Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ
ޕީޖީ އޮފީހުގެ ލެތުން

ޕީޖީ އޮފީހުގެ ލެތުން: މަތީ މަރްޙަލާގެ ކޯޓުތަކުން ނިންމާފައިވާ ހުރިހާ ނިންމުމެއް ހިމަނަނީ

އިޞްލާޙުތަކަށް ޢަމަލުކުރަން ފަށާ ތާރީޚާއެކު ފެންނަން ހުންނާނެ

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު, ރާއްޖެ އެމްވީ | 2 އޯގަސްޓު 2022 | އަންގާރަ 08:01
ޕީޖީ ހުސައިން ޝަމީމް ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަނީ

ޕީޖީ ހުސައިން ޝަމީމް ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަނީ

މިއަހަރު ނިމެންވާއިރަށް ޖިނާއީ އަދުލުގެ ނިޒާމާ ގުޅިގެން މަތީ މަރްޙަލާގެ ކޯޓުތަކުން ނިންމަވާފައިވާ ހުރިހާ ނިންމުމެއް  ޕްރޮސެކިއުޓަރ ޖެނެރަލް އޮފީހުން ތައާރަފްކުރި"ލެތުން"ވެބްސައިޓުގައި ހިމެނުމަށް މަސައްކަތް ކުރައްވަމުން ގެންދަވާކަމަށް ޕީޖީ ހުސައިން ޝަމީމް ވިދާޅުވެއްޖެއެވެ.

ޝަމީމް އެހެން ވިދާޅުވީ އޭނާގެ ބްލޮގްގައި ޝާއިއު ކުރައްވާފައިވާ ލިއުމެއްގައެވެ.

Advertisement - newsAdvertisement

ޝަމީމް ވިދާޅުވީ، ލެތުން ވެބްސައިޓުގައި، ޖިނާއީ ޢަދުލުގެ ނިޒާމުގައި ޢަމަލުކުރާ ތަފާތު 37 ޤާނޫނަކާއި، 64 ގަވާއިދަކާއި، 9 ފޮތާއި، 2 ކޮމެންޓްރީއަކާއި، (ޖިނާއީ މައްސަލަތަކުގައި ޢަމަލުކުރުމަށް) ސުޕްރީމް ކޯޓުން ނެރުއްވާފައިވާ 19 އިރުޝާދެއް ފެންނަން  އޮންނާނެ ކަމަށެވެ.

އޭގެ އިތުރުން، ޤާނޫނުތަކަށް ގެނެވިފައިވާ އިޞްލާޙުތަކާއި، އިޞްލާޙުތަކަށް ޢަމަލުކުރަން ފަށާ ތާރީޚާއެކު ފެންނަން ހުންނާނެކަމަށްވެސް ޝަމީމް ވިދާޅުވިއެވެ.

އޭގެ އިތުރުން، ހައިކޯޓުގެ 49 ނިންމުމާއި، ސުޕްރީމް ކޯޓުގެ 14 ނިންމުންވެސް ހިމެނިފައިވާނެކަމަށް ޝަމީމް ވިދާޅުވިއެވެ.

ޝަމީމް ވިދާޅުވީ، އަމާޒަކީ، މިއަހަރު ނިމެންވާއިރަށް، ޖިނާއީ އަދުލުގެ ނިޒާމާ ގުޅިގެން މަތީ މަރްޙަލާގެ ކޯޓުތަކުން ނިންމަވާފައިވާ ހުރިހާ ނިންމުމެއް ވެބްސައިޓެއް އަޅައި ފުރިހަމަކުރުން ކަމަށެވެ. އެގޮތުން މަތީ މަރްޙަލާގެ ނިންމުންތައް އަޅާއިރު، އެމައްސަލައެއް ނިންމެވި ފަނޑިޔާރުންގެ ބެންޗާއި، އެފަނޑިޔާރަކު ނިންމަވާފައިވާ ވަކިވަކި މައްސަލަތައްވެސް ޓެގުކުރެވޭނެކަމަށް ޝަމީމް ވިދާޅުވިއެވެ.

ދިވެހިރާއްޖޭގެ ޤާނޫނީ ނިޒާމަށް، 2008 އިން ފެށިގެން އިންޤިލާބީ ބަދަލުތަކެއް އަންނަމުންދާކަަމަށް ޝަމީމް ފާހަގަ ކުރެއްވިއެވެ. ޝަމީމް ވަނީ އެކަމާ ގުޅޭ ބައެއް ތަފާސްހިސާބުތައް ބްލޮގްގައި ހިއްސާ ކުރައްވާފައެވެ. އެގޮތުން 1998 އިން 2007 އަށް ހިނގި 10 އަހަރު، ރައްޔިތުންގެ މަޖިލީހުން ފާސްކުރެއްވީ ޖުމްލަ 17 ޤާނޫނުކަމަށް ޝަމީމް ވިދާޅުވިއެވެ.

އެހެންނަމަވެސް، އޭގެ ފަހުން 2008 އިން ފެށިގެން 2017 އަށް ހިނގި 10 އަހަރު ތެރޭގައި އެ އަދަދު 1152 އިންސައްތައަށް އިތުރު ކުރެވިފައިވާކަމަށް ޝަމީމް ވިދާޅުވިއެވެ. އެއީ 213 ޤާނޫނެވެ.

މުޅި ރާއްޖޭގައި ދުވާލަކު އެވްރެޖްކޮށް، 180 އާއި 210 އާ ދެމެދުގެ ޖިނާއީ މައްސަލަތަކުގެ އަޑުއެހުން ބާއްވާކަމަށް ޝަމީމް ވިދާޅުވިއެވެ.

ޖިނާއީ އަދުލުގެ ނިޒާމާ ގުޅުންހުރި ގާނޫނުތަކާއި ގަވާއިދުތަކާއި އުސޫލުތައް އެއްތަނަކުން ފެންނަން ހުންނާނެގޮތަށް ޕްރޮސެކިއުޓަރ ޖެނެރަލް އޮފީހުން އެކުލަވާލި “ލެތުން” ޑޭޓާބޭސް އިފްތިތާހު ކޮށްފައިވަނީ މެއި މަހުގެ 29 ވަނަ ދުވަހުއެވެ.

ޕީޖީ އޮފީހުން މައުލޫމާތުދޭގޮތުގައި މި ޑޭޓާބޭސް މެދުވެރިކޮށް، ގާނޫނުތަކާއި ގަވާއިދުތަކުގެ މާއްދާތައް ވަގުތުން ސަރޗް ކޮށްލެވޭނެއެވެ. އަދި ޖިނާއީ އަދުލުގެ ނިޒާމާއި ގުޅުންހުރި އެކި ކީވޯރޑުވެސް ވަކިން ސަރޗްކޮށް، އެ ކީވޯރޑަކާގުޅޭ، ފަހުގެ ގަނޫނުތަކާއި ގަވާއިދުތައް ބަލާލެވޭނެއެވެ.

ޕްރޮސެކިއުޓަރ ޖެނެރަލްހުސައިން ޝަމީމް

ކޮމެންޓް

އިތުރަށް ކިޔާލަން

ފަޒުލް ލިޔެކިޔުންތައް ނައްތާލާފައިވާ މައްސަލަ ހެކި ނެތިގެން ދައުވާ ނުކުރަން ނިންމައިފި

ފަޒުލް ލިޔެކިޔުންތައް ނައްތާލާފައިވާ މައްސަލަ ހެކި ނެތިގެން ދައުވާ ނުކުރަން ނިންމައިފި

08 ޑިސެމްބަރު 2025
ހިތަދޫ ކަސްޓޯޑިއަލް އަށް މަސްތުވާތަކެތި ވައްދަން އުޅުމުގެ ތުހުމަތުގައި ފުލުހަކަށް ދައުވާ ކުރުމަށް ފޮނުވައިފި

ހިތަދޫ ކަސްޓޯޑިއަލް އަށް މަސްތުވާތަކެތި ވައްދަން އުޅުމުގެ ތުހުމަތުގައި ފުލުހަކަށް ދައުވާ ކުރުމަށް ފޮނުވައިފި

02 ނޮވެމްބަރު 2025
ދައުވާ ނުކުރުމަށް ނިންމާ މައްސަލަތަކުގެ ލިޔުންތައް ޕީޖީގެ ލަފާ ހޯދައިގެން މެނުވީ ނައްތާ ނުލުމަށް އަންގައިފި

ދައުވާ ނުކުރުމަށް ނިންމާ މައްސަލަތަކުގެ ލިޔުންތައް ޕީޖީގެ ލަފާ ހޯދައިގެން މެނުވީ ނައްތާ ނުލުމަށް އަންގައިފި

26 އޮކްޓޯބަރު 2025
ހައިކޯޓުން ބޭރުކޮށްލި 72 ކިލޯގެ މަސްތުވާތަކެތީގެ މައްސަލަ މުރާޖާކުރުމަށް ހުށަހަޅައިފި

ހައިކޯޓުން ބޭރުކޮށްލި 72 ކިލޯގެ މަސްތުވާތަކެތީގެ މައްސަލަ މުރާޖާކުރުމަށް ހުށަހަޅައިފި

19 އޮކްޓޯބަރު 2025
ސައީދުގެ މައްސަލައިގައި އޭސީސީން ބެލީ ވެރިކަން ބަދަލުވުމުން ސައީދުގެ އެމްޑީކަމުގައި ހިނގައިދިޔަ ކަންކަން އެކަނި ދައުވާ ކުރަން ފޮނުވަން: ޝަމީމް

ސައީދުގެ މައްސަލައިގައި އޭސީސީން ބެލީ ވެރިކަން ބަދަލުވުމުން ސައީދުގެ އެމްޑީކަމުގައި ހިނގައިދިޔަ ކަންކަން އެކަނި ދައުވާ ކުރަން ފޮނުވަން: ޝަމީމް

29 ސެޕްޓެމްބަރު 2025

އަހަރުތަކުން މިއަދު

10 ޖޫން
ފީއަލީގައި އީދު ފާހަގަކުރުމަށް ނުކުތް ބައެއް މުވައްޒަފުން ވަޒީފާއިން ކަނޑާލާނެކަމުގެ އިންޒާރު ވަނީ ދީފައި: ކައުންސިލް
20251 އަހަރު ކުރިން
ރާއްޖެ

ފީއަލީގައި އީދު ފާހަގަކުރުމަށް ނުކުތް ބައެއް މުވައްޒަފުން ވަޒީފާއިން ކަނޑާލާނެކަމުގެ އިންޒާރު ވަނީ ދީފައި: ކައުންސިލް

ޔާމީންގެ މައްސަލަ ލިބިއްޖެ، ތާވަލުކުރާނެ ދުވަހެއް އަދި ނޭނގޭ
20242 އަހަރު ކުރިން
ރާއްޖެ

ޔާމީންގެ މައްސަލަ ލިބިއްޖެ، ތާވަލުކުރާނެ ދުވަހެއް އަދި ނޭނގޭ

ޗެމްޕިއަންސް ލީގަށް ފަހު ގާޑިއޯލާގެ އިންޒާރެއް ރެއާލަށް، "އަހަރަމެން އެބަ އަންނަން!"
20233 އަހަރު ކުރިން
ކުޅިވަރު

ޗެމްޕިއަންސް ލީގަށް ފަހު ގާޑިއޯލާގެ އިންޒާރެއް ރެއާލަށް، "އަހަރަމެން އެބަ އަންނަން!"

ޣަރަގުވިތާ 3 ގަރުނަށްވުރެ ގިނަ ދުވަސްވީ މަނަވަރެއްގެ ވާހަކަތައް ލޮނުގަނޑުން މައްޗަށް!
20224 އަހަރު ކުރިން
ތަފާތު ޚަބަރު

ޣަރަގުވިތާ 3 ގަރުނަށްވުރެ ގިނަ ދުވަސްވީ މަނަވަރެއްގެ ވާހަކަތައް ލޮނުގަނޑުން މައްޗަށް!

އަލިފުށީ ދާއިރާގެ މެންބަރަށް "ބިގޭ" ކިޔުނީ ކީއްވެކަން އެނގޭތަ؟
20215 އަހަރު ކުރިން
ރާއްޖެ

އަލިފުށީ ދާއިރާގެ މެންބަރަށް "ބިގޭ" ކިޔުނީ ކީއްވެކަން އެނގޭތަ؟

ޑރ އަފްރާޝީމް އާއި ރިލްވާނުގެ މަައްސަލާގައި އަދީބާ ސުވާލުކޮށްފި
20197 އަހަރު ކުރިން
ރާއްޖެ

ޑރ އަފްރާޝީމް އާއި ރިލްވާނުގެ މަައްސަލާގައި އަދީބާ ސުވާލުކޮށްފި

މޭޖަރ މުހްސިން ސިފައިންގެ ވަޒީފާ އިން ވަކި ކޮށްފި!
20188 އަހަރު ކުރިން
ރާއްޖެ

މޭޖަރ މުހްސިން ސިފައިންގެ ވަޒީފާ އިން ވަކި ކޮށްފި!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު