Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެޓީޗަރުންނާގުޅޭ ދިރާސާ

މުދައްރިސުން މަގާމުތަކުގައި ދެމިތިބުމަށް އަސަރުކުރާ 9 ކަމެއް ހިމެނޭ – ތައުލީމީ ދިރާސާ

އެވްރެޖްކޮށް ކޮންމެ 9 ދަރިވަރަކަށް މުދައްރިސެއް ހުރޭ

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް | 30 ޖުލައި 2022 | ހޮނިހިރު 10:29
ކްލާހެއްގައި ޓީޗަރަކު ކިޔަވައިދެނީ

ކްލާހެއްގައި ޓީޗަރަކު ކިޔަވައިދެނީ

މުދައްރިސުންގެ މަސައްކަތުގެ މާހައުލު ރަނގަޅުކުރުންފަދަ ކަންކަން އެންމެ ފުރިހަމަގޮތުގައި ނުކުރެވުމާއި ބައެއް އެހެނިހެން ސަބަބުތަކާ ގުޅިގެން، މުދައްރިސުން މަގާމުގައި ދެމިތިބުމަށް އަސަރުކުރާކަމަށް ތައުލީމީ ދާއިރާގެ ދިރާސީ ރިޕޯޓުގައި ބުނެފިއެވެ.

ރާއްޖޭގެ ސްކޫލްތަކުގައި ކިޔަވައިދޭނެ މުދައްރިސުން ލިބުމުގައާއި, ލިބިފައިވާ މުދައްރިސުންނަށް، ކިޔަވައިދިނުމުގައި ދެމިތިބުމަށް ދިމާވެފައިވާ ދަތިތަކާއި ގޮންޖެހުންތަކާއި އަދި އޭގެ ސަބަބުތައް ދެނެގަތުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހުގެ އެދިވަޑައިގަތުމަކަށް ކުރި ދިރާސާގެ ރިޕޯޓުގައި ބުނެފައިވަނީ، ދިވެހިރާއްޖޭގެ ބައެއް ސްކޫލްތަކުގައި ދަރިވަރުންގެ އަދަދު މަދުކަމަށެވެ. ނަމަވެސް ވަރަށް ގިނަ ސްކޫލްތަކުގައި ސާނަވީ ފެންވަރުގައި ވަކިވަކި މާއްދާތަކަށް ޚާއްސަ މުދައްރިސުން ކިވައިދޭންޖެހުމުގެ ސަބަބުން "ޓީޗަރ ޕިއުޕިލް ރޭޝިއޯ" ވަރަށް ދަށްކަމަށެވެ.

Advertisement - newsAdvertisement

އެވްރެޖްކޮށް ކޮންމެ 9 ދަރިވަރަކަށް މުދައްރިސެއް ހުންނަކަމަށް މި ރިޕޯޓުގައި ބުނެފައިވެއެވެ. އާބާދީ މަދު ރަށްރަށުގެ ސްކޫލްތަކުގައި މި ނިސްބަތް 4ށް ވެސް ދަށްކަމަށް ބުނެފައިވެއެވެ. ދަރިވަރުން ގިނަ ސްކޫލްތަކުގައި މުދައްރިސަކަށް 12 ނުވަތަ 13 ދަރިވަރުން ޖެހެއެވެ. މި ސަބަބާހުރެ، ދިވެހި ސިވިލް ސަރވިސްގެ 50 އިންސައްތައަށްވުރެ މަތީ ނިސްބަތެއް ހިއްސާކުރަނީ ތައުލީމީ ދާއިރާގެ މުވައްޒަފުންކަމަށް މި ރިޕޯޓުގައި ބުނެފައިވެއެވެ. މީގެ ތެރޭގައި ގިނައީ ފަންނީ މުވައްޒަފުންކަމަށްވެސް ބުނެފައިވެއެވެ.

ތައުލީމީ ދާއިރާގެ ފަންނީ މުވައްޒަފުންގެ އަދަދު ދިވެހި ސިވިލް ސަރވިސްގައި ގިނަވުމުގެ ސަބަބުން، އެ މުވައްޒަފުންގެ ގަދަރު ހިފެހެއްޓުމަށާއި، އެ މުވައްޒަފުން ޝައުގުވެރިކަމާއެކު ވަޒީފާގައި ދެމި ތިބުމަށާއި، ރަނގަޅު މީހުން އެ ވަޒީފާތަކަށް އައުމުގެ ޝައުގުވެރިކަން އިތުރުކުރުމަށްޓަކައި، މުސާރައާއި އިނާޔަތްތައް މަތިކުރުމާއި މުދައްރިސުން ތާޒާކޮށް އިތުރު ތަމްރީނު ދިނުމާއި، މުދައްރިސުންގެ މަސައްކަތުގެ މާހައުލު ރަނގަޅުކުރުންފަދަ ކަންކަން އެންމެ ފުރިހަމަގޮތުގައި ނުކުރެވޭކަމަށް މި ދިރާސާގައި ބުނެފައިވެއެވެ.

އަދި މިކަމުގެ ނޭދެވޭ އަސަރު މި ދާއިރާއަށް ކޮށްފައިވާކަމަށާއި، އެންމެ ފާހަގަކޮށްލެވޭ ނުރަނގަޅު އަސަރުތަކުގެ ތެރޭގައި 9 ކަމެއް ވަނީ ފާހަގަކޮށްފައެވެ.

މީގެ އިތުރުން ވެސް މުދައްރިސުންގެ ޒިންމާތަކަށް އަންނަމުންދާ ބަދަލުތަކާއި އިތުރުވަމުންދާ މަސައްކަތްތައް މުދައްރިސުން ފާހަގަކޮށްފައިވެއެވެ. ވަކިން ޚާއްސަގޮތެއްގައި 2020 ވަނަ އަހަރު ކުރިމަތިވި ކޮވިޑް-19ގެ ވަބާގައި މުދައްރިސުން ގިނަ ގޮންޖެހުންތަކާއެކުވެސް ބޮޑެތި ގުރުބާނީތަކެއް ވެފައިވާކަމަށާއި، މިފަދަ ގުރުބާނީތަކުގެ އަގު އެކަށީގެންވާ ގޮތުގައި ވަޒަންނުކުރާކަމުގެ ޝަކުވާ މުދައްރިސުން ކުރާކަމަށް ދިރާސާގައި ބުނެފައިވެއެވެ.

މީގެ އިތުރުން މުދައްރިސުންނަށް އިހުތިރާމު ނުކުރާ ވާހަކައާއި، އެމީހުންގެ ހައްގުތަކަށް އަޅާނުލެވޭކަމުގެ ޝަކުވާތައް ކޮށްފައިވެއެވެ. އަދި މިފަދަ ކަންކަމާގުޅިގެން، ކިޔަވައިދިނުމަކީ ވަޒީފާއެއްގެގޮތުގައި އިޚްތިޔާރުކުރަން ރަނގަޅު ފަންނެއްކަމުގައި ހީކުރި ހީކުރުން ބަދަލުވެފައިވާކަމަށާއި، އެއާއެކު މުދައްރިސުންނަށް ވާން ބޭނުންވާ ޒުވާނުންގެ އަދަދު މަދުވަމުންދާކަމަށް ދިރާސާގައި ބުނެފައިވެއެވެ.

އަދި ސާނަވީ ތައުލީމު ނިންމާ ރަނގަޅު ފެންވަރުގެ ދަރިވަރުން މުދައްރިސުންގެ ގޮތުގައި ތަމްރީނުވުން ވަރަށް ބޮޑަށް މަދުވެއްޖެކަމަށާއި، މިކަންކަމުގެ އަސަރުތައް ވަރަށް ނާޒުކު ހާލަތަކަށް ދިވެހިރާއްޖެ ގެންގޮސްފާނެކަމަށް މި ދިރާސާގައި ބުނެފައިވެއެވެ.

ޓީޗަރުންމިނިސްޓްރީ އޮފް އެޑިއުކޭޝަން ރައީސް, އިބްރާހީމް މުޙައްމަދު ޞާލިޙު

އިތުރަށް ކިޔާލަން

10 ޑިސެމްބަރު 2025

ނ. އަތޮޅު ކައުންސިލުން ކޯޓަށް ހާޒިރު ނުވުމުން ކެނދިވަރު އާއި ދޮނައެރިކަނޑޫދޫ މައްސަލަ ބޭރު ކޮށްލައިފި

10 ޑިސެމްބަރު 2025
ނ. އަތޮޅު ކައުންސިލުން ކޯޓަށް ހާޒިރު ނުވުމުން ކެނދިވަރު އާއި ދޮނައެރިކަނޑޫދޫ މައްސަލަ ބޭރު ކޮށްލައިފި
24 ނޮވެމްބަރު 2025

ފައްޔާޒުގެ އިސްތިއުފާގެ ސިޓީގައި ކުރިން ނުދައްކާ އެތައް ވާހަކައެއް!

24 ނޮވެމްބަރު 2025
ފައްޔާޒުގެ އިސްތިއުފާގެ ސިޓީގައި ކުރިން ނުދައްކާ އެތައް ވާހަކައެއް!
23 ނޮވެމްބަރު 2025

ރައީސް ސާލިހް ގެ ސަރުކާރުން ފަށާފައިވާ ފެނަކަ އިމާރާތް މިސަރުކާރު އައިސް ހޮޅި ގެއަކަށް ހަދައިފި: ހުސައިން

23 ނޮވެމްބަރު 2025
ރައީސް ސާލިހް ގެ ސަރުކާރުން ފަށާފައިވާ ފެނަކަ އިމާރާތް މިސަރުކާރު އައިސް ހޮޅި ގެއަކަށް ހަދައިފި: ހުސައިން
22 ނޮވެމްބަރު 2025

ބިލެތްދޫ ތަރައްގީގެ ރަން ޒަމާނަކީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސާލިހުގެ ފަސް އަހަރު: ކައުންސިލް މެންބަރު އާސިފާ

22 ނޮވެމްބަރު 2025
ބިލެތްދޫ ތަރައްގީގެ ރަން ޒަމާނަކީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސާލިހުގެ ފަސް އަހަރު: ކައުންސިލް މެންބަރު އާސިފާ
08 ނޮވެމްބަރު 2025

ކުރީ ސަރުކާރުން ފެށި ވާދޫގެ ފެނާއި ނަރުދަމާ ނިޒާމުގެ މަޝްރޫއު އެއްކޮށް ނިމި، މިހާރު އޮތީ މުއިއްޒު ރަސްމީކޮށް ބަޓަނަށް ފިއްތާލުން: ކައުންސިލްގެ ރައީސް

08 ނޮވެމްބަރު 2025
ކުރީ ސަރުކާރުން ފެށި ވާދޫގެ ފެނާއި ނަރުދަމާ ނިޒާމުގެ މަޝްރޫއު އެއްކޮށް ނިމި، މިހާރު އޮތީ މުއިއްޒު ރަސްމީކޮށް ބަޓަނަށް ފިއްތާލުން: ކައުންސިލްގެ ރައީސް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު