވަނީ ބުނެފައެވެ.

މިކަމާ ގުޅޭގޮތުން ޝަމީމް "ރާއްޖެ އެމްވީ"އަށް ވިދާޅުވީ، ޓްވިޓަރއިން ދުރަށް ވަޑައިގެންނެވީވެސް މިފަދަ ކަންކަމަށް ވަގުތު ހުސްކުރައްވަން ކަމަށެވެ.

މިއީ ޕީޖީ އޮފީހުގެ މަސައްކަތްތާއި ޖިނާއީ އަދުލުގެ ނިޒާމު އިތުރަށް ހަރުދަނާކުރުމަށް ކުރަމުންދާ މަސައްކަތްތަކުގައި އާއްމުންގެ ޚިޔާލާއި މަޝްވަރާއާއި ބައިވެރިވުން އިތުރުކުރުމަށް ޝަމީމް އިސްނަންގަވައިގެން ގެންނެވި ބަދަލެއް ކަމަށްވެސް ޕީޖީ އޮފީހުން ބުނެއެވެ.

ޕްރޮސެކިއުޓަރ ޖެނެރަލްހުސައިން ޝަމީމް

އިތުރަށް ކިޔާލަން

08 ޑިސެމްބަރު 2025

ފަޒުލް ލިޔެކިޔުންތައް ނައްތާލާފައިވާ މައްސަލަ ހެކި ނެތިގެން ދައުވާ ނުކުރަން ނިންމައިފި

08 ޑިސެމްބަރު 2025
ފަޒުލް ލިޔެކިޔުންތައް ނައްތާލާފައިވާ މައްސަލަ ހެކި ނެތިގެން ދައުވާ ނުކުރަން ނިންމައިފި
02 ނޮވެމްބަރު 2025

ހިތަދޫ ކަސްޓޯޑިއަލް އަށް މަސްތުވާތަކެތި ވައްދަން އުޅުމުގެ ތުހުމަތުގައި ފުލުހަކަށް ދައުވާ ކުރުމަށް ފޮނުވައިފި

02 ނޮވެމްބަރު 2025
ހިތަދޫ ކަސްޓޯޑިއަލް އަށް މަސްތުވާތަކެތި ވައްދަން އުޅުމުގެ ތުހުމަތުގައި ފުލުހަކަށް ދައުވާ ކުރުމަށް ފޮނުވައިފި
26 އޮކްޓޯބަރު 2025

ދައުވާ ނުކުރުމަށް ނިންމާ މައްސަލަތަކުގެ ލިޔުންތައް ޕީޖީގެ ލަފާ ހޯދައިގެން މެނުވީ ނައްތާ ނުލުމަށް އަންގައިފި

26 އޮކްޓޯބަރު 2025
ދައުވާ ނުކުރުމަށް ނިންމާ މައްސަލަތަކުގެ ލިޔުންތައް ޕީޖީގެ ލަފާ ހޯދައިގެން މެނުވީ ނައްތާ ނުލުމަށް އަންގައިފި
19 އޮކްޓޯބަރު 2025

ހައިކޯޓުން ބޭރުކޮށްލި 72 ކިލޯގެ މަސްތުވާތަކެތީގެ މައްސަލަ މުރާޖާކުރުމަށް ހުށަހަޅައިފި

19 އޮކްޓޯބަރު 2025
ހައިކޯޓުން ބޭރުކޮށްލި 72 ކިލޯގެ މަސްތުވާތަކެތީގެ މައްސަލަ މުރާޖާކުރުމަށް ހުށަހަޅައިފި
29 ސެޕްޓެމްބަރު 2025

ސައީދުގެ މައްސަލައިގައި އޭސީސީން ބެލީ ވެރިކަން ބަދަލުވުމުން ސައީދުގެ އެމްޑީކަމުގައި ހިނގައިދިޔަ ކަންކަން އެކަނި ދައުވާ ކުރަން ފޮނުވަން: ޝަމީމް

29 ސެޕްޓެމްބަރު 2025
ސައީދުގެ މައްސަލައިގައި އޭސީސީން ބެލީ ވެރިކަން ބަދަލުވުމުން ސައީދުގެ އެމްޑީކަމުގައި ހިނގައިދިޔަ ކަންކަން އެކަނި ދައުވާ ކުރަން ފޮނުވަން: ޝަމީމް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު