Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެޝިންޒޯ އަބޭއަށް ދިން ހަމަލާ

ޝިންޒޯ އަބޭއަށް ދިން ހަމަލާ – އުޅުނީ އަވަހާރަކޮށްލަން، ހާލުކޮޅު ސީރިއަސް

ހަމަލާ އަމާޒުވިއިރު އަބޭ ހުންނެވީ މަޖިލިސް އިންތިހާބުގެ ކެމްޕޭން ކުރެއްވުމުގަ

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް | 8 ޖުލައި 2022 | ހުކުރު 06:48
ހަމަލާ އަމާޒުވުމުގެ ކުޑަ އިރުކޮޅެއް ކުރިން ޝިންޒޯ ސްޕީޗް ދެއްވަނީ - ވީޑިއޯ: ދަ ގާޑިއަން

ހަމަލާ އަމާޒުވުމުގެ ކުޑަ އިރުކޮޅެއް ކުރިން ޝިންޒޯ ސްޕީޗް ދެއްވަނީ - ވީޑިއޯ: ދަ ގާޑިއަން

ޖަޕާންގެ ކުރީގެ ބޮޑުވަޒީރު ޝިންޒޯ އަބޭއަށް ހަމަލާ ދިނީ އެމަނިކުފާނު އަވަހާރަކޮށްލުމަށް ކަމަށް ޖަޕާންގެ ފުލުހުން ބުނެފިއެވެ.

ޖަޕާންގައި އެންމެ ގިނަ ދުވަސްވަންދެން ބޮޑުވަޒީރުކަން ކުރައްވާފައިވާ ޝިންޒޯ އަބޭއަށް ބަޑިން ހަމަލާދީފައިވަނި ހުކުރު ދުވަހުގެ ހެނދުނުގެ ވަގުތެއްގައެވެ. ހަމަލާ އަމާޒުވިއިރު އަބޭ ހުންނެވީ މަޖިލިސް އިންތިހާބުގެ ކެމްޕޭން ކުރެއްވުމުގައެވެ. އަބޭ ކެމްޕޭއިން ކުރައްވަމުން ގެންދެވީ އާދީއްތަ ދުވަހު އޮންނަ ޖަޕާންގެ މަތި ގޭގެ އިންތިހާބަށެވެ.

ޖަޕާންގެ ދައުލަތުގެ މީޑިއާ އެންއެޗްކޭއިން ރިޕޯޓްކޮށްފައިވާ ގޮތުން، އަބޭ އަށް ހަމަލާދިނީ ފިރިހެނެކެވެ. އަދި އޭނާ ހަމަލާދިނުމަށް ބޭނުންކުރި ބަޑިއަކީ އަމިއްލައަށް ހަދާފައިވާ އެއްޗެކެވެ.

އަބޭއަށް ދިން ހަމަލާ ޖަޕާންގެ ބޮޑުވަޒީރު ފުމިއޯ ކިށީޑާ ވަނީ ހަރުކަށި އިބާރާތުން ކުށްވެރިކުރައްވާފައެވެ. އަދި ހާދިސާއާއި ގުޅިގެން ހިތާމަފާޅުކުރައްވާފައިވެއެވެ.

ހޮސްޕޮޓަލުގެ އޮފިޝަލަކާއި ހަވާލާދީ ރޮއިޓަރސްގައި ބުނެފައިވަނި އަބޭ ހޮސްޕިޓަލަށް ގެނެވުނު އިރު ވެސް ހިތް ހުއްޓިފައިވާ ކަމަށެވެ.

މި ހަމަލާއާއި ގުޅިގެން 41 އަހަރުގެ ފިރިހެނަކު ވަނީ ހައްޔަރުކޮށްފައެވެ. ޓެޓްސުޔާ ޔަމަގާމި ނަމަކަށް ކިޔާ މި މީހާ ފުލުހުން ކައިރި ބުނެފައިވަނީ އޭނާ އަބޭ އާއި ދޭތެރޭ ހިތްހަމަ ނުޖެހޭ ކަމަށާއި، ބޭނުންވީ އަބޭ މަރާލަން ކަމަށެވެ.

ޖަޕާންގެ ދައުލަތުގެ މީޑިއާއިން ބުނެފައިވަނީ އަބޭއަށް ހަމަލާދިން އިރު، އެމަނިކުފާނު ހުންނެވީ ރޭލު ސްޓޭޝަނެއްގެ ބޭރުގައި ސްޕީޗެއް ދެއްވާށެވެ. އަދި ދެ ފަހަރަށް ބަޑީގެ އަޑު އިވުނު ކަމަށާއި، އޭގެ އިރުކޮޅެއް ފަހުން އަޅި ކުލައިގެ ޓީޝާޓެއް ލައިގެން ހުރި މީހަކު ހިފެހެއްޓުނު ކަމަށެވެ. ރިކޯޑްކުރެވުނު އިތުރު ވީޑިއޯއަކުން ފެންނަ ގޮތުން އަބޭ ހުންނެވިތާ ފަހަތުން ބޯ ދުންގަނޑެއް ފެނިގެންދިޔައެވެ.

އާންމުވެފައިވާ ބައެއް ފޮޓޯތަކުން ފެންނަ ގޮތުން ހަމަލާގެ ސަބަބުން ވެއްޓިވަޑައިގެން އަބޭ އޮންނެވީ އުއްޑުން ގާޑް ރެއިލް ކައިރީގައެވެ. އަދި އެމަނިކުފާނުގެ ހެދުންކޮޅުގައި ލޭ ހުރި މަންޒަރު ފެނެއެވެ. އަދި އަބޭ ވަށައިގެން މީހުން އެއްވެ އެހީތެރިކަން ފޯރުކޮށްދެމުން ގެންދިޔަ އިރު، އެތަނުން އެކަކު ފަސްޓްއެއިޑް ދެމުންދިޔަތަން ފެނިފައިވެއެވެ.

ޝިންޒޯ އަބޭޖަޕާން

އިތުރަށް ކިޔާލަން

03 ޑިސެމްބަރު 2025

ޖަޕާނަށް ރާއްޖެ އިން ކަނޑައަޅާ ސަފީރަކަށް މަހުލޫފް އައްޔަނު ކުރަން މަޖިލީހުން ރުހުން ދީފި

03 ޑިސެމްބަރު 2025
ޖަޕާނަށް ރާއްޖެ އިން ކަނޑައަޅާ ސަފީރަކަށް މަހުލޫފް އައްޔަނު ކުރަން މަޖިލީހުން ރުހުން ދީފި
21 އޮކްޓޯބަރު 2025

ސަނައޭ ޓަކައީޗީ ޖަޕާނުގެ ފުރަތަމަ އަންހެން ބޮޑުވަޒީރުގެ ގޮތުގައި ތާރީޚުގެ ތެރެއަށް

21 އޮކްޓޯބަރު 2025
ސަނައޭ ޓަކައީޗީ ޖަޕާނުގެ ފުރަތަމަ އަންހެން ބޮޑުވަޒީރުގެ ގޮތުގައި ތާރީޚުގެ ތެރެއަށް
12 ސެޕްޓެމްބަރު 2025

ޖަޕާނުގައި 100 އަހަރުން މަތީގެ މީހުންގެ އަދަދު ގާތްގަނޑަކަށް 100،000 އަށް އަރައި ރެކޯޑެއް ހަދައިފި

12 ސެޕްޓެމްބަރު 2025
ޖަޕާނުގައި 100 އަހަރުން މަތީގެ މީހުންގެ އަދަދު ގާތްގަނޑަކަށް 100،000 އަށް އަރައި ރެކޯޑެއް ހަދައިފި
07 ސެޕްޓެމްބަރު 2025

ޖަޕާނުގެ ބޮޑުވަޒީރު ޝިގެރު އިޝިބާ އިސްތިއުފާ ދެއްވައިފި

07 ސެޕްޓެމްބަރު 2025
ޖަޕާނުގެ ބޮޑުވަޒީރު ޝިގެރު އިޝިބާ އިސްތިއުފާ ދެއްވައިފި
06 ސެޕްޓެމްބަރު 2025

ޖަޕާނުގައި ނިޔާވި ފޮރިން މިނިސްޓްރީގެ މުވައްޒަފުގެ ހަށިގަނޑު މާލެގެނެސް ޖަނާޒާ ބާއްވައިފި

06 ސެޕްޓެމްބަރު 2025
ޖަޕާނުގައި ނިޔާވި ފޮރިން މިނިސްޓްރީގެ މުވައްޒަފުގެ ހަށިގަނޑު މާލެގެނެސް ޖަނާޒާ ބާއްވައިފި
23 އޯގަސްޓު 2025

ފޮރިންމިނިސްޓްރީގެ މުވައްޒަފަކު ޖަޕާނުގައި ނިޔާވެއްޖެ

23 އޯގަސްޓު 2025
ފޮރިންމިނިސްޓްރީގެ މުވައްޒަފަކު ޖަޕާނުގައި ނިޔާވެއްޖެ
01 ޖުލައި 2025

ކުއަޑްގެ ޚާރިޖީ ވަޒީރުން މިއަދު އެމެރިކާ ގައި ބައްދަލު ކުރައްވަނީ

01 ޖުލައި 2025
ކުއަޑްގެ ޚާރިޖީ ވަޒީރުން މިއަދު އެމެރިކާ ގައި ބައްދަލު ކުރައްވަނީ
27 ޖެނުއަރީ 2025

ޖަޕާނުން ފްރާންސް ބަލިކޮށް ޕޭސްޓްރީ ވޯލްޑް ކަޕް ކާމިޔާބުކޮށްފި

27 ޖެނުއަރީ 2025
ޖަޕާނުން ފްރާންސް ބަލިކޮށް ޕޭސްޓްރީ ވޯލްޑް ކަޕް ކާމިޔާބުކޮށްފި
18 ޑިސެމްބަރު 2024

ކަނޑުމަތީގެ އޮޕަރޭޝަންތަކުގައި ބޭނުންކުރާ ޒަމާނީ އާލާތްތަކެއް ޖަޕާނު ސަރުކާރުން އެމްއެންޑީއެފްއަށް ހަދިޔާކޮށްފި

18 ޑިސެމްބަރު 2024
ކަނޑުމަތީގެ އޮޕަރޭޝަންތަކުގައި ބޭނުންކުރާ ޒަމާނީ އާލާތްތަކެއް ޖަޕާނު ސަރުކާރުން އެމްއެންޑީއެފްއަށް ހަދިޔާކޮށްފި
02 ނޮވެމްބަރު 2024

ޖަޕާނަށް ބޯކޮށް ވާރޭވެހި 200،000 އެއްހާ މީހުން ގެދޮރު ދޫކޮށް ދިއުމަށް އަންގައިފި

02 ނޮވެމްބަރު 2024
ޖަޕާނަށް ބޯކޮށް ވާރޭވެހި 200،000 އެއްހާ މީހުން ގެދޮރު ދޫކޮށް ދިއުމަށް އަންގައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު