Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެޝިންޒޯ އަބޭ އަވަހާރަވުން

ޖަޕާންގެ ކުރީގެ ބޮޑުވަޒީރު އަވަހާރަވުމާއި ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ތައުޒިޔާ ވިދާޅުވެއްޖެ

ޝިންޒޯ އަބޭ އަވަހާރަވީއިރު އުމުރުފުޅަކީ 67 އަހަރު

ތޯހިރާ އަޒްހާރް
ތޯހިރާ އަޒްހާރް | 8 ޖުލައި 2022 | ހުކުރު 12:14
ރައީސް ސޯލިހު އާއި ޝިންޒޯ އަބޭ

ރައީސް ސޯލިހު އާއި ޝިންޒޯ އަބޭ

ޖަޕާނުގެ ކުރީގެ ބޮޑުވަޒީރު ޝިންޒޯ އަބޭ އަވަހާރަވުމާ ގުޅިގެން، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، ޖަޕާނުގެ ބޮޑުވަޒީރު ކިޝީޑާ ފުމިއޯއަށް ތަޢުޒިޔާ ގެ މެސެޖެއް ފޮނުއްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ތަޢުޒިޔާގެ މެސެޖުގައި، މިއަދު ހެނދުނު ހިނގި ބަޑި ޖެހުމުގެ ހާދިސާގައި ލިބިވަޑައިގެންނެވި ޒަޚަމްތަކަށް ފަރުވާދެމުން ގެންދަނިކޮށް ޖަޕާނުގެ ކުރީގެ ބޮޑުވަޒީރު ޝިންޒޯ އަބޭ އަވަހާރަވެއްޖެކަމުގެ ޚަބަރު އަޑުއެއްސެވީ ފުން ހިތާމަޔާއި އެކުގައި ކަމަށް ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ މެސެޖުގައި، ކުރީގެ ބޮޑުވަޒީރު ޝިންޒޯ އަބޭއަކީ ޖަޕާނަށް އަގުހުރި ޚިދުމަތްތަކެއް ކޮށްދެއްވި ވަރުގަދަ ސިޔާސީ ޝަޚުސިއްޔަތެއްކަން ވަނީ ފާހަގަކުރައްވާފައެވެ. މީގެ އިތުރުން އެމަނިކުފާނުގެ ބޮޑުވަޒީރުކަމުގައި ރާއްޖެ އާއިއެކު އޭގެ ކުރިން ދުވަހަކުވެސް ގުޅުން ބަދަހިވެފައި ނުވާ މިންވަރަށް އިޤުތިޞާދީ އަދި ސިޔާސީ ގުޅުންތައް ބަދަހިވެގެން ދިޔަކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާގެ މެސެޖުގައި ވިދާޅުވިއެވެ.

މި މެސެޖުގައި، ހިތާމައިގެ މިދަނޑިވަޅުގައި ޝިންޒޯ އަބޭގެ އާއިލާއަށާއި، ޖަޕާނުގެ ސަރުކާރަށާއި، އެކުވެރި ރައްޔިތުންނަށް، ދިވެހި އެންމެހައި ރައްޔިތުންގެ ނަމުގައި ވަރަށް އިޚްލާޞްތެރިކަމާއެކު ތަޢުޒިޔާ ފޮނުއްވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެފައިވެއެވެ.

ޖަޕާންގައި އެންމެ ގިނަ ދުވަސްވަންދެން ބޮޑުވަޒީރުކަން ކުރައްވާފައިވާ ޝިންޒޯ އަބޭއަށް ބަޑިން ހަމަލާދީފައިވަނީ ހުކުރު ދުވަހުގެ ހެނދުނުގެ ވަގުތެއްގައި ނާރާ ސިޓީގައޮތް އިވެންޓެއްގައި ވާހަކަފުޅު ދައްކަވަން ހުންނަވަނިކޮންނެވެ. ހަމަލާ އަމާޒުވިއިރު އަބޭ ހުންނެވީ މަޖިލިސް އިންތިހާބުގެ ކެމްޕެއިން އެއްވުމެއްގައެވެ. އަބޭ ކެމްޕެއިން ކުރައްވަމުން ގެންދެވީ އާދީއްތަ ދުވަހު އޮންނަ ޖަޕާންގެ މަތި ގޭގެ އިންތިހާބަށެވެ.

ޖަޕާންގެ ދައުލަތުގެ މީޑިއާ އެންއެޗްކޭއިން ރިޕޯޓްކޮށްފައިވާ ގޮތުގައި، އަބޭ އަށް ހަމަލާދިނީ ފިރިހެނެކެވެ. އަދި އޭނާ ހަމަލާދިނުމަށް ބޭނުންކުރި ބަޑިއަކީ އަމިއްލައަށް ހަދާފައިވާ އެއްޗެކެވެ. މި ހަމަލާއާއި ގުޅިގެން 41 އަހަރުގެ ފިރިހެނަކު ވަނީ ހައްޔަރުކޮށްފައެވެ. ޓެޓްސުޔާ ޔަމަގާމި ނަމަކަށް ކިޔާ މި މީހާ ފުލުހުން ކައިރި ބުނެފައިވަނީ އޭނާ އަބޭ އާއި ދޭތެރޭ ހިތްހަމަ ނުޖެހޭ ކަމަށާއި، ބޭނުންވީ އަބޭ އަވަހާރަ ކޮށްލަން ކަމަށެވެ.

ޝިންޒޯ އަބޭޖަޕާން

އިތުރަށް ކިޔާލަން

03 ޑިސެމްބަރު 2025

ޖަޕާނަށް ރާއްޖެ އިން ކަނޑައަޅާ ސަފީރަކަށް މަހުލޫފް އައްޔަނު ކުރަން މަޖިލީހުން ރުހުން ދީފި

03 ޑިސެމްބަރު 2025
ޖަޕާނަށް ރާއްޖެ އިން ކަނޑައަޅާ ސަފީރަކަށް މަހުލޫފް އައްޔަނު ކުރަން މަޖިލީހުން ރުހުން ދީފި
21 އޮކްޓޯބަރު 2025

ސަނައޭ ޓަކައީޗީ ޖަޕާނުގެ ފުރަތަމަ އަންހެން ބޮޑުވަޒީރުގެ ގޮތުގައި ތާރީޚުގެ ތެރެއަށް

21 އޮކްޓޯބަރު 2025
ސަނައޭ ޓަކައީޗީ ޖަޕާނުގެ ފުރަތަމަ އަންހެން ބޮޑުވަޒީރުގެ ގޮތުގައި ތާރީޚުގެ ތެރެއަށް
12 ސެޕްޓެމްބަރު 2025

ޖަޕާނުގައި 100 އަހަރުން މަތީގެ މީހުންގެ އަދަދު ގާތްގަނޑަކަށް 100،000 އަށް އަރައި ރެކޯޑެއް ހަދައިފި

12 ސެޕްޓެމްބަރު 2025
ޖަޕާނުގައި 100 އަހަރުން މަތީގެ މީހުންގެ އަދަދު ގާތްގަނޑަކަށް 100،000 އަށް އަރައި ރެކޯޑެއް ހަދައިފި
07 ސެޕްޓެމްބަރު 2025

ޖަޕާނުގެ ބޮޑުވަޒީރު ޝިގެރު އިޝިބާ އިސްތިއުފާ ދެއްވައިފި

07 ސެޕްޓެމްބަރު 2025
ޖަޕާނުގެ ބޮޑުވަޒީރު ޝިގެރު އިޝިބާ އިސްތިއުފާ ދެއްވައިފި
06 ސެޕްޓެމްބަރު 2025

ޖަޕާނުގައި ނިޔާވި ފޮރިން މިނިސްޓްރީގެ މުވައްޒަފުގެ ހަށިގަނޑު މާލެގެނެސް ޖަނާޒާ ބާއްވައިފި

06 ސެޕްޓެމްބަރު 2025
ޖަޕާނުގައި ނިޔާވި ފޮރިން މިނިސްޓްރީގެ މުވައްޒަފުގެ ހަށިގަނޑު މާލެގެނެސް ޖަނާޒާ ބާއްވައިފި
23 އޯގަސްޓު 2025

ފޮރިންމިނިސްޓްރީގެ މުވައްޒަފަކު ޖަޕާނުގައި ނިޔާވެއްޖެ

23 އޯގަސްޓު 2025
ފޮރިންމިނިސްޓްރީގެ މުވައްޒަފަކު ޖަޕާނުގައި ނިޔާވެއްޖެ
01 ޖުލައި 2025

ކުއަޑްގެ ޚާރިޖީ ވަޒީރުން މިއަދު އެމެރިކާ ގައި ބައްދަލު ކުރައްވަނީ

01 ޖުލައި 2025
ކުއަޑްގެ ޚާރިޖީ ވަޒީރުން މިއަދު އެމެރިކާ ގައި ބައްދަލު ކުރައްވަނީ
27 ޖެނުއަރީ 2025

ޖަޕާނުން ފްރާންސް ބަލިކޮށް ޕޭސްޓްރީ ވޯލްޑް ކަޕް ކާމިޔާބުކޮށްފި

27 ޖެނުއަރީ 2025
ޖަޕާނުން ފްރާންސް ބަލިކޮށް ޕޭސްޓްރީ ވޯލްޑް ކަޕް ކާމިޔާބުކޮށްފި
18 ޑިސެމްބަރު 2024

ކަނޑުމަތީގެ އޮޕަރޭޝަންތަކުގައި ބޭނުންކުރާ ޒަމާނީ އާލާތްތަކެއް ޖަޕާނު ސަރުކާރުން އެމްއެންޑީއެފްއަށް ހަދިޔާކޮށްފި

18 ޑިސެމްބަރު 2024
ކަނޑުމަތީގެ އޮޕަރޭޝަންތަކުގައި ބޭނުންކުރާ ޒަމާނީ އާލާތްތަކެއް ޖަޕާނު ސަރުކާރުން އެމްއެންޑީއެފްއަށް ހަދިޔާކޮށްފި
02 ނޮވެމްބަރު 2024

ޖަޕާނަށް ބޯކޮށް ވާރޭވެހި 200،000 އެއްހާ މީހުން ގެދޮރު ދޫކޮށް ދިއުމަށް އަންގައިފި

02 ނޮވެމްބަރު 2024
ޖަޕާނަށް ބޯކޮށް ވާރޭވެހި 200،000 އެއްހާ މީހުން ގެދޮރު ދޫކޮށް ދިއުމަށް އަންގައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު