Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެހިޔާ ޓަވަރުތަކުގައި ސެކިއުރިޓީ ވަރުގަދަކުރުން

ހިޔާގެ 4 ޓަވަރެެއްގައި 700 އަށްވުރެ ގިނަ ކެމެރާ ހަރުކޮށްފި

21 ޖުލައި 2022 | ބުރާސްފަތި 04:13

ހިޔާ ޓަވަރުތަކުގައި ކެމެރާ ހަރުކޮށް ނިމޭއިރު 3000 އަށްވުރެ ގިނަ ކެމެރާ ހުންނާނެ

އިދުހާމް ނަޢީމް
އިދުހާމް ނަޢީމް | 21 ޖުލައި 2022 | ބުރާސްފަތި 04:13
ހިޔާ ޓަވަރުތައް

ހިޔާ ޓަވަރުތައް

ހުޅުމާލެ ދެވަނަ ފިޔަވަހީގައި ތަރައްޤީކޮށްފައިވާ ހިޔާ ޓަވަރުތަކުގެ ތެރެއިން 4 ޓަވަރެއްގައި މިހާތަނަށް 700 އަށްވުރެ ގިނަ ސީސީޓީވީ ކެމެރާ ހަރުކޮށްފައިވާ ކަމަށް ހައުސިން ޑެވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ބުނެފިއެވެ.

އެ ކުންފުނިން ބުނީ މިހާތަނަށް ކެމެރާ ހަރުކޮށްފައިވާ ހިޔާ ޓަވަރު 13، 14، 15 އަދި 16 ގައި ކަމަށެވެ. އެގޮތުން ކޮންމެ ޓަވަރެއްގައި 192 ކެމެރާ ހިމެނޭހެން ޖުމްލަ 768 ކެމެރާ މިހާތަނަށް އެ ޓަވަރުތަކުގައި ހަރުކުރެވިފައިވާ ކަމަށް އެ ކުންފުނިން ބުންޏެވެ.

Advertisement - newsAdvertisement

އެޗްޑީސީން މައުލޫމާތު ދޭ ގޮތުގައި ކުރިއަށް އޮތް ދުވަސްތަކުގައި ބާކީ ހުރި ޓަވަރުތަކުގައި ވެސް ކެމެރާ ހަރުކުރާނެއެވެ. މިއީ އެ ޓަވަރުތަކުގައި ދިރިއުޅޭ ރައްޔިތުންގެ ރައްކާތެރިކަން ކަށަވަރުކުރުމުގެ ގޮތުން ކުރަމުން އަންނަ މަސައްކަތުގެ ތެރޭގައި ހިމެނޭ ކަމެކެވެ.

ހިޔާ މަޝްރޫއުގެ ދަށުން ހުޅުމާލެ ދެވަނަ ފިޔަވަހީގައި 16 ޓަވަރު އިމާރާތް ކޮށްފައިވާއިރު ކޮންމެ ޓަވަރެއްގައި 192 ކެެމެރާ ހަރު ކުރާނެއެވެ. އެއީ 3،072 ކެމެރާއެވެ.

އެޗްޑީސީން އަންނަނީ ހިޔާ ޓަވަރުތަކުގެ ސެކިއުރިޓީ އިތުރަށް ވަރުގަދަ ކުރުމަށް މަސައްކަތް ކުރަމުންނެވެ. އެ ސަރަހައްދަކީ މުޅިން އަލަށް މީހުން ދިރިއުޅެން ފެށި ސަރަހައްދަކަށްވުމާއެކު އެތަނުގައި ދިރިއުޅޭ ގިނަ ބައެއްގެ އެންމެ ބޮޑު ކަންބޮޑުވުމަކަށް ވެފައި އޮތީ އެތަނުގެ ސެކިއުރިޓީއެވެ. އެގޮތުން، ކޮންމެ މީހަކަށް ވެސް ޓަވަރުތަކަށް ވަދެ ނުކުމެ ހެދޭއިރު އެތަނުގައި ސެކއިުރިޓީގެ ކަންކަން ވަރަށް ރަނގަޅަށް ބެލެންވާނެ ކަމަށް ގިނަ ބަޔަކު ގަބޫލުކުރެއެވެ.

ދެވަނަ ފިޔަވަހީގެ ސެކިއުރިޓީ ކަންކަން ހަރުދަނާ ކުރުމަށް އެ ސަރަހައްދުގައި މިހާރު ވަނީ ޕޮލިސް ޕޯސްޓު ވެސް ބަހައްޓައިފައެވެ.

އެޗްޑީސީން އަންނަނީ ހިޔާގައި ސެކިއުރިޓީ ކަންކަމުގެ އިތުރުން އެތަނުގެ މެއިންޓަނެންސްގެ ކަންކަން ވެސް ބަހަލައްޓަމުންނެވެ. އެގޮތުން، ވާރޭ ވެހޭ ވަގުތުތަކުގައި ބައެއް ޓަވަރުތަކުގެ އެޕާޓްމަންޓުތަކުގެ ކުޑަ ދޮރުން ފެން އެއްލާ މައްސަލަ ހައްލު ކުރުމަށް މިހާރު މަސައްކަތްތައް ކުރަމުން އަންނަ ކަމަށް އެޗްޑީސީން މައުލޫމާތުދެއެވެ.

ހިޔާ ޓަވަރުތަކުގައި އާއްމުން ދިރިއުޅެން ފެށީ 2022 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުއެވެ. މިހާތަނަށް އެ ޓަވަރުތަކަށް 10،000 އަށްވުރެ ގިނަ މީހުން ވަނީ ބަދަލުވެފައެވެ.

އެންމެ ހިނގާ

1

މީގެ ފަހުން ޑޮލަރުގެ އަގަކީ 15.42 ނޫން ކަމަށް ނުލިޔެވޭނެ! ކަޅު ބާޒާރުގެ އަގު ލިޔުމުން ބައި މިލިއަން ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރަނީ!

2

ގައުމީ ދުވަހުގެ ރަސްމިއްޔާތުގައި ގުރުއާން ކިޔަވަން ހުރި ކުއްޖާ ސިއްސުވާލުމާ ގުޅިގެން ގިނަ ބައެއްގެ ފާޑު ކިޔުން ސަރުކާރަށް!

3

ހުރްމުޒް ކަނޑުއޮޅީގެ ކޮންޓްރޯލު ހޯދުމަށް އަސްކަރީ ގޮތުން އެމެރިކާ އަށް ކުރެވޭނެ އެއްވެސް ކަމެއް ނެތް ކަމަށް ޕެންޓަގަންއިން އެއްބަސްވެއްޖެ

4

ޓްރަމްޕްގެ މާ އަރިހުގައި ހުންނަ ޚާއްސަ އަންހެނެއްގެ ވާހަކަ

5

މަޝްހޫރު ބަތަލާ ހޭޑަން ޕެނެޓިއޭ 36 އަހަރުގައި މަރުވެފައި އޮއްވާ ފެނިއްޖެ

އިތުރަށް ކިޔާލަން

01 ފެބުރުއަރީ 2017

އައިޖީއެމްއެޗަށް ލިބެން ޖެހޭ 360 މިލިއަނަށްވުރެ ގިނަ ރުފިޔާ ނުލިބި އެބައޮތް: އޮޑިޓަރ ޖެނެރަލް

01 ފެބުރުއަރީ 2017
އައިޖީއެމްއެޗަށް ލިބެން ޖެހޭ 360 މިލިއަނަށްވުރެ ގިނަ ރުފިޔާ ނުލިބި އެބައޮތް: އޮޑިޓަރ ޖެނެރަލް
01 ފެބުރުއަރީ 2017

ހެލްތުން މުއްދަތުގައި ބިލްތައް ނުދައްކައިގެން 8 މިލިއަނަށްވުރެ ގިނަ ރުފިޔާ ޖޫރިމަނާއަށް ދައްކަން ޖެހިއްޖެ

01 ފެބުރުއަރީ 2017
ހެލްތުން މުއްދަތުގައި ބިލްތައް ނުދައްކައިގެން 8 މިލިއަނަށްވުރެ ގިނަ ރުފިޔާ ޖޫރިމަނާއަށް ދައްކަން ޖެހިއްޖެ
01 ފެބުރުއަރީ 2017

މަސް ނިމުނުއިރު ދައުލަތުގެ ގިނަ މުވައްޒަފުންނަށް މުސާރައެއް ނުދޭ

01 ފެބުރުއަރީ 2017
މަސް ނިމުނުއިރު ދައުލަތުގެ ގިނަ މުވައްޒަފުންނަށް މުސާރައެއް ނުދޭ
31 ޖެނުއަރީ 2017

މައްސަލައެއްގަ ފުލުހުން އަތުލައިގަނެފައިވާ ގިނަ އަދަދެއްގެ މަސްތުވާތަކެތި ނައްތާލައިފި

31 ޖެނުއަރީ 2017
މައްސަލައެއްގަ ފުލުހުން އަތުލައިގަނެފައިވާ ގިނަ އަދަދެއްގެ މަސްތުވާތަކެތި ނައްތާލައިފި
30 ޖެނުއަރީ 2017

2016 އޯލެވެލް އިމްތިހާނު: 500 އަށް ވުރެ ގިނަ ކުދިން ވަނީ ޓޮޕް ޓެން އަށް ގޮސްފަ

30 ޖެނުއަރީ 2017
2016 އޯލެވެލް އިމްތިހާނު: 500 އަށް ވުރެ ގިނަ ކުދިން ވަނީ ޓޮޕް ޓެން އަށް ގޮސްފަ
26 ޖެނުއަރީ 2017

މިނިސްޓަރު ތޯރިގް އޮމަދުއަށް ވަޑައިތުމުން ގިނަ އަދަދެއްގެ ރައްޔިތިން ނިކުމެ އިޚްތިޖާޖު ކޮށްފި

26 ޖެނުއަރީ 2017
މިނިސްޓަރު ތޯރިގް އޮމަދުއަށް ވަޑައިތުމުން ގިނަ އަދަދެއްގެ ރައްޔިތިން ނިކުމެ އިޚްތިޖާޖު ކޮށްފި
15 ޖެނުއަރީ 2017

ރެއިންބޯގެ ދެ ލައްކައަށްވުރެ ގިނަ ރުފިޔާ ފޭރިގަތް ހަތަރު މީހަކު ހައްޔަރުކޮށްފި

15 ޖެނުއަރީ 2017
ރެއިންބޯގެ ދެ ލައްކައަށްވުރެ ގިނަ ރުފިޔާ ފޭރިގަތް ހަތަރު މީހަކު ހައްޔަރުކޮށްފި
15 ޖެނުއަރީ 2017

ޔުނިމެކްސް މޯލްޑިވްސްގެ އޮފީސް ފަޅާލާ ތިން ލައްކައަށްވުރެ ފައިސާ ވަގަށް ނަގައިފި

15 ޖެނުއަރީ 2017
ޔުނިމެކްސް މޯލްޑިވްސްގެ އޮފީސް ފަޅާލާ ތިން ލައްކައަށްވުރެ ފައިސާ ވަގަށް ނަގައިފި
06 ޖެނުއަރީ 2017

ވަގަށް ނަގާފައިވާ ގިނަ އަދަދެއްގެ ފައިސާ ހޯދާ މީހަކު ހައްޔަރުކޮށްފި

06 ޖެނުއަރީ 2017
ވަގަށް ނަގާފައިވާ ގިނަ އަދަދެއްގެ ފައިސާ ހޯދާ މީހަކު ހައްޔަރުކޮށްފި
06 ޖެނުއަރީ 2017

ކޯޓުތަކަށް ހުށަހެޅުނު އަދި ނިންމި މައްސަލަތަކުގެ ޢަދަދު 20000 އަށްވުރެ މަތީގައި

06 ޖެނުއަރީ 2017
ކޯޓުތަކަށް ހުށަހެޅުނު އަދި ނިންމި މައްސަލަތަކުގެ ޢަދަދު 20000 އަށްވުރެ މަތީގައި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް